ހއ. ތަކަންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން ފަށައިފިއެވެ.
ތަކަންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ހއ. އަތޮޅު ކައުންސިލް ރައީސް މުސާ ޝަފީގު އާއި ތަކަންދޫ ކައުންސިލްގެ ރައީސް ހުސައިން ނައީމެވެ.
މި މަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމު ގާއިމް ކުރަން ބޭނުންވާ ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި ފެން ޕްލާންޓު ބެހެއްޓުމަށް ބޭނުންވާ ފެސިލިޓީ އިމާރާތުގެ 46 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ތަކަންދޫގައި 8.37 ކިލޯމީޓަރުގެ ފެން ހޯޅީގެ މައި ނެޓްވޯކެއް ގާއިމް ކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފައްދަން ދެ އާރުއޯ ޕްލާންޓު ބަހައްޓުމުގެ މަސައްކަތް ކުރާނެއެވެ. އަދި ހުރިހާ ގެތަކަށް ފެނުގެ ހިދުމަތް ގުޅުވައިދޭނެއެވެ.
MP for Kelaa Constituency @kelaaibrey and Managing Director @hassanshaahu groundbreaking HA.Thakandhoo Water & Sewerage Project, being undertaken by #TeamMWSC #MWSCAsaasee pic.twitter.com/up9rWrJHgv
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) December 2, 2021
ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން 6.33 ކޮލީމޯޓަރުގެ ނަރުދަމާ ހޮޅިގެ މައި ނެޓްވޯކެއް ގާއިމްކުރުމާއި 1.04 ކިލޯމީޓަރުގެ ޕަންޕިންލައިނެއް އެޅުމާއި ތިން ޕަންޕިން ސްޓޭޝަނާއި ސީ އައުޓްފްލޯއެއް ވެސް ގާއިމް ކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި ގެތަކަށް ނަރުދަމާ ހިދުމަތް ގުޅައިދޭނެއެވެ.
މީގެ އިތުރުން އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމް ބަލަހައްޓަން ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރަން ބޭނުންވާ ސާމާނު ވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެއެވެ.
މިއީ 76.75 މިލިއަން ރުފިޔާ ގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!