ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ބައިވެެރިވެއްޖެއެވެ.

މިއަދު އެމްޑަބްލިއުއެސްސީ ކަސްޓަމާ ސާވިސް އިމާރާތުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމުގެ ދަށުން ޒުވާނުން ތަމްރީނު ކުރުމަށް އެމްޑަބްލިްުއެސްސީއާ ޔޫތު މިނިސްޓްރީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.އެމްޑަބްލިއުއެސްސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. އަދި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއީލެވެ.

Ad
rt

މިއީ މަސައްކަތުގެ މާހައުލުގައި ތިބެގެން، އެ ދާއިރާއެއްގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ޔޫތު މިނިސްޓްރީން ހިންގާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ ދަށުން އެމްޑަބްލިއުއެސްސީން ހިންގާ ފުރަތަމަ ދެ ބެޗުގައި 17 ދާއިރާއަކުން 73 ޒުވާނުން ތަމްރީން ކުރާނެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނީގައި މިހާރު މަސައްކަތްކުރާ 17 މުވައްޒަފަކުވެސް އެ ޕްރޮގްރާމުން ފުރުސަތު ލިބޭނެ ކަމަށެވެ. އެއީ މި ޕްރޮގްރާމް ނިންމާ ކޮންމެ މީހަކަށް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭތީއެވެ

މި ޕްރޮގްރާމް ފަށަން ނިންމާފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި ޕްރޮގްރާމް ހަ މަސް ދުވަހަށް ކުރިއަށްދާނެއެވެ. މި މުއްދަތުގައި ބައިވެރިންނަށް އެލަވެންސެއް ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.