އައިޖީއެމްއެޗުގައި ޑޮކްޓަރަށް ދައްކަން އެ ހޮސްޕިޓަލުގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދޭ ގޮތް ހަދައިފިއެވެ.

އެ އެޕް ޑައުންލޯޑް ކުރުމަށްފަހު އައިޑީ ކާޑު ނަންބަރު ނުވަތަ ޑޮކްޓަރު ދޭ މެޑިކަލް ރެކޯޑުގެ ނަންބަރު ޖަހައިގެން ލޮގިން ކުރެވޭނެއެވެ.

Ad
rt

ލޮގިން ވުމަށްފަހު އެޕޮއިންޓްމަންޓަށް ހާއްސަ ބައިން އެޕޮއިންޓަމަންޓަށް އެދެވޭނެއެވެ. އަދި ކުރިން ހައްދާފައި ހުރި އެޕޮއިންޓްމަންޓުތައް ވެސް ބަލާލެވޭނެއެވެ.

މީގެ އިތުރުން މެޑިކަލް ރެކޯޑާއި ބިލުތަކާއި ރަސީދުތައްވެސް މި އެޕުން ބަލާލެވޭނެއެވެ.

މި އެޕް މިހާރު އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކުންވެސް ޑައުންލޯޑު ކުރެވޭނެއެވެ.