ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ވަގުތީ މިސްކިތެއް ބިނާކުރަނީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 2 ވަނަ ވަގުތީ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ދައުލަތުގެ ބަޖެޓުން 3.1 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގައި އެއްފަހަރާ 600 މީހުންނަށް ނަމާދުުކުރެވޭނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން މަޢުލޫމާތު ދެއްވަ އެވެ.
މި މިސްކިތުގައި ފިރެހެނުންގެ އިތުރުން އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެއެވެ.
މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ.
35 ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މިސްކިތް ޢިމާރާތްކުރުމަށް ހަވާލުކުރެވިފައިވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!