ޚިދުމަތަށް ބުރޫއަރައި، ދިމާވަމުންދާ ދަތިތަކަށްޓަކައި ނިހާޔަތަށް މައާފަށް އެދެން: ރައްޔިތުންގެ ބޭންކް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސިސްޓަމްތަކަށް ދިމާވަމުންދާ މައްސަލަތައް ހައްލުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށާއި ޚިދުމަތަށް ބުރޫއަރައި، ދިމާވަމުންދާ ދަތިތަކަށްޓަކައި ނިހާޔަތަށް މައާފަށް އެދޭކަމަށް ރައްޔިތުންގެ ބޭންކުން ބުނެފި އެވެ. ރައްޔިތުންގެ ބޭންކުން މިހެން ބުނެފައިވަނީ ޚިދުމަތްތައް ދޭތެރެ ދޭތެރެއިން މެދުކެނޑި ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ބޮޑުވުމާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގަ އެވެ. އެނޫސް ބަޔާނުގައި ބުނެފައިވަނީ ބީއެމްއެލް ގެ އޮޕަރޭޝަން ރަނގަޅު ކުރުމަށާއި ސިސްޓަމް...