ދިވެހި ބަހަކީ ކުޑަކުދީންނާއި ޒުވާނުން ޝައުޤުވެރިވާ، ޒަމާނީ ޓެކްނޮލޮޖީ އާ ރައްޓެހި ބަހަކަށް ހެދުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. ވަޒީރު ޔުމްނާ މިހެން ވިދާޅުވެފައި ވަނީ ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަހުގެ މުނާސަބަތުގައިފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ. ފެބްރުއަރީ މަހުގެ 21ވަނަ ދުވަހަކީ، ކޮންމެ އަހަރަކުވެސް ދުނިޔޭގައި ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަހެވެ. މި އަހަރުގެ ބައިނަލްއަޤުވާމީ މާދަރީ ބަ...
ޙުސައިން ޝަހުދީ
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގޭހުގެ ވިޔަފާރިކުރަމުން އަންނަ މޯލްޑިވްސް ގޭސްގެ މޮބައިލް އެޕްލިކޭޝަން ލޯންޗް ކޮށްފި އެވެ. މީގެ ދެދުވަސް ކުރިން އެކުން ފުނީގެ މުވައްޒަފުންގެ ފޭސްބުކް އަދި އެހެނިހެން ސޯޝަލް މީޑިއާ ގެ ޕްރޮފައިލް ގެ ފޮޓޯތަކުގައި ސުވާލު މާކުތަކެއް ހިމެނޭހެން ކޮށްފައިވާ ޕޯސްޓްތަކަކީ މޮބައިލް އެޕްލިކޭޝަން ޕްރޮމޯޓް ކުރުމަށް ހިންގި ކެމްޕެއިންއެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެކުންފުނިން މީސްމީޑިޔާގައި ބޭނުން ކުރަމުން އަންނަ ރަސްމީ ޗެނަލްތަކުގައި ބުނެފައިވަނީ މޮބައިލް އެޕްލިކޭޝަން ތަޢާރ...
އިބްރާހިމް އަސްވާޤް
އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ށ. މިލަންދުއަށް ތައާރަފުކޮށްފިއެވެ. މިއަދު އެ ރަށަށް ތައާރަފު ކުރި މި ހިދުމަތަކީ 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑްތަކާއެކު ލިބޭ ހިދުމަތެކެވެ. އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ދުނިޔަވީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި، ތައުލީމާއި، ބޭސްފަރުވާގެ ހިދުމަތްތަކަށާއި، ވިޔަފާރިތަކަށް އިންޓަނެޓްގެ މުހިންމުކަަން އިތުރުވެފައިވާ ކަމަށެވެ. އެހެންވެ އިންޓަަނެޓްގެ ހިދުމަތް ރާއްޖޭގެ ހުރިހާ ކަންކޮޅު ތަަކަށް ފުޅާކުރުމަކީ މުހިންމ...
އަޙްމަދު ވަހީދު
ފެނާއި ނަރުދަމާގެ ހިދުމަތުން ނެގޭ ފިކްސްޑް ޗާރޖަސް ދިވެހި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކުރަން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް އިސްލާޙެއް ހުށަހަޅުއްވައިފިއެވެ. މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ، ފެނާއި ނަރުދަމާގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފަށާފައެވެ. ސަރުކާރުގެ ފަރާތުން އެ ބިލު ސްޕޮންސާ ކުރަށްވާފައި ވަނީ ވެސް ޔާސިރެވެ. އެ ބިލު މަޖިލީހަށް ހުށަހަޅުއްވައި ދެއްވުމަށްފަހު ޔާސިރު މިއަދު ވަނީ...
ޙުސައިން ޝަހުދީ
ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން ށ. ކޮމަންޑޫ މިސްކިތްތަކަށް އޭސީ ހަދިޔާއެއްކޮށްފިއެވެ. ކޮމަންޑޫ ކައުންސިލުން ވިދާޅުވީ، ފެނަކަ ސީއެސްއާރު ގެ ދަށުން އެރަށު މިސްކިތްތަކައް ބޭނުންވާ 6 އޭސީ އެ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ. މިއީ 24000 ބީޓީޔޫގެ އޭސީތަކެކެވެ. ފެނަކަ ސީއެސްއާރުގެ ދަށުން މީގެ ކުރިން ވެސް ވަނީ އެރަށަށް އެހީތެރިކަން ދީފައެވެ. މިގޮތުން މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ވަނީ އެރަށު ސިއްޚީ މަރުކަޒަށް 4 އޭސީއާއި ޓީވީއެއް ހަދިޔާއެއްކޮށްފައެވެ. އެއީ […]
ޔުމްނާ ޢަލީ
އދ. ހަންޏާމީދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައކްަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 41 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 70 އިންސައްތަ މަސައްކަތާއި 4.91 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ މައި ނެޓްވޯކް ގާއިމު ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ. […]
އަޙްމަދު ވަހީދު
ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސްގެ މޭރީގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގެ އަސަރު މޭރީގެ ހަށިގަނޑު ފެނިފައިވާ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ. މިދިޔަ އޮކްޓޫބަރު މަހު މަރާލި މޭރީގެ މަރުގެ މައްސަލާގައި ޅ. ހިންނަވަރަށް ނިސްބަތްވާ ލަމްހާގެ އިތުރުން މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެ ދެ މީހުން ރާވައިގެން މޭރީ މަރާލި ކަމަށް ބުނެ އެވެ. ލަމްހާއަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ […]
ހުސައިން ހަބީބް
ސަރުކާރުގެ އެންމެ ފުރަތަމަ ސަބްމެރިން ކޭބަލް އަޅަން އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީގެ ކުންފުނި، ރިލަޔަންސް ޖިއޯއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް)ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗެއާޕާސަން ރިޔާޒް މަންސޫރެވެ. އަދި ޖިއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ރައީސް މެތިއު އޮމެންއެވެ. މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ބައިވެ...
އަޙްމަދު ވަހީދު
ސްނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް ގައި 2 ވަނަ ރޭ ކުޅުނު މެޗުތަކުން ހއ. އިހަވަންދޫ، ހދ. ވައިކަރަދޫ، މަކުނުދޫ، ކަނޑިތީމް އަދި ގޮއިދޫ ވެސް ކުޅުނު މެޗްކާމިޔާބު ކޮށްފި އެވެ. ރޭ ހއ އަތޮޅުގެ 2 މެޗެއް ކުޅެފައިވާއިރު މުރައިދޫ ކެލާ ބައްދަލުކުރި މެޗް 1-1 ގެ ނަތީޖާއަކުންވަނީ އެއްވަރުވެފަވާއިރު 3-2 ގެ ނަތީޖާއިން ބާރަށް މައްޗަށް އިހަވަންދޫ ވަނީ ކުރިހޯދާފައެވެ. ހދ.އަތޮޅުގެ 2 މެޗު ކުޅެފައިވާއިރު 4-3 ގެ ނަތީޖާއިން މަކުނުދޫވަނީ ނެއްލައިދޫ ބަލިކޮށްފައެވެ. ދެވަނަ […]
އަލީ ރިޔާޟް
ދިގުމުއްދަތަށް ފައިސާ ދައްކާ ޚަލާސްކުރާ ގޮތައް ނޮޅިވަރަންފަރުން ދޫކުރުމަށް ހަމަޖެހިފައިވާ އަށް ހައުސިން ޔުނިޓަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ލިސްޓް އާންމުކޮށް، މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މި ލިސްޓްގައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތާމެދު އެއްވެސް ޝަކުވާއެއްވާނަމަ މިފެށޭ މާރިޗް މަހުގެ ފުރަތަމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ ޝަކުވާއެއް ސާފުވާނެ ހުށަހަޅަން ނޮޅިވަރަންފަރު ކައުންސިލުން އެދެއެވެ. މިގޮތަށް ޝަކުވާ ހުށަހަޅ...
ޙުސައިން ޝަހުދީ
ފުޓްބޯލް އެސިސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އާ ލީގު ފޯމެޓްގެ ދަށުން ފެށުމަށް ހަމަޖެހިފައިވާ “ދިވެހި ޕްރިމިއާ ލީގު 2023/2024 ކޮލިފިކޭޝަން” ބުރުގައި އެންމެ އުތުރުގައެ ފަސް އަތޮޅު ހިމެނޭ ފުރަތަމަ ޒޯނުން 17 ޓީމަކުން ބައިވެރި ވެއްޖެއެވެ. އެފްއޭއެމުން ޒޯން 1، 2 އަދި 3 ގެ ކޮލިފައިންގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލާފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހުއެވެ. ޒޯން-1 ގައި ހިމެނެނީ ހއ އަތޮޅުން ފެށިގެން ރ އަތޮޅާ […]
އިބްރާހިމް ޚަލީލް
ސްރީ ލަންކާ އަށް ބޭނުންޖެހިފައިވާ ތެލާއި ގޭހުގެ ބާވަތްތައް ގަންނާނެ ފައިސާވެސް އެ ގައުމުގެ ސަރުކާރުން ހިންގާ ތެޔޮ ކުންފުނި ސަރުކާރުގެ ތެޔޮ ކުންފުނި، ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕީސީ) ގައި ނެތް ކަމަށް، ލަންކާގެ ހަކަތައާ ބެހޭ މިނިސްޓަރު އުދަޔަ ގައްމަންޕިލާ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ސީޕީސީގައި ފައިސާ ނެތުމުގެ ސަބަބުން، ގައުމަށް ދިމާވެފައިވާ ތެލުގެ މައްސަލަ ހައްލުކުރަން ދަތިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި، މި ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ވެސް […]
އަޙްމަދު ވަހީދު
ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި ވެލެންސިއާ ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ވެލެންސިއާގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ނަތީޖާއިންނެވެ. މުޅި މެޗު ކޮންޓްރޯލް ކޮށްގެން ބާސާއިން ކުޅުނުއިރު، އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ޖޯޑީ އަލަބާ ވެލެންސިއާގެ ޑިފެންސްގެ ފަހަތަށް ކުޅުނު ދިގު ބޯޅައެއް އެއްފަހަރުން ކޮންޓްރޯލްކޮށް ގޯލުގެ މަތީ […]
އިބްރާހިމް ޚަލީލް
އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ މާޗު ހަތް ވަނަ ދުވަހަށް ތާވަލު ކޮށްފިއެވެ. އެ ކުންފުނިން ބުނީ މި ޖަލްސާ އޮންނާނީ އެ ދުވަހުގެ ރޭ 8:30 ގައި ކަމަށެވެ. ޖަލްސާ އޮންނާނޯ ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލުގައެވެ. އުރީދޫ އިން ބުނީ ކޯވިޑް-19ގެ މިހާރުގެ ހާލަތާއި ހިއްސާދާރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި، ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ، އަހަރީ އާންމު ޖަލްސާ ބާއްވާއިރު، ސަރުކާރުން އިއުލާނުކޮށްފައިވާ […]
އަޙްމަދު ވަހީދު
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ލީޑްސްގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. ފުރަތަމަ ލަނޑު 34 ވަނަ މިނެޓުގައި ލުކާ ސޯ ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ […]
އިބްރާހިމް ޚަލީލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން އެއާ ޓްރެފިކް މޫވްމެންޓުގެ އާ ރެކޯޑެއް ހަދައިފިއެވެ. ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި އިއްްޔެ 839 އެއާ ޓްރެފިކް މޫވްމަންޓް ވަނީ ރެކޯޑު ކޮށްފައެވެ. އެންމެ ފަހުން މިފަދަ ރެކޯޑެއް ހެދުނީ ޖެނިއަރީ މަހުގެ ދެވަނަ ދުވަހުއެވެ. އެ ދުވަހު 826 އެއާޓްރެފިކް މޫވްމަންޓް ވަނީ ރެކޯޑް ކޮށްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުގައި އިއްޔެ އެކަނިވެސް 210 މަތިންދާ ބޯޓު ވީއައިއޭގެ […]
އަޙްމަދު ވަހީދު
ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިސްނަގައިގެން ދިއްދޫގައި ކުރިއަށް ގެންދާ ހިލޭ ސްޕީޗް ތެރަޕިސްޓަކަށް ދެއްކޭ ޕްރޮގްރާމް ފަށައިފިއެވެ. މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް މިޑްލް ސްޕޯޓްސް ކުލަބުން ކުރިއަށް ގެންދަނީ ހއ.އަތޮޅު ކައުންސިލާއި ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެންނެވެ. މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން މި ޕްރޮގްރާމް މި އަހަރު ހިންގަން ޕްލޭންކޮށް ފާއިތުވި އަހަރުގެ ޑިސެމްބަރު […]
އިބްރާހިމް ޚަލީލް
ޓެރަރިޒަމަށް ހިތްވަރު ދީ އަދި އައިއެސް ޖަމާއަތާ ގުޅުން އޮންނަ ބައެއްގެ އަތުން ފައިސާ ހޯދިކަމަށް ބުނެ ދައުލަތުން ދައުވާކުރި ހދ. ނޭކުރެންދޫ ގެ މައްޗަށް ކުށް ސާބިތުނުވެ ސަލާމަތްވެއްޖެ އެވެ. މުނާޒަށް ދައުލަތުން ދައުވާކުރީ އަބޫ ޔޫސުފް އަދި އަބޫ މިޝްކާގެ ނަމުގައި އޭނާ ގެންގުޅުނު އެކައުންޓަކުން 2018 ވަނަ އަހަރު ޓެރަރިޒަމަށް ހިތްވަރު ދިނުމާއި އައިއެސްއަށް ތާއީދު ކުރާތީ އެމެރިކާގައި 2016 ވަނަ އަހަރު ތުހުމަތުގައި ހައްޔަރުކުރި ލަޔަނަލް ވިލިއަމްސް އާއި ޕާކިސްތާނު މީހެއްގެ […]
ހުސައިން ހަބީބް