ށ. ފުނަދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ކައުންސިލުގެ ރަމަޟާން ބާޒާރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ފުނަދޫ ޑްރައިވިން ޓްރެކް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބާޒާރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މާޗު މަހުގެ 29، 30 އަދި 31 ގެ ނިޔަލަށް ޖުމްލަ ތިންދުވަހަށެވެ. މި ބާޒާރާއި ގުޅޭގޮތުން ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމް ފުޅު “ތިލަދުން” އަށް ވިދާޅުވެފައި ވަނީ މިއީ އެ ކައުންސިލުން މިގޮތަށް ކުރިއަށް […]
އިބްރާހިމް ޚަލީލް
ރަޝިއާ އާއި ޔޫކްރެއިންގެ މައްސަލަ ހޫނުވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކުއްލިއަކަށް މަތިވެއްޖެއެވެ. ދުނުޔޭގެ ބާޒާރުގައި މުިހާރު ތެޔޮ ފީފާއެއްގެ އަގު ހުރީ 99.38 ޑޮލަރު (1532ރ.) އަށެވެ. މި އަދަދަށް އެރީ އިއްޔެއާ މިއަދާ ދޭތެރޭގައެވެ. އިއްޔެއިން ފެށިގެން ތެލުގެ އަގަށް އަންނަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. މިއަދު ކުއްލިއަކަށް ތެލުގެ އަގު އުފުލުނީ ރަޝިއާ އިން ޔުކެރެއިނަށް އަރަން ނިންމުމާ އެކުގައެވެ. ރަޝިއާ އާއި ޔުކްރެއިންގެ މައްސަލަ ހައްލު ވެއްޖެ ނަމަ ތެލުގެ […]
އަޙްމަދު ވަހީދު
ޤިބްލަ ޙައްޖު އެންޑް އުމްރާ ގުރޫޕުން އަމިއްލަ އަށް ވިސާ ޖަހައިދިނުމުގެ ފުރުޞަތު ފަހިވުމުން ގިނަ ޕެކޭޖްތަކެއް ތަޢާރަފުކޮށްފި އެވެ. މި ޕެކޭޖްތައް ތަޢާރަފްކޮށްފައިވަނީ ރޭ އެކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ރޭ އެކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެކުންފުނީގެ ޗެޔާމަން ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެކުންފުނިން ވިސާ ޖަހައި ދިނުމުގެ ޚިދުމަތް މިހާރު ފަހިވެފައިވާ ކަމަށެވެ. “މިހާރު ޤިބްލަ ކުންފުންޏަކީ އަމިއްލަ އަށް ވިސާ ޖަހައިދިނުމުގެ ފުރުޞަތު ފަހިވެފައިވާ، އަ...
ޔުމްނާ ޢަލީ
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުޅުދުއްފުށީ ސިޓީ އިން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނެފައިވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ކުޅުދުއްފުށީ ސިޓީ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށީ ގެ އެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ، މިމަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނ...
އަލީ އާދިލް
ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން އެރަށުގައި ކައްކަން ދަސްކޮށްދޭ ކޯހެއް ކާމިޔާބުކަމާއެކު ކުރިޔަށްގެންގޮސް ނިއްމާލައިފިއެވެ. ދެޖިންސްގެ ބޭފުޅުންނަށްވެސް ބައިވެރިވެވޭގޮތަށް ކުރިޔަށް ގެންދިޔަ މި ކޯހުގައި ކިޔަވައިދެއްވީ ޝެފް މުހައްމަދު އަފްޝާން އަސްފާގް އެވެ. “އަފްގާން ކުކުބުކް” އާއި ގުޅިގެން ކުރިޔަށްދިޔަ މި ކޯހުގައި 9 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މިކޯހުގައި ވަނީ ތަފާތު އެކިވައްތަރުގެ ކާނާ ތައްޔާރު ކުރާނެގޮތް ކިޔައިދީފައެވެ. އަދި ކޯސް ނިއްމާ...
އަލީ ރިޔާޟް
ހއ. ދިއްދޫ ބަނދަރު ބޮޑުކޮށް ފުޅާ ކުރުމުގެ މަޝްރޫއުގެ ދަށުން ޖެޓީ ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން އާ ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 62 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 616 މީޓަރުގެ ބޭރުތޮށި ލުމާއި، 58 މީޓަރުގެ ގްރޮއިންސް ޖެހުމާއި، 185 […]
އަޙްމަދު ވަހީދު
ހދ. ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގައި ކުރިއަށް ގެންދިޔަ ބޭސިކް ފަހާކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. މި ކޯހަކީ ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި މަޝްހޫރު ފެހުންތެރިޔާ އާފިޔާ ޔޫސުފާއި ގުޅިގެން ކުމުންދޫގައި ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ. ކޯސް ފަށާފައި ވަނީ 04 ފެބްރުއަރީ 2022 ގައެވެ. ޖުމްލަ 15 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ކޯސް ނިންމާލާފައި ވަނީ 20 ފެބްރުއަރީ 2022 ގައެވެ. ކޯސް […]
އިބްރާހިމް ޚަލީލް
މިއަދުގެ ތާރީހު، 22.2.22 އާ ގުޅުވައިގެން އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަނުގެ ދަށުން ކްލަބް ޕްރިމިއާ މެމްބަރުންނަށް ބައެއް ފިހާރަތަކާއި ރެސްޓޯރެންޓުތަކުން 22 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 28ގެ ނިޔަލަށެވެ. https://twitter.com/OoredooMaldives/status/1495985247733059589?t=eqGKHnNiPFZCXNT6xAy0MA&s=19 މި ޕްރޮމޯޝަނުގެ ދަށުން ޑިސްކައުންޓް ލިބޭނީ “ޗީނޯ” އާއި “ރާދަފަތި ޖެމްސް އެންޑް ޖުވެލަރީ” އާއި “ލަޝ...
އަޙްމަދު ވަހީދު
ޅ.ހިންނަވަރު ބަނދަރުގެ ދެކުނުފަރާތުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރުގެ އުތުރު ފަރާތުގައި އެއްގަމު ތޮށި ލުމަށްޓަކައި ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކައި، 65،170.76 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 421 މީޓަރުގެ ސަރަގައްދެއްގައި އެއްގަމުތޮށި ލުމާއި...
އަޙްމަދު ވަހީދު
ސޮނީސްޕޯރޓްސް ގޯލްޑަން ފުޓުސަލް ޗެލެންޖް ހޯމަ ދުވަހުގެރޭ ކުޅުނު މެޗުތަކަށްފަހު ހދ. އަތޮޅު ގްރޫޕް 1 ގައި 3 ޓީމަކަށް ފައިނަލަށް ދިއުމުގެ ފުރުސަތު ފަހިވެއްޖެއެވެ. ނޭކުރެންދޫ އަދި ނާވައިދޫ އަށް އަމިއްލަ ބާރުގައި ފައިނަލަށް ދިއުމުގެ ފުރުސަތު އޮތްއިރު ފިނޭއަށް ވަނީ އަމިއްލަބާރު ގެއްލިފައެވެ. ކުމުންދޫ ކުޅުނު 2 މެޗްއިންބަލިވެ ފައިނަލްގެ ފުރުސަތު ވަނީ ގެއްލިފައެވެ. މި ގްރޫޕްގައި ހޯމަދުވަހުގެރޭ ކުޅުނު މެޗްތަކުން ނާވައިދޫ އަދި ނޭކުރެންދޫ ވަނީ މޮޅުވެފައެވެ. ފުރަތަމަ ކުޅުނު މެޗުން ފިނޭގެ […]
އަލީ ރިޔާޟް
ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ޔޫތު މިނިސްޓްރީ ގުޅިގެން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުވުމުގެ ފުރުސަތުތަކަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން ވެމްކޯއިން އެކި ދާއިރާތަކަކުން ޒުވާނުން ތަމްރީނުކުރާނެއެވެ. މީގެ ތެރޭގައި އޮޓޮމޯޓިވް މެއިންޓަނަންސް މެކޭނިކް އާއި ސްޓޯ ކީޕާ އާއި، ކޭޝިއަރިން އަދި ވެލްޑިން ޓެކްނިކްސްގެ ދާއިރާ ހިމެނެއެވެ. ވެމްކޯއިން ބުނި ގޮތުގައި މި ފުރުސަތުގެ ދަށު...
އަޙްމަދު ވަހީދު
ސަރުކާރުގެ ސިއްރު ބޭޒާރު ކުރުމުގެ ތުހުމަތުގައި ފުލުހުންގެ ޚިދުމަތުން ތަހްގީގު ކުރަމުން ގެންދިޔަ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު ޙުސައިން އަރީފް (ހުސެންބެ) ގެ މައްސަލަ ފައިލް ކޮށްފިއެވެ. އިތުރު މައުލޫމާތު ލިބުމުން މައްސަލަ ކުރިއަށް ގެންދާ ގޮތަށް އެ މައްސަލަ ފައިލް ކުރިކަން ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ ހުސެންބެ އަށް އަންގާފައެވެ. އެ މައްސަލައަކީ ކުރީގެ ސަރުކާރު ދުވަސްވަރު 5 އޮކްޓޯބަރު 2017 ގައި ބަލަންފެށި މައްސަލައެކެވެ. އެ މައްސަލަ ނިންމައި ފައިލްކޮށްފައި ވަނީ […]
އަލީ އާދިލް
ތިލަދުންމަތީގެ ދެ ރަށެއް ހިމެނޭހެން 12 ރަށެއްގައި ފާމަސީ އަޅައޮދޭނެ ބަޔަކު ހޯދަން އެސްޓީއޯއިން އިއުލާން ކޮށްފިއެވެ. އެ ކުންފުނިން ކުރި އިއުލާނުގައި ބުނެފައިވާގޮތުގައި މި ރަށްތަކުގެ ތެރޭގައި ހއ. ތުރާކުނާއި ހއ. ހޯރަފުށި ހިމެނެއެވެ. މި ޕްރޮޖެކްޓުތަކަށް އެދެވޭނީ އެ ރަށެއްގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ކުންފުނިތަކަށެވެ. އަދި ފާއިތުވި ފަސް އަހަރު ތެރޭ ެ ލައްކަ ރުފިޔާއަށްވުރެ ކުޑަ ނޫން އިމާރާތެއް އިމާރާތް ކޮށްފައިވެސް ހުންނަން ޖެހޭނެއެވެ. މި މަސައްކަތަށް އެދި ހުށަހަޅާ […]
އަޙްމަދު ވަހީދު
ހދ. ނޮޅިވަރަންފަރު ފަޅުތެރެއިން ވެލިނެގުން އަނެއްކާ ވެސް އެ ރަށު ކައުންސިލުން މަނާކޮށްފިއެވެ. ނޮޅިވަރަންފަރު ފަޅުތެރޭ އޮންނަ ތުނޑި ވަރަށް ބޮޑަށް ގިރައިގެން ދިޔުމާއި ގުޅިގެން ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތައް އެ ރަށު ފަޅުތެރެއިން ވެލިނެގުން ނޮޅިވަރަންފަރު ކައުންސިލުން ވަނީ މަނާކޮށްފައެވެ. މިކަމާއި ގުޅިގެން އިއްޔެ ނޮޅިވަރަންފަރު ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ކަނޑައެޅި މުއްދަތު ހަމަވުމާއިއެކު އަނެއްކާ ވެސް އެ ރަށުގެ […]
އިބްރާހިމް ޚަލީލް
މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ)އިން ރަށްރަށަށް ދަތުރުކުރުމުގެ ކުރީން ޕީސީއާރު ޓެސްޓް ހަދަން ޖެހޭ ގޮތަށް އޮތް އޮތުން އުވާލައިފި އެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ތިން ފިޔަވަޅަކަށް ލުއިދީފައިވާކަން މިރޭ ޢިއުލާން ކޮށްފައެވެ. މި ފިޔަވަޅުތަކަށް ލުއިދީފައި ވަނީ މާދަމާއިން ފެށިގެންނެވެ. މިގޮތުން މާލެއިން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރުމުގެ ކުރިން ޕީސީއާރް ޓެސްޓް ހަދަންޖެހޭ ގޮތަށް އޮތް އޮތުން ވަނީ ނިމުމަކަށް […]
ޙުސައިން ޝަހުދީ
މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ “ބޯޑާ މައިލްސް” ޕްރޮގްރާމުގެ ދަށުން އަބާރަނަ (ގޯލްޑް) ޓިއާ ރާއްޖޭގެ ޓޫރިޒަމްގެ ޕައިނިއަރެއް ކަމަށްވާ ޖޯޖް ކޯބިން އާއި އޭނާގެ ދަރިކަނބަލުން ޖޯޖިއާ ކޯބިން އަށް ދީފިއެވެ. މިއީ ރާއްޖެ އަށް އައި ފަތުރުވެރިއަކަށް މި ޓިއާ ދިން ފުރަތަމަ ފަހަރެވެ. މި ޓިއާ ކޯބިން އަށް އެރުވީ، އޭނާ ރާއްޖެ އަށް ކުރެއްވި ދަތުރު ނިންމަވައިލެއްވުމަށް ފަހު، ފުރާވަޑައިގަތުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވިި ރަސްމިއްޔާތުގައެވެ. މި ޓިއާ އޭނާއާއި އޭނާގެ […]
އަޙްމަދު ވަހީދު
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަކީ މިހާރު އިޞްލާޙުކުރަންވެފައި އޮތް ތަނެއް ކަމަށް ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ނާޒިމް މިހެން ވިދާޅުވީ، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި މިއަދު މަޖިލިސް ތަޅުމުގައި ވާހަކަ ދައްކަ...
އަލީ އާދިލް
ދިވެހިންގެ މެދުގައި މިހާރު މަގުބޫލުކަން ހޯދަމުން އަންނަ ބަސްބުރީގެ މިއަދުގެ ބަސް ދިމާކޮށްގެން ހަދިޔާއެއް ހޯދުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ. އެގޮތުން އުރީދޫން އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ބަސްބުރި ޓީޝާޓެކެވެ. އެ ކުންފުނިން މި ހަދިޔާ ހުށަހެޅީ މިއަދަކީ މާދަރީ ބަހުގެ ދުވަސް ކަމަށްވުމުންނެވެ. އެގޮތުން، ބަހަވީ ސިންދަފާތު ރައްކާތެރިކުރުމަށް basburi.com ފަދަ ސުމޭކީ މަންސަަތައް އެހީތެރިވެދޭ ކަމަށް އުރީދޫން ބުންޏެވެ. މިއަދުގެ ބަސް ދިމާކޮށްގެން ޕޯސްޓް ޝެއާކުރާއިރު #މާދަރީބަހުގެދު...
އަޙްމަދު ވަހީދު