ޑްރަގްގެ ބޮޑެތި ދައުވާތަކެއް އުފުލިފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ބަންދުން ދޫކޮށްލައިފި އެވެ. ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު، މިދިޔަ އަހަރު ހައްޔަރުކުރި ޕެސްޓްގެ މައްޗަށް ދައުލަތުން ގިނަ ދައުވާތަކެއް ކުރެ އެވެ. އޭގެ ތެރޭގައި އުމުރަށް ޖަލަށްލެވޭ ފަދަ ކުށްތައް ވެސް ހިމެނެ އެވެ. އޭނާ ހައްޔަރުކުރި ފަހުން މިއަދާ ހަމައަށް ވެސް ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ. ޕެސްޓް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުުން އެންގީ މިއަދު ބޭއްވި […]
އަލީ އާދިލް
ސްރީ ލަންކަން އެއާލައިނުން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ކުރާ މީހުން، މަންޓާ އެއާ މެދުވެރިކޮށް ދެކުނުގެ އެހެން ބައެއް މަންޒިލްތަކަށް ދަތުރުކުރެވޭ ގޮތް ހަދައިިފިއެވެ. މި ހިދުމަތާ އެކު ސްރީ ލަންކަން އިން ގަމަށް ދަތުރު ކުރާ މީހުންނަށް މަންޓާ އެއާ މެދުވެރިކޮށް ގއ. ކޫއްޑޫ އަށް ދަތުރު ކުރެވޭނެއެވެ. މިއާއެކު އެއާޕޯޓުގައި ފަސިންޖަރުން ހޭދް ކުރަން ޖެހޭ ވަގުތު ވަރަށް ބޮޑުތަނުން ކުޑަވާނެއެވެ. ސްރީ ލަންކަންގެ ރީޖަނަލް މެނޭޖަރު ޖަޔަންތާ އަބޭސިންހަ ވިދާޅުވީ އެ […]
އަޙްމަދު ވަހީދު
ސޮނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ހދ. ވައިކަރަދޫ އާއި ހއ. އިހަވަންދޫ އަދި ށ. ކަނޑިތީމުން ކުޅުނު މެޗުތަކުން މޮޅުވެ ފައިނަލާގާތަށް ޖެހިލައިފިއެވެ. ރޭގެ މެޗްތަކުގައި މަކުނުދޫގެ މައްޗަށް ވައިކަރަދޫ އިން ކުރިހޯދީ 3-2 އިންނެވެ. އަދި އިހަވަންދޫ އިން ވަނީ 1-0 އިން ކެލާ ބަލިކޮށްފަ އެވެ. ކަނޑިތީމުން ގޮއިދޫ ބަލިކުރީ 3-0 އިންނެވެ. ނެއްލައިދޫ އަތުން ކުޅުދުއްފުށި މޮޅުވީ 3-1 އިންނެވެ. އަދި މަރޮށިން ވަނީ 4-3 އިން […]
އަލީ ރިޔާޟް
ށ.ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޯހަކީ ފޯކައިދޫގެ ޒުވާނުންގެ އިތުރު އެކި އުމުރުފުރާގެ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކޯހެކެވެ. މިކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހފައި ވަނީ 5 މާޗް 2022 އިން 15 މާޗް 2022 ގެ ނިޔަލަށް ޖުމްލަ ދިހަ ދުވަހަށެވެ. ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 28 ފެބްރުއަރީ 2022 ވަނަ ދުވަހުގެ […]
އިބްރާހިމް ޚަލީލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސްގެ އަނބިކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންނެވިކަން ރައީސް އޮފީހުން ހާމަކުރެއްވުމުގެ ދެ ގަޑިއެއްހާއިރު ކުރިން ޓްވީޓާ މެދުވެރިކުރަށްވައި ރައީސް ޞާލިޙް ވަނީ ޑޮކްޓަރުގެ ލަފާގެ މަތިން ތައިރޮއިޑްގެ ފަރުވާއަކަށް އެމަނިކުފާނު މިއަދު ފުރާވަޑައިގަންނަވަން ނިންމަވާފައިވާކަން ހާމަ ކުރަށްވާފައެވެ. “...
ޝިއުނާ އާދަމް
ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން އަނެއްކާ ވެސް ށ. ކޮމަންޑޫ މިސްކިތްތަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. ފެނަކައިން މިފަހަރު ކޮމަންޑޫ މިސްކިތްތަކަށް ހަދިޔާ ކުރި 8 ލައުޑް ސުޕީކަރެވެ. ކޮމަންޑޫ ކައުންސިލުން ވިދާޅުވި ގޮތުގައި، ފެނަކަ ސީއެސްއާރު ގެ ދަށުން، އެރަށު މިސްކިތްތަކައް ބޭނުންވާ 8 ލައުޑް ސުޕީކާ ވަނީ އެ ކައުންސިލާ ހަވާލުކޮށްފައެވެ. މި މަހުގެ 20 ވަނަ ދުވަހު ވެސް ފެނަކައިން ވަނީ ކޮމަންޑޫ މިސްކިތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ފަހަރު ހަދިޔާ ކޮށްފައި ވަނީ […]
ޔުމްނާ ޢަލީ
ހދ. ކުރިނބީ ކުޑަކުދިންގެ ޕާކު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ރަޖިސްޓަރީގެ ކަންކަން ނިންމެވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. އޮންލައިން ފޯމް: https://shorturl.at/wEKLU މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވ...
އިބްރާހިމް ޚަލީލް
ހެންވޭރު ނޫއަލިގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ. ހ.ނޫއަލިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތި އެފްއާރުއެސް ފަޔަރ ކޮންޓްރޯލް ރޫމަށް ލިބިފައިވަނީ މިއަދު 08:55 ހާއިރުއެވެ. އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައެވެ. މިގޮތުން ކުރެވުނު މަސައްކަތުން ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވުނީ 09:25 ހާއިރުއެވެ. މި ހާ...
އިބްރާހިމް ޚަލީލް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އަންގާރަ ދުވަހުގެ ރޭ ޗެލްސީއާއި ލިލް ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބު ކުރިއިރު ޔުވެންޓަސް އާއި ވިލަރެއާލް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ޗެލްސީގެ އަމިއްލަ ދަނޑުގައި ފްރާންސްގެ ލިލްއާއި ދެކޮޅަށް ކުޅުނު މެޗު، ޗެލްސީން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗެ ފެށިތާ ކުޑައޮރުކޮޅެއް ތެރޭ ޗެލްސީން ވަނީ ލިލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި ޗެލްސީގެ ކެޕްޓަން އަޒްޕިލްކުއޭޓާ ތިރިތިރިން ލިލްގެ […]
އިބްރާހިމް ޚަލީލް
ވަޒީރުންގެ މަޖިލީހުން “ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން 2022-2026” ފާސްކުރަށްވައިފިއެވެ. މި އެކްޝަން ޕްލޭން ފާސްކުރެއްވުމަށްފަހު ވަޒީރުންގެ މަޖިލީހުން ވަނީ އެކަށީގެންވާގޮތަށް ތަންފީޒުކޮށް މޮނިޓަރކޮށް ލަފާއަރުވާ އަދި ޕޮލިސީ ލެވެލްގެ ނިންމުންތައް ނިންމުމަށް އެކުލަވާލި ނެޝަނަލް ސްޓިއަރިންގ ކޮމެޓީގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާކަމުގައި ކަނޑައަޅުއްވާފައެވެ. ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި...
ޝިއުނާ އާދަމް
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓު އާންމު ކޮށްފިއެވެ. އެމްޑީޕީން އިއްޔެ ހަވީރު ކުރި ޢިއުލާނެއްގައި ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށާއި، އަންހެނުންގެ ރޫހުގެ ރައީސާ، ނައިބު ރައީސާ އަދި ޔޫތްވިންގްގެ ރައީސް، ނައިބު ރައީސްގެ އިންތިޚާބަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ތަރުތީބު ކުރެވިފައިވާގޮތް އާންމުކޮށްފައެވެ. އެ ނަންތައް ތަރުތީބު ކުރެވިފައިވަނީ އިންތިޚާބަށް ކުރިމަތި ލުމަށް ކެ...
އަލީ އާދިލް
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ފަރާތުން ކުރިއަށް ގެންދާ “ގެވެށި ގުޅުން” ކެންޕޭންގެ ދަށުން މަޖައްލާއެއް ނެރެފިއެވެ. “ސާސްތުރަ” ނަމުގައި ނެރުނު މި މަޖައްލާ ނެރެދެއްވީ، އިއްޔެ ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. ޖެންޑާ މިނިސްޓްރީއިން “ގެވެށި ގުޅުން” ކެމްޕެއިން ފަށާފައި ވަނީ 2020 ވަނަ އަހަރު އެވެ. މިއީ ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެގޮތުން އެ...
ޔުމްނާ ޢަލީ
ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަން އުވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ކޮމިޝަން އެ ކޮމިޝަން އުވާލެއްވީ މިއަދުން ފެށިގެންނެވެ. އެ ކޮމިޝަން އުވާލެއްވިކަން ހާމަކުރަށްވައި، ރައީސް ނެރުއްވި ޤަރާރުގައި ވިދާޅުވެފައި ވަނީ، އެ ކޮމިޝަން އުވާލެއްވީ އެ ކޮމިޝަނާއި ހަވާލުކުރެއްވި މަސައްކަތް ނިންމަވާފައިވާތީ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން، ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަން އުފެއްދެވީ ފެބުރުވަރީ 20، 2020 ގައެވެ.
ޝިއުނާ އާދަމް
ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު ދަށުން “ޤައުމީ ތަރިކަ ކޮމިޓީ” އުފައްދަވައި، އެ ކޮމެޓީއަށް މެންބަރުން އައްޔަނު ކުރަށްވައިފިއެވެ. ސަޤާފީ ތަރިކަ ރައްކާ ކުރާ ޤައުމީ މަރުކަޒުން މިއަދު އާންމު ކުރެއްވި ނޫސްބަޔާނެއްގައި ވަނީ، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު ދަށުން “ޤައުމީ ތަރިކަ ކޮމިޓީ” އުފައްދަވައި، އެ ކޮމެޓީއަށް މެންބަރުން އައްޔަނު ކުރެއްވިކަން ހާމަ ކުރަށްވާފައެވެ. މިގޮތުން އެ ކޮމެޓީއަށް ވަނީ ތޭރަ ބޭފުޅަކު އައްޔަނު ކުރަށްވާފައެވެ. އެ ކޮމެޓީއަށް އައްޔަނު ކުރެއްވި ބޭފުޅުން: 1. […]
ޔުމްނާ ޢަލީ
ހުޅުމާލޭގެ ރަޖިސްޓްރީ މާލޭ ސިޓީ ކައުންސިލުން ބާތިލްކުރި މައްސަލާގައި އެޗްޑީސީ އާއި ސިޓީ ކައުންސިލާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ހައި ކޯޓުގައި މިއަދު ބަދަލުކޮށްފި އެވެ. ހުޅުމާލޭގެ ރަޖިސްޓްރީ އެޗްޑީސީއަށް ހަދައިދީފައި ވަނިކޮށް ސިޓީ ކައުންސިލުން މިދިޔަ އަހަރު ވަނީ އެ ރަޖިސްޓްރީ ބާތިލްކޮށްފަ އެވެ. އެ މައްސަލަ އެޗްޑީސީން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިމެންދެން ހުޅުމާލެ އެޗްޑީސީގެ ދަށުގައި ބޭއްވުމުގެ ވަގުތީ އަމުރެއް އެ ކޯޓުން ނެރެދިނެވެ. ވަގުތީ އަމުރު ސިޓީ […]
ހުސައިން ހަބީބް
ހދ.ކުމުންދޫ ކައުންސިލުން އިސްނަގައިގެން ޔޫޓީޒް ކެރިއާރ ޓްކް އިންސްޓިޓިއުޓް (ޔޫސީޓީއައި) އާއި ގުޅިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ލެވެލް 3 ގެ އިލެކްޓްރިކް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް ކޯސް ނިންމައި، ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކޮށްފިއެބެ. މި ކޯހަކީ ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ. ކޯސް ކުރިއަށް ގެންގޮސްފައި ވަނީ ފާއިތުވި އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން ޑިސެމްބަރ ގެ ނިޔަލަށެވެ. ޖުމްލަ 13 ފަރާތަކުން މި ކޯސް ފުރިހަމަ […]
އިބްރާހިމް ޚަލީލް
ދިވެހިރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ޤާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ވަނީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ކުރިއަށް ގެންދަވާފައެވެ. ރައީސް ޞާލިޙް މި ނިންމެވުން މި ނިންމެވީ މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. ޑިޖި...
ޔުމްނާ ޢަލީ
ހދ. ނައިވާދޫ ސުކޫލް ހޯލު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕަވަރޭ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. އެޑިޔުކޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ އެވެ. އަދި ޕަވަރޭ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ތަސީން ޢަލީ އެވެ. މި ރަސްމިއްޔާތުގައި ހަނީމާދޫ ދާއިރާގެ މެންބަރު އަބުދުލް ޣަފޫރު މޫސާ ވެސް ބައިވެރިވެ […...
ޔުމްނާ ޢަލީ