ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު ދަށުން "ޤައުމީ ތަރިކަ ކޮމިޓީ" އުފައްދަވައި، އެ ކޮމެޓީއަށް މެންބަރުން އައްޔަނު ކުރަށްވައިފިއެވެ.
ސަޤާފީ ތަރިކަ ރައްކާ ކުރާ ޤައުމީ މަރުކަޒުން މިއަދު އާންމު ކުރެއްވި ނޫސްބަޔާނެއްގައި ވަނީ، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު ދަށުން "ޤައުމީ ތަރިކަ ކޮމިޓީ" އުފައްދަވައި، އެ ކޮމެޓީއަށް މެންބަރުން އައްޔަނު ކުރެއްވިކަން ހާމަ ކުރަށްވާފައެވެ.
މިގޮތުން އެ ކޮމެޓީއަށް ވަނީ ތޭރަ ބޭފުޅަކު އައްޔަނު ކުރަށްވާފައެވެ.
އެ ކޮމެޓީއަށް އައްޔަނު ކުރެއްވި ބޭފުޅުން:
1. މުޙައްމަދު ޠާރިޤް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް،
2. ޒިފްލީން ޙަސަން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް،
3. މުޙައްމަދު އާމިރު، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް؛
4. މޫސާ އަންވަރު ޙަސަން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ މުސާއިދު ވާއިޛް،
5. ޙައްވާ ނަޒްލާ، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލް،
6. މުޙައްމަދު ޒާހިރު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ޑިރެކްޓަރ ޖެނެރަލް،
7. މުޙައްމަދު ނާޖިހު، ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާގެ ރިސަރޗް އެނަލިސްޓް،
8. ޒަހާ އަހުމަދު، ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ އާކިޓެކްޓް،
9. އަޙްމަދު ސުޖީތު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޕްރޮޖެކްޓް އިންޖިނިއަރ،
10. ޢަބުދު ﷲ އިޔާޒު، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޕްލޭނިންގ އޮފިސަރ،
11. ނަސީމާ އަހުމަދު، ދިވެހިބަހުގެ ދާއިރާއަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް،
12. މަރިޔަމް އިޝާ ޢަޒީޒް، އާކިޓެކްޓް އަދި ލިޔުންތެރިއެއް،
13. ޢަލީ ޝަރީފު، އާކިޓެކްޓެއް.
މި ކޮމިޓީން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތުގެ ތެރޭގައި ސަގާފީ ތަރިކަ ގިންތިކުރުމާއި، ފާހަގަކުރެވޭ ސަގާފީ އަގުކުރުމާއި، ހިމާޔަތްކުރެވިފައިވާ ސަރަހައްދު ކަނޑައެޅުމާއި، ސަގާފީ ތަރިކަ ދަފުތަރުން އުނިކުރުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން ދާއިމީ އާސާރީ ތަކެތީގެ ތެރޭގައި ހިމެނުމަށް ގައުމީ ދާރުލްއާސާރަށް ގަނެގެން ހޯދާ ތަކެތި ކަނޑައެޅުމާއި، ގައުމީ ދާރުލްއާސާރުގެ ދާއިމީ ތަކެތީގެ ތެރެއިން ތަކެތި އުނިކުރުމާއި، ގައުމީ ދާރުލްއާސާރުގެ ތަކެތީގެ ތެރެއިން އަނބުރާ ރައްދުކުރާ ގޮތަށް ދޫކުރާ ތަކެތި ދޫކުރުމުގެ ހުއްދަ ދިނުމުގައި ލަފާދިނުން ހިމެނެއެވެ.
ކޮމިޓީގެ އިތުރު މަސައްކަތްކުގެ ތެރޭގައި ހުށަހެޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމާއި، ގާނޫނު ތަންފީޒު ކުރުމުގައި ލަދާ ހޯދުމަށް ވަޒީރު އެދޭ ކަންކަންކަމަށް ލަފާ ދިނުމާއި މި ނޫނަސް ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުން މި ކޮމިޓީން ކުރަންޖެހޭނޭކަމަށް ބުނާ ކަންކަން ކުރުން ވެސް ވަނީ ހިމަނާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!