މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓު އާންމު ކޮށްފިއެވެ.
އެމްޑީޕީން އިއްޔެ ހަވީރު ކުރި ޢިއުލާނެއްގައި ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށާއި، އަންހެނުންގެ ރޫހުގެ ރައީސާ، ނައިބު ރައީސާ އަދި ޔޫތްވިންގްގެ ރައީސް، ނައިބު ރައީސްގެ އިންތިޚާބަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ތަރުތީބު ކުރެވިފައިވާގޮތް އާންމުކޮށްފައެވެ.
އެ ނަންތައް ތަރުތީބު ކުރެވިފައިވަނީ އިންތިޚާބަށް ކުރިމަތި ލުމަށް ކެންޑިޑޭޓުން ފޯމް ހުށަހެޅުއްވި ތަރުތީބުން ކަމަށް އެމްޑީޕީން ބުނެއެވެ.
އެ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުން
ޗެއާޕާސަންކަމަށް:
1 އިމްތިޔާޒު ފަހުމީ، އައިޑީ A096680 ،މ.އަފްޒާ، މާލެ.
2 ފައްޔާޟް އިސްމާޢީލް، އައިޑީ A051313 ،މއ.ބޯގަންވިލާ، މާލެ.
އަންހެނުންގެ ރޫޙް ރައީސާ ކަމަށް:
1 ޞަފާތު އަޙްމަދު ޒާހިރު ، އައިޑީ A147414 ،ހުޅުމާލެ ގޯތި 10228 ، މާލެ.
2 ރޮޒެއިނާ އާދަމް ، އައިޑީ A046083 ،ގ.ފީރޯޒް ލޮޖް، މާލެ.
އަންހެނުންގެ ރޫޙް ނައިބު ރައީސާ ކަމަށް:
1 ފާޠިމަތު ސަމީރު، އައިޑީ A065571 ،ފުލްމޫން، ށ.މިލަންދޫ.
ޔޫތުވިންގ ރައީސް ކަމަށް:
1 މުޙައްމަދު އަންސާރު، އައިޑީ A278426 ،ހެޕީޑްރީމް، ސ.ހުޅުދޫ.
2 ރިފްޤާ ޝިޔާމް، އައިޑީ A160198 ، ހ. ވައިފިނި، މާލެ.
ޔޫތުވިންގ ނައިބު ރައީސް ކަމަށް:
1 އަޙްމަދު މައިމޫނު މުޙައްމަދު، އައިޑީ A301406 ،މީޒާން، ގއ.ކޮލަމާފުށި.
މި މަޤާމު ތަކުގެ އިންތިޚާބް ބާއްވަން ނިންމާފައި ވަނީ އަންނަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހުއެވެ.
މި އިންތިޚާބުގެ ކެމްޕޭން ވަރަށް ފޯރިއާއިއެކު ކުރިއަށް އެބަދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!