ރަޝިއާއިން ޔޫކްރެއިނަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، ކަރަންޓު ހިދުމަތުގެ އަގު ބޮޑު ނުކުރާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ. ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތެލުގެ އަގު ބޮޑުވި ނަމަވެސް، ފްލެޓް ރޭޓެއްގައި ސްޓެލްކޯއަށް ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. އެހެންވެ، ސްޓެލްކޯއިން ދޭ ކަރަންޓު ހިދުމަތުގެ އަގު ބޮޑު ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެސްޓީއޯގ...
އަޙްމަދު ވަހީދު
ދުބާއީގެ ވެރިޔާ އަދި ޔޫއޭއީގެ ނައިބުރައީސް އާއި ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް މިއަހަރުގެ ރޯދަ މަހާ ދިމާކޮށް އެއް ބިލިއަން މީލްސް ކެމްޕޭނެއް ފަށައިފިއެވެ. މި ކެމްޕޭނުގެ ބޭނުމަކީ ރޯދަ މަހު ކާބޯތަކެތި ހޯދަން ދަތި މީހުންނަށް ކެއުން ދިނުމެވެ. މިއީ އޭނާ މުޅި ދުނިޔެއަށް ހުޅުވާލައިގެން ހިންގާ ކެމްޕޭނެކެވެ. މި ކެމްޕޭން މިއަހަރުގެ ރޯދަ މަސް ނިމެންދެން ކުރިއަށްދާއިރު އަންނަ އަހަރުގެ ރޯދަ މަހު ވެސް ބާއްވަން ވަނީ ރާވާފައެވެ. […]
އަޙްމަދު ވަހީދު
މި އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ. ނޭކުރެންދޫގައި ވޮލީމެޗެއް ކުޅެފިއެވެ. މި މެޗު ކުޅެފައިވަނީ އެރަށު އަންހެން ކަބަލުން ދެޓީމަށް ބަހާލައިގެންނެވެ. މިމެޗު ސަރަފު ވެރި ކޮށްދެއްވީ މިހާރުވެސް އެރަށުގައި ހިންގޭ ގިނަ ކުޅިވަރު ހަރަކާތްތަކުގައި އިސްކޮށް މަސައްކަތް ކުރާ ފަރާތެއް ކަމުގައިވާ ފާތިމަތު ތަހުމީނާ އެވެ. މި މެޗު ސީދާ ތިންސެޓްއިން ބްލޫ ޓީމްގެ މައްޗަށް ގްރީންޓީމް ވަނީ ކުރި ހޯދާފައެވެ. މޮޅުވި ޓީމަށް އިނާމް ހަވާލު ކޮށްދެއްވީ މެޗުގެ ސަރަފުވެރި މެހެމާން […]
އަލީ ރިޔާޟް
ހއ. ދިއްދޫ ކައުންސިލާއި ދިއްދޫ އިޖުތިމާޢީ މަރުކަޒު ގުޅިގެން ކުރިއަށް ދިޔަ ދިއްދޫ ޔޫތު ޗެމްޕިއަން ޝިޕް 1 ވަނަ ވޮލީ މުބާރާތް 2022 ގެ ޗެމްޕިއަންކަން ޓީމް ބުލެކްޒީނޯ ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗް ފަށާފައިވަނީ އިއްޔެ ހަވީރު 16:15 ގައެވެ. ބުލެކްޒީނޯއިން ޗެމްޕިއަންކަން ހޯދާފައިވަނީ ބީއެކްސް ސްޕޯޓްސްއާއި، ވާދަކޮށް ސީދާ 3 ސެޓުންނެވެ. މި ދެ ޓީމް އިތުރުން އެމުބާރަތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ދިއްދޫ ޕޮލިސް […]
އައިޝަތު ނަސާޔާ
ރާއްޖޭގެ ފަތުރުވެރިކަމަޡަ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޓިކްޓޮކް ޗެލެންޖެއް ފަށައިފިއެވެ. މިއަދު ފެށި މި ޗެލެންޖް އިއުލާންކުރީ “ނަލަނަލަ ރާއްޖެ” ލަވަ ނެރުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ތޮއްޔިބު ޝަހީމެވެ. ތޮއްޔިބު ވިދާޅުވީ މި ޗެލެންޖަކީ ރަން އަހަރަށް ހާއްސަ ލަވަ އާއި ގޯލްޑަން ޖުބިލީ އިޝްތިހާރު ކުރުމަށް ފަށާ ހަރަކާތެއް ކަމަށެވެ. ދިވެހިންނާއި ބޭރު މީހުންނަށް އެ ޗެލެންޖުގައި ބައިވެރިވެވޭއިރު އިނާމު ހުށަހަޅާފައިވަނީ ދިވެހިންނ...
އަޙްމަދު ވަހީދު
އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް، ށ. ފުނަދޫގައި ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. މިޕްރޮގްރާމަކީ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ( އެފްސީއެސްސީ) އަދި ށ. އަމާންވެށީގެ މުވައްޒަފުންނަށް އަމާޒުކޮށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އިން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. މިއީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އެހީތެރިކަމާއިއެކު ނިންމާލެވިފައިވާ ހަރަކާތެކެވެ. ޖެންޑާ މިނ...
އައިޝަތު ނަސާޔާ
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭނުން ކުރާ ލަވަ، “ނަލަ ނަލަ ރާއްްޖެ” ނެރެފިއެވެ. އެ ލަވަ ނެރުނީ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރާއްޖޭގެ މިޔުޒިކީ ދާއިރާގެ މަޝްހޫރު ތިން ތަރިން ކަމަށްވާ މުހައްމަދު މާޖިދު (މެޒޯ މޯޑް) އާއި އެމޭޒަން ޖޭޑްގެ ވޯކަލިސްޓް އަބްދުއްރަޝީދު (އަބްސީ) އާއި ޒީރޯ ޑިގްރީ އެޓޯލްގެ އަހުމަދު ނާޝިދުގެ ދަރިފުޅު ނިޝް ނާޝިދުއެވެ. އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި […]
އަޙްމަދު ވަހީދު
ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް 15 ސްކޮލާޝިޕް ފުރުޞަޠަށް ކުރިމަތިލުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ. ހަޔާ އެޑިޔުކޭޝަނުން މި ފުރުޞަތުތައް ހުޅުވާލައި ކުރި ޢިއުލާންގައި ވާގޮތުން މި 15 ފުރުޞަޠު ވަނީ 7 ހޮސްޕިޓަލްތަކަށް ބަހާލާފައެވެ. މިގޮތުން އުތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 3 ފުރުޞަޠު އަދި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އެއް ފުރުޞަޠު ޚާާއްޞަކޮށްފަވެއެވެ. މި ފުރުޞަޠުތައް ހުޅުވާލާފައި ވަނީ ނޭޕާލް، ސްރީލަންކާ، ބަންގްލަދޭޝް، ބޫޓާން، އިންޑިޔާ، ޕާކިސްތާން، އަފްގާނިސްތ...
ޝިއުނާ އާދަމް
އަންހެނުން ބާރުވެރިކޮށް، އެކިކަންކަމުގައި ޚިޔާލު ހޯދުމަށް “އަންހެނުންގެ ސައްލާ”ގެ ނަމުގައި ކުޅުދުއްފުށީގައި ޚާއްސަ ހަރަކާތެއް ފަށައިފިއެވެ. މި ހަރަކާތަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ސިލްސިލާ ހަރަކާތެކެވެ. މިގޮތުން ރޭ ވަނީ މި ހަރަކާތުގެ ފުރަތަމަ ޕްރޮގްރާމް ފަށާފައެވެ. ރޭގެ ބައްދަލުވުން ފައްޓަވައި ދެއްވީ ކުޅުދުއްފުށީ ސިޓީގެ މެދު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު، ޢާޠިފާ ޢަލީ އެވެ. ރޭގެ ބައްދަލުވުމުގައި ކުރިއަށްގެންދިޔައީ ގެވެށި އަނިޔާއަށް ބަ...
ޔުމްނާ ޢަލީ
ރޯދަ މަހު މުދާ ވިއްކާ ފިހަރާތަކާއި ކެފޭ އަދި ރެސްޓޯރަންޓްތައް ހުޅުވާ، ހިދުމަތް ދެވޭނެ ވަގުތު އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފަ އެވެ. އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި މުދާ ވިއްކާ ތަންތަނުން މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ރޯދަ މަހާއި ޝައްވާލް މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ހިދުމަތް ދެވޭނީ ފަތިހު 5:30 އިން މެންދަމު 1:00 އަށެވެ. ކެފޭ ރެސްޓޯރަންޓް ފަދަ ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުން ރޯދަ މަހު ހިދުމަތް ދެވޭނީ […]
އަޙްމަދު ވަހީދު
ސިފައިންގެ ތަމްރީން ހަދަމުން ދަނިކޮށް ހާލު ދެރަވި ދެ ދަރިވަރަކު މާލެ ގެނެސް ފަރުވާދޭން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، މާފިލާފުށީގައި ސިފައިންގެ ތަމްރީން ހަދަމުންދިޔަ ދެ ދަރިވަރަކު މާލެ ގެނެސް ދަނީ ފަރުވާ ދެމުންނެވެ. އެ ދަރިވަރުންނަށް ފަރުވާ ދެމުން ދަނީ ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައެވެ. މި ދެ ދަރިވަރުންނާގުޅޭ އިތުރު މައުލޫމާތު އަދި އެމްއެންޑީއެފުން ހާމައެއް ނުކުރަށްވައެވެ. ސިފައިންގެ ތަމްރީން ހަދަމުން ދަނިކޮށް ހާލު ދެރަވި [...
ޔުމްނާ ޢަލީ
ދެ ދަރިންނަށް ޖިންސީ ގޯނާކުރި ބައްޕައަކު 20 އަހަރަށް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ. އުތުރުގެ ރަށެއްގައި، 2013 ވަނަ އަހަރު ބައްޕައަކު އޭނާގެ ހަ އަހަރުގެ ކުއްޖަކާއި އޭނާގެ އިތުރު ދަރިއަކަށް ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވިޔަސް، އެރަށު ކޯޓާއި ހައި ކޯޓުން ނިންމާފައި އޮތީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. އެ މައްްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައިވަނީ އޭގެ ތެެރެއިން […]
ހުސައިން ހަބީބް
ރާއްޖެއިން ބޭރު ގައުމެއްގައި ކުރި ހިނގަމުން ދިޔަ ދާހިލީ ހަނގުރާމައެއްގައި ބައިވެރިވުމަށް ފިލައިން ރާއްޖެ ދޫކޮށް ދިޔަ ދިވެހި އާއިލާއެއް މިއަދު އަނބުރާ ރާއްޖެ ގެނެސްފިއެވެ. ފުލުހުންގެ ޚިދުމަތުން އާންމު ކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ދުނިޔޭގެ ބައެއް ޤައުމުތަކުގައި ހިނގަމުންދާ ދާހިލީ ހަނގުރާމާގައި ބައިވެރިވުމަށް 2013 ވަނަ އަހަރު ދިވެހިރާއްޖެ ދޫކޮށް ދިޔަ ދިވެހި އާއިލާއެއް ދިވެހިރާއްޖެއަށް މިއަދު އަނބުރާ ގެނެސްފައިވާ ކަމަށެވެ. އަދި އަނބުރާ އަންނަ ހަނގުރާމަވެރިންނާ އެމީހުންގެ އާއިލާތަކާމެދު އަމަލު...
އަލީ އާދިލް
ހދ. ކުމުންދޫ ކައުންސިލްގެ ފަރާތުން އެރަށު ސިއްޚީ މަރުކަޒަށް ފެން ފިލްޓަރ ކުރެވޭނެ ނިޒާމެއް ހަދިޔާ ކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވީ މިނިޒާމް އެމަރުކަޒާއި ހަވާލުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އެގޮތުން އެ މަރުކަޒުގައި ފެން ފިލްޓަރ ކުރެވޭނެ ގޮތް ހެދުމަށް ކައުންސިލުން ހަދިޔާކުރި ފިލްޓަރއާއި ސިއްހީ މަރުކަޒުގެ ފަރާތުން ހަވާލުވެފައިވަނީ އެމަރުކަޒުގެ އެޑްމިނިސްޓްރޭޓަރ ޖައިލަމް ޝާހެވެ. އަމީން ވިދާޅުވީ މިފަދަ ނިޒާމެއް...
އައިޝަތު ނަސާޔާ
ރާއްޖޭގައި މީހުން އަތުން ފައިސާ އަތުލައިގެން ބޮޑު ފްރޯޑެއް ހިންގާ ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ “ކިންގްސް ފޮރެކްސް ޓްރޭޑިން” ކަމަށް ތުހުމަތުކޮށް އެކައުންޓް ފްރީޒްކޮށްފިއެވެ. އެ ކުންފުނީގެ ޓެލެގްރާމް ގްރޫޕުގައި ރޭގެ ވަގުތެއްގައި އާއްމުކުރި ބަޔާނެއްގައި ބުނީ ބީއެމްއެލް އިން ވަކި ސަބަބެއް ހާމަ ނުކޮށް އެކައުންޓް ފްރީޒްކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ ކުންފުނިން ބީއެމްއެލް އާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. ޕޮންޒީ ސްކީމް ހިންގަނީ […]
އަޙްމަދު ވަހީދު
ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ބުރުގެ ފުރަތަމަ ލެގުގައި ބާސެލޯނާއާއި ގަލަޓަސަރާއީ ބައްދަލކުރި މެޗު އެއްވަރުވެ ވެއްޖެއެވެ. ބުރާސްފަތި ދުވަހުގެ ރޭ ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 0-0 ގެ ނަތީޖާއަކުންނެވެ. ބާސާއިން ވަނީ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް ގަލަޓަސަރާއީގެ ގޯލަށް ފޮނުވާލާފައެވެ. މިގޮތުން ގަލަޓަސަރާއީގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ބާސާގެ ފޯވާޑް މެންފިސް ޑިޕޭ ފޮނުވާލި ހަމަކާ ގަލަޓަސަރާއީގެ ކީޕަރު ވަނީ […]
އިބްރާހިމް ޚަލީލް
ރޯދަމަހާ ދިމާކޮށް އެސްޓީއޯގެ ސުޕަމާޓްގެ ޖާގަ މިހާރަށް ވުރެ ތިން ގުނަ ބޮޑުކޮށް ހުޅުވަން ތައްޔާރު ވެއްޖެކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ. އަމްރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ސުޕަމާޓް ބޮޑުކޮށް، އަލުން ހުޅުވާއިރު އާންމު ވިޔަފާރިތަކަށް ވެސް ވިޔަފާރި ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާނެ ކަމަށެވެ. ހަމައެއާއެކު މިހާރުގެ ހޯމް އިންޕްރޫވްމަންޓް ޓްރޭޑް ސެންޓަރަކަށް ބަދަލު ކުރާނެ ކަމަށް ވެސް އަމްރު ވިދާޅު...
އަޙްމަދު ވަހީދު
ތެލަސީމިއާ ތަޙައްމަލް ކުރަމުންދާ ފަރާތްތަކަށް ދެވޭ ފަރުވާތައް ހަރުދަނާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް “ގައިޑްލައިން އޮން މެނޭޖްމަންޓް ޓްރާންސްފިއުޝަން ޑިޕެންޑަންޓް ތެލެސީމިއާ އިން މޯލްޑިވްސް” އިފްތިތާހު ކޮށްފި އެވެ. މި ގައިޑްލައިނަކީ މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ފޯރުކޮށްދޭ ތެލެސީމިއާ ފަރުވާއަކީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ އާއި ތެލެސީމިއާ އިންޓަރނޭޝަނަލް ފެޑެރޭޝަން (ޓީ.އައި.އެފް) އިން ތެލެސީމިއާ ފަރުވާގެ ގޮތުގައި ބޭނުންކުރުމަށް އިރުޝާދު ދެއްވާފައިވާ ފަރުވާތަކެކެވެ. ތެލަސީމިއާ ތަޙައްމަލް...
އިބްރާހިމް އަސްވާޤް