ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރާއްޖޭގެ ދެކުނުގެ ބައެއް މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައިފިއެވެ. ރައީސް އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި ރައީސް ޞާލިޙް މިއަދު ވަނީ ރާއްޖޭގެ ދެކުނުގެ ބައެއް އިސް މަސްވެރިންނާ ބައްދަލުކުރައްވައި، އެ މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި މަސްވެރިންގެ ފަރާތުން ވަނީ ދެކުނުގެ މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާގުޅޭ ވީޑިޔޯ ޕްރެޒެންޓޭޝަނެއް ހުށައަޅާފައެވެ. މި ބައްދަލުވުމުގައި މަސްވެ...
ޔުމްނާ ޢަލީ
ވިލިމާލޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓް، ފާޠިމަތު ނާޡިމާ (ފާތުން) އަށް ތާއީދު ހޯދުމަށް އިއްޔެ ވިލިމާލޭގައި ކުރިއަށްދިޔަ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. އިއްޔެ ހަވީރު ވިލިމާލޭގައި ހިންގި މަހަރާކާތުގައި އިސްބޭފުޅެއް ގޮތުގައި ބައިވެރިވެވަޑައިގަތީ އެޕާޓީގެ ނައިބު ރައީސް އަދި މާލޭ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒެެވެ. މޭޔަރު މުޢިއްޒުގެ އިތުރުން މި ހަރާކާތުގައި މާލޭ ސިޓީގެ ޕީޕީއެމް ކައުންސިލަރުންނާއި، ފާތުނ...
އަލީ އާދިލް
ގޮތް ނޭނގޭ ފޮއްޓެއް ފެނިގެން ސިފައިން ހަރަކާތްތެރިވެއްޖެއެވެ. މި ފޮށި ފެނިފައި ވަނީ މާލޭ ސިޓީގެ ސްޓޭޑިއަމް ކައިރީގައި ޕާކްކޮށްފައި އޮތް ވެހިކަލެއްގެ ތެރެއިންނެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ފޮށި ފެނިގެން ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. މިކަމުގެ ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފްގެ އީއޯޑީ ޓީމުން ހަރަކާތްތެރިވެ، ބެލި ބެލުމުން ފޮށިން އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ. މާލޭ ސިޓީން ދޭތެރެ ދޭތެރެއިން މިގޮތަށް ފޮށިތަކާއި، ދަބަސްތައް ދަނީ ފެންނަމުންނެވެ...
ތިލަދުން
ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)އަށް ތާއީދުކުރަށްވާކަން ހާމަކުރައްވައިފިއެވެ. ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަންވެސް ކުރަށްވާ އިންތިއަށް ތާއީދުކުރާކަން ރަސްމީކޮށް ހާމަކުރެއްވީ ކުރެއްވި ޓްވީޓެއްގައެވެ. ތިން ވަނަ ދައުރަކަށް ކުމުންދޫ ކައުންސިލްގެ ރައީސްގެ މަގާމް ފުރުއްވަމުން ގެންދަވާ އަމީން ވަނީ، އިންތިއާއި އިންތިގެ “ތިލަ...
އަލީ އާދިލް
ހދ.ހަނިމާދޫ ޔޫތްސެންޓަރުގެ ގޯތިތެރޭގައި ވޮލީ ކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ހަނިމާދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ. ހަނިމާދޫ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައި ވަނީ މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 17 މެއި 2022 ވަނަ ދުވަހުގެ 11:30 އަށް އެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދިނުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ. މި މަސައްކަތް ކޮށްދިނުމަ...
އިބްރާހިމް ޚަލީލް
ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ބާސާއިން ކަށަވަރު ކޮށްފިއެވެ. ރޭ ބެޓިސްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ރެއާލް ބެޓިސްއަކީ މި ސީޒަންގެ ސްޕެނިޝް ކޮޕަ ޑެލް ރޭގެ ޗެމްޕިއަނުންނެވެ. ވުމާއެކު މެޗު ފެށުމުގެ ކުރިން ބާސާއިން ވަނީ ބެޓިސްއަށް ގާޑް އޮފް އޮނާއެއް އަރުވާފައެވެ. މެޗުގައި ދެ ޓީމްގެ ފަރާތުން ހަމަހަމަ […]
އިބްރާހިމް ޚަލީލް
ވިލިމާލެއަށް ނޭރުމަށް އިންޒާރު ދީފައި އޮތްނަމަވެސް އިއްޔެ ވިލިމާލެއަށް ވަޑައިގެން ކަމަށާއި، ވިލިމާލޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓަށް ތާއީދު ހޯދުމަށް އެއް ގެއަށް ވަނުމުގެ ފުރުސަތު ލިބުނު ކަމަށް މާލޭ ސިޓީ ކައުންސިލްގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވާ ޕީޕީއެމް މެންބަރު ނަޙުލާ ޢަލީ ވިދާޅުވެއްޖެއެވެ. ނަހުލާ އިއްޔެ ވަނީ އޭނާ ވިލިމާލެއަށް އަރައިގެން ނުވާނެ ކަމަށް އަންގާފައިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ކޮންފަރާތަކުން ކަމެއް...
އަލީ އާދިލް
އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރި މެޗުގައި، ބްރައިޓަން އަތުން ތަފާތު ބޮޑު ނަތީޖާއަކުން ޔުނައިޓެޑް ބަލިވެއްޖެއެވެ. ބްރައިޓަންގެ ދަނޑުގައ ކުޅުނު މި މެޗުން ޔުނައިޓެޑް ބަލިވެފައި ވަނީ 4-0 ގެ ނަތީޖާއަކުންނެވެ. ޔުނައިޓެޑްގެ ފަރާތުން ދައް ކުޅުމެއް ފެނިގެންދިޔައިރު، ބްރައިޓަންއިން ވަނީ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ހިތްގައިމު މޮޅު ކުޅުމެއް ކުޅެފައެވެ. ބްރައިޓަންއިން ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ މެޗުގެ 15 ވަނަ މިނެޓުގައެ...
އިބްރާހިމް ޚަލީލް
ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 1.363 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި އެވެ. މޯލްޑިވްސް ކަސްޓަމްސް އިން ބުނީ، މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައިކަމަށެވެ. މިތަކެތި އަތުލައިގަނެފައިވަނީ އެޕްރީލް 28 ވަނަ ދުވަހު ވައިގެ މަގުން އެތެރެކޮށްފައިވާ ޕާރްސަލެއް ބަލާ ފާސްކުރުމުގެ ތެރޭގައެވެ. ފުރަތަމަ މަރުހަލާގައި ކަސްޓަމްސް...
އަލީ އާދިލް
ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އަދި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 870 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. ހދ. ނެއްލައިދޫ ގޮނޑުދޮށް […]
އަޙްމަދު ވަހީދު
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް، ދިވެހި ސިވިލް ސަރވިސްގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ 40 މުވައްޒަފަކު އިންޑިއާއަށް މިއަދު ހަވީރު ފުރައިފިއެވެ. މީގެ ތެރޭގައި މިނިސްޓްރީތަކާއި، ސުކޫލްތަކާއި އަދި ކައުންސިލް އިދާރާތަކުގެ މެނޭޖިރިއަލް ފަންތީގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނެއެވެ. “ޓްރެއިނިންގ ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޮރ ސިވިލް ސަރވެންޓްސް އޮފް މޯލްޑިވްސް” ގެ ނަމުގައި އިންޑިއާގެ “ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނ...
އަލީ އާދިލް
ފުލުހުންގެ ޚިދުމަތުން ޅ. ހިންނަވަރުގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅިތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ވިދާޅުވީ، ހިންނަވަރުގައި، ހިންނަވަރު ޕޮލިހާއި ނައިފަރު ޕޮލިސް ގުޅިގެން މި މަހު 2 އިން 5 އަށް ޚާއްޞަ އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ. އެ އޮޕަރޭޝަނުގައި، އެ ރަށުގެ ފަޅު ގޯތިތަކާއި ކުށްކުރާކަމަށް ބެލެވޭ މީހުން އެއްވެ އުޅޭ ރަށުގެ އެކި ސަރަހައްދުތަކާއި ވަލުތެރެ ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، އެ ބަލައި ފާސްކުރުމުގެ ތެރެއިން 34 ފުޅި ބަނގުރާ ހޯދައި […]
ޔުމްނާ ޢަލީ
ހއ. ދިއްދޫ ކައުންސިލުން މާދަމާއިން ފެށިގެން އައިޑީކާޑު ހެދުމުގެ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. ހއ. އަތޮޅު ކައުންސިލުން ވިދާޅުވި ގޮތުގައި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ގެންގުޅުއްވާ އުސޫލުގެ ތެރެއިން ދިއްދޫ ރައްޔިތުންނަށް ބޭނުންވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ މަސައްކަތް ވަނީ މާދަމާއިން ފެށިގެން ދިއްދޫ ކައުންސިލަށް ބަދަލުކޮށް، އެކައުންސިލުން ދޭ ޚިދުމަތެއްގެ ގޮތުގައި ހަމަޖަ...
ޔުމްނާ ޢަލީ
ށ. ފޯކައިދޫއިން ފުރައިގެން މާލެ ދަތުރު ކުރަނިކޮށް ފުރާގު 2 ބޯޓު ފަރަށް އެރި ހާދިސާގައި ނައިފަރު ރައްޔިތުން ދެއްކީ އިންސާނިއްޔަތުކަމުގެ ލާމަސީލް ނަމޫނާއެއްކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ފުރާގު ބޯޓު އުރިފައި ވަނީ ރޭ 8:30 ހާއިރު ޅ. ފެލިވަރު ކައިރީ އޮންނަ ފަރަށެވެ. މާލެ ދާން ފޯކައިދޫން މި ބޯޓު ފުރީ އިއްޔެ މެންދުރުފަހު 2 ޖަހާކަށް ހާއިރުއެވެ. މި ބޯޓު ފުންކޮށް ނައިފަރު ބަނދަރަށް ވެއްދީ ރޭ 01:16 ހާއިރު […]
ޙުސައިން ޝަހުދީ
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބ. ގޮއިދޫގައި ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގޮއިދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރި ކުރަންއުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 5 ވަނަ ދުވަހުގެ ރޭ އެރަށުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގައި އެ ރަށު ބަނދަރުމަތިން 26 އަހަރުގެ ދިވެހި ފިރިހެނަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެެލެވޭ އެއ...
ޔުމްނާ ޢަލީ
މިއަދު ވިލިމާލެއަށް އަރައިގެން ނުވާނެ ކަމަށް އޭނާއަށް އަންގާފައިވާކަމަށް މާލޭ ސިޓީ ކައުންސިލްގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވާ ޕީޕީއެމް މެންބަރު ނަޙުލާ ޢަލީ ވިދާޅުވެއްޖެއެވެ. ނަހުލާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭ މޭޔަރު ޑރ. މުޢިއްޒުއާއިއެކު ދާއިރާގެ ކައުންސިލަރުގެ ހައިސިއްޔަތުން މިއަދު ހަވީރު ވިލިމާލޭގެ ދޮރުން ހިނގުމަށް ހަމަޖެހިފައި ވަނިކޮށް، އޭނާ ވިލިމާލެއަށް އަރައިގެން ނުވާނެ ކަމަށް އަންގާފައިވާކަމަށެވެ. އެގޮތަށް އެންގީ ކޮންފަރާތަކުން ކަމެއް ނަހުލާ ވިދާޅުވ...
އަލީ އާދިލް
ހދ. ނޭކުރެންދޫ ގައި ފިތުރުޢީދާ ދިމާކޮށް އެރަށު ޒުވާނުން އިސްނަގައިގެން ކުރިޔަށްގެންދިޔަ ފިރިހެނުންގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ނަމުރު ޓީމުން ހޯދައިފިއެވެ. ހުކުރު ދުވަހު ހަވީރު ކުޅުނު ފައިނަލްމެޗް ނަމުރު ޓީމް ކާމިޔާބުކުރީ 3-1 ސެޓުން ކަލިޔާޓީމްގެ މައްޗަށް ކުރިހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ސެޓް 25-20 އިން ނަމުރު ޓީމެވެ. ދެވަނަ ސެޓް ނަމުރު ޓީމް ހޯދީ 25-16 އިން ނެވެ. ތިންވަނަ ސެޓް 21-25 އިން ހޯދީ ކަލިޔާ ޓީމް އިންނެވެ. ފަހުސެޓް ނަމުރު ޓީމް […]
އަލީ ރިޔާޟް
ށ. ފޯކައިދޫއިން ފުރައިގެން މާލެ ދަތުރު ކުރަނިކޮށް ފުރާގު 2 ބޯޓު ފަރަށް އެރި ހާދިސާގައި ނައިފަރު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ލިބުނީ ވަރަށް ފުރިހަމަ އެހީތެރިކަމެއް ކަމަށް ފޯކައިދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. އެ ބޯޓު ފުންކޮށް މިރޭ 01:16 ހާއިރު ނައިފަރު ބަނދަރަށް ވައްދާފައިވާއިރު، އެކަން ފާހަގަކުރައްވައި ފޯކައިދޫ ކައުންސިލުން ވިދާޅުވީ، މި އުނދަގޫ ވަގުތުގައި ނައިފަރު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ލިބުނީ ވަރަށް ފުރިހަމަ އެހީތެރިކަމެއް ކަމަށެވެ. އަދި އެކަމުގައި އެއްބާރުލުން ދެއްވި ހުރިހާ...
ޙުސައިން ޝަހުދީ