ގޮތް ނޭނގޭ ފޮއްޓެއް ފެނިގެން ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

މި ފޮށި ފެނިފައި ވަނީ މާލޭ ސިޓީގެ ސްޓޭޑިއަމް ކައިރީގައި ޕާކްކޮށްފައި އޮތް ވެހިކަލެއްގެ ތެރެއިންނެވެ.

Ad
rt

އެމްއެންޑީއެފުން ވިދާޅުވީ މި ފޮށި ފެނިގެން ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މިކަމުގެ ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފްގެ އީއޯޑީ ޓީމުން ހަރަކާތްތެރިވެ، ބެލި ބެލުމުން ފޮށިން އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ.

މާލޭ ސިޓީން ދޭތެރެ ދޭތެރެއިން މިގޮތަށް ފޮށިތަކާއި، ދަބަސްތައް ދަނީ ފެންނަމުންނެވެ. މިތަކެތި ސިފައިން ދަނީ ބަލައި ޗެކް ވެސް ކުރަމުންނެވެ.