ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް ޓްވީޓާ ބޭނުން ކުރައްވަން ފައްޓަވައިފި އެވެ. ރައީސް ޔާމީން ޓްވީޓާ ބޭނުން ކުރަން ފައްޓަވާފައި ވަނީ މިރެއެވެ. ފުރަތަމަ ޓްވީޓެއް ކުރެއްވީ މިރޭ 19:17 ގައެވެ. އެ ޓްވީޓްގައި ”بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ” ލިޔުއްވާފައި ވެއެވެ. އެއަށްފަހު 19:19 ގައި ކުރެއްވި ޓްވީޓެއްގައި ވަނީ ދިވެހި ޤައުމީ ދިދަ ހިމަނުއްވާފައެވެ. އަދި އެ ޓްވީޓްގައި “ދިވެއްސަކަށްވީތީ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް” ލިޔުއްވާފައިވެއެވެ. މައުލޫމާތު ލިބިފަ...
އަލީ އާދިލް
ނޭކުރެންދޫގައި މިހާރު ކުރިޔަށް ދާ ”ނަސްރު ބޯޓް ޢީދު ކަޕް” ވޮލީ މުބާރާތުގެ ފައިނަލަށް ޓީމް ނަމުރު ދަތުރު ކޮށްފިއެވެ. ނަމުރު ޓީމް ފައިނަލަށް ދިޔައީ މިޔަދު ކުޅުނު މެޗް ސީދާ ތިންސެޓުން ޓީމް ކަލިޔާ ބަލި ކޮށްގެންނެވެ. މެޗުގެ ސެޓްތަށް ދިޔައީ ފުރަތަމަ ސެޓް 25-12 އިން ދެވަނަ ސެޓް 25-18 އަދި ތިންވަނަ ސެޓް 25-20 އިންނެވެ. މިއަދުގެ މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ނަމުރު ޓީމްގެ ޖާޒީ ނަމްބަރ 4 މުހައްމަދު ނާޝިދު […]
އަލީ ރިޔާޟް
ރަސްގެފާނަށް ކިޔަމަންވާން ކަށްވަޅަށް ފުންމާލި “ކުފުރުވި ހަނދޭގިރިން” ބާވަތުގެ ހަނދޭގިރިން މިހާރުވެސް އެބައުޅޭ ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅޫވެއްޖެއެވެ. މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބުގެ ފޯރި ގަދަވެފައި ވާއިރު، މިއަދު ވަނީ ސަރުކާރުގެ ދެ ވަޒީރަކު، ެއެ ޕާޓީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) އަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ މިނިސްޓަރ އޮ...
އަލީ އާދިލް
ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ކެތިއަރާ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން މި އަހަރުގެ ފިތުރު ޢީދުގެ މުނާސަބަތުގައި ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މަސްރޭހުގެ ފިރިހެން ބައި ގެ އެއްވަނަ ދިރުން ފިޝިންޓީމް، އަދި އަންހެން ބައިގެ އެއްވަނަ ޓީމް ގާދޮށު މަރިޔަ ކާމިޔާބު ކޮށްފިއެވެ. މި މުބާރާތް ދެ ދުވަހަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާއިރު ޢީދު ދުވަހު (02 މެއި 2022) ކުރިއަށް ގެންގޮސްފައި ވަނީ އަންހެން ކެޓަގަރީގެ […]
އިބްރާހިމް ޚަލީލް
ހުޅުމާލޭގައި މިރޭ ދެ މާރާމާރީއެެއް ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިރޭ ވިދާޅުވީ ހުޅުމާލޭގައި ދެ މާރާމާރީއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ފުރަތަމަ މާރާމާރީ ހިންގާފައި ވަނީ ފޭސް އެކެއްގައި ހުންނަ ލަޔާ ރެސްޓޯރަންޓު ކައިރީގައެވެ. އެތަނުގައި މާރާމާރީ ހިންގިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ 21:17 ހާއިރު އެވެ. ދެވަނަ މާރާމާރީ ހިނގާފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބްރިޖެއް ކައިރީގައެވެ. އެ މާރާމާރީ ހިނގީ ފުރަތަމަ މާރާމާރީ ހިނގިތާ ކުޑައިރުކޮޅެއް ފަހުން 21:32 ގައެވެ. އެ […...
އަލީ އާދިލް
ސާވޭ އެއްގެ މަސައްކަތްކުރަމުންދަނިކޮށް ހުޅުމާލޭ ފަރަށް ގެއްލުންވުމުން އެ ސާވޭގައި ބޭނުން ކުރި އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށްފިއެވެ. ހުޅުމާލޭގެ އިރުމަތިފަރާތު ފަރުބޭރުގައި ސާވޭ ކުރަމުން ދިޔައީ އިންޑިއާ ރިލަޔަންސްގެ ޖިއޯ ކުންފުނިންނެވެ. މިއީ ދިވެހި ސަރުކާރުން އެކުންފުންޏާ ހަވާލުކޮށްގެން އަޅާ ސަބްމެރިން ކޭބަލްގެ ސާވޭގެ ބައެކެވެ. މި ސަބްމެރިން ކޭބަލް އެޅުމަށް ކުރާގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ މާޗް މަހުގެ 29 ގައި އެވެ. އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނީ އެ […]
ޔުމްނާ ޢަލީ
އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވެސް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިޚާބުގައި އެ މަޤާމަށް ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) އަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފިއެވެ. މިނިސްޓަރު އައިޝަތު ޢަލީ ވަނީ ފަޔާ އަށް ތާއީދު ކުރައްވާކަން ހާމަކުރަށްވައި، ފަޔާއާއި އެކު ނަގާ ފައި ފޮޓޯ އެއް މިއަދު ޓްވީޓާގައި އާންމު ކުރައްވާފައެވެ. މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތުގެ ޝައުނާ ވެސް ވަނީ މިއަދު ފަޔާއަށް...
އަލީ އާދިލް
ޑައިވިންއަށް ގޮސް އުޅެނިކޮށް މި މަހުގެ 2 ވަނަ ދުވަހު ގެއްލިފައިވާ ފުވައްމުލަކު ސިޓީގެ މުޙައްމަދު ސައީދު (ސައިއްޓޭ) ހޯދަމުން ދަނިކޮށް ޑައިވް ބެލްޓެއް ފެނިއްޖެއެވެ. ސައީދު ގެއްލުނީ މަހުމޫދު ފާއިޒު ދެ މީހުން ފަން ޑައިވިންއަކަށް ގޮސް އުޅުމުގެ ތެރޭގައި މި މަހުގެ 2 ވަނަ ދުވަހު މެންދުރު ފަހުއެވެ. އެ ދެ މީހުން ޑައިވިންއަށް ފޭބީ މެންދުރު 14:30 ހާއިރުއެވެ. ސައީދު ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ 15:36 ހާއިރު އެވެ. އެމްއެންޑީއެފުން މިއަދު […]
ޔުމްނާ ޢަލީ
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތުގެ ޝައުނާ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިޚާބުގައި އެ މަޤާމަށް ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) އަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފިއެވެ. ވީޑީއޯ މެސެޖެއް މެދުވެރިކޮށް މިނިސްޓަރު ޝައުނާ އަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވަމުން މިނިސްޓަރު ޝައުނާ ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރިކަމަ...
އަލީ އާދިލް
މި އަހަރުގެ އޯ ލެވެލް (ސާނަވީ ނިންމާ އިމްތިހާނު) މިއަދު ފަށައިފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވި ގޮތުގައި، މި އިމްތިހާނު ދިވެހިރާއްޖެގެ 239 ސެންޓަރެއްގައި ކުރިއަށް ދާނެއެވެ. އަދި މި އަހަރަކުގެ އިމްތިހާނުގައި 5939 ދަރިވަރުން ބައިވެރިވެފައި ވެއެވެ. މި އިމްތިހާނު ކުރިޔަށްދާނީ މިއަދުން ފެށީގެން އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އޯލެވަލް އިމްތިހާނާ އެކު އޯލެވެލްއާއި އައިޖީސީއެސްއީގެ އިތުރުން އިސްލާމާއި ދިވެހި ހިމެނޭ އެސްއެސްއީ އިމްތިހާން ވެސް ކުރިއަށްދާނެ އެވެ. އިމްތިހާނުތަކުން...
ޔުމްނާ ޢަލީ
ރާއްޖޭގައި ހުންނަ އިންޑިޔާގެ އެމްބަސީއިން ބައެއް ނޫސްތަކަށާއި ވަކިވަކި ނޫސްވެރިން މެދުވެރިކޮށް އެފަރާތުން ބޭނުންވާ އެޖެންޑާއެއް ހިންގަމުންދާކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތު ކޮށްފި އެވެ. އެކޯލިޝަނުން މިހެން ބުނެފައިވަނީ ނޫސްވެރިންގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން އިއްޔެ ނެރުނު ބަޔާނެއްގަ އެވެ. އެބަޔާނުގައި ބުނެފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއް ފާހަގަކުރާއިރު އެ ކޯލިޝަނުން އެންމެ ކަންބޮޑުވާ އެއްކަމަކީ އިންޑިޔާގެ ނުފޫޒު ރާއްޖޭގެ ބައެއް ނޫސްތަކަށް ފޯރުވަމުންދާ މިންވަރުކަމަށާއި އެއ...
އަލީ އާދިލް
ތިލަދުންމަތީގެ އިޤްތިސާދު ހިންގާލުމަށް އެންމެ ފަސޭހަ މަގަކީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓް ތަރައްޤީ ކޮށްގެންކަމަށް ހދ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް، އަދި ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެ އެވެ. އަމީން މިހެން ވިދާޅުވީ، “އުތުރުގެ ތަރައްޤީއާ ގުޅިފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓް” މިސުރުހީގެ ދަށުން މީސްމީޑިޔާގައި ހިއްސާ ކުރެއްވި ލިޔުމެއްގަ އެވެ. މިލިޔުމުގައި އަމީން ވިދާޅުވެފައި ވަނީ، އުތުރުގެ ތަރައްޤީ އާއި ހަނިމާދޫ އެއާރޕޯޓް ފުރިހަމަ އިންޓަނޭޝަނަލް އެއާރޕޯޓް...
އަލީ އާދިލް
ނޭކުރެންދޫ ޒުވާނުން އިސްނަގައިގެން އެރަށުގައި ވޮލީ މުބާރާތެއް ފަށައިފިއެވެ. މި މުބާރަތް ހުޅުވި މެޗްގައި ބައްދަލުކުރީ “ގަމަނަ” އަދި “ނަމުރު” އެވެ. ސީދާ ތިން ސެޓުން މެޗް ކާމިޔާބް ކުރީ ނަމުރު އެވެ. ފުރަތަމަ ސެޓް 25-22 އިން ދެވަނަ ސެޓް 25-20 އަދި ތިންވަނަ ސެޓް 25- 19 އިންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާއަށް އިނާމް ހަވާލް ކޮށްދިނީ މެޗްގެ ޝަރަފް ވެރި މެހެމާން ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ ސިރާޖް އެވެ. މެޗްގެ […]
އަލީ ރިޔާޟް
ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްތިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ މަސައްކަތަށް ބޭނުންވާ ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން، 10،800 ކިއުބިކް މީޓަރުގެ ވެލި، ގިރާ ސަރަޙައްދަށް އެޅުމާއި، 490 މީޓަރު ބޭރުތޮށި ލުމާއި، 96 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 22.14 މިލިއަން […]
އަޙްމަދު ވަހީދު
މި މަހު 14 ވަނަ ދުވަހު އޮންނަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިޚާބުގައި އެ މަޤާމަށް އިންތިޚާބުވެއްޖެނަމަ ފުރަތަމަ ކުރައްވާނެކަމަކީ ޕާޓީގެ އަސާސީ ޤަވާޢިދުގައި ބުނާ “އިސްލާމް ދީނުގެ މަޝްވަރާ މަޖިލިސް” ގެ އިންތިޚާބަށް ގޮވައިލުންކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި އެ މަޤާމަށް ވާދަކުރައްވާ ފަޔާގެ ހިންގާލަން ޓީމުން ޕާޓީގެ މެންބަރުން ގާތަށް ކުރަމުން އަންނަ ދަތުރުގެ ތެރެއިން އިއްޔެ ވަނީ ރ. ދުވާފަރަށް...
އަލީ އާދިލް
ރ. އުނގޫފާރު ހޮސްޕިޓަލުގައި އުފަންވާ ކޮންމެ ކުއްޖަކަށް، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހަދިޔާ ދޭންފަށައިފި އެވެ. މިއީ، އެސްޓީއޯއިން ކުރިއަށް ގެންދާ “އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް” ކެމްޕެއިންގެ ތެރެއިން، ކުރިއަށް ގެންދާ ހަރަކާތެކެވެ. މިއަދުން ފެށިގެން އެ ހޮސްޕިޓަލަށް އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާ ލިބޭނެއެވެ. “އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް” ކެމްޕެއިންގެ ތެރެއިން ފުވައްމުލައް ހޮސްޕިޓަލާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ޓްރީޓޮޕް ގައިވެސް...
އަޙްމަދު ވަހީދު
ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލާފައިވާ ކަމަށް އެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި، އެ މަޝްރޫއުގެ ދަށުން ތާރު އެޅުމުގެ މަސައްކަތުގެ 75 އިންސައްތަ ވަނީ ނިންމާލާފައެވެ. އަދި ޕޭވްމެންޓް ހެދުމުގެ މަސައްކަތުގެ 91 އިމްސައްތަ ވަނީ ނިމިފައެވެ. މީގެ އިތުރުން، މަގުބައްތި ހަރުކުރުމަށް ބޭނުންވާ ސާމާނު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަަމަށް ވެސް އެމްޓީސީސީން...
އަޙްމަދު ވަހީދު
ޔުއެފާ ޗެމްޕިއަންސް ލީގު ގައި ފަހަތުން އަރާ 3-2 ގެ ނަތީޖާއިން ވިލަރެއާލް ބަލިކޮށް ލިވަޕޫލް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފިއެވެ. ވިލަރެއާލް ދަނޑުގައި ކުޅުނު މި މެޗް ފުރަތަމަ ހާފު ނިމުނީ 2-0 ގެ ނަތީޖާއިން ވިލަރެއާލް ކުރީގައި އޮވެގެންނެވެ. ފުރަތަމަ ގޯލް މެޗުގެ 3 ވަނަ މިނެޓްގައި އެޓިއެން ކެޕޫ ގެ އެހީތެރިކަމާއެކު ވިލަރެއާލް އަށް ކާމިޔާބު ކޮށްދިނީ ބައޮލޭޑިއާ އެވެ. ދެވަނަ ގޯލް މެޗްގެ 41 ވަނަ މިނެޓްގައި ފުރަންސިސް ކޮކްލިން […]
އަލީ ރިޔާޟް