ވިލިމާލޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓް، ފާޠިމަތު ނާޡިމާ (ފާތުން) އަށް ތާއީދު ހޯދުމަށް އިއްޔެ ވިލިމާލޭގައި ކުރިއަށްދިޔަ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

އިއްޔެ ހަވީރު ވިލިމާލޭގައި ހިންގި މަހަރާކާތުގައި އިސްބޭފުޅެއް ގޮތުގައި ބައިވެރިވެވަޑައިގަތީ އެޕާޓީގެ ނައިބު ރައީސް އަދި މާލޭ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒެެވެ.

Ad
rt

މޭޔަރު މުޢިއްޒުގެ އިތުރުން މި ހަރާކާތުގައި މާލޭ ސިޓީގެ ޕީޕީއެމް ކައުންސިލަރުންނާއި، ފާތުންގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ވަނީ ބައިވެރިވެފައެވެ.

މި ކެމްޕެއިންގައި އިއްޔެ ވަނީ ވިލިމާލޭގެ ގޭގެއަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި ރައްޔިތުންގެ އަޑު ގާތުން އަހާފައެވެ. ފާތުންގެ ކެމްޕެއިން ޓީމުން މައުލޫމާތު ދޭ ގޮތުގައި މި ހަރަކާތައް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.

އިއްޔެ ކުރިއަށް ދިޔަ ފާތުންގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން، ފޮޓޯ: ޕީޕީއެމް

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. މި އިންތިޚާބުގައި ފާތުންގެ އިތުރުން ދެން ވާދަކުރަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އާމިނަތު ޝީޒާ އެވެ.

އެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ މެންބަރު އައިމިނަތު އީމާން ނިޔާވުމުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހުޅުމާލޭގައިނހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.