އެސްޓީއޯ އިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަ ކުޑަކުދިންގެ ހާއްސަ ޔޯގަޓް ބުއިން، “އައިވީ” ގެ އާ ޕެކެޓު ދައްކާލައިފިއެވެ. މި ޕެކެޓް ދައްކާލާފަައިވަނީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އިއްޔެ އެަްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައެވެ. މި ޕެކެޓް އާއްމުންނަށް ދައްކާލީ ރޮބޯ މޭންއެވެ. “އައިވީޗިލްރަންސްޑޭގެ” ނަމުގައި ބޭއްވި އެ ހަވީރުގައި ދައްކާލި މި ޔޯގަޓް ބުއިމަކީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް ހާއްސަ، ސިއްހަތަށް ފައިދާ ހުރި ގިނަ މާއްދާތަކެއް އެކުލެވިގެންވާ ބުއިމެކެވެ....
އަޙްމަދު ވަހީދު
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި އެސްޓަވިލާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއާއި ޕޮއިންޓްގެ ގޮތުން ލިވަޕޫލް އަރާ ހަމަކޮށްފިއެވެ. އެސްޓަންވިލާގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލުން މި މެޗަށް ނުކުމެފައި ވަނީ އެ ޓީމުގެ ފުރަތަމަ އެގާރައިގައި އާންމުކޮށް ހިމެނިގެން ކުޅެމުން އަންނަ ބައެއް ކުޅުންތެރިން ފުރަތަމަ އެގާރާގައި ނުހިމަނައެވެ. މިގޮތުން އެ ޓީމްގެ އިތުބާރު ފޯވާޑް […]
އިބްރާހިމް ޚަލީލް
ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ތަރައްޤީކޮށް ރަނގަޅު ކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށް ދިނުމަށް ހިންގާ މަޝްރޫޢުގެ ދަށުން ހއ.މުރައިދޫއަށް ފޮނުވުމަށް ހަމަޖެހިފައިވާ އެމްބިއުލާންސް އެ ރަށަށް ފޮނުވައިފިއެވެ. މުރައިދޫއަށް އެ އެމްބިއުލާންސް ގެންގޮސްފައި ވަނީ 10 މެއި 2022 ވީ އަންގާރަ ދުވަހުއެވެ. އައު އެމްބިއުލާންސް ލިބުމާއި ގުޅިގެން މުރައިދޫ ހެލްތު ސެންޓަރުން ވިދާޅުވެފައި ވަނީ ސަރުކާރުގެ ސިޔާސަތުގެ ދަށުން ޒަމާނީ ވަސީލަތްތަކާއިއެކު ރާއްޖޭގެ ރަށްތަކަށް ޒަ...
އިބްރާހިމް ޚަލީލް
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާއިން އެ ރަށުގައި ޖަމާޢަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގަން ނިންމައި، އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ފުނަދޫ ކައުންސިލާއި، ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް ގުޅިގެން އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާ ކުރައްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމް ވިދާ...
އިބްރާހިމް ޚަލީލް
ބޮޑެތި ބަދަލުތައް ގެނެސް އައު އިސްލާހް ތަކާއެކު ދިވެހި ބަހުގެ އެކަޑަމީން، ދިވެހި ބަހުގެ ރަދީފްގެ އައު އެޕެއް މިރޭ ލޯންޗްކޮށްފިއެވެ. މި އެޕް ލޯންޗްކޮށްފައި ވަނީ މިރޭ ކުރިއަށް ދިޔަ ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތް ފެށުމާއި، ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ރަސްމީ ޖަލްސާގައެވެ. މި އެޕް ލޯންޗްކޮށް ދެއްވީ، ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫނެވެ. މި އެޕްގައި ރަދީފުގެ ތަޢާރަފުގައި ދިވެހި ބަހުގެ އެކަޑަމީން ވިދާޅުވެފައިވާ ގޮތުގައި މިއީ […]
ޙުސައިން ޝަހުދީ
އުފާވެރި ޢާއިލާއެއް ބިނާކުރުމުގެ ބިންގަލަކީ، ކުޑަކުދިންނަށް ދެވޭ ތަރުބިއްޔަތާއި ތަޢުލީމް ކަމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ފޮނުއްވި ޚިޠާބު ގައި ރައީސް ވިދާޅުވީ، ކޮންމެ މުޖްތަމަޢެއްގައިވެސް ކުޑަކުދިންނަކީ، އެ މުޖްތަމަޢެއްގެ ކުރިމަގުގެ އުންމީދު ކަމަށާއި، އެކުދިންގެ ހެދިބޮޑުވުމަށާއި، ތަޢުލީމަށާއި ތަރުބިއްޔަތަށްޓަކައި ކުރެވޭ ކޮންމެ ކަމަކީ، އަދި ކުރެވޭ...
ޝިއުނާ އާދަމް
އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) އާއި އޭނާގެ “އެމްޑީޕީ ހިންގާލަން” ކެމްޕެއިން ޓީމް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށްފިއެވެ. އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ވެސް ހިމެނޭ މިޓީމްގެ ދަތުރު ނިންމާލެއްވުމަށްފަހު ފަޔާ ވިދާޅުވީ، ހިންގާލުމުގެ ސިލްސިލާ އިން ރާއްޖެ ވަށާ ޖެހުނު ފަހު ދަތުރު ކޮޅުމަޑުލުން ނިންމާލެވިފައިވާ ކަމަށެވެ. “މުޅިރާއްޖޭގައި އެމްޑީޕީ ހިންގާލުމަށް އެދި...
އަލީ އާދިލް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވިލިމާލެ ދާއިރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓު އާމިނަތު ޝީޒާ، ސްޓް ލޭޑީ ފަޒްނާ އަޙްމަދު އާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މުލިއާގޭގައި، މެޑަމް ފަޒްނާއާއި ބައްދަލުކުރެއްވުމަށްފަހު ޝީޒާ ވިދާޅުވީ، އޭނާ އިސްވެ ހިންގަވާ ވީލަވް ޖަމްޢިއްޔާގެ ކަންކަމާގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މެޑަމް ފަޒްނާއާއި ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި އެ ޖަމްޢިއްޔާއަށް ދިމާވާ ގޮންޖ...
އަލީ އާދިލް
މ. ކޮޅުފުށީ ކައިރީގައި ދެ ދޯނި ކައިރިކޮށްގެން އުޅުމުގެ ތެރޭގައި ފިތިގެން މީހަކު ނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ، މ. އަތޮޅު ކޮޅުފުށީ ކައިރީގައި ދެ ދޯނި ކައިރިކޮށްގެން އުޅެނިކޮށް ދެ ދޯނި ދޭތެރޭ މީހަކު ފިތިފައިވާކަަމަށެވެ. އެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައި ވަނީ މިއަދު ހަވީރު 16:41 ހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް މުލި ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާއި ހަވާލާދެއްވާ ފުލުހުން ވިދާޅުވެއެވެ. ނިޔާވެފައިވަނ...
ޔުމްނާ ޢަލީ
އެހެން ރަށެއްގެ ރައްޔިތުން ހިތުގައި ޖައްސާފައި ފުނަދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް އެރަށަށް ވެލި ގެނައުމަކީ ފުނަދޫ ރައްޔިތުންނާއި، އެ ކައުންސިލް ވެސް އެދޭގޮތެއް ނޫންކަމަށް ށ. ފުނަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ށ. ފޯކައިދޫ ބަނދަރު ސަރަހައްދުން ނަގާފައިވާ ވެލިން ވެލި އެހެން ރަށަކަށް ގެންދާތީ އެރަށުގެ ބައެއް މީހުން ދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. އެރަށުގެ ބައެއް މީހުން މީސްމީޑިއާގައި މިކަމާއި ނުރުހި ޝުޢޫރުފާޅުކުރަމުންދާއިރު، އަދި އެރަށު ބައެއް މީހުން ވަނީ ބަނދަރު ސަރަޙައްދެއް އެއް ވެ...
އަލީ އާދިލް
ޓްރެފިކް ޖޫރިމަނާއިން ސަލާމަތްވުމަށްޓަކައި ފުލުހުންނަށް ދޮގު މައުލޫމާތު ދިން މީހަކު 14،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮޮށްފި އެވެ. އދ. ދަނގެތި މީހަކު 14،440ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2020 ވަނަ އަހަރު އޭނާ ލައިސަންސް ނެތި މާލޭގައި ދުއްވި މައްސަލާގައި ޖޫރިމަނާ ކުރަން ފުލުހުން އުޅުމުން ފުލުހުންނަށް ދޮގު މައުލޫމާތު ދިނުމުންނެވެ. އޭނާ ހުއްޓުވީ ސިނަމާލެ ބްރިޖުން ބާރު ސްޕީޑްގައި ސައިކަލް ދުއްވުމުންނެވެ. ޖޫރިމަނާ ކުރަންވެގެން ފުލުހުން އޭނާގެ […]
ހުސައިން ހަބީބް
ޔުނިވާސަލްގެ ހިއްސާ އޮންނަ ފުރަނަފުށީގައި ހިންގަމުން އަންނަ ޑަބްލިއު މޯލްޑިވްސް އާއި ފެސްދޫގައި ހިންގަމުން އަންނަ ޝެރެޓަން މޯލްޑިވްސް ވިއްކާލަން ނިންމައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން އެ ދެރަށް ވިއްކާލަން އުޅޭ ކަމަށް އިއުލާންކޮށްފައެވެ. އެގޮތުން، އެ ދެރަށުގެ ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ހޯދަން ވަނީ އިއުލާނުކޮށްފައެވެ. ޑަބްލިއު މޯލްޑިވްސް އާއި ޝެރެޓަން މޯލްޑިވްސް އަކީ ޔުނިވާސަލް ކުންފުނީގެ 50 އިންސައްތަ ހިއްސާ އޮންނަ ދެ ރިސޯޓެވެ. އެ ދެ ރިސޯޓް ވެސް ހިންގަނީ ދުނިޔޭގެ […]
އަޙްމަދު ވަހީދު
ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން މިއަދު ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ. “އައިވީ ކިޑްސް އިވްނިން” ގެ ނަމުގައި ހިންގާ އެ ހަރަކާތް އޮންނާނީ މިއަދު ހަވީރު 4:00 ޖަހާއިރުއެވެ. އެ ހަރަކާތް ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައެވެ. މި ހަރަކާތުގައި ރޮބޯމޭންގެ ހަރަކާތްތަކާއި ފޭސް ޕެއިންޓިން އާއި އާޓް އެންޑް ކްރާފްޓް ފަދަ ކުޅިވަރުތަކުގެ އިތުރުންވެސް ގިނަ ކަންކަން ކުޑަކުދިންނަށް ކުރެވޭނެއެވެ. https://twitter.com/stopc_mv/status/1523570089072947202?t=G25ENhxHBiXUodMmBjUXTg&s=19 މިއީ އެސްޓީއ...
އަޙްމަދު ވަހީދު
ރޯދަ މަހު ކުނި ނަގަމުން އައި ވަގުތުތައް އިއްޔެއިން ފެށިގެން ވެމްކޯއިން ބަދަކު ކޮށްފިއެވެ. އެ ކުންފުނިން ކުރި އިއުލާނުގައި ބުނީ މާލެ ސިޓީގެ ގޭބިސީތަކުން ދެން ކުނި ނަގާނީ ކުރިއެކޭ އެއްގޮތަށް ރޭގަނޑު 6:00 ން 11:00 އާ ދެެމެދު ކަމަށެވެ. ވެމްކޯއިން ކުނި ނެގުމުގެ ހިދުމަތަށް ކޮވިޑް-19 އާ ގުޅިގެން ގިނަ ބަދަލުތަކެއް ގެނައެވެ. އެގޮތުން އޭރު އިމާރާތުގެ ތިރީގައި ކުނި ބަހައްޓަން ޖެހޭ ގޮތަށް ނިންމި ނަމަވެސް މިހާރު ވަކި އެޕާޓްމަންޓުތަކަށް ކުނި […]
އަޙްމަދު ވަހީދު
މާލޭގައި ހަ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލަން އަންގައިފި އެވެ. އުމުރުން 55 އަހަރުގެ މީހަކު މިދިޔަ މަހު ހައްޔަރުކުރީ އޭނާއާ އާއިލީގެ ގޮތުން ގުޅުން އޮންނަ ހަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގަ އެވެ. އޭނާގެ ބަންދަށް ކޯޓުން ކުރިން 30 ދުވަސް އިތުރުކޮށްދިނެވެ. އޭނާ މިއަދު ބަންދުން ދޫކޮށްލީ ކްރިމިނަލް ކޯޓަށް އަލުން ބަންދު މުއްދަތު އިތުރުކުރަން ގެންދިއުމުންނެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކާ އެކު […]
ހުސައިން ހަބީބް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި ލ. ގަން، ތުނޑި/ދުންފިނިއުފާ، އަޙްމަދު ފާތިހު، މެއި 6 ވަނަ ދުވަހުގެ ހަމަލާ ދިން އިރުވެސް ހުރީ ފުލުހުންގެ ވަޒީފާގައިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. 2021 މެއި 6 ވަނަ ދުވަހު ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ […]
އަލީ އާދިލް
“މޫދު ކަސްރަތުން އުފާވެރިކަން” މި ނަމުގައި ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަސްރަތު ޕްރޮގްރާމް 11 މެއި 2022 ވާ ބުދަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ. މި ކަސްރަތު ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ރަށުގެ އާބާދީއަކީ ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދުމުގެ އިތުރުނ ކަސްރަތު ކުރުމުގައި ދެމިތިބުމަށް ހިތްވަރު ދިނުމެވެ. މި ޕްރޮގްރާމަކީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފ...
އިބްރާހިމް ޚަލީލް
ހޭންޑްބޯލް މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވުމަށް ނިންމާފައިވާ 05 ވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް އަންނަ މަހު ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ. އެ އެސޯސިއޭޝަނުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ އެ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 05 ވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހު ފަށަން ނިންމާފައިވާ ކަމަށެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ އެ އެސޯސިއޭޝަންގެ މެމްބަރު ކްލަބްތަކުން...
ޝިއުނާ އާދަމް