މިއަހަރު ރާއްޖެއަށް ލިބުނުގެ ކޯޓާގެ ތެރެއިން އާންމުންނަށް ހުޅުވާލި 100 ޖާގައަށް ކުރިމަތިލުމުގެ ފުރުޞަތު ޙައްޖު ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ. މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ސައުދީ ސަރުކާރުން ރާއްޖެއަށް ދީފައިވާ 453 ޖާގައެވެ. މި ޖާގަތަކަށް މީހުން ޙައްޖަށް ގެންދިޔުމުގެ ފުރުޞަތު މިފަހަރު ހަމައެކަނި ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. މި 100 ކޯޓާގައި ހައްޖަށް ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76,960.00 ރުފިޔާއެވެ. މި ކޯޓާގައި ޙައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީޚުން...
އިބްރާހިމް އަސްވާޤް
މަހާނަތަކުގެ މަތީގައި ރޭނުމާއި ޒީނަތްތެރިކުރުން ހުއްޓުވަން، މާލޭ ސިޓީ ކައުންސިލަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ. އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލްއަށް މިއަދު ވަނީ މިކަން ހުއްޓުވުމަށް ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގައި ބުނީ މިހާރަކަށް އައިސް ބައެއް ގަބުރުސްތާނުތަކުގެ މަހާނަތައް ޒީނަތްތެރިކޮށް މަހާނަތަކުގައި ގާފޮޅު ޖެހުމާއި ރާނާ ހަދާކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ. “ގަބުރުސްތާނަކީ އިސްލާމީ ޝަރީއަތުގައި ވަރަށް ބޮޑަށް ޙުރުމަތްތެރި ކުރައްވާފައިވާ ތަނެއް، މަހާނަތ...
އިބްރާހިމް އަސްވާޤް
ދިވެހިރާއްޖޭގައި އަރަބި ބަސް ކިޔަވައިދިނުން ހަރުދަނާކުރެވިދާނެ ގޮތްތައް ދެނެގަތުމަށް ހާއްސަ ސެމިނާއެއް ފަށައިފިއެވެ. 4 ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މިސެމިނާ އަކީ، އިލްމް އިންސްޓިޓިއުޓްއާއި އިސެސްކޯއާ ގުޅިގެން ބާއްވާ ސެމިނާއެވެ. މިސެމިނާ ކުރިއަށް ދަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. އިލްމު އިންސްޓިޓިއުޓް އިން ބުނީ މިއީ، ދިވެހިރާއްޖޭގައި ޢަރަބި ބަސް އުނގެނުމާއި އުނގަންނައިދިނުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އިސެސްކ...
އިބްރާހިމް އަސްވާޤް
ދިވެހި ދައުލަތުގެ ޚަރަދަށް ހޭދަވާ މިންވަރުން 30 އިންސައްތަ ކުޑަނުކޮށްފިނަމަ، “ދަރަނީގެ ފަރުބަދަ ބޮލަށްވެއްޓޭނެކަމަށް” ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ޢިއުލާން ކުރައްވައި، މިހާރު ކެމްޕެއިން ފައްޓަވާފައިވާ އުމަރު މިހެން ވިދާޅުވީ، ރޭ ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އުމަރު ވިދާޅުވީ މިހާރު ދިވެހި ދައުކަތުން ހިނގަމުންދާ ޚަރަދުތަކާއި ކުރެވެމުންދާ ހޭދަތައް އަލުން ބަލައި ޚަރަދު ކުޑަކުރަންޖެހިފައިވާ ކ...
އަލީ އާދިލް
ތ. ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ފަށައިފައިވަނީ މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ނާޝިޒު އާއި ހިރިލަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލާލާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި، 1,080 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 80 މީޓަރުގެ ގްރޮއިނ...
އަޙްމަދު ވަހީދު
ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލާގެ ހެކިބަސް ނެގުން ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ. ހުޅުމާލޭގައި ޓެކްސީގައި ދުއްވާފައި ދަނިކޮށް ގާސިމްގެ އަތުން ފައިސާ ފޭރުމުގެ ގޮތުން އޭނާ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދުގެ ޝަރީއަތުގައި ހެކިބަސް ނެގުން ކުރިއަށް ގެންދާތާ ދެ ތިން މަސް ވެއްޖެ އެވެ. އެކި ދުވަސްމަތިން އެކި ހެކިވެރިން ގެނައުމަށްފަހު މިއަދު އެންމެ ފަހު ހެއްކަކަށް ކޯޓަށް ހާޒިރުކުރީ ގާސިމްގެ މެޑިކޯ […]
ހުސައިން ހަބީބް
އދ. ހަންޏާމީދޫ ފުޓްބޯޅަ ދަނޑު ލެވެލް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން މި މަޝްރޫއުގެ މަސައްކަތް ކުރަނީ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުންނެވެ. މި މަަސައްކަތުގެ ދަށުން، ސައިޓް ކްލިއަރ ކޮށް، 9775 އަަކަ މީޓަރުގެ ސަރަޙައްދެއް ކޮމްޕެކްޓްކޮށް ލެވެލް ކުރާނެއެވެ. އެމްޓީސީސީން ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ އިތުރުން އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ އަދަދެއްގެ މަސައްކަތްތައް...
އަޙްމަދު ވަހީދު
އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިިސްވެ ރާއްޖޭގައި ހިންގަމުން އަންނަ “އިންޑިއާ އައުޓް” ކެމްޕޭނާއި ދެކޮޅަށް “ބާކީ ނުވޭ” ނަމުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިސްވެ މީސްމީޑިއާގައި ކެމްޕޭނެއް ފަށައިފިއެވެ. “ބާކީ ނުވޭ” ހޭޝްޓެގެއް ބޭނުންކޮށްގެން އެމްޑީޕީއަށް ނިސްބަތްވާ ބައެއް ފަރާތްތައް މިހާރު މީސްމީޑިއާގައި އަންނަނީ ކެމްޕެއިނެއް ހިންގަމުންނެވެ. އެ ކެމްޕެއިންގައި ބައިވެރިވެވަޑައިގެން، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހު ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީވ...
އަލީ އާދިލް
ހދ. ނޭކުރެންދޫ ބަނދަރުގެ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވަނީ ނޭކުރެންދޫ ބަނދަރުގެ މަސައްކަތް ފޭށޭނީ ކޮން އިރަކުންތޯ ވަޒީރާއި ސުވާލު ކުރައްވާފައެވެ. ސުވާލުގެ ޖަވާބު ދެއްވަމުން ވަޒީރު، އަސްލަމް ވިދާޅުވީ، އެ މަސައްކަތް މިއަހަރުގ...
އަލީ އާދިލް
ބަނގުރާ ނުވިއްކާވެސް ފަތުރުވެރިކަން ފުޅާކުރެވޭނެ ކަމަށް ސަޢޫދީޢަރަބިއްޔާއިން ބުނެފިއެވެ. ސަޢޫދީޢަރަބިއްޔާއިން މިހެން ބުނެފައިވަނީ ވޯރލްޑް އިކޮނޮމިން ފޯރަމުން ބޭއްވި ޕެނަލް ޑިސްކަޝަނަނެއްގައި އެ ޤައުމަށް އަމާޒުކޮށް ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން މި ފޯރަމްގައި ސައުދީ އަރަބިއްޔާ ފަތުރުވެރިކަމަށް ހުޅުވާލަމުންދާއިރު، އަވައްޓެރި ޤައުމުތައް ފަދައިން ފަތުރުވެރިންގެ ޝައުގުވެރިކަން އިތުރުކުރުމަށް ބަނގުރާ ވިއްކުމުގެ ފުރުސަތު ލިބިދާނެތޯ، ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ސަޢޫދީޢަރަބިއ...
ސަނިއްޔާ އަބޫބަކުރު
ދަރަނި ދެއްކުމުގައި އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ކަމަށާއި ކުރިއަށް ދެ އަހަރު ވެސް ދަތިކަމެއް ނެތި ދަރަނި ދެއްކޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމްޑަބްލިއުއެސްސީގެ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ރަސްމިއްޔާތުގައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ފޮރިން ރިޒާވް ދަށްވެ ދަރަނި ނުދެއްކި ރާއްޖެ ބަނގުރޫޓު ވެދާނެ ކަމަށް އެމެރިކާގެ އިންވެސްޓްމަންޓް ބޭންކް ޖޭޕީމޯގަން އިން ލަފާ ކިރުމާ ގުޅިގެންނެވެ. ރައީސް ވިދާޅުވީ ރަޝިއާ ޔޫކްރޭން ހަނގުރާމ...
އަޙްމަދު ވަހީދު
އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޝާޜޭ ޑެފެއާރ ރައީސް ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. އެގޮތުން އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޝާޜޭ ޑެފެއާރ މިޒް އަންޑްރެއާ އަޕެލް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލު ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ މިޒް އަޕެލް ވަނީ ދެ ޤައުމުން ވެސް އެ ޤައުމުގެ އެމްބަސީ އަނެއް ޤައުމުގައި ޤާއިމުކުރުމުގެ ކަންކަން ކުރިޔަ...
ސަނިއްޔާ އަބޫބަކުރު
މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ރާއްޖެ އިން ސިންގަޕޫރާއި މެލޭޝިއާއާ ދެމެދު ސީދާ ކާގޯ ދަތުރުތައް ފަށަން ނިންމައިފިއެވެ. އެމްއެސްއެސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން މި ދަތުރުތައް ފަށަނީ އަލަށް ގެންނަ ކޮންޓެއިނާ ބޯޓު، “ގްރެފީން” މެދުވެރިކޮށް ކަމަށެވެ. އެ ބޯޓު މިހާރު އޮތީ ޔޫއޭއީގައެވެ. އެގައުމުން މުދާ ބަރުކޮށްގެން މި މަސްތެރޭގައި ބޯޓު ރާއްޖެ އަންނާނެއެވެ. އެމްއެސްއެސް އިން ބުނީ އެ ބޯޓުން ސިންގަޕޫރަށާއި މެލޭޝިއާއަށް ކުރާ ކާގޯ ދަތުރުތައް […]
އަޙްމަދު ވަހީދު
އެމްޑަބްލިއުއެސްސީން މިއަހަރު ނިމޭއިރު 20 ޕްރޮޖެކްޓެއްގެ މަސައްކަތް ނިންމާނެކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހު އަލީ ވިދާޅުވެއްޖެއެވެ. އެމްޑަބްލިއުއެސްސީގެ 27 ވަނަ އަރީ ދުވަހާ ގުޅުވައިގެން ބޭއްވި ރަސްމިއްޔާތުގައި ޝާހު ވިދާޅުވީ މިވަގުތު ރާއްޖޭގައި 31 ޕްރޮޖެކްޓް އެ ކުންފުނިން ހިންގަމުން އަންނަ ކަމަށެވެ. އެގޮތުން މިއަހަރަކީ އެ ކުންފުނީގެ ތާރީހުގައި ވެސް އެންމެ ގިނަ ޕްރޮޖެކްޓްތައް ހިންގަމުން އަންނަ އަހަރު ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކުންފުނިން ކުރިއަށްގެންދާ ޕްރޮޖެކްޓުގެ ތެރެއިން މިހާރު ވ...
އަޙްމަދު ވަހީދު
ށ. އަތޮޅުގެ ރަށްރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމިއްޔާތަކުން ރާވާ ހިންގާ އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތައް ހިންގުމަށް، މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިވާއިރު، އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ތިން ޖަމިއްޔާގެ ތެރެއިން ކޮންމެ ޖަމިއްޔާއަކަށް 75000 (ހަތްދިހަ ފަސްހާސް) ރުފިޔާ ދިނުމަށް ށ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ. އެ އަތޮޅުގައި ހިންގަމުން އަންނަ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ މުޖްތަމަޢު ބާރު...
އިބްރާހިމް ޚަލީލް
ރިސޯޓުތަކުން ނަގަމުން އައި ބިމު ކުލި ކުޑަކުރިން ސަރުކާރުން ހުށެޅިނަމަވެސް ހާލަތައް ބަލައި އެ ބަދަލު ނުގެންނަށް މިހާރު ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިއަދި ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ ތެރޭގައި ދުނިޔޭގެ އިޤްތިޞާދަށް އަސަރުކުރާފަދަ އެތައް ކަމެއް ކުރިމަތިވަމުނަ ދާކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ފިސްކަލް ރާސްތާއަށްވެސް އަސަރުކޮށް، ދައުލަތުން 2022 ވަނަ އަހަރަށް އަންދާޒާ ކޮށްފައިވާ ބަޖެޓުގައި ލަފާކޮށްފައިވާ ގޮތާ ތަފާތުވަމުން ދާ ކަމަށް ވެސް ބުންޏެވެ. […]
އަޙްމަދު ވަހީދު
އެތައް އަހަރެއް ވަންދެން ގައުމަށް ހިދުމަތްކޮށްދެއްވުމަށްފަހު ވަޒީފާއިން ރިޓަޔާކޮށްގެން ތިއްބެވި އިސްރައްވެހިންނަކީ، ޤައުމުގެ ބަޖެޓަށް އޮތް ތަކްލީފެއްކަމަށް ދެކިގެން ނުވާނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ތަރުޖަމާނު، އަސްރާ އަހްމަދު ވިދާޅުވެއްޖެއެވެ. އަސްރާ މިހެން ވިދާޅުވީ، “ރައްޔިތުންގެ އުދާސް” ނަމުގައި އެމްއެންޕީން މިރޭ ކުރިއަށްގެންދާ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އަސްރާ ވިދާޅުވީ، މިދިޔަ ހަފްތާގެ ބުދަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖްލިސްގެ ޖަލްސާ ބައްލަވަން އޭނާ...
އަލީ އާދިލް
އެންމަޑީގެ ބިޔަ އާބާދީއާއި އެކު މާމަކުނުދޫ އަތޮޅަށް ދުނިޔޭގެ ސަމާލުކަން ލިބެން ފަށައިފިއެވެ. މަންޓާ ޓްރަސްޓްގެ ޓީމުން މި އަހަރުގެ މާޗްމަހު ހދ. މަކުނުދޫގައި އެއް މަސްދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ ސާރވޭއަކަށްފަހު މުޅިން އަލަށް ސަތޭކައަށްވުރެ ގިނަ މަންތާ ނުވަތަ އެންމަޑި ރާއްޖޭގެ އެންމަޑީގެ ރަޖިސްޓްރީއަށް އިތުރު ކުރެވިފައިވާކަމަށް އެ ޖަމާޢަތުން ހާމަ ކުރެއެވެ. މުޅި ދުނިޔޭގައިވެސް ފަރުތަކުގެ ކައިރީގައި ދިރިއުޅޭ އެންމަޑީގެ ބާވަތް އެންމެ ގިނައީ ދިވެހިރާއްޖޭގައި ކަމަށް ބައިނަލް އަޤްވާމީ ޖަމިއްޔާއ...
ސަނިއްޔާ އަބޫބަކުރު