ދިވެހިރާއްޖޭގައި އަރަބި ބަސް ކިޔަވައިދިނުން ހަރުދަނާކުރެވިދާނެ ގޮތްތައް ދެނެގަތުމަށް ހާއްސަ ސެމިނާއެއް ފަށައިފިއެވެ.

4 ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މިސެމިނާ އަކީ، އިލްމް އިންސްޓިޓިއުޓްއާއި އިސެސްކޯއާ ގުޅިގެން ބާއްވާ ސެމިނާއެވެ.

Ad
rt

މިސެމިނާ ކުރިއަށް ދަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

އިލްމު އިންސްޓިޓިއުޓް އިން ބުނީ މިއީ، ދިވެހިރާއްޖޭގައި ޢަރަބި ބަސް އުނގެނުމާއި އުނގަންނައިދިނުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އިސެސްކޯގެ ފަންނީ ލަފާފުޅުގެ އަލީގައި، ދިވެހިރާއްޖޭގައި އަރަބި ބަސް ކިޔަވައިދިނުން މިހާރަށްވުރެ ހަރުދަނާކުރެވިދާނެ ގޮތްތައް ދެނެގަތުމަށް ފެށި ސެމިނާއެއް ކަމަށެވެ.

‎މި ސެމިނަރގައި، ދިވެހިރާއްޖޭގައި ޢަރަބި ބަސް ކިޔަވައިދިނުމުގައި ޝާމިލުވާ 9 މުއައްސަސާއަކުން، ޖުމްލަ 30 ބޭފުޅުން ބައިވެރިވެއެވެ. އޭގެ ތެރޭގައި މުއައްސަސާތަކުގެ އިސްވެރިންނާއި ފެކަލްޓީތަކުގެ ޑީނުންނާއި ޕްރިންސިޕަލުންނާއި ލެކްޗަރަރުންނާއި މުދައްރިސުންނާއި ދަރިވަރުންވެސް ހިމެނެއެވެ.