މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,446 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1355 ވަނަ ޞަފްޙާ

އުރީދޫ ސުޕްނެޓް ހިދުމަތް ދިއްގަރަށް

އުރީދޫ ސުޕްނެޓް ހިދުމަތް ދިއްގަރަށް

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާ އެކު، އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް މ. ދިއްގަރަށް ތައާރަފް ކޮށްފިއެވެ. މިއަދު ތައާރަފު ކުރި މި ހިދުމަތާއެކު އެ ރަށުގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާ ގުޅުވާލަދީފައިވާ ކަމަށް އުރީދޫ އިން ބުންޏެވެ. “ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވާ ހިދުމަތް އެކުލެވޭ ސުޕްނެޓް ޕެކޭޖްތަަައް އެ ރަށަށް ތައާރަފްކޮށްފައި ވާއިރު، ހޯޑެއްދޫ ރައްޔިތުންނަށް މި ހިދުމަތް ފޯރުކޮށް […...

އަޙްމަދު ވަހީދު
މާލެ ސަރަޙައްދުގައި ކުނިން ކަރަންޓް އުފެއްދުމަށް 2.3 ބިލިޔަން ރުފިޔާގެ ބިޔަ މަޝްރޫޢެއް ފަށަނީ

މާލެ ސަރަޙައްދުގައި ކުނިން ކަރަންޓް އުފެއްދުމަށް 2.3 ބިލިޔަން ރުފިޔާގެ ބިޔަ މަޝްރޫޢެއް ފަށަނީ

އަންނަ އަހަރު މާލެ ސަރަޙައްދުގައި ކުނިން ކަރަންޓް އުފެއްދުމަށް 2.3 ބިލިޔަން ރުފިޔާގެ ބިޔަ މަޝްރޫޢެއް ފައްޓަވާނެ ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ހާމަ ކުރައްވައިފިއެވެ. މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީ އާމިނަތު ޝައުނާ ވިދާޅުވީ، އަންނަ އަހަރު މާލެ ސަރަޙައްދުގައި ފައްޓަވާ މި މަޝްރޫޢަކީ 2.3 ބިލިޔަން ރުފިޔާގެ ބިޔަ މަޝްރޫޢެއް ކަމަށާއި، މި ނިޒާމު މެދުވެރިކޮށް ދުވާލަކު 10 މެގަވޮޓާއި 12 މެގަވޮޓާ ދެމެދުގެ ކަރަންޓު […]

ސަނިއްޔާ އަބޫބަކުރު
މިލަންދޫ ސްކޫލްގެ އަލިމަސްޔޫބީލާ ގުޅިގެން ލޯގޯ ފަރުމާކުރުމުގެ ފުރުސަތު މުޅި ރާއްޖެއަށް

މިލަންދޫ ސްކޫލްގެ އަލިމަސްޔޫބީލާ ގުޅިގެން ލޯގޯ ފަރުމާކުރުމުގެ ފުރުސަތު މުޅި ރާއްޖެއަށް

ށ. މިލަންދޫ ސްކޫލްގެ އަލިމަސްޔޫބީލާ ގުޅިގެން ލޯގޯ ފަރުމާކުރުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން މިލަންދޫ ސްކޫލުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ސުކޫލުގެ 75 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ލޯގޯ ފަރުމާކުރުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލާފައި ވާކަމަށާއި ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލޯގޯއެއް ހުށަހެޅޭނެ ކަމަށެވެ. މިގޮތުން އެއްވަނަ އަށް ހޮވޭ ލޯގޯ ފަރުމާކުރާ ފަރާތަކަށް ފައިސާގެ އިނާމެއްގެ އިތުރުން އަގު ވަޒަން ކުރުމުގެ ގޮތުން އެވޯޑެއް އަރުވާނެ […]

ސަނިއްޔާ އަބޫބަކުރު
އިޒްރޭލުގެ ފައުޖުތަކުގެ ނިވަލުގައި ޔަހޫދީން މަސްޖިދުލް އަޤްޞާއަށް ވަދެ ޙުރުމަތް ކަނޑައިފި

އިޒްރޭލުގެ ފައުޖުތަކުގެ ނިވަލުގައި ޔަހޫދީން މަސްޖިދުލް އަޤްޞާއަށް ވަދެ ޙުރުމަތް ކަނޑައިފި

އިޒްރޭލު ސިފައިންގެ ފައުޖުތަކުގެ ނިވަލުގައި ޔަހޫދީންގެ ގިނަބަޔަކު މަސްޖިދުލް އަޤްޞާއަށް ވަދެ މިސްކިތުގެ ޙުރުމަތް ކަނޑައިފިއެވެ. އެގޮތުން އެތައް ހާސް ޔަހޫދީންނެއްވަނީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމަށްވާ މަސްޖިދުލް އަޤްޞާއަށް ވަދެގަނެ މިސްކިތުގައި ނަމާދަށް ތިބި މުސްލިމުންނަށް ޙަމަލާދީ މިސްކިތް ތެރޭގައި ލޭއޮހޮރުވާފައެވެ. 1967ވަނަ އަހަރު ތެރޭގައި އިސްރާއީލުގެ ބާރުގެ ދަށަށް ޤުދުސް ގެނެވުމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ކޮންމެ އަހަރަކުވެސް ޔަހޫދީން ބޮޑެތި އެއްވުންތައް ބާއްވައެވެ...

ސަނިއްޔާ އަބޫބަކުރު
މުރައިދޫ ކުޑަ ކަތީބެ ނިޔާވުން، ތިލަދުންމަތީގެ ޚިދުމަތްތެރި ދަރިއެއްގެ ވަކިވުން

މުރައިދޫ ކުޑަ ކަތީބެ ނިޔާވުން، ތިލަދުންމަތީގެ ޚިދުމަތްތެރި ދަރިއެއްގެ ވަކިވުން

ހއ. މުރައިދޫ އަބްދުއް ރަޙްމާން އިބްރާހީމް، މުރައިދޫ މީހުންގެ ނަމުންނަމަ ބޮޑު ތުއްތުބެ ނުވަތަ ކުޑަ ކަތީބެއަކީ  މުރައިދޫއަށާއި ބޮޑު ތިލަދުންމައްޗަށް ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ވަރަށް ޚިދުމަތްތެރި ބޭފުޅެކެވެ. ތިލަދުންމަތީގެ ހަރު އުމުރުގެ ގިނަބަޔަކު ދަންނަ ހަރުދަނާ ސަހުސިއްޔަތެކެވެ. އަބްދުއް ރަޙްމާން ނިޔާވެފައި ވަނީ 28 މެއި 2022 ވީ ހޮނިހިރު ދުވަހުއެވެ. ނިޔާވިއިރު އައިޑީ ކާޑުން ފެންނަ ގޮތުގައި އުމުރަކީ 103 އަހަރެވެ. މުރައިދޫގެ ދޮށީ އުމުރުގެ މީހުން ބުނާގޮތުންނަމަ އަބްދުއް [...

އިބްރާހިމް ޚަލީލް
ހއ. އަތޮޅު ހޮސްޕިޓަލް ހިމެނޭހެން ހަތަރު އަތޮޅު ހޮސްޕިޓަލެއްގެ އާ އިމާރާތް އަޅަން ހަވާލުކޮށްފި

ހއ. އަތޮޅު ހޮސްޕިޓަލް ހިމެނޭހެން ހަތަރު އަތޮޅު ހޮސްޕިޓަލެއްގެ އާ އިމާރާތް އަޅަން ހަވާލުކޮށްފި

ހއ. އަތޮޅު ހޮސްޕިޓަލް ހިމެނޭހެން ހަތަރު އަތޮޅު ހޮސްޕިޓަލެއްގެ އާ އިމާރާތް ފަރުމާކޮށް، އިމާރާތްކުރަން މިއަދު ބަޔަކާއި ހަވާލުކޮށްފިއެވެ. އެ ހޮސްޕިޓަލްތަކަކީ، ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގެ އިތުރުން ރ. އަލިފުށި ހޮސްޕިޓަލާއި ދ. ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލް އަދި ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލެވެ. ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި ހޮސްޕިޓަލްތައް ފަރުމާކޮށް، ޑިޒައިން ކުރަން ހަވާލުކުރީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންޓްސ...

ޝިއުނާ އާދަމް
އިންޑިއާ ސިފައިން ތިބުމާ ދެކޮޅު ހަރަކާތް ގޯސް ނުވަތަ ރަނގަޅު ކަމަށް ނިންމޭކަށް ނެތް: ހައި ކޯޓް

އިންޑިއާ ސިފައިން ތިބުމާ ދެކޮޅު ހަރަކާތް ގޯސް ނުވަތަ ރަނގަޅު ކަމަށް ނިންމޭކަށް ނެތް: ހައި ކޯޓް

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ހިންގާ ހަރަކާތަކީ ގޯސް ކަމެއް ނުވަތަ ނޫން ކަމެއް ކަން ވެސް މިވަގުތު ކަނޑައެޅެން ނެތް ކަމަށް ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފި އެވެ. އިންޑިއާ އައުޓް ބެނާއެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައި ވަނިކޮށް އެ ބެނާ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުން ނެގި މައްސަލާގައި ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބޭ ކަމަށް […]

ހުސައިން ހަބީބް
ވިއަވަތި ކޮންފަރެންސް ނިމުނުއިރު ޙައްލުކުރަންޖެހޭ މައްސަލަ ފުންޏެއް

ވިއަވަތި ކޮންފަރެންސް ނިމުނުއިރު ޙައްލުކުރަންޖެހޭ މައްސަލަ ފުންޏެއް

ވިޔަވަތި ކޮންފަރެންސަކީ ވަރަށް ކާމިޔާބު ކޮންފަރެންސެއް ކަމަށާއި މިކޮންފަރެންސް މެދުވެރިކޮން ހައްލު ކުރަންޖެހޭ ވަރަށް ގިނަ ކަންކަން ހުރިކަމަށާއި އެކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. ވިއަވަތި ކޮންފަރެންސްގެ މައްޗަށް އަލިއަޅުއްވާ ލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މި ކޮންފަރެންސްގައި ޖުމްލަގޮތެއްގައި ހުރިހާ ކައުންސިލްތަކާއި ޑަބްލިޔޫ.ޑީ.ސީ ތަކުންވެސް ކުރިމަތިކުރީ ގާތްގަނޑަކަށް ހަމަ އެއް މައްސަ...

ސަނިއްޔާ އަބޫބަކުރު
އެވިޑް ކޮލެޖް އޮތޮރައިޒްޑް “އަޔާޓާ” ޓްރެއިނިން ސެންޓަރަކަށް

އެވިޑް ކޮލެޖް އޮތޮރައިޒްޑް “އަޔާޓާ” ޓްރެއިނިން ސެންޓަރަކަށް

އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯރޓް އެސޯސިއޭޝަން (އަޔާޓާ)ގެ އޮތަރައިޒްޑް ޓްރެއިނިންގ ސެންޓަރަކަށް ރާއްޖޭގެ އެންމެ ބޮޑު އެއް ޕްރައިވެޓް ކޮލެޖް ކަމަށްވާ އެވިޑް ކޮލެޖް މިއަދު ވެއްޖެއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދަރަޖަ ދެއްވައި ސެޓިފައިޑް ލިޔުން އެވިޑް ކޮލެޖާ ހަވާލުކޮށްދެއްވެވީ ސައުތު އޭޝިޔާ ރީޖަނަށް “އަޔާޓާ” އިން ކަނޑައަޅުއްވާފައިވާ ރީޖަނަލް ޓްރެއިނިން ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު ލޮކޭޝް މައްޓާއެވެ. އެވިޑް ކޮލެޖްގެ ފަރާތުން ސެޓްފިކެޓާއި ހަވާލުވެލެއްވެވީ ކޮލެޖްގެ ޗެއާމަން ޢަބްދުﷲ މުސ...

އަޙްމަދު ވަހީދު
ދާންދޫ ބަނދަރު ފުން ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަަށް

ދާންދޫ ބަނދަރު ފުން ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަަށް

ގއ. ދާންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި މަޝްރޫއުގެ ދަށުން، އެ ރަށުގެ 52,099 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރާމެއެވެ. އަދި، 4,953 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 333 މީޓަރުގެ ބޭރުތޮށި ލުމާއި، 529 މީޓަރުގެ އެއްގަމުތޮށި ލުމާއި، 170 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުންވެސް މި މަޝްރޫއުގެ […...

އަޙްމަދު ވަހީދު
ރައީސްގެ ހާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕަށް ފުރުޞަތު ހުޅުވާލައިފި

ރައީސްގެ ހާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕަށް ފުރުޞަތު ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕަށް ފުރުޞަތު ހުޅުވާލައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަކީ ދިވެހިރާއްޖޭގެ ސްކޫލް މަދަރުސާތަކުން މަތީ ސާނަވީ އިމްތިޙާނު ނިންމާ ދަރިވަރުންގެ ތެރެއިން ޖީ.ސީ.ސީ އޭ ލެވެލްގެ 3 މާއްދާއިންނާއި އެޗް.އެސް.ސީ ގެ ދިވެހި، އިސްލާމް މި ދެމާއްދާއިން “އޭ ސްޓަރ” ހާޞިލްކޮށްފައިވާ ނުވަތަ ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލް މަދަރުސާއަކުން ޝަހާދާ ސާނަވީ ނިންމައި ހުރިހާ މާއްދާއަކުން “އޭ ސްޓަރ” ހާޞިލުކ...

ސަނިއްޔާ އަބޫބަކުރު
ބޮޑުތިލަދުންމަތީގައި ކްރޫޒް ޓޫރިޒަމް ފެށޭތޯ ދަނީ މަސައްކަތްކުރަމުން: މައުސޫމް

ބޮޑުތިލަދުންމަތީގައި ކްރޫޒް ޓޫރިޒަމް ފެށޭތޯ ދަނީ މަސައްކަތްކުރަމުން: މައުސޫމް

އަންނަ 2023 ވަނަ އަހަރު ބޮޑުތިލަދުންމަތީގައި ކްރޫޒް ޓޫރިޒަމް ފެށޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު، ޑރ. ޢަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ވަޒީރު މައުސޫމް މިހެން ވިދާޅުވީ، މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވަޒީރާއި ސުވާލު ކުރުމުގެ ވަގުތުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިއަދުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު (ހަސަންޓޭ) ވަނީ ރާއްޖެއަކީ ރީތި ޓޫރިޒަމް މަންޒިލަކަށްވީއިރު، ރާއްޖޭގެ އިޤްތިޞާދު އެނ...

އަލީ އާދިލް
މިލަންދޫގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ކުޅިވަރު ފެސްޓިވަލް ފަށައިފި

މިލަންދޫގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ކުޅިވަރު ފެސްޓިވަލް ފަށައިފި

މިލަންދޫ ކޮމިއުނިޓީ ސެންޓަރުގެ ފަރާތުން އިންތިޒާމުކޮށްގެން މިލަންދޫ މުއައްސަސާތަކުގެ މެދުގައި ކުޅިވަރު ފެސްޓިވަލެއް ފަށައިފިއެވެ.  މިލަންދޫ އިންޓަރ އޮފީސް ސްޕޯޓްސް ފެސްޓިވަލް 2022ގެ ނަމުގައި ކުރިއަށްގެންދާ މި ފެސްޓިވަލުގައި މިލަންދޫގެ ހުރިހާ މުއައްސަސާއަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން  ޕޮލިސް، ފެނަކަ، ހެލްތު ސެންޓަރ، އާރުޑީސީ މިލަންދޫ، ކައުންސިލް، ކޯޓު، މީގެ އިތުރުން ސުކޫލުގެ ފަރާތުންވެސް ވަނީ ބައިވެރިވެފައެވެ. ފެސްޓިވަލް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ހުރިހާ މުއައްސަސާތަކުގެ ވެރ...

މުޙައްމަދު ސާޖިދު
އެމްޕީއެލުން އަންހެނުންނަށް ހާއްސަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް، ކުޅުދުއްފުށީގައި ވެސް ކުރިއަށްދާނެ

އެމްޕީއެލުން އަންހެނުންނަށް ހާއްސަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް، ކުޅުދުއްފުށީގައި ވެސް ކުރިއަށްދާނެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަންހެނުންނަށް ހާއްސަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޔޫތު މިނިސްޓްރީއާ ގުޅިގެން ހިންގާ އެ އެޕްރެންޓިސްޝިޕް ޕްރޮގްރާމު މެދުވެރިކޮށް މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތްކޮށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު އަންހެނުންނަށް އޮންނާނެ ކަމަށެވެ. އެގޮތުން ހަ ދާއިރާއަކުން ތަމްރީނުވުމަށް 12 ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ތަމްރީން ވުމުގެ ފުރުސަތު ހުޅުވާލި ދާއިރ...

އަޙްމަދު ވަހީދު
ހިތާދޫގެ ޒަމާންވީ އިންޖީނުގެ ރީތި ޒަމާނީ އިންޖީނުގެއަކަށް

ހިތާދޫގެ ޒަމާންވީ އިންޖީނުގެ ރީތި ޒަމާނީ އިންޖީނުގެއަކަށް

ބ. ހިތާދޫގައި 28 އަހަރު ވެފައިވާ ބާ އިންޖީނުގެ ނިއްވާލައި، ޒަމާނީ އިންޖީނުގެއަކުން ކަރަންޓު ދޭން ފަށައިފިއެވެ. ހިތާދޫގައި ކުރިން އިންޖީނުގެ ހިންގަމުން އައީ ރަށު ތެރޭގައި ހުންނަ 120 އަކަ މީޓަރުގެ ބިމެއްގައެވެ. އަދި މިއީ އާއްމުންގެ ދިރިއުޅޭ ސަރަހައްދާ ކައިރީގައި ހުންނަ ތަނަކަށްވުމުން ގިނަ ބަޔަކަށް ދަތިތަކާއި ދިމާވެއެވެ. އިންޖީނުގެތައް މީހުން ދިރިއުޅޭ ހިސާބުތަކާ ދުރަށް ޖެއްސުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ވައުދުގެ ދަށުން ހިތާދޫ އިންޖީނުގެ ހަދަން ފެށީ ބަނދަރު ސަރަހައްދުގައި 285 އަކަ މީޓަރުގެ ބިމެ...

އަޙްމަދު ވަހީދު
ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ކުނި ވަކި ކުރަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް

ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ކުނި ވަކި ކުރަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް

ސްކޫލް ކުދިންނަށް ހާއްސަ ކޮށްގެން ކުނި ވަކި ކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ވެމްކޯއިން ފަށައިފިއެވެ. މި ޕްރޮގްރާމް ފެށުމުގެ ފޮތުން މިއަދު ދެ ސްކޫލެއްގައި ވެމްކޯއިން ވަނީ ސެޝަންތައް ބާއްވާފައެވެ. އެއީ އިއްޒުއްދީން ސްކޫލާއި ރެހެންދި ސްކޫލެވެ. ވެމްކޯއިން ބުނި ގޮތުގައި މި ޕްރޮގްރާމުގައި ކުދިންނަށް ފަސޭހަ ކަމާއެކު ކުނި ވަކި ކުރާނެ ގޮތްތައް ދަސްވެގެންދާނެ ކަމަށެވެ. އަދި ކުނި މަދު ކުރުމަށް ކުރެވޭނެ ކަންކަން ވެސް ދަސްކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ވެމްކޯއިން ވަނީ […]

އަޙްމަދު ވަހީދު
ފޯކައިދޫ ނެރުމައްޗަށް ހުރަސްވި ބާޖު ފުންކޮށްފި

ފޯކައިދޫ ނެރުމައްޗަށް ހުރަސްވި ބާޖު ފުންކޮށްފި

ށ. ފޯކައިދޫ ނެރުމައްޗަށް ހުރަސްވި ބާޖު ފުންކޮށްފިއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ފޯކައިދޫ ކައުންސިލުގެ ނައިބު ރައީސް މުޙައްމަދު ސަލީމް ވިދާޅުވީ ރޭ މެންދަމު އައި ކޮޅިގަނޑެއްގައި ފޯކައިދޫ ބަނދަރު ހެދުމަށް ބޮޑު ހިލަ ހިފައިގެން އައިސް ފަޅުންބޭރުގައި އަޅާފައި އޮތް ބާޖެއް ރަށުގެ ނެރުމައްޗަށް ހުރަސްވެ ބަނދަރަށް ވަދެނިކުމެ އުޅުމަށް ދަތިވި ކަމަށެވެ. އެހެންނަމަވެސް މިއަދު ހެނދުނު 10 ޖަހާކަންހާއިރު އެ ބާޖު ފުންކޮށްފައި ވާކަމަށާއި އެ މައްސަލަ މިހާރު ޙައްލުވެފައި ވާކަމަށް ކައުންސިލުގެ ނައިބު […]

ސަނިއްޔާ އަބޫބަކުރު
އަންހެނުންގެ ކޮމެޓީތަކަށް ދޫކުރާ ބަޖެޓް ބޮޑުކުރަން މަސައްކަތްކުރާނަން: ރައީސް

އަންހެނުންގެ ކޮމެޓީތަކަށް ދޫކުރާ ބަޖެޓް ބޮޑުކުރަން މަސައްކަތްކުރާނަން: ރައީސް

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ދޫކުރާ ބަޖެޓް މިހާރަށްވުރެ ބޮޑުކުރުމަށާއި، އެކޮމެޓީ މިހާރަށްވުރެ ހަރަކާތްތެރި ކޮމެޓީއަކަށް ހެއްދެވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން ބާއްވަވާ ވިއަވަތި ރާއްޖެ ކޮންފަރެންސް ޗެއަރކުރައްވައި އެ ސެޝަނުގައި ކޮންފަރެންސް ނިންމަވާލެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. މިއަދު ކުރިއަށް ދިޔަ އެ ކޮންފަރ...

ޝިއުނާ އާދަމް