ރ. މާކުރަތު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރު ވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ފެށުމަށްޓަކައި ސައިޓް މޮބިލައިޒް ކުރީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، 45،024 ކިއުބިކް މީޓަރުގެ ސަަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 140 މީޓަރުގެ ބޭރުތޮށި ލުމާއި، 129 މީޓަރުގެ އެއްގަމުތޮށި ލުމާއި، 85 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 28 […]
އަޙްމަދު ވަހީދު
ށ. މާއުނގޫދޫ ކައުންސިލާ ގުޅިގެން އިޖުތިމާޢީ ޙަރަކާތްތައް ހިންގައިދޭނެ ފަރާތެއް އެރަށު ކައުންސިލުން ހޯދަން ފަށައިފިއެވެ. މިކަމަށްޓަކާ މާއުނގޫދޫ ކައުންސިލުން ކުރެއްވި އިޢުލާނެއްގައި ވިދާޅުވީ، ތަޢުލީމީ ދާއިރާއާއި، ސިއްޙީ ދާއިރާއާއި، ތިމާވެށީގެ ދާއިރާއާއި، ބޮޑެތި މީހުންގެ ތަޢުލީމާއި ކުރިއެރުމުގެ އިތުރުން ކުޑަކުދިންނަށް ކުރާއަނިޔާއާއި ގެވެށިއަނިޔާ ހުއްޓުވުމަށް ހިންގާ ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމަށް ޝައުޤުވެރިވާ ޖަމިއްޔާ ޖަމާޢަތްތަކާއި، ރަށުގެ މުއައްސަސާތަކަށް ފުރުޞަތު ހުޅުވާލާ ކަމަށެވެ. މިކަމަށް...
ސަނިއްޔާ އަބޫބަކުރު
ދ. މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ގާ އެތުރުމުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތް ނިމުނީ އިއްޔެއެވެ. އަދި މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި، 373 މީޓަރުގެ އެއްގަމުތޮށި ލުމާއި، 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 294 […]
އަޙްމަދު ވަހީދު
ބޮޑުތިލަދުންމަތީގެ ތިންރަށެއް ހިމެނޭހެން ފަސް ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރަން ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަނެއް ބޭއްވުމަށް ނިންމަވާފައިވާ ބޮޑުތިލަދުންމަތީގެ ތިންރަށަކީ ހއ. ވަށަފަރާއި، ށ. ޅައިމަގުގެ އިތުރުން ށ. ކޮމަންޑޫއެވެ. މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ކުރެއްވި އި...
ސަނިއްޔާ އަބޫބަކުރު
ހއ. ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ޝިޕްމަންޓް ދިއްދުއަށް ގެންދިޔައޫ އިއްޔެއެވެ. އަދި މިހާރު ކުރިއަށްދަނީ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ […]
އަޙްމަދު ވަހީދު
ސަފާރީއަކާއި މުދާ އުފުލާ ދޯންޏެއް ޖެހި، އެކްސިޑެންޓެއް ހިނގައި އެ ދޯނި ފަޅައިގެން ގޮސް އަޑިއަށް ހިނގައްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މާލޭ ހުޅަނގުފަރާތު ކަނޑުމަތިން ސަފާރީއަކާއި މުދާ އުފުލާ ދޯންޏެއް ޖެހި، އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ދަނީ މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. “އެކްސިޑެންޓްގައި “ހުވަނދުމާ 2″ ދޯނި ފަޅައިގެންގޮސް އަޑިއަށްދާތީ، ކޯސްޓްގާޑުން ވަނީ ޕަންޕު ބޭނުންކޮށްގެން ފެން ހިއ...
ތިލަދުން
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން މި ހިނގާ 1443 ވަނަ އަހަރު ހައްޖުގެ ޖާގަތައް ހަމަޖެއްސުމުގައި އަމަލު ކުރުމަށް ނިންމާފައިވާ ގޮތް އެ ކޯޕަރޭޝަނުން އާންމުކޮށްފިއެވެ. މިއަހަރު ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ދޭން ސަރުކާރުން ނިންމާފައި ވަނީ ދައުލަތުގެ ކުންފުނި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް އެކަންޏެވެ. އަމިއްލަ ކުންފުނިތަކަށް މި ފަހަރު ފުރުސަތު ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ. އެ ކޯޕަރޭޝަނުން ވިދާޅުވެފައި ވަނީ މި އަހަރު ހައްޖުގެ ޖާގަތައް ދިނުމަށް ހަމަޖެހިފައި ވަނީ އެ […]
އިބްރާހިމް ޚަލީލް
ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާއާ ގުޅިގެން ވަކީލުން ފަރުވާ ކުޑަވުމުން ޔާމީނާއި ދައުލަތަށް މުހިންމު ފުރުސަތެއް ކްރިމިނަލް ކޯޓުގައި މިއަދު ބަންދުވެ، ބޮޑު ލަނޑެއް ލިބިއްޖެ އެވެ. އާރަށް ކުއްޔަށް ދިނުމަށްފަހު ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި އަދި އެ ފައިސާ ލޯންޑާކުރެއްވި ކަމަށް ބުނެ ޔާމީނަށް ކުރާ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން ދެ ފަރާތަށް ދިން ފުރުސަތު ގެއްލުނީ […]
ހުސައިން ހަބީބް
ށ. ފޭދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި އިމާމުން އުފެއްދުމަށް ހިންގާ ޕްރޮގްރާމުގައި ބައިވެރިވި ފަރާތާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ފޭދޫ ކައުންސިލުން އަންނަނީ އެ ރަށުގައި ފަންނީ މީހުން މަދު ދާއިރާތަކުން މީހުން ބިނާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން އިމާމުން ތަމްރީން ކުރުމަކީ ވެސް އެ ކައުންސިލުގެ މަސައްކަތު ތާވަލުގައި ހިމެނިފައިވާ ފަންނީ މީހުން ބިނާ ކުރުމުގެ ޕްރޮގްރާމުގެ ދަށުން ކައުންސިލުން ސްޕޮންސަކޮށްގެން ބައިވެރިންނަށް އިމާމް ލެވެލް 3 ގެ ކޯސް ފުރިހަމަ ކުރުމަށް ދެވޭ […...
އިބްރާހިމް ޚަލީލް
ތިލަދުންމަތީ އުތުރުބުރީ މޮޅަދޫއަކީ ހއ. އަތޮޅުގެ ބިންބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ޤުދުރަތީގޮތުން އިހަވަންދިއްޕޮޅު އަތޮޅުގެ ރަށެކެވެ. ދިވެހިރާއްޖޭގެ އެންމެ އުތުރުން މީހުން އާބާދުވެފައިވާ ރަށްތަކަށް ބަލާނަމަ، ތިންވަނައަށް މީހުން ދިރިއުޅޭ ރަށެވެ. އެންމެ ކައިރީގައި އޮންނަނީ މޮޅަދޫއާއި އެއްފަޅެއްގައި އޮންނަ ފަޅުރަށެއްކަމަށްވާ ގާމަތިކުޅުދޫއެވެ. މީހުންދިރިއުޅޭ ރަށްތަކުގެ ތެރެއިން މޮޅަދޫއާއި އެންމެ ކައިރީގައިވަނީ މޮޅަދޫގެ އުތުރުން ހއ. އުލިގަމެވެ. އަދި ހުޅަނގު ދެކުނުން ހއ. އިހަވަންދޫ އެވެ....
ސަނިއްޔާ އަބޫބަކުރު
ލޯކަލް ކައުންސިލުތަކަށް މުވައްޒަފުން ނެގުމަށް އެއްވެސް ހުރަހެއް އަޅާފައި ނުވާނެކަމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ވިދާޅުވެއްޖެއެވެ. މިކަމާ ގުޅޭ ގޮތުން ސީއެސްސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިދާރީ އޮނިގަނޑާ ގުޅޭގޮތުންނާއި އެ އިދާރާތަކަށް ބޭނުންވާ މަގާމުތަކަށް މުވައްޒަފުން ނެގުމަށް ކޮމިޝަނުން ހުއްދަ ނުދޭ ކަމަށް ބުނެ އެކަމުގައި ކޮމިޝަނުން އަމަލުކުރަމުންދާ މިންގަޑު އޮޅުންއަރާފަދަ ގޮތަކަށް ފަހަކަށް އައިސް މައުލޫމާތު ފެތުރެމުންދާ ކަމަށެވެ. އެހެން ނަމަވެސް ލޯކަލް ކ...
ސަނިއްޔާ އަބޫބަކުރު
ގދ. ލޮނުދޫހުއްޓާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފް ވިދާޅުވީ އެރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ އިދާރާގެ ސަދަން އޭރިއާ ކޮމާންޑް، ގދ. ތިނަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ރަށުގައި ރޯވި އަލިފާން ނިއްވާލުމަށް ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން މިހާރު ދަނީ އެ ރަށަށް ދަތުރުކުރަމުންނެވެ. ގދ. ލޮނުދޫހުއްޓާއަކީ 2005 ވަނަ އަހަރުގެ މެއި 5 ވަނަ ދުވަހު، ރިސޯޓު ތަރައްގީކުރުމަށް 35 އަހަރުގެ މުއްދަތަށް ވަން އެންޑް ހާފް ޑިގްރީ […]
ޔުމްނާ ޢަލީ
މާލެ ސަރަހައްދުން ޓެކްސީގެ ހިދުމަތް ހޯދުމަށް ދަތިވާ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާއާއި ސުވާލުކޮށްފިއެވެ. މި މައްސަލާގައި މިނިސްޓަރު ނަހުލާއާއި ސުވާލުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޕީޖީ ލީޑަރު ޢަބްދުﷲ ރިޔާޟް އެވެ. ރިޔާޟު ލިޔުމުން ޖަވާބު ހޯމަށް ކުރެއްވި އެ ސުވާލުގައި ވަނީ މާލެއާއި ހުޅުމާލެއިން ޓެކްސީގެ ހިދުމަތް ހޯދުމަށް ދަތިވެ އެެކަމުގެ ޝަކުވާތައް ލިބެމުންދާއިރު މި މައްސަލަ ހައްލުކުރުމަށް ނުވަތަ ދަތުރ...
ސަނިއްޔާ އަބޫބަކުރު
ޖަމާލުއްދީން ސްކޫލަށް ވަދެ މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޖަމާލުއްދީން ސްކޫލަށް މީހަކު ވަދެ މާރާމާރީ ހިންގަން އުޅުނު މައްސަލައެއްގެ ރިޕޯޓް އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 8:49 ހާއިރުއެވެ. މި މައްސަލައާއި ގުޅިގެން އުމުރުން 37 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުގައި ބަހައްޓަނ...
ޝިއުނާ އާދަމް
ހއ. މުރައިދޫ ފެނަކަ ބްރާޗްގެ ފަރާތުން އެރަށު ސިއްހީ މަރުކަޒަށް އެހީތެރިވެއްޖެއެވެ. މުރައިދޫ ސިއްހީ މަރުކަޒުން ވިދާޅުވި ގޮތުގައި އެ މަރުކަޒަށް ލިބުނު އެންބިއުލާންސް ބާއްވަން ނިންމާފައިވާ ގަރާޖުގެ ތަޅުން އެޅުމުގައި ފެނަކަ ކޯޕަރޭޝަން މުރައިދޫ ބްރާންޗްގެ އެހީތެރިކަމަށް އެ މަރުކަޒުން އެދުނެވެ. އެ މަރުކަޒުގެ އެދުމަށް މުރައިދޫ ފެނަކަ ބްރާންޗްގެ މުވައްޒަފުން ދެއްވީ ވަރަށް ފުރިހަމަ އެއްބާރުލުމެއްކަމަށް ސިއްހީ މަރުކަޒުން ފާހަގަ ކުރައްވާފަވެއެވެ. އެ މަސައްކަތް ކޮށްދީފައި ވަނީ މުރައިދޫ ފެނަކަ ބްރާންޗްގެ މުވ...
ޔުމްނާ ޢަލީ
މާލެ ސަރަހައްދުން މިއަދު ކަރަންޓު ކެނޑެން މެދުވެރިވި މައްސަލަ އަދިވެސް ހައްލު ނުވާ ކަމަށާއި އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑޮރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ކަރަންޓް ކެނޑުމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފް ވިދާޅުވީ މާލެ ސަރަހައްދުން ކަރަންޓު ކެނޑިގެން ދިޔައީ ކަރަންޓް ދޭ މައި ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އާ ކޭބަލެއް ވަޅުލައި، ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެންނަން ދެ ދުވަސްވަރު […]
އަޙްމަދު ވަހީދު
ސްރީ ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި އޭނާގެ އާއިލާ، ސޮނެވާގެ ރިސޯޓަކުން ވިލާއެއް ބައްލަވައިގަންނަން އުޅުއްވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ. ސޮނެވާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާޖަޕަކްސާގެ އާއިލާއަށް އެތަނުގެ އެއްވެސް ތަނަކުން ވިލާއެއް ވިއްކުމަށް މަޝްވަރާ ނުކުރާ ކަމަށެވެ. އަދި ސޮނެވާގެ ސީއީއޯ ސޯނޫ ޝިވްދަސަނީ، ރާޖަޕަކްސައާ ސީދާ ގޮތުންވެސް އަދި ނުސީދާ ގޮތުންވެސް ބައްދަލުކުރައްވައި، އެއްވެސް ވާހަކައެއް ދައްކާފައިނުވާ ކަމަށްވެސް ބަޔާނުގައި...
އަޙްމަދު ވަހީދު
ހައްޔަރު ކޮށްގެން ހައި ކޯޓަށް ގެންނަން އެންގި މީހަކު ހައްޔަރު ނުކުރެވި ހުއްޓާ އެ މީހާ އަމިއްލައަށް ކޯޓަށް އައުމުން އެ މައުލޫމާތު ލީކުވި ގޮތާ މެދު ހައި ކޯޓުން މިއަދު ސުވާލު އުފައްދައިފި އެވެ. ޑްރަގް މައްސަލައެއްގައި ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި މީހެއްގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރި މައްސަލާގައި އެ މީހާ ހާޒިރު ނުވުމުން ހައި ކޯޓުން ފުލުހުންނަށް އަމުރުކުރީ އޭނާ ހައްޔަރު ކޮށްގެން ކޯޓަށް ގެނައުމަށެވެ. ފުލުހުން އޭނާ ހައްޔަރު ނުކޮށް […]
ހުސައިން ހަބީބް