މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,446 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1351 ވަނަ ޞަފްޙާ

ބިލެތްފަހީ ބަނދަރުގެ 79 އިންސައްތަ މަސައްކަތް ނިމިއްޖެ

ބިލެތްފަހީ ބަނދަރުގެ 79 އިންސައްތަ މަސައްކަތް ނިމިއްޖެ

ށ. ބިލަތްފަހީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 79 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތްތައް ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން، 50،376 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 181 މީޓަރުގެ އެއްގަމުތޮށި ލުމާއި، 170 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 434 މީޓަރުގެ ބޭރުތޮށި ލުމާއި، 1565 އަކަ މީޓަރުގެ […]

އަޙްމަދު ވަހީދު
އެވިޑް ކޮލެޖުން ތިނަދޫގައި "އަޔާޓާ" އޮތޮރައިޒްޑް ކޯސްތައް ހިންގުމަށް ހަމަޖައްސައިފި

އެވިޑް ކޮލެޖުން ތިނަދޫގައި "އަޔާޓާ" އޮތޮރައިޒްޑް ކޯސްތައް ހިންގުމަށް ހަމަޖައްސައިފި

އެވިޑް ކޮލެޖުން ގދ. ތިނަދޫ ކެމްޕަހުގައިވެސް ” އަޔާޓާ ” އޮތޮރައިޒްޑް ކޯސްތައް ހިންގުމަށް ހަމަޖައްސައިފިއެވެ. މެއި މަހުގެ 30 ވަނަ ދުވަހު އެވިޑް ކޮލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި އެވިޑް ކޮލެޖް، ” އަޔާޓާ ” އޮތޮރައިޒްޑް ޓްރެއިނިންގ ސެންޓަރަކަށް ހަމަޖެހުނުކަމަށް އިއުލާން ކުރެއްވީ އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) ގެ ރީޖަނަލް ޓްރެއިނިން ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު ލޮކޭޝް މައްޓާއެވެ. މިއާއެކު ރާއްޖޭގައި ” އަޔާޓާ ” ގެ ތަމްރީން ކޯސްތައް ހިންގާ އިތުރު […]

އަޙްމަދު ވަހީދު
ސްޓެލްކޯ ޓަވަރަށް އަމިއްލަ ހަރަދުގައި ކަރަންޓް ލާން ނިންމައިފި

ސްޓެލްކޯ ޓަވަރަށް އަމިއްލަ ހަރަދުގައި ކަރަންޓް ލާން ނިންމައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ސްޓެލްކޯ ދެ ޓަވަރަށް އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓު ލުމުގެ އިންތިޒާމް ހަމަޖެއްސުމަށް ނިންމައިފިއެވެ. ސްޓްލްކޯއިން މިގޮތަށް ނިންމީ ރޭ ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައެވެ. އެ ކުންފުނިން މިގޮތަށް ނިންމީ ސްޓއލްކޯ ޓަވަރުތަކަށް ކަރަންޓް ދިނުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓް ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ލަސްވެފައިވާތީއެވެ. ދެވަނަ ފިޔަވަހީގެ ކަރަންޓް ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫއުއާ ގު...

އަޙްމަދު ވަހީދު
އިނގިރޭސިން ހަންގޭރީގެ އަތްދަށުވެއްޖެ

އިނގިރޭސިން ހަންގޭރީގެ އަތްދަށުވެއްޖެ

ޔުއެފާ ނެޝަނަލް ލީގް ގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އިނގިރޭސިންގެ މައްޗަށް ހަންގޭރީ ކުރިހޯދައިފިއެވެ. ގިނަވަގުތު ބޯޅަ ހިފައްަޓައިގެން ކުޅުނު އިނގިރޭސިްނގެ މައްޗަށް ހަންގޭރީ ކުރި ހޯދީ 1-0 ގެ ނަތީޖާއިންނެވެ. މެޗްގައި ފެނުނު ހަމަ އެކަނި ގޯލް ހަންގޭރީއަށް ކާމިޔާބް ކޮށްދިނީ ޑޮމިނިކް ސޮބެސްލެއި އެވެ. މިއީ މެޗްގެ 64 ވަނަ މިނެޓްގައި ރީސް ޖޭމްސް ކުރި ފައުލަކާ ގުޅިން ލިބުނު ޕެނަލްޓީއަކުން ކާމިޔާބް ކުރި ލަނޑެކެވެ. މިގުރޫޕްގައި ޖަރުމަން އަދި އިޓަލީ ބައްދަލު […]

އަލީ ރިޔާޟް
ބޮޑުތިލަދުންމަތި އެދި ގޮވަނީ ކާކަށް ހެއްޔެވެ؟

ބޮޑުތިލަދުންމަތި އެދި ގޮވަނީ ކާކަށް ހެއްޔެވެ؟

ބޮޑުތިލަދުންމައްޗަކީ ކޮބައިކަން މިހާރުގެ ފަހުގެ ޖީލަށް ފަހަރުގައި ނުއެނގިދާނެއެވެ. ބޮޑުތިލަދުންމައްޗަކީ ހއ، ހދ، ށ، ނ. މި ހަތަރު އަތޮޅު ކަމުގައި ބެލެވޭ ޤުދުރަތީ އަތޮޅަށް އިހުއްސުރެ ދިވެހިން ކިޔާ އުޅޭ ނަމެކެވެ. ބޮޑު ތިލަދުންމައްޗަކީ މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ބޮޑުއެއް ގުދުރަތީ އަތޮޅެވެ. ހަތްވަނައަށް ދުނިޔޭގެ އެންމެ ބޮޑު އަތޮޅެވެ. އެހެންކަމުން ދުނިޔޭގެ ތާރީޚުގައި ވެސް ބޮޑު ތިލަދުންމައްޗަށް ޚާއްސަ އަހަންމިއްޔަތެއް ލިއްބައިދެއެވެ. މީގެ އިތުރުން ބޮޑު ތިލަދުންމައްޗަށް ޚާއްސަ އަހަންމިއްޔަތެއް ދިވެ...

ސަނިއްޔާ އަބޫބަކުރު
އެސްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު 1 އަލުން ޕްރިންޓު ކުރަން ނިންމައިފި

އެސްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު 1 އަލުން ޕްރިންޓު ކުރަން ނިންމައިފި

އެސްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު 1 އަލުން ޕްރިންޓު ކުރަން ނިންމައިފިއެވެ. މިކަން ހާމަކޮށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ކުރި ޓްވީޓެއްގައި ވަނީ މިއަހަރުގެ އެސް.އެސް.ސީ އިމްތިހާނުގެ ދިވެހި ކަރުދާސް 1 ޕްރިންޓްކުރުމުގައި ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން އެ ކަރުދާސް އަލުން ޕްރިންޓް ކުރަން ނިންމާފައިވާ ކަމަށެވެ. މި ޕޭޕަރު އަލުން ޕްރިންޓް ކުރިނަމަވެސް ކަނޑައެޅިފައިވާ ތާރިޚްގައި އިމްތިހާނު ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދަވާކަމަށް އެ ޑިޕާޓްމަންޓުން ހާމަކޮށްފައިވެއެވެ....

ސަނިއްޔާ އަބޫބަކުރު
ނައިބު ރައީސް، "ނޯ ވެހިކަލް އަވަރ" ބައިސްކަލު ބުރުގައި ބައިވެރިވެވަޑައިގެންފި

ނައިބު ރައީސް، "ނޯ ވެހިކަލް އަވަރ" ބައިސްކަލު ބުރުގައި ބައިވެރިވެވަޑައިގެންފި

މި އަހަރު ދުނިޔޭގެ ތިމާވެށި ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށް މިއަދު ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދިޔަ “ނޯ ވެހިކަލް އަވަރ” ބައިސްކަލު ބުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންފިއެވެ. އެންވަރަޔަމަންޓް މިނިސްޓްރީ އާއި ފުވައްމުލަކު ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔަ މި ބައިސްކަލު ބުރުގައި ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހުގައި އެންވަރަޔަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އާއި ފުވައްމުލައް ސިޓީ މޭޔަރ، ޑެޕިއުޓީ މޭޔަރ އަދި ކައުންސިލަރުން ބައިވ...

މުޙައްމަދު ވަސީމް
ކުޅުދުއްފުށީގައި 900 ގަސް އިންދައި، 25 ޓަނު ކުނި ނަގައިފި

ކުޅުދުއްފުށީގައި 900 ގަސް އިންދައި، 25 ޓަނު ކުނި ނަގައިފި

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް މިއަދު ކުޅުފުށީ ސިޓިގައި ހާއްސަ ހަރަކާތްތަކެއް ހިންގައި، އެ ހަރަކާތްތަކުގެ ތެރެއިން 900 ގަސް އިންދައި، 25 ޓަނު ކުނި ނަގައިފިއެވެ. ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް އެސިޓީގައި ކުރިއަށް ގެންދިޔައީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އެއްބާރުލުމާއިއެކު އެރަށުގެ މުއައްސަސާތައް ގުޅިގެންނެވެ. “ފިނިފެހި ސިޓީ” ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ މި ހަރަކާތުގެ ތެރެއިން އެ ސިޓީގެ އިރުމަތި ފަރާތު ހޭޅި އަދި ފުއްޓަރު ސާފުކުރުމުގެ ހަރަކާތެއް މިއަދު ކުރިއަށްގެންގޮ...

ޝިއުނާ އާދަމް
އެމެރިކާއިން ރާއްޖެއަށް އެއްލައްކަ ކޮވިޑް ވެކްސިން ހަދިޔާ ކޮށްފި

އެމެރިކާއިން ރާއްޖެއަށް އެއްލައްކަ ކޮވިޑް ވެކްސިން ހަދިޔާ ކޮށްފި

އެމެރިކާއިން ރާއްޖެއަށް އެއްލައްކަ ކޮވިޑް ވެކްސިން ހަދިޔާ ކޮށްފިއެވެ. މިކަން ހާމަކޮށް ޔޫއެސް މިޝަން ޓު މޯލްޑިވްސްއިން ބުނީ އެމެރިކާއިން މިފަހަރު ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ ފައިޒާ ވެކްސިންގެ 100،620 ޑޯޒް ވެކްސިނަކީ 2021 އާއި 2022 ޖެނުއަރީ މަހު ތެރޭގައި ރާއްޖެއަށް ހަދިޔާކުރި ޖުމުލަ 439،920 ޑޯޒުގެ ފައިޒާ ބަޔޯއެންޓެކްގެ ވެކްސިން ޕްރޮގްރާމްގެ ތެރެއިން އިތުރަށް ފޯރުކޮށްދޭ އެހީއެއް ކަމަށެވެ. ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިފަހުން އެމެރިކާއިން 7 މިލިއަން ޑޮލަރަށްވުރެއް ގިނަ ފައިސާއަށްވާ ތަކެތީގެ […]

ސަނިއްޔާ އަބޫބަކުރު
ހުއްދަނަގައިގެން މަގުތަކުގައި އިންދާފައި ހުންނަ ގަސްތަކަށް ގެއްލުންދޭނަމަ ފިޔަވަޅުއަޅާނަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް

ހުއްދަނަގައިގެން މަގުތަކުގައި އިންދާފައި ހުންނަ ގަސްތަކަށް ގެއްލުންދޭނަމަ ފިޔަވަޅުއަޅާނަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް

މަގުތަކުގައި އެކަމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުތަކުގައި ގަސްއިންދުމަށް ނަގަންޖެހޭ ހުއްދަ ނަގައިގެން އިންދާ ގަސްތަކަށް ގެއްލުންދޭ ފަރާތްތަކުގެ މައްސަލަ ކުރިއަށް އޮތްތަނުގައި ބަލައި އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، ކުޅުދުއްފުށި ސިޓީއަކީ ފެހި ސާފު އަދި ހިތްފަސޭހަ ސިޓީއަކަށް ހެދުމުގެ ގޮތުން އެކައުންސިލާއި އެކި މުއައްސަސާތައް އަދި އަމިއްލަ ފަރުދުން އަންނަނީ މަގުތައް އަދި އާންމު ސ...

ޔުމްނާ ޢަލީ
ޑެންމާކުން ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކޮށްފި

ޑެންމާކުން ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކޮށްފި

މިހާރު ކުރިޔަށްދާ ޔުއެފާ ނެސަނަލް ލީގުގައި ޑެންމާކް އިން ދުނިޔޭގެޗެމްޕިއަން ފުރާންސް ބަލިކޮށްފިއެވެ. ފްރާންސްގައި ކުޅުނު މި މެޗުން ޑެންމާކް މޮޅުވީ ފްރާސުން ލަނޑެއްޖަހައި ފައި ވަނިކޮށް ފަހަތުން އަރާ ދެ ގޯލް ޖަހައި 2-1 ގެ ނަތީޖާއިންނެވެ. ފްރާންސް އިން ގިނަވަގުތު ބޯޅަ ހިފައްޓައިގެން ކުޅުނު މި މެޗްގަ ފްރާންސް އިން ޖެހި ހަމަ އެކަނި ގޯލް މެޗްގެ 51 އެއްވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ ކަރިމް ބެންޒެމާ އެވެ. ޑެންމާކް އިން ޖެހި ދެގޯލް […]

އަލީ ރިޔާޟް
އެވިޑް ކޮލެޖުން އިންތިޒާމުކޮށްގެން އެއްދުވަހުގެ ސެމިނާއެއް ބާއްވައިފި

އެވިޑް ކޮލެޖުން އިންތިޒާމުކޮށްގެން އެއްދުވަހުގެ ސެމިނާއެއް ބާއްވައިފި

އެވިޑް ކޮލެޖުން “ޕަރސްޕެކްޓިވްސް އެންޑް ފިއުޗަރ އެވެނިއުސް ފޯ ޓްރެވެލް އެންޑް އޭވިއޭޝަން އިންޑަސްޓްރީ ” ގެ ނަމުގައި ސެމިނާއެއް ބާއްވައިފިއެވެ. މި މަހުގެ އެއްވަނަ ދުވަހު ބޭއްވި މި ސެމިނާއަކީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ” އަޔާޓާ” އޮތޮރައިޒްޑް ޓްރެއިނިން ސެންޓަރެއްގެ ގޮތުގައި އެވިޑް ކޮލެޖް ހަމަޖެހިގެން ދިޔުމާއެކު ކަމާ ގުޅުންހުރި ފަރާތްތަކަށް އަމާޒުކޮށްގެން މަޢުލޫމާތު ބަދަލުކުރުމުގެ ގޮތުން ބޭއްވި ސެމިނާއެކެވެ. އެ ސެމިނާ ނިމިފައިވަނީ ކާމިޔާބު ކަމާއެކު ކަމަށް އެވިޑުން […]

އަޙްމަދު ވަހީދު
އެސްޓީއޯއިން އިނގިރޭސިވިލާތުގެ މަޝްހޫރު “ރަސަލް ހޮބްސް” ތައާރަފު ކޮށްފި

އެސްޓީއޯއިން އިނގިރޭސިވިލާތުގެ މަޝްހޫރު “ރަސަލް ހޮބްސް” ތައާރަފު ކޮށްފި

އެސްޓީއޯއިން އިނގިރޭސިވިލާތުގެ މަޝްހޫރު “ރަސަލް ހޮބްސް” ތައާރަފު ކޮށްފިއެވެ. މިރޭ ސެންޓްރަލް ޕާކުގައި ކުރިއަށްދިޔަ އެފް އެންޑް ބީ ޝޯގައި މި ބްރޭންޑް ތައާރަފު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ގެއާއި ބަދިގެ ސާމާނު އުފެއްދުމުގައި 70 އަހަރުގެ ތަޖުރިބާ ލިބިފައިވާ ރަސަލް ހޮބްސައަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި މަގުބޫލު ބްރޭންޑެކެވެ. އެ ބްރޭންޑް މަގުބޫލުވެފައިވަނީ ޕްރޮޑަކްޓުތަކުގެ ތަފާތު ކަމުންނެވެ. ރަސަލް ހޮބްސްގެ އުފެއްދުންތަކުގެ ތެރޭގައި ރައިސް ކުކަރާއި ސްލީ ކުކަރާއި ސްޓީމަރާއި ގްރިލް އާއ...

އަޙްމަދު ވަހީދު
އެމްއާރުއެމުން އީސީއަށް ހުށަހަޅާފައިވާ ފޯމުތައް އަވަހަށް ޕްރޮސެސްކޮށްދޭން ގޮވާލައިފި

އެމްއާރުއެމުން އީސީއަށް ހުށަހަޅާފައިވާ ފޯމުތައް އަވަހަށް ޕްރޮސެސްކޮށްދޭން ގޮވާލައިފި

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އިން އިލެކްޝަން ކޮމިޝަން (އީސީ) އަށް މިހާތަނަށް ހުށަހަޅާފައިވާ ހުރިހާ މެންބަރުޝިޕް ފޯމްތަކެއް ވީއެންމެ އަވަހަކަށް ޕްރޮސެސްކޮށްދޭން އެ ޕާޓީން ގޮވާލައިފިއެވެ. ސިޔާސީ ޕާޓީތަކުގެ ތެރެއިން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 3،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވާލަން އީސީން ނިންމާފައިވާއިރު، އޭގެ ތެރޭގައި އެމްއާރުއެމް ވެސް ހިމެނެ އެވެ. އެމްއާރުއެމްއިން ނެރުނު ބާޔާނެއްގައި ބުނީ އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް ކޮށްފައިވާ މަސައްކަތުގެ ތެރެއިން މިހާރު ވެ...

އަލީ އާދިލް
އެމްއެންޕީގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްއެންޕީގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޤައުމީ ހިންގާ ކައުންސިލްގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ މަޤާމުތަކަށް އިންތިޚާބު ކުރުމަށް ބާއްވާ އިލެކްޝަން ބާއްވަން ތާވަލުކޮށްފައި ވަނީ އަންނަ އޯގަސްޓް 6 ވާ ހޮނިހިރު ދުވަހު އެވެ. މި މަޤާމްތަކަށް އެމްއެންޕީގެ ފަރާތުން ކުރިމަތިލުމަށް ޝައުގުވެރިވާ ޕާޓީގެ މެންބަރުންނަށް މިފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށް އެ ޕާޓީން މިއަދު ވަނީ ބުނެފައެވެ. މި މަޤާމަތަކަށް ވާދަކުރަން ބޭނުންވާ އެ...

އަލީ އާދިލް
ސީއެސްސީ އަށް ރައްދުވާގޮތައް ހަޤީގަތާއި ހިލާފު ދޮގު މައުލޫމާތު ނުފެތުރުމަށް އެދިއްޖެ

ސީއެސްސީ އަށް ރައްދުވާގޮތައް ހަޤީގަތާއި ހިލާފު ދޮގު މައުލޫމާތު ނުފެތުރުމަށް އެދިއްޖެ

ރާއްޖޭގެ ބައެއް މީޑިއާތަކުގައި ސިވލް ސަރވިސް ކޮމިޝަން (ސީއެސްސީ) އަށް ރައްދުވާގޮތަށް އެކޮމިޝަންގެ ބަހެއްނެތި ޙަޤީގަތާއި ޚިިލާފަ ތަފާތު އެކިއެކި ތުހުމަތުތަކާއި ދޮގު މައުލޫމާތު، ޚަބަރުގެ ގޮތުގައި ފަތުރަމުންދާކަން ފާހަގަކުރެވުމާއި ގުޅިގެން އެކަން އެގޮތައް ނުކުރުމަށް އަންގައިފި އެވެ، އެ ކޮމިޝަނުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެކޮމިޝަނުން ނިންމާ، ތަންފީޒު ކުރަމުންދާ ކަންކަމަކީ، ގާނޫނު ނަންބަރު 2007/5 ދިވެހި ސަރވިސްގެ ގާނޫނު ގެ 18 ވަނަ މާއްދާގެ ދަށުން އެ ކޮމިޝަނަށް މަތިކޮށްފައިވާ ޒިއ...

މުޙައްމަދު ވަސީމް
ވޯލްޑް ބޭންކުން ރާއްޖެއަށް 154 މިލިއަން ރުފިޔާގެ އެހީ ދެނީ

ވޯލްޑް ބޭންކުން ރާއްޖެއަށް 154 މިލިއަން ރުފިޔާގެ އެހީ ދެނީ

ދިވެހިރާއްޖޭގެ ޑިޖިޓަލް ޓެކްނޮލޮޖީ ދާއިރާ ކުރިއަރުވައި ބްރޯޑްބޭންޑް މާކެޓުގައި ވާދަވެރިކަން އިތުރު ކުރުމަށް ވޯލްޑް ބޭންކުން 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ދޭން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ އިއްޔެ ބޭއްވި ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމެއްގައެވެ. މި އެހީ ވޯލްޑް ބޭންކުން ފޯރުކޮށްދޭނީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) ގެ ދަށުންނެވެ. މިއީ ކުރިއަރަމުން އަންނަ ޤައުމުތަކަށް އެހީވާ ވޯލްޑް ބޭންކުގެ ވިންޑޯއެކެވެ. މި އެހީގެ ދަށުން ރާއްޖޭގ...

އަޙްމަދު ވަހީދު
ފަރެސްމާތޮޑާ އެއާޕޯޓުގެ ކޯޒްވޭ އެޅުމުގެ މަސައްކަތް ފަށައިފި

ފަރެސްމާތޮޑާ އެއާޕޯޓުގެ ކޯޒްވޭ އެޅުމުގެ މަސައްކަތް ފަށައިފި

ގދ. ފަރެސްމާތޮޑާ އެއާޕޯޓާއި އެރަށާ ދެމެދު ކޯޒްވޭ އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ. ފަރެސްމާތިޑާ އެއާޕޯޓުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ އެ ކުންފުންޏާއެވެ. ކޯޒްޗޭ އަޅަން  19،200 އަކަމީޓަރުގެ ސަރަހައްދެއް ހިއްކާއިރު، ހިއްކާ ސަރަހައްދު ހިމާޔަތްކުރުމަށް 120 މީޓަރުގެ ރިވެޓްމަންޓް ޖަހާނެއެވެ. މި ކޯޒަވޭ އަޅާނީ އެއާޕޯޓްގެ މައި މަގުތަކާ ގުޅޭ ގޮތަށް ކޯޒްވޭގެ ދަށުން އޮއެ ދެމ...

އަޙްމަދު ވަހީދު