އެސްޓީއޯއިން އިނގިރޭސިވިލާތުގެ މަޝްހޫރު “ރަސަލް ހޮބްސް” ތައާރަފު ކޮށްފިއެވެ.
މިރޭ ސެންޓްރަލް ޕާކުގައި ކުރިއަށްދިޔަ އެފް އެންޑް ބީ ޝޯގައި މި ބްރޭންޑް ތައާރަފު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ގެއާއި ބަދިގެ ސާމާނު އުފެއްދުމުގައި 70 އަހަރުގެ ތަޖުރިބާ ލިބިފައިވާ ރަސަލް ހޮބްސައަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި މަގުބޫލު ބްރޭންޑެކެވެ. އެ ބްރޭންޑް މަގުބޫލުވެފައިވަނީ ޕްރޮޑަކްޓުތަކުގެ ތަފާތު ކަމުންނެވެ.
ރަސަލް ހޮބްސްގެ އުފެއްދުންތަކުގެ ތެރޭގައި ރައިސް ކުކަރާއި ސްލީ ކުކަރާއި ސްޓީމަރާއި ގްރިލް އާއި އެއާ ފްރަޔާ އާއި އަވަނާއި ބްލެންޑަރާއި ކުރަޔާއި ޓޯސްޓަރާއި ސޭންޑްވިޗް މޭކާ އަދި ކޮފީ މޭކާ ފަދަ އުފެއްދުންތައް ހިމެނެއެވެ. އެ ކުންފުންޏަކީ ދުނިޔޭގެ އެންމެ ފުރަތަމަ އޮޓޮމެޓިކް ކުރާ އުފެއްދި ކުންފުންޏެވެ.
އެސްޓީއޯއިން ވަނީ މި ބްރޭންޑް ތައާރަފު ކުރުމާ ގުޅިގެން ހާއްސަ އޮފާއެއްވެސް ތައާރަފު ކޮށްފައެވެ. އެގޮތުން، މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ބްރޭންޑުގެ އުފެއްދުންތައް އެސްޓީއޯ މެދުވެރިކޮށް ގަތުމުން 10 އިންސައްތައިގެ ޑިސްކައުންޓް ލިބޭނެއެވެ.
މީގެ އިތުރުން އެއް އަހަރު ދުވަހުގެ ވޮރެންޓީވެސް ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!