ކީރިތި ރަސޫލާ އަށް އިހާނެތި ބަސްތައް ރައްދުކޮށް އިންޑިއާގެ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ ދެއްކި ވާހަކަތައް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް ކުށްވެރިކުރަށްވައިފިއެވެ. ޤާސިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރުމާ ރަސޫލާއާ ބެހޭ ގޮތުން ދެއްކި ވާހަކަތައް އެމަނިކުފާނާއި އަދި ޖުމްހޫރީ ޕާޓީން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ވާހަކައިގެ ސަބަބުން ދުނިޔޭގެ އެތައް ބިލިއަން މުސްލިމުންނެއް ހިތްހަމަނުޖެހިފައިވާ ކަމަށ...
އަލީ އާދިލް
ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރާއިރު ދިވެހި ހާރިޖިއްޔާއިން ހަމަހިމޭންކަން އިހުތިޔާރު ކޮށްގެން ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ. ޑރ. ޝަހީމް މިހެން ވިދާޅުވީ އިންޑިއާގެ ޓީވީ ޗެނަލަކުން ބޭއްވި ބަހުސެއްގައި ބައިވެރިވެ އެ ގައުމުގެ ވެރިކަންކުރާ ބީޖޭޕީގެ ތަރުޖަމާން ނުޕުރް ޝަރުމާ ކީރިތި ރަސޫލާ ﷺ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރިމައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. އޭނާގެ ވާހަކަތައް އިސްލާމީ ގައުމުތަކާއި އިސްލާމީ ޖަމިއްޔާ ޖަމާޢަތްތަކުން އަން...
ސަނިއްޔާ އަބޫބަކުރު
ސަޢޫދީ ރަސްގެފާނަށް ރައީސް ޞާލިޙް ފޮނުއްވި ޚާއްޞަ ސިޓީފުޅެއް ހިއްޕަވައިގެން ދިވެހި ޚާރިޖީ ވަޒީރު، އަދި އދ ގެ ޢާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ. މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް ޢަޒީޒަށް ފޮނުއްވި ސިޓީފުޅު ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާއަށް ޙަވާލު ކުރައްވާނެއެވެ. ފޮރިން މިނިސްޓްރީން އާންމު ކޮށްފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ދެ […]
ސަނިއްޔާ އަބޫބަކުރު
ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް، އެއްގަމު އުޅަނދު ދުއްވުމުގެ ދާއިިމީ ލައިސަންސް ލިބޭގޮތަށް ހަމަޖައްސައިފިއެވެ. މިގޮތަށް ހަމަޖައްސާފައިވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ޤަވާއިދަށް ގެނައި ފުރަތަމަ އިސްލާހުގައެވެ. މި ޤަވާއިދު މިހާރުވަނީ ގެޒެޓް ކޮށްފައެވެ. ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ދިވެހިންނަށް ލައިސަންސް ދޫކުރާ އުސޫލާ އެއްގޮތަށް، ދިވެހިންނާއި ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނަށް ދޫކުރާ ދާއިމީ ލައިސަންސްވެސް މިހާރު 10 އަހަރުގެ މުއްދަތަށް ބޭ...
ސަނިއްޔާ އަބޫބަކުރު
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ފުވައްމުލައް ސިޓީއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންފިއެވެ. ނައިބު ރައީސްގެ މި ދަތުރުފުޅުގައި ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފުވައްމުލައް ސިޓީގައި ހިންގި ހަރަކާތް ތަކުގައި ބައިވެރިވެ ވަޑައިގެންފައި ވެއެވެ. އެގޮތުން އިއްޔެ ހަވީރު ފުވައްމުލަށް ސިޓީ އެއަރޕޯޓުން ފެށިގެން ތުނޑީ ސަރަޙައްދާއި ހަމައަށް ބޭއްވި ބައިސްކަލް ބުރުގައި އެ މަނިކުފާނު ބައިވެރިވެ ވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރ...
ސަނިއްޔާ އަބޫބަކުރު
ޔެެފާ ނޭޝަނަލް ލީގް ގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ޕޯޗްގަލް މޮޅުވެއްޖެއެވެ. ސްވިޒިލެންޑާ ބައްދަލުކޮޑް ޕޯޗްގަލް މެޗް ކާމިޔާބް ކުރީ 4-0 ގެ ނަތީޖާއިންނެވެ. މެޗްގެ ފުރަތަަމަ ގޯލް ކާމިޔާބް ކޮށްދިނީ މެޗްގެ 15 ވަނަ މިނެޓްގައި 30 އަހަރުގެ މިޑްފީލްޑަރ ވިލިއަމް ކަވާޅިއޯ އެވެ. ޑިއެގޯ ޖޮޓާގެ އެހީތެރިކަމާއެކު ދެވަނަ ގޯލް ކާމިޔާބް ކޮށްދިނީ 35 ވަނަ މިނެޓްގައި ޕޯޗްގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭގެ 4 މިނެޓް ފަހުން ރޮނާލްޑޯ ވަނީ […]
އަލީ ރިޔާޟް
ރާއްޖެ ބަނގުރޫޓު ވެދާނެކަމަށް ދެކެވޭ ވާހަކަތަކަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްދު ދެއްވައިފި އެވެ. ރާއްޖޭގެ ރަސްމީ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެ ކަމަށް ދެއްކެވޭ ވާހަކަތަކަށް ރައްދު ދެއްވައި، މިނިސްޓަރ އަމީރު ކުރެއްވި ދިގު ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެކަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށެވެ. މިފަދަ ވާހަކަތަކަކީ ރައްޔިތުން އަދި ބޭރުގެ އިންވެސްޓަރުންނަށް ހަޤީޤަތް އޮޅޭގޮތައް ދެއްކުމުން، ދުނިޔެ މިއޮތް ނާޒުކު ދަނޑިވަޅުގައި މުޅި ރާއްޖ...
މުޙައްމަދު ވަސީމް
އާންމުންނަށް ހުޅުވާލި 100 ކޯޓާއަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އާންމުކޮށްފި އެވެ. 1443 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއަށް ލިބިފައިވާ ކޯޓާގެ ތެރެއިން އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް އާއެެވެ. އެކުންފުނިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި 100 ކޯޓާގެ ދަށުން ޙައްޖަށް ދިއުމަށް ހޮވޭ ފަރާތްތައް ކަނޑައެޅުމަށް ބޭއްވޭ ގުރު...
މުޙައްމަދު ވަސީމް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އާންމު ބަސް ދަތުރުފަތުރުގެ ހިދުމަތުގައި އުޅޭ ބަސް ޑްރައިވަރުންނާއި ކޮންޑަކްޓަރުންނަށް ހާއްސަކޮށްގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ސިލްސިލާ ޕްރޮގްރާމެއް ފަށައިފިއެވެ. ފުލުހުންނާ ގުޅިގެން އިއްޔެއިން ފެށިގެން ފަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި ސެޝަންތައް ނަގައިދޭނީ ފުލުހުންގެ ޓްރެފިކް ޕޮލިހުގެ ޓްރެއިނަރުންނެވެ. މި ޕްރޮގްރާމުގައި އެމްޓީސީސީގެ 150 މުވައްޒަފުން ބައިވެރިވެއެވެ. އެމްޓީސީސީން ބުނީ، ރާ...
އަޙްމަދު ވަހީދު
ކ. ގިރިފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ނިންމާލައިފިއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މި މަސައްލަތް ހަވާލު ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. މި މަޝްރޫއުގެ ދަށުން އެންވަޔަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހަދައި، 268 މީޓަރުގެ ބޭރުތޮއްޓަކާއި 46 މީޓަރުގެ ނެރު ބޭރު ތޮއްޓެއް ވަނީ ހަދައިފައެވެ. މިއީ 18.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. We have completed K. Girifushi Harbor Development Project. The value of […]
އަޙްމަދު ވަހީދު
ދުނިޔޭގެ އެހެން ގައުމުތަކުގައި މަގުބޫލުވަމުން އަންނަ ގްރީން ކޮންކްރީޓް ނުވަތަ ލޯ ކާބަން ކޮންކްރީޓް އެސްޓީއޯއިން މިއަދު ތައާރަފުކޮށްފިއެވެ. ރިސައިކަލް ކޮށްފައިވާ ރޯމެޓީރިއަލް ބޭނުންކޮށްގެން އުފައްދާ ގްރީން ކޮންކްރީޓަކީ އާދާއިގެ ކޮންކްރީޓް ނުވަތަ ކޮންވެންޝަނަލް ކޮންކްރީޓްއާ އަޅާބަލައި އިރު، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށްދީ އަދި ހައިޑްރޭޝަންގެ ހޫނު އާދައިގެ ކޮންކުރީޓަށްވުރެ ވަރަށް ބޮޑަށް ދަށް ކޮންކުރީޓެކެވެ. މިއީ އާދައިގެ ކޮންކްރީޓާއި ހިލާފަށް ކާބަންޑައިއޮކްސައިޑް މަދުން ބޭރުކޮށް އުފައްދާ...
އަޙްމަދު ވަހީދު
309 ބިޔަރު ދަޅާއި 667 ފުޅި ބަނގުރާ، ނ. މާފަރު ޕޮލިސް ސްޓޭޝަނުން ނައްތާލައިފި އެވެ. ފުލުހުން ބުނީ މިއީ، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތިކަމަށެވެ. މިތަކެތި ނައްތައިލާފައިވަނީ މިއަދު މާފަރު ކުނިކޮށީގައެވެ. ނައްތާލާފައިވާ 667 ފުޅި ބަނގުރައާއި 309 ދަޅު ބިޔަރަކީ، މިދިޔަ ފެބްރުއަރީ މަހުގެ 22 އިން މި ޖޫން މަހުގެ 2 އަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި އެމްއެންޑީއެފް އިން ފުލުހުންނާ ހަވާލުކޮށްފައިވާ […]
މުޙައްމަދު ވަސީމް
ކުންޏަކީ ރާއްޖެ އަށް ދިމާވެފައި އޮތް ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލަ ކަމުގައި ތިމާވެއްޓާބެހޭ ވަޒީރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ، ތިމާވެށީގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރޭ ފުވައްމުލަކުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކުންޏަކީ ރާއްޖެ އަށް ދިމާވެފައި އޮތް ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަ ކުރައްވައި، މި މައްސަލަ ހައްލު ކުރަން މަރުހަލާ ތަކަކަށް ބަހާލައިގެން ވަރަށް ބާރަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. […...
ސަނިއްޔާ އަބޫބަކުރު
ތިމާވެށި ޙިމާޔަތްކުރަން އެންމެހާ ދިވެހިންގެ ބައިވެރިވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. ރައީސް މިގޮތަށް އެދިވަޑައިގަތީ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބެއްގަ އެވެ. މި ޚިޠާބުގައި ރައީސް ވިދާޅުވެފައި ވަނީ، މިކައުނުގެ ތެރޭގައި އެތައް ބިލިއަން މަޑިކިލަނބުތަކެއް ހިމެނޭ އިރު، އެއިން ކޮންމެ މަޑިކިލަނބެއްގައި އެތައް ބިލިއަން ގުރަހަތަކެއް ދައުރުކުރި ނަމަވެސް އިންސާނުން ދިރިއުޅުމަށް އެކަށޭނަ ކަމަށް، މިހާތަނަށް އެނގެން އޮތީ މި ބިން ނުވަތ...
ސަނިއްޔާ އަބޫބަކުރު
ކ. މާފުށީ ޖަލު ސަރަހައްދު މަތިން ޑްރޯން ދުއްވުމާއި ޖަލުގެ އައްސޭރިފަށުން މޫދު ކުޅިވަރު ކުޅޭ އުޅަނދުތައް ދުއްވުން އެ ރަށު ކައުންސިލުން މިއަދު މަނާކޮށްފި އެވެ. މާފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ޖަލު ހިމެނޭ ސަރަހައްދުގެ މަތީން ޕެރެސެއިލިންއާއި ޑްރޯނު ދުއްވުމާއި އަދި އެ ސަރަހައްދުގެ އައްސޭރިފަށުގައި ޖެޓްސްކީ ފަދަ އުޅަނދުތައް ދުއްވުމުގެ ޝަކުވާ އެކި ފަހަރު މަތީން ކައުންސިލަށް ލިބިފައިވާ ކަމަށެވެ. ކައުންސިލުން ބުނީ އެކަން މަނާކުރީ ޖަލު ސަރަހައްދަކީ ޚާއްސަ ހުއްދައާއެކު […]
ސަނިއްޔާ އަބޫބަކުރު
ސޯލާ ޕެނަލްއަކީ އިރުގެ ދޯދިތަކުން ސާފު ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދާ ވަސީލަތެކެވެ. މި ތަކެތި އެންމެ ރަނގަޅަށް މަސައްކަތް ކުރަނީ އަވި ގަދަ ވަގުތުތަކުގައެވެ. އެހެންވެ، ވިއްސާރަ ދުވަސްތަކާއި އަވި ނުދޭ ވަގުތުތަކުގައި މި ސޯލާ ޕެނަލްތައް ބޭނުން ކޮށްގެން ހަކަތަ އުފެއްދުން ދަށްވެއެވެ. ނަމަވެސް މިއީ މިހާރު އެކަން އޮންނަ ގޮތެވެ. ޔޫއެންއެސްޑަބްލިއު ސިޑްނީގެ ސްކޫލް އޮފް ފޮޓޯވޯލްޓެނިކް އަދި ރިނިއުބަލް އެނާޖީ އިންޖިއަނިއަރިން އާއި އާކް ސެންޓާ އޮފް އެކްސެލެންސް އިން އެކްސައިޓަން […]
އަޙްމަދު ވަހީދު
ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި ޝިޕްމަންޓް އެ ރަށަޡސް ގެންގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މިހާރު ކުރިއަށްދަނީ ފަތާ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، ފަތާ ސަރަޙައްދެއް ކޮނުމާއި، 803 މީޓަރު ބޭރުތޮށި ލުމާއި، 80 މީޓަރުގެ ރިވެޓްމެންޓް […]
އަޙްމަދު ވަހީދު
ފްރެންޗް ނޭޝަނަލް ޕޮލިސްގެ ފަރާތުން ދިވެހި ފުލުހުންނަށް ހާއްސަ އޮޕަރޭޝަން އެކްސަސައިޒެއް ކުރިއަށް ގެންގޮސްފިއެވެ. ފްރެންޗް ނޭޝަނަލް ޕޮލިސްގެ އެލީޓް ޓެކްޓިކަލް ޔުނިޓެއް ކަމުގައިވާ ރިސަރޗް، އެސިސްޓަންޓް، އިންޓަރވެންޝަން، ޑިސުއޭޝަން (ރެއިޑް) ގެ ފަރާތުން ދިވެހި ފުލުހުންނަށް ހާއްސަ ކުރިއަށް ގެންގޮސްދެއްވި މި އޮޕަރޭޝަން އެކްސަސައިޒެއް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ. މި އެކްސަސައިޒްގެ ކުރިއަށް ގެންގޮސްފައި ވަނީ ދ. ވާނީ އާއި މާލޭގައ...
ޔުމްނާ ޢަލީ