އެވިޑް ކޮލެޖުން "ޕަރސްޕެކްޓިވްސް އެންޑް ފިއުޗަރ އެވެނިއުސް ފޯ ޓްރެވެލް އެންޑް އޭވިއޭޝަން އިންޑަސްޓްރީ " ގެ ނަމުގައި ސެމިނާއެއް ބާއްވައިފިއެވެ.
މި މަހުގެ އެއްވަނަ ދުވަހު ބޭއްވި މި ސެމިނާއަކީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު " އަޔާޓާ" އޮތޮރައިޒްޑް ޓްރެއިނިން ސެންޓަރެއްގެ ގޮތުގައި އެވިޑް ކޮލެޖް ހަމަޖެހިގެން ދިޔުމާއެކު ކަމާ ގުޅުންހުރި ފަރާތްތަކަށް އަމާޒުކޮށްގެން މަޢުލޫމާތު ބަދަލުކުރުމުގެ ގޮތުން ބޭއްވި ސެމިނާއެކެވެ. އެ ސެމިނާ ނިމިފައިވަނީ ކާމިޔާބު ކަމާއެކު ކަމަށް އެވިޑުން ބުންޏެވެ.

މިސެމިނާގައި ކަމާގުޅޭ ދާއިރާތަކުން 40 ބޭފުޅުން ބައިވެރިވެ ލެއްވެވިވެއެވެ. ސެމިނާގައި ވާހަކަދެކެވި މަޢުލޫމާތު ބަދަލުކުރެވިގެން ދިޔަ މައިގަނޑު ބައިތަކުގެ ތެރޭގައި އޭވިއޭޝަން ދާއިރާގައި " އަޔާޓާ " ގެ ދައުރަކީ ކޮބައިކަމާއި ، ކޯވިޑް 19 ގެ ސަބަބުން ޓްރެވެލް އިންޑަސްޓްރީއަށް ކުރިއަސަރާއި ދިމާވި ގޮންޖެހުންތަކާއި " އަޔާޓާ " ސެޓިފިކޭޝަންއާއި ގުޅުމުން ހުރި ފައިދާއާއި " އަޔާޓާ " އޮތޮރައިޒްޑް ޓްރެއިނިން ސެންޓަރެއްގެ ދައުރަކީ ކޮބައިކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
މި ސެމިނާގައި ސްޕީކަރގެ ހައިސިއްޔަތުން ހަރަކާތްތެރިވެ ލެއްވެވީ އަޔާޓާ ރީޖަނަލް ޓްރެއިނިން ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު ލޮކޭޝް މައްޓާއެވެ. މި ސެމިނާގައި އެވިޑް ކޮލެޖްގެ ޗެއާމަން ޢަބްދުﷲ މުސްތާޤް ރަޝާދު އާއި ރެކްޓަރު، ޑރ. ސުނީނާ ރަޝީދުއާއި ކޮލެޖްގެ ސީނިއާ ބައެއް މުވައްޒަފުން ބައިވެރިވެ ލެއްވެވިއެވެ.

އެވިޑް ކޮލެޖުން މައުލޫމާތު ދެއްވި ގޮތުގައި " އަޔާޓާ " ގެ ކޯސްތައް ހިންގުމަށްޓަކައި އެވިޑް ކޮލެޖުން ވާންޖެހޭ ތައްޔާރީ ތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ.
އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި މަތީ ތައުލީމު އަތްފޯރާ ފަދަ އަގެއްގައި ފޯރުކޮށްދެމުންގެންދާ އަމިއްލަ އެންމެ ބޮޑު އެއްކޮލެޖެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!