ށ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ވިޔަވަތި ޤުރުއާން މުބާރާތުގެ މި އަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ށ. އަތޮޅު ކައުންސިލާއި، ރަށު ކައުންސިލްތަކާއި އަދި ސްކޫލްތައް ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ، ށ. އަތޮޅު ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި އަތޮޅު ތަމްސީލުކުރާނެ ޤާބިލު ޖީލެއް ބިނާކުރުމ...
ސަނިއްޔާ އަބޫބަކުރު
މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި، ފުލުހުންގެ ޚިދުމަތުން ގުޅިގެން ބަލައި ފާސްކުރި ކޮންޓެއިނަރުގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްގެ 15 ކިލޯ ފެނުނު ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ. ކަސްޓަމްސް އިން މިރޭ އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން ބަލައި ފާސްކުރި ކޮންޓެއިނާ އަކީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު އިންޑިއާގެ ޓުޓިކޮރިން އިން ކަނޑުމަގުން ރާއްޖެ ގެނެސްފައިވާ ކޮންޓެއިނަރެއ...
ޔުމްނާ ޢަލީ
100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާ އެކު، އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް އދ. ދިގުރަށް ތައާރަފް ކޮށްފިއެވެ. މިއަދު ތައާރަފު ކުރި މި ހިދުމަތާއެކު އެ ރަށުގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާ ގުޅުވާލަދީފައިވާ ކަމަށް އުރީދޫ އިން ބުންޏެވެ. އުރޯދޫއިން ބުނީ އެ ކުންފުނީގެ ތަސައްވުރަކީ މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް އެ ކުންފުނީގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުން […]
އަޙްމަދު ވަހީދު
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި ޗެއާމަންކަމުގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް (ރޓ) އިބްރާހީމް މުހައްމަދު ދީދީ އައްޔަންކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޝަން ބޯޑު (ޕީސީބީ) އިން ބުނެފައިވާގޮތުގައި، ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށާއި ޗެއާމަންގެ މަގާމާ އިބްރާހިމް މުހައްމަދު ދީދީ ހަވާލުވެވަޑައިގަންނަވާނީ މިއަދުން ފެށިގެންނެވެ. އޭނާ މި މަގާމަށް އައްޔަންކޮށްފައި މިވަނީ ކުރިން އެމަގާމު އަދާކުރައްވަމުން ގެންދިޔަ މުހައްމަދު ރަޝީދު މިދިޔަ އަހަރުގެ ޑިސެމްބަރު މަހ...
އަޙްމަދު ވަހީދު
ތުއްތު ދަރިފުޅުގެ ބޮޑުކަމުދާ ތަކެތި ހަރުވުމަށް (ކޮންސްޓިޕޭޓް) ވުމަށް ދިމާވާ އެތައް ސަބަބުތަކެއް ވެއެވެ. މިސަބަބުތައް އެނގުމާއި، ގޭގައި ދަރިފުޅަށް ދެވިދާނެ ފަރުވާތައް އެނގުމާއެކު ޑޮކްޓަރަށް ދާންވީ ކިހާވަރެއް ވީމާކަން އެނގުމަކީ ކޮންމެ ބެލެނިވެރިއަކަށްވެސް އެނގުން މުހިންމު މަޢުލޫމާތު ތަކެކެވެ. އެންމެ ފުރަތަމަ ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ، ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއް ކަމެވެ. އަދި އެކި ކުދިން ދިރި އުޅޭ މާޙައުލާއި، ކާ ކާނާއާއި، ކާނާ ހަޖަމުވާ އަވަސް މިނާއި، ހެލިފެލިވެ އުޅޭ މިންވަރަށް […]
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
އެކި ދާއިރާތަކުން ދިރާސާތައް ކުރަން މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ވިލާ ކޮލެޖާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެމްޑަބްލިއުއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހަސަން ޝާހެވެ. ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރެވެ. މި އެއްބަސްވުމުގެ ދަށުން، ދެ ފަރާތުން ބޭނުންވާ ދާއިރާތަކުން ދިރާސާ ކުރުމަށްޓަކައި އެއްބާރުލުންދިނުމާއި، މަޢުލޫމާ...
އަޙްމަދު ވަހީދު
ކުންފުނިތަކާއި ސަފާރީތަކުގެ ނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފޭރުމުގެ އަމަލުތައް ހިންގުމުގެ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުންދާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. ފުލުހުންގެ ވެބްސައިޓުގައި މިއަދު އާންމުކުރި ލިއުމެއްގައި ބުނެފައިވަނީ، މަކަރާއި ހީލަތުގެ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުން މިކަން ކުރަނީ ވިޔަފާރިއެއް ނުވަތަ ކޮންމެވެސް މަސައްކަތެއްކުރާ މީހަކަށް ގުޅައި، އެ މީހަކު ވިއްކާ ނުވަތަ އެ ތަނެއްގައި ވިއްކަން ހުންނަ އެއްޗެއް ގަތުމުގެ ނަމުގައި ކަމަށެވެ. ފުލުހުން ބުނެފަ...
މުޙައްމަދު ވަސީމް
ކުނި ވަކިކޮށްގެން އުކާލަން ފެށިތާ ދެ ހަފްތާ ވެފައިވާއިރު ފެނިގެންދަނީ އުއްމީދީ ނަތީޖާއެއް ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި ބައެއް ގޭބިސީތަކުން ކުނި ނެރުމުގެ އާދަޔަށް ހެޔޮ ބަދަލު އަންނަމުންދެއެވެ. އެގޮތުން ބައެއް ގޭބިސީތަކުން ކުނި ކޮަތަޅު ފުރާލުމަށްފަހު ނޫނީ އުކާލުމަށް ނުނެރޭކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މިއީ އުފަލާއެކު ބަލައިގަންނަ ބަދަލެއް ކަމަށް ވެމްކޯއިން ވަނީ ފާހަގަ ކޮށްފައެވެ. ވެމްކޯއިން ވަނީ […]
އަޙްމަދު ވަހީދު
ހއ. އިހަވަންދޫ ލޭންޑް ޔޫޒް ޕްލޭން ރިވިއުކޮށް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިހަވަންދޫ ކައުންސިލުން އިޢުލާނު ކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ހއ. އިހަވަންދޫ ލޭންޑް ޔޫޒް ޕްލޭން ރިވިއުކޮށް (ފަޅު ހިމެނޭހެން) ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލާ ދަޢުވަތު އަރުވާ ކަމަށެވެ. މިކަމަށްއެދޭ ފަރާތްތަކުން ބީލަން ހުށަހެޅުން އޮންނާނީ މިމަހުގެ 29 ވަނަ...
ސަނިއްޔާ އަބޫބަކުރު
ށ. ނޫމަރާ ކައުންސިލް އިދާރާގެ އާ އިމާރާތް އަޅައިދޭނެ ފަރާތެއް ހޯދަން އިޢުލާނު ކޮށްފިއެވެ. މިކަމަށްޓަކާ ނޫމަރާ ކައުންސިލުން ކުރެއްވި އިޢުލާނެއްގައިވަނީ ނޫމަރާ ކައުންސިލުގެ އާ ޢިމާރާތް އަޅަން ޖެހޭނީ އެ ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް އަމިއްލަ ޚަރަދުގައި ކަމަށެވެ. އެހެންކަމުން މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް 1000.00ރ (އެއްހާސް ރުފިޔާ) ގެ ނަން-ރިފަންޑެބަލް ރަޖިސްޓުރޭޝަން ފީ އެއް ދައްކަން ޖެހޭނެ ކަމަށާއި، 15 ޖޫން 2022 ވާ ބުދަ ދުވ...
ސަނިއްޔާ އަބޫބަކުރު
ނޯޓިސް ދިީފައިވާ ޕާޓީތަކުން ހުށަހަޅާ ފޯމުތައް މިރޭގެ 22:00 އާއި ހަމައަށް ބަަލައިގަންނަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އީސީން ބުނ،ީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ޤާނޫނުގައިވާ ޢަދަދަށް މެންބަރުން ހަމަކުރުމަށް ސިޔާސީ ޕާޓީތަކަށް ދީފައިވާ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ. އެހެންވެ ޤާނޫނުގައިވާ ޢަދަދަށް މެންބަރުން ހަމަކުރުމަށް ނޯޓިސް ދެވިފައިވާ ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމުތައް މިރޭގެ 22:00 އާ ހަމައަށް […]
އަލީ އާދިލް
ހޯރަފުއްޓަށް އެކިދާއިރާތަކުން ފާހަގަ ކޮށްލެވޭފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެރަށު ކައުންސިލުން ބާއްވާ “ހޯރަފުށީ ދުވަސް 2022 އެވޯޑް” ދިނުމުގެ ހަފްލާ ބާއްވައިފިއެވެ. މި ދުވަސް ފާހަގަ ކުރުމަށް އެ ކައުންސިލުން ނިންމާފައި ވަނީ މި އަހަރުގެ މެއި މަހުގެ 17 ވާ އަންގާރަ ދުވަހުއެވެ. އަދި “ހޯރަފުށީ ދުވަސް 2022 އެވޯޑް” ދިނުމުގެ ހަފްލާ ބާއްވާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ރެއެވެ. ހޯރަފުށީ ދުވަހުގެ މިޚާއްސަ ޖަލްސާގެ […]
ޝިއުނާ އާދަމް
ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ. ފުލުސް އޮފީހުން ކުރައްވާފައިވާ އިއުލާނުގައިވަނީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ، ބ. ގޮއިދޫ / އުނިމާގެ، ޙަސަން ފަޔާޒް (35އ) ކަމުގައެވެ. އޭނާ ހޯދަމުން ގެންދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ. ފުލުހުންގެ މައްޗަށް ކޯޓުނ...
ސަނިއްޔާ އަބޫބަކުރު
ށ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އެ އަތޮޅު ވެރިރަށް ފުނަދޫގައި ކުރިއަށް ގެންދިޔަ ހޭންޑް ބޯލް ކޯޗިންގ ކޯސް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. މި ކޯހަކީ ށ. އަތޮޅު ކައުންސިލުގެ މި އަހަރުގެ ބަޖެޓްގައި ހިމަނައިގެން ށ. އަތޮޅުކައުންސިލާއި، ހޭންޑްބޯލް މޯލްޑިވްސް އާއި، މޯލްޑިވްސް އިންސްޓިޓިއުޑް އޮފް ސްޕޯޓްސް އާއި، ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ. މިކޯހުގައި އެ އަތޮޅުގެ 11 ރަށަކުން 24 ބައިވެރިން ކޯސް ފުރިހަމަކޮށްފައިވާއިރު 20 ބައިވެރިންވަނީ ސެޓްފިކެޓް ޙާޞިލުކޮށްފައެވެ. މިމަހުގެ...
ޝިއުނާ އާދަމް
ކުވައިތުގެ އަލްޖެރީ ހޯލްޑިންގ ގުރޫޕުން ހުޅުމާލޭގައި އަޅާ، އަޖިއަލް ބައިލިންގުއަލް ސްކޫލްގެ ބިންގާ މިއަދު އަޅައިފިއެވެ. ހުޅުމާލޭގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި އެ ސްކޫލްގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މި ސްކޫލަކީ، އެންމެ ފަހުގެ ޒަމާނީ ވަޞީލަތްތަކާއި އެކު ކިޔަވައިދެވޭނެ ވަޞީލަތްތައް ޤާއިމްކޮށްގެން، އިނގިރޭސި މީޑިއަމް އާއި ޢަރަބި މީޑިއަމްއަށް ކިޔަވައިދޭނެ ސްކޫލެކެވެ. އަދި މިސްކޫލަކީ ޕްރީސްކޫލް އިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދޭ...
ޔުމްނާ ޢަލީ
އިންޓަ ކޮންޓިނެންޝިއަލް ޕްލޭއޮފްްގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ޕެރޫ ބަލިކޮށް އޮސްޓްރޭލިއާ އިން ފީފާ ވޯލްޑް ކަޕުން ފުރުސަތު ހޯދައިފި އެވެ. މެޗުން އޮސްޓްރޭލިއާ މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-4 ގެ ނަތީޖާއިންނެވެ. އޮސްޓްރޭލިއާ ގެ ޕެންލްޓީތަށް ކާމިޔާބް ކޮށްދިނީ އާރޮން މޫއީ، ކްރެއިގް ގުޑްވިން، އަޖްޑިން ރުސްޓިޗް، ޖޭމީ މެކްލަރެން އަދި އައްވާރު މާބިލް އެވެ.ނާކިޔާބުވީ މާޓިން ބޮއިލް އެއްމެ ފުރަތަަމަ ފޮނުވާލި ޕެނަލްޓީއެވެ. ޕެރޫގެ ޕެނަލްޓީ ތަށް ކާމިޔާބު ކޮށްދިނީ ޖިއަންލޫކާ ލަޕަޑުއްލާ […]
އަލީ ރިޔާޟް
ކޮވިޑް ކޭސްތައް ރާއްޖޭގައި އަނެއްކާވެސް ގިނަވާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފިއެވެ. މިކަމާ ގުޅޭ ގޮތުން އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑްގެ ކޭސްތައް އަނެއްކާ ވެސް އިތުރުވަމުން އަންނައިރު މިދިޔަ ހަފްތާގައި އެކަނި ވެސް ކޮވިޑް ޖެހިގެން 142 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެއީ ކުރީ ހަފްތާއާ އަޅާ ބަލާއިރު 69 ޕަސެންޓްގެ އިތުރުވުމެއް ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ. މީގެ އިތުރުން ކޮވިޑް ސާމްޕަލް ޕޮޒިޓިވިޓީއާ އެކު […]
ސަނިއްޔާ އަބޫބަކުރު
ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން އެމަނިކުފާނު ހައި ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފް ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރާ ދައުވާތަކާ ގުޅިގެން އެމަނިކުފާނު އިސްތިއުނާފަށް ހުށަހެޅުއްވީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ކްރިމިނަލް ކޯޓުން ބަލައިނުގަތުމަށް ނިންމި މައްސަލަ އެވެ. ކްރިމިނަލް ކޯޓުން އެ ހުށަހެޅުންތައް ބަލައިނުގަތީ މުއްދަތު ހަމަވުމުންނެވެ. ހައި ކޯޓުގައި އ...
ހުސައިން ހަބީބް