އިންޓަ ކޮންޓިނެންޝިއަލް ޕްލޭއޮފްްގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ޕެރޫ ބަލިކޮށް އޮސްޓްރޭލިއާ އިން ފީފާ ވޯލްޑް ކަޕުން ފުރުސަތު ހޯދައިފި އެވެ.
މެޗުން އޮސްޓްރޭލިއާ މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-4 ގެ ނަތީޖާއިންނެވެ.
އޮސްޓްރޭލިއާ ގެ ޕެންލްޓީތަށް ކާމިޔާބް ކޮށްދިނީ އާރޮން މޫއީ، ކްރެއިގް ގުޑްވިން، އަޖްޑިން ރުސްޓިޗް، ޖޭމީ މެކްލަރެން އަދި އައްވާރު މާބިލް އެވެ.
ނާކިޔާބުވީ މާޓިން ބޮއިލް އެއްމެ ފުރަތަަމަ ފޮނުވާލި ޕެނަލްޓީއެވެ.
ޕެރޫގެ ޕެނަލްޓީ ތަށް ކާމިޔާބު ކޮށްދިނީ ޖިއަންލޫކާ ލަޕަޑުއްލާ ، އަލެކްސަންޑާ ކަލެންސް ، ރެނާޓޯ ޓާޕިއާ ، އެޑިސަން ފްލޮރެސް އެވެ. ނާކާމިޔާބް ވީ ލުއިސް އަޑްވިންކޫލާ އަދި އަލެކްސް ވަލޭރާ ފޮނުވާލި ޕެނަލްޓީތަކެވެ.
ނޮވެމްބަރުމަހު ގަތަރުގައި ފަށާ ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ ހިމެނޭނީ ފްރާންސާއި ޑެންމާކާއި ޓިއުނީޝިއާއާ އެކު ގްރޫޕް ބީގަ އެވެ
2018 ވަނަ އަހަރުވެސް އޮސްޓްރޭލިއާ ލައްވާލީ ފުރާސް އަދި ޑެންމާކް އާއި އެއް ގްރޫޕެއްގައެވެ. އެފަހަރު ދެން އެ ގްރޫޕްގައި އޮތީ މެޗުން ބަލިވި ޕެރޫ އެވެ.
ވޯލްޑްކްޕުގައި މިހާތަނަށް 13 ގޯލް ޖަހާފައިވާ އޮސްޓްރޭލިއާ މީ މި މުބާރާތުން ޖާގަ ހޯދި 6 ވަނަ ފަހަރެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި ދެން އިނީ ފަހު ޖާގައެވެ. ފަހުޖާގައަށް ވާދަ ކުރަނީ ނިއު ޒީލެންޑާއި ކޮސްޓަ ރީކާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!