1943 ވަނަ އަހަރު ށ އަތޮޅު މާކަނޑޫދޫއަށް އުފަންވި ޢަލީ އަހްމަދަކީ މާކަނޑޫދޫގެ ޢީދުފޯރިއަށް ބޮޑު އިންގިލާބެއް ގެނައި ކުޅަދާނަ ހުނަރުވެރިއެކެވެ. ކުޅިވަރާއި މިއުޒިކާއި ޘަޤާފީ ކުޅިވަރުތައް އަންނާން އޮތް ޖީލުތަކަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރެއްވި މޭސްތިރިއެކެވެ. އުމުރުގެ ވަރަށް ޅަފަތުގައި ބޮޑުބެރާއި އޭގެ ހަމަތައް ދަސްކުރެއްވެވިއެވެ. ތާރައާއި ޘަޤާފީ ކުޅިވަރުތަކުގެ ފުންކަނޑަށް ފުންމަވާލެއްވިއެވެ. އެކަނޑުގައި ޢަލީ އަހްމަދު، އެންމެން ދަންނަ ނަމުންނަމަ ( ބޭބެ ޢަލީ )...
މުޙައްމަދު ސާޖިދު
މުޅި ރާއްޖެއަށް މަގުބޫލު ބްރޭންޑެއް ކަމުގައިވާ ހިޓާޗީއަށް ހާއްސަކޮށްގެން އެސްޓީއޯއިން ”ހަމަ ހިޓާޗީ” ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަން ފަށާއިފައިވަނީ މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ކުޑަ ހަފުލާއެއްގައެވެ. އެ ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއެވެ. މި ޕްރޮމޯޝަންގެ ތެރެއިން ހިޓާޗީ ބްރޭންޑްގެ އައިސްއަލަމާރި، ދޮންނަ މެޝިނާއި، އެއާޕިޔުރިފަޔާ އާއި ޓީވީ އާއި ޕަންޕާއި ވެކްޔުމް ކުލީނާ، އާއި ރައިސްކުކަރާއި، އަވަނާއި އެއާކޯން...
އަޙްމަދު ވަހީދު
ރ. އަތޮޅު ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ “ރ.ޓޫރިޒަމް އެކްސްޕޯ 2022″ގެ ތެރެއިން މޫދު ކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި އެކްސްޕޯއަކީ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީއާ ރ. އަތޮޅު ކައުންސިލު ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. “ރ. ޓޫރިޒަމް އެކްސްޕޯ 2022” ގެ ނަމުގައި ކުރިޔަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރެއިން އެންމެ ޝައުޤުވެރި އެއް ޙަރަކާތް ކަމަށްވާ މޫދު ކުޅިވަރުގެ ބައި ކުރިއަށް ގެންގޮސްފައި ވަނީ ހޮނިހިރު ދުވަހު ރ އަތޮޅު […]
ސަނިއްޔާ އަބޫބަކުރު
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުކަމުގެ މަޤާމުގައި ހުންނަ ވަނިކޮށް މަޤާމުންވަކި ކޮށްފައިވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޟު އަބްދުއްލަތީފް މަޤާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ. އަންހެނުން ހިތާނު ކުރުމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ވިދާޅުވި ވާހަކަތަކާ ގުޅިގެން އާންމުންގެ ތެރޭގައި ނުތަނަވަސްކަން އުފެދޭ ކަމަށް ބުނެ އެމްއެންޔޫގެ ވަޒީފާއިން ޑރ. އިޔާޟު ވަކިކ...
ސަނިއްޔާ އަބޫބަކުރު
ނ. ލަންދޫގައި ދެ ރުއް ދޭތެރޭ ފިތިގެން ބިދޭސީއަކު ނިޔާވެއްޖެއެވެ. މިހާދިސާ ހިނގާފައި ވަނީ ލަންދޫގައި ލޭންޑިން ކްރާފްޓަކަށް ރުއްތަކެއް އަރުވަން އުޅުމުގެ ތެރޭގައެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ، ލަންދޫގައި ލޭންޑިން ކްރާފްޓަކަށް ރުއްތަކެއް އަރުވަން އުޅުމުގެ ތެރޭގައި، ދެ ރުއް ދޭތެރޭ ބިދޭސީއަކު ފިތިފައިވާ ކަމުގެ ރިޕޯޓު އެ އިދާރާއަށް މިއަދު ހަވީރު 16:15 ހާއިރު ލިބުނު ކަމަށެވެ. “ހެލްތު ސެންޓަރަށް އެމީހާ ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ” ފު...
ތިލަދުން
އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ހިދުމަތް ހޯދަން އޯގަސްޓް މަހުން ފެށިގެން ކޭޝް ކާޑު ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދަޅުވީ ބަހުގެ ދަތުރުތަކުގައި ނަގުދު ފައިސާ ބޭނުންކޮށްގެން ކާޑު ރީޗަރޖް ކުރުމަކީ ދަތިކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ޚިޔާލު ފާޅު ކުރުމުންނެވެ. އެގޮތުން “ޓަޗް އެންޑް ގޯ” ބީއެމްއެލް ކާޑުގެ ހިދުމަތާ އެކު ކިއުއާރް ކޯޑު ވެސް ބޭނުން […]
އަޙްމަދު ވަހީދު
ހއ. އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި މީހަކު މަރާލި މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ ގާތިލު އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. ޖޫން، 2017 ގައި އިހަވަންދޫ އައިސްޕްލާންޓްގައި ޅ. ހިންނަވަރު، އިސްމާއިލް އުމަރު (އިއްސެ) މަރާލީ އެތަނުގައި އޭނާއާ އެކު މަސައްކަތްކުރި ބިދޭސީއެއް ކަމަށްވާ ސުމޮން މިއާ އެވެ. ދެ މީހުންގެ ދެމެދުގައި އޮތް ރުޅިވެރިކަމެއްގެ ސަބަބުން ތޫނުއެއްޗަކުން ހަމަލާދީ އިއްސެ މަރާލި މައްސަލާގައި ސުމޮން މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މާޗް […]
ހުސައިން ހަބީބް
ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުން ބާ ކައުންސިލާއި މަތިކޮށްފައިވާ ޒިންމާގެ ދަށުން އެ ކައުންސިލުން ބާއްވާ ފުރަތަމަ ބާ އިމްތިހާންގެ ތާވަލަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ބާ ކައުންސިލުން ނިންމައިފި އެވެ. އެކަން ހާމަކޮށް އެ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ބާ އިމްތިހާނު ފަރުމާކުރުމަށް ފާއިތުވި ތިން އަހަރުގެ ތެރޭގައި މާލީ އަދި އިދާރީ ގޮތުން އެތައް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް […]
ޔުމްނާ ޢަލީ
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ސްޓެލްކޯގެ ފްލެޓުތަކުގައި އަންނަ މަހު މީހުން ދިރިއުޅެން ފެށޭނެ ކަމަށާއި ކުލި ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ. ސްޓެލްކޯއަށް 25 އަހަރުން ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ޝަރީފު ވިދާޅުވީ މިހާރު އެ ކުންފުނީގެ މެނޭޖުމަންޓުގައި ތިއްބެވީ މުވައްޒަފުންގެ މަސްލަހަތާއި މަންފާއަށްޓަކައި މަސައްކަތްކުރާ ފަރާތްތަކެއް ކަމަށެވެ. އެހެންވެ، ބޯޑު...
އަޙްމަދު ވަހީދު
ސްޓެލްކޯ އިން އަދާކުރަމުންދާ ބޮޑު ޒިންމާ އަދާކުރުމުގެ ފަހަތުގައި އޮތީ ވަރަށް ހީވާގި މަސައްކަތްތެރި ޓީމެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ކަރަންޓުގެ ޚިދުމަތަކީ، ސާފުވައި ބޭނުންވާ ފަދައިން އަސާސީ ޚިދުމަތެއް ކަން ފާހަގަ ކުރަށްވައި، އަދި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ނުލިބި އުޅުމަކީ މިއަދު ދަތިކަމެއް ކަމެއްކަމަށް ވެސް […]
ސަނިއްޔާ އަބޫބަކުރު
ޖަޕާނުގެ ޓޯކްޔޯގައި ކުރިއަށްދިޔަ “ޕެސިފިކް އެމްފިބިއަސް ލީޑަރސް ސިމްޕޯޒިއަމް” ގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ. މި ސިމްޕޯޒިއަމްއަކީ، ޖަޕާނުގެ ގްރައުންޑް ސެލްފް ޑިފެންސް ފޯސް އަދި ޔޫއެސް މެރިން ކޯރ ފޯސަސް، ޕެސިފިކްއިން ގުޅިގެން ޖޫން މަހުގެ 13 އިން 16 އަށް ކުރިއަށް ގެންދިޔަ ސިމްޕޯޒިއަމް އެކެވެ. މި މި ސިމްޕޯޒިއަމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ އިންޑޯ ޕެސިޕިކު ސަރަހައްދުގެ މަސްލަހަތާއި ސުލްހަ […]
ޔުމްނާ ޢަލީ
ސްޓެލްކޯއިން ކުރިއަށް ގެންދާ ސޯލާ ޕެނަލް ހަރުކޮށްދިނުމުގެ ޕްރޮގްރާމް “އަވިކަތަ” އިފްތިތާހުކޮށްފިއެވެ. ރޭ ބޭއްވި ސްޓެލްކޯގެ ރިހި ޔޫބިލް ހަފްލާގައި މި ޕްރޮގްރާމް ތައާރަފު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ސްޓެލްކޯއިން އަލަށް އެކުލަވާލި “އަވިކަތަ” ޕްރޮގްރާމަކީ ސޯލާ ޕެނަލް ހަރުކުރަން ގޭގެ ފުރާޅު ކުއްޔަށް ދީގެން ފަސޭހަކަމާއެކު އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުމަށް ފެށި ޕްރޮގްރާމެެކެވެ. މި ސްކީމްގައި ބައިވެރިވުމަށް ގޭގެ ވެރިފަރާތުގެ ހުއްދަ އޮތުމާއި ފުރާޅުގައި މަދުވެގެން 100 އަކަފޫޓް ހުންނަން...
އަޙްމަދު ވަހީދު
ސްޓެލްކޯގެ މިސްރާބު ކަސްޓަމަރުންގެ މަސްލަހަތު އިސްކުރާ ކުންފުންޏަކާ ދިމާލަށް ބަދަލުކުރަންޖެހޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ. ޝަރީފު މިހެން ވިދާޅުވީ ސްޓެލްކޯއަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި އާދީއްތަ ދުވަހުގެ ހެނދުނު އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މިހާރު ސްޓެލްކޯ “ނޫކަށި” ޒުވާނަކަށްވެ, ރައްޔިތުންނަށް ދޭ ހިދުމަތް އެ ހިތްވަރާއެކު ދޭން ފަށައި، ކުންފުނީގެ މިސްރާބު ކަސްޓަމަރުންގެ މަސްލަހަތު އިސްކުރާ...
އަޙްމަދު ވަހީދު
ހއ. ކެލާގައި ޓްއަރިސްޓް ގެސްޓް ހައުސް އަދި ސިޓީ ހޮޓާ އެޅުމަށް ބިން ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލު ކޮށްފިއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ހއ. ކެލާ ކައުންސިލުގެ ރައީސް އަބްދުﷲ އިންފާޒް ވިދާޅުވީ ކެލާގައި ގެސްޓް ހައުސް އަދި ސިޓީ ހޮޓާ އެޅުމަށް ބިން ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލު ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި މި ކަމަށް ޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ. ކެލާގައި ގެސްޓް ހައުސް އަދި ސިޓީ ހޮޓާ އެޅުމަށް […]
ސަނިއްޔާ އަބޫބަކުރު
ރައްކާތެރި ގޮތުގައި ކަރަންޓް ބޭނުންކުރުން – ހޭލުންތެރި މުޖުތަމައު މި ޝިޢާރުގެ ދަށުން ށ. ބިލެތްފަހީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ބިލެތްފަހި ކައުންސިލާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ގުޅިގެން ޕްރޮގްރާމެއް ހިންގައިފިއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ބިލެތްފަހީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ޚަދީޖާ މޫސާ ވިދާޅުވީ އެ ރަށުގައި ކުރިޔަށް ގެންދިޔަ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް “ރައްކާތެރި ގޮތުގައި ކަރަންޓް ބޭނުންކުރުމުގެ ޕްރޮގްރާމް ނިންމާ ބައިވެރިންނަށް...
ސަނިއްޔާ އަބޫބަކުރު
ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގު ބޮޑުވުވުމުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން ފިޔަވަޅު އަޅަން ފަށައިފިއެވެ. މިގޮތުން ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއަކަށް މާދަމާއިން ފެށިގެން ޢަމަލު ކުރަން އަންގަވާފައި ވާއިރު، ލޯކަލް ކައުންސިލްތައް ފިޔަވައި ދައުލަތުގެ އެހެން މުއައްސަސާތަކުން މި ފިޔަވަޅުތައް ތަންފީޒު ކުރަން ޖެހެއެވެ. މި ސާކިއުލާގައި ވަނީ، ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުހޯދައި އެއްވެސް ޕްރޮމޯޝަނެއް ނުދިނުމާއި، ރަސްމީ ގަޑިން ބޭރުން ކޮންމެހެން ކ...
ސަނިއްޔާ އަބޫބަކުރު
ދިވެހިންނަށް ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތްތައް ފުޅާކޮށް، ބޭރުގެ ޤައުމުތަކަށް ދަތުރުކުރުމަށް ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް އިތުރު 17 ގައުމަކާއެކު ވިސާ ވެއިވަރ އެއްބަސްވުން ގާއިމްކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ. ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ދަށުން ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި އިތުރު 5 ޤައުމަކާއެކު ވިސާ ވެއިވަރ އެއްބަސްވުން ޤާއިިމްކުރެވި، މިހާރު ޖުމްލަ 88 ޤައުމަކަށް، ކުރިން ވިސާ ހޯދުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ ކަމަށް ބުނެއެވ...
ޝިއުނާ އާދަމް
ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތުގައި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލުކުރި މީހާގެ ހެކިބަސް ކްރިމިނަލް ކޯޓުން މިއަދު ނަގައިފި އެވެ. އާރަށް ކުއްޔަށް ދިނުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން މިއަދު ނެގީ ފުލުހުންގެ ފަރާތުން ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓް […]
ހުސައިން ހަބީބް