ބޮޑު ތިލަދުންމަތީގައި އޮތް އެންމެ ދިރުންހުރި އެއް އިޤްތިޞާދަކީ އިހަވަންދޫ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ޒޯން 1 ގެ ޚިދުމަތް “ބޮޑުތިލަދުންމަތި ގުޅާލުން” ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިހަވަންދުއަށް ދިމާވެފައިވާ ބަނދަރާއި ބިމުގެ ދަތިކަން ޙައްލުކޮށްދޭންޖެހޭ ކަމަށެވެ. އަދި އިހަވަންދޫގެ ތަރައްގީއަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ރައީސް ސާލިހު އިތުރަށް ވިދާޅުވީ އިރާދަކުރެ...
މުޙައްމަދު އަފްރާޙް
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އެކަން ކުރެވޭ ވަރުގެ ބަޔަކާ ނޫންކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެވަނަ ޕާޓީ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ވިދާޅުވެއްޖެއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ރެއެވެ. މާލޭގައި އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައިވަނީ އިންޑިއާގެ ޖޭއެމް...
އަލީ އާދިލް
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ޒޯން 1 ގެ ޚިދުމަތް “ބޮޑުތިލަދުންމަތި ގުޅާލުން” ރަސްމީކޮށް ރޭ އިފްތިތާޙް ކޮށްފިއެވެ. މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ހއ. ދިއްދޫ ބަނދަރު ސަރަޙައްދުގައި ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. އާރް.ޓީ.އެލްގެ ޒޯން 1 ގެ ޚިދުމަތް ރަސްމީ ގޮތުން ރޭ އިފްތިތާޙްކޮށްދެއްވުމުގެ ކުރިން ރައީސް ވަނީ، އާރް.ޓީ.އެލް ހައި-ސްޕީޑް ފެރީގައި، އިއްޔެ ހަވީރު، ހއ. އުތީމުން ހއ. ދިއްދޫއަށް ދަތުރުފުޅު ކުރައްވާފައެވެ. ބޮޑުތިލަދުންމަތިން މި ޚިދުމަތް ފުރަތަމަ […...
އަލީ އާދިލް
އޭޝިއަން ޑިވެލޮޕްމަންޓު ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ގެ އެހީއެއް ދީފިއެވެ. މި އެހީއަކީ ރާއްޖޭގެ ކޮވިޑް-19 ވެކްސިން ޕްރޮގްރާމަށް އެހީވުމުގެ ގޮތުން އޭޑީބީން ދިން އެހީއެކެވެ. އިއްޔެ މި އެއްބަސްވުމުގައު ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއެވެ. އޭޑީބީގެ ދެކުނު އޭޝިއާ ސަރަހައްދުގެ ހެލްތު ސްޕެޝަލިސްޓް ޑައިލިން ޗެން ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއިން ވަނީ ވެކްސިން ޕްރޮގްރާމުގައި ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދައިފައެވެ. […]
އަޙްމަދު ވަހީދު
ކުރީ އަދަދާއި ގުޅޭ “ތީ ކާކުބާ؟ އެއީ އަސްލުވެސް ހުވަފެނެއްތަ؟ އެކަމަކު ކީއްވެ ތަފާތު އިހްސާސެއް ކުރެވެނީ؟ ހުވަފެނެއް ނޫނޭ ހީވަނީ ކީއްވެ؟”. ތަސްވީރަށް ގެއްލިފައި ހުރެ ޝެލިންގެ ދުލުން ބޭރުވަމުން ދިޔައީ ހިތުގައި އުފެދިފައިވާ ސުވާލުތަކެވެ. އެ ސުވާލުތަކުގެ ޖަވާބު ނުލިބެނީސް އެ ހިތަށް ތަސައްލީއެއް ލިބެއް ނެތްކަން ޝެލިންއަށް އަށް އެނގެއެވެ. ހިތުގައި ބިންވަޅު ނެގިފައިވި އެ ސޫރައިން ޝެލިންގެ ހިތާއި ނަފްސަށް ކުރުވަމުން ދިޔައީ ބުނެދޭން ނޭނގޭ އިހްސާސެކެވެ. ފަތިސްނަމާދުގެ ބަންގީގެ އަޑު […]
މާސާ
ޤައުމީ ދުވަހަކީ ގިނަ ޤައުމުތަކުގައި އެ ޤައުމެއް ނުވަތަ އެ ދައުލަތެއް އުފަންވި ދުވަހެވެ. އެހެން ބައެއްގެ އަތްދަށުން މިނިވަންވެގެން ޤައުމެއްގެ ހައިސިއްޔަތު ލިބި އެ ޤައުމެއްގެ ރައްޔިތުން ބޭނުންވާގޮތަށް ރައްޔިތުންގެ ވެރިކަމެއް ޤާއިމުވެ ދައުލަތެއްގެ ގޮތުގައި މިނިވަންކަން އިޢުލާން ކުރާ ދުވަހެވެ. މިގޮތްގޮތުން ބަލާއިރު ދިވެހިރާއްޖޭގެ ޤައުމީ ދުވަސް ތަފާތެވެ. ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހެވެ. އެ ދުވަހަކީ ފުށެތިކާލުން (ޕޯޗްގީ...
ޢަބްދުﷲ ސަޢީދު
ހދ. ނޮޅިވަރަންފަރުގައި މޫދަށް އެރިއުޅެނިކޮށް ގެއްލުނު ބިދޭސީ މީހާ ފެނިއްޖެ އެވެ. ފުލުހުން ވިދާޅުވީ އެމީހާ ފަތާފައި ރަށުގެ ބަނދަރާ ދިމާއިން އެއްގަމަށް އަރައި ހުއްޓައި ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށާއި އެއީ 29 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ގެއްލިފައިވަނީ މަސް ހިފަން ނިކުމެ އުޅެނިކޮށް ނެވެ. އަދި މަސް ހިފަން ނުކުތީ ނޮޅިވަރަންފަރު ގެސްޓު ހައުސްއެއްގައި މަސައްކަތްކުރާ ދެ ބިދޭސީން […]
މުޙައްމަދު އަފްރާޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ހއ. އުތީމުން އެ އަތޮޅު ދިއްދޫއަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީ ގައި ވަޑައިގެންފި އެވެ. އާރްޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް އެމަނިކުފާނު ދިއްދޫ އަށް ވަޑައިގަތުމުން ވަނީ އެރަށު ރައްޔިތުންގެ ފަރާތުން ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އާރްޓީއެލް ފެރީ ނިޒާމަކީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ފަސޭއިން ހެޔޮ އަގުގައި ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ރައީސ...
މުޙައްމަދު އަފްރާޙް
އަންނަން އޮތްޖީލުތަކަށް މިޤައުމު ގެންގޮސްދިނުމަކީ މިޖީލުގެ ދިވެހިންގެ ޒިންމާއެއް ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. ހއ. އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާކަދައްކަވަމުން ޝައިޚް އިމްރާން ވިދާޅުވީ ޤައުމެއް ބިނާވަނީ އެގައުމެއްގެ ބަހާތަކާއި ރުކުންތަކުގެ މައްޗަށް ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ގައުމިއްޔަތު ބިނާވެގެންވަނީ އިސްލާމްދީނާއި ދިވެހި ބަހާއި ސަޤާފަތާއި ތަރިކައިގެ މައްޗަށްކަން ފާހަގަކުރައްވާ ހޯމް މިނިސްޓަރ ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް ގ...
މުޙައްމަދު އަފްރާޙް
މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ޕެރޭޑް ރާއްޖޭގެ 4 ރަށެއްގައި ބާއްވަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެ އެވެ. އެ އިދާރާ އިން ވިދާޅުވީ އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ޕެރޭޑް އޮންނާނީ މިއަދު ހަވީރު ހއ. އުތީމުގައި ކަމަށެވެ. މި ޕެރޭޑުގެ ހަރަކާތް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްއާއި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދ...
މުޙައްމަދު އަފްރާޙް
ހއ. އުތީމުގައި އަލަށް ޢިމާރާތްކުރި އާ އިންޖީނުގެއާއި، އޮފީސް ޢިމާރާތް މިއަދު ހުޅުވައިފިއެވެ. މި އިމާރާތް ހުޅުއްވައި ދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު އުތީމަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނެއެވެ. ފެނަކަ ކޯޕަރޭޝަން އުތީމުގައި ބިނާކޮށްފައިވާ އާ އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އާ އިންޖީނުގެ ހުޅުވިގެން ދިޔުމާއެކު އުތީމުގެ ރައްޔިތުން އުފުލަމުން އައި ތަކުލީފުތަކަށް ނިމުމެއް އައީ ކަމަށެވެ. އަދި އުތ...
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރޮމްއެއް އަޅައިދޭނެފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ. ފިއްލަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކައުންސިލުންދޭ މައުލޫމާތާ އެއްގޮތަށް އެރަށު ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރޮމްއެއް އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވަވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް މިހާރުވަނީ ހުޅުވާލާފަ އެވެ. މިމަސައްކ...
މުޙައްމަދު އަފްރާޙް
ދިވެހީންގެ ނިންމުން ބޮޑުތަކުރުފާނާ އެއްކޮޅަށް ނިންމި މައިގަނޑު ސަބަބަކީ ޕޯޗްގީޒުންގެ އަނިޔާވެރި އަޅުވެތިކަމުން މި ލޮބުވެތި ވަޠަން މިނިވަންކޮށްދެއްވުމެވެ. އަދި އެ ހިނދު ޤައުމު ވެއްޓިފައިވާ އަނދިރި އަދި އެހާމެ ނާމާން ފުން ވަޅުގަނޑުން ނަންގަވައި ޤައުމު ބިނާކޮށްދެއްވައި އާރާސްތުކޮށް ދެއްވުމެވެ. ޤައުމުގެ ހަޔާތުގައި އެ ރަދުންގެ ރަސްކަމަށްވުރެ ރައްޔިތުންގެ މެދުގައި އުފާފާތިކަމާއި ސުލުހަ މަސްލަހަތާއި އަމަންއަމާންކަން ވަކިން ބޮޑަށް އޮތް އެހެން ދުވަސްވަރެއް ނެތުމެވެ. އުތީމު މަހާރަދުންނަށްވުރެ ކުރިން ވެސް...
ޢަބްދުﷲ ސަޢީދު
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ރައްކާތެރިކަން ގެއްލޭގޮތަށް ވާހަކަދައްކައިގެން އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެތަނުގެ މުވައްޒަފަކު އިއްޔެ ދޫކޮށްލައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ހއ އަދި ހދ އަތޮޅަށް އިއްޔެ ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނު ދަތުރުކުރެއްވި ފްލައިޓް ހަނިމާދޫއަށް ޖައްސަން ކައިރިވެފައިވަނިކޮށް އެ ފްލައިޓަށް ޚިދުމަތްދޭ މުވައްޒަފުންގެ ބޮޑީ ސެކިއުރިޓީން ޗެކް ކުރިވަގުތު އެތަނުގެ މުވައްޒަފަކު އެހެން މުވައްޒަފަކު ޗެކްކުރަމުން ދަނިކޮ...
ޔުމްނާ ޢަލީ
އެބައެއްގެ މެދުގައި އާލާވެފައި އޮންނަ ރަނގަޅު ގޮތާއި ފޮތަކީ ޤައުމިއްޔަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމިއްޔަތަކީ އެތެރޭގައި އުފެދި، ހެދި ބޮޑުވެ، ޒަމާންތަކުން އާރުލާ އަޚްލާޤާއި، ރިވެތި އުޅުމާއި ސުލޫކު ކަމަށެވެ. އަދި އެބައެއްގެ މެދުގައި އާލާވެފައި އޮންނަ ރަނގަޅު ގޮތާއި ފޮތަކީ ޤައުމިއްޔަތު ކަމަށެވެ. “ޤައުމިއްޔަތަކީ ޤައުމު...
މުޙައްމަދު އަފްރާޙް
ހއ. ބާރަށު ކައުންސިލްގެ ޔުނިޓީ ކަޕް 1 ވަނަ ފުޓްބޯޅަ މުބާރާތް 2022، ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން 20 އޮކްޓޯބަރ 2022 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މުބާރާތުގައި ބާރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކުލަބް ޖަމިއްޔާތަކަށާއި އާންމު ފަރުދުންނަށް ވެސް ޓީމްތައް ބައިވެރު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ […]
އިބްރާހިމް ޚަލީލް
އަބަދުވެސް މަސައްކަތްކުރަންވީ ޤައުމީވަންތަކަން ދިރުވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ އަބަދުވެސް މަސައްކަތްކުރަންވީ ޤައުމީވަންތަކަން ދިރުވުމަށް އިސްކަންދީ އަދި ގައުމީ ބަޠަލުންގެ މިސާލުން އިބްރަތް ލިބިގަނެ ގައުމައިގެން ކުރިއަށް ދިޔުމަށް ކަމަށެވެ. މިއަހަރުގެ ގައުމީ ދުވަސް ގައުމީ ފެންވަރުގައި ހއ. އުތީމުގައި ފާހަގަކުރާއިރު، ރައީސުލްޖުްހޫރިއްޔާގެ ދެކަނބަލުން...
މުޙައްމަދު އަފްރާޙް
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަށްޓެރި ސްރީލަންކާ އަށް ފުރާވަޑައިގެންފި އެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅަކީ ލަންކާގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމާއި ގުޅޭގޮތުން ބާއްވަވާ ބައްދަލުވުމަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. ސްރީލަންކާ އަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް އެ ގައުމަށް އެހީ ހޯދައިދިނުމުގެ މެދުވެރިއަކަށް އެގައުމުން ހަމަޖައްސާފައިވަނީ ރައީސް ނަޝީދެވެ. އެމަނިކުފާނު އެކަމަށް ހަމަޖެއްސެވީ...
މުޙައްމަދު އަފްރާޙް