60 ދަރިވަރުންނާއެކު “ދަރުމަ” ގުރްއާން ހަރަކާތް ހއ. އިހަވަންދޫގައި އިފްތިތާހު ކޮށްފި އެވެ. ހިލޭސާބަހަށް ޤުރުއާނުގެ އިލްމު އުގަންނައިދިނުމުގެ މަޤްސަދުގައި ކުރިޔަށް ގެންދާ ދަރުމަ ޤްރުއާން ހަރަކާތް އިފްތިތާޙްކޮށްފައިވަނީ އެކަމަށް ހާއްސަކޮށްގެން އިހަވަންދޫ ސްކޫލުގައި ކުރިޔަށްގެންދިޔަ ޙަފްލާގަ އެވެ. އިހަވަންދޫ ހޯރަ އިބްރާހިމް މޫސާ އިސްނަންގަވައިގެން ދަރުމަވެރިއެއްގެ އެހީތެރިކަމާއިއެކު ކުރިޔަށްގެންދާ ހަރަކާތް ފެށުމަށް ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން އިބްރާހިމް މޫސާ ވަނީ މި ހަރަކާތަކީ އަދި ފެށުމ...
މުޙައްމަދު އަފްރާޙް
ތިލަދުންމަތީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފުރާވަޑައިގެންފި އެވެ. މިއަދު ފެއްޓެވި މިދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ހދ. ނައިވާދޫ އަށެވެ. އެއަށްފަހު، ހދ. ފިނޭއަށާއި، ހއ. އުތީމަށް އަދި ހއ. ދިއްދޫއަށް އެމަނިކުފާނު ވަޑައިގަންނަވާނެ އެވެ. ތިން ދުވަހުގެ މުއްދަތަށް ކުރައްވާ ރަސްމީ މި ދަތުރުފުޅުގައި ހއ. އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ދުވަހުގެ ޙަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަ...
މުޙައްމަދު އަފްރާޙް
ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ ހަތަރުވަނަ ގްރޫޕުގެ އެއްވަނަ ހޯދައިގެން ނެދަލެންޑްސް، މުބާރާތުގެ ސެމީ ފައިނަލުން ފުރުޞަތު ހޯދިއިރު، ގްރޫޕް އޭގެ އެއްވަނަ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ކޮރޭޝިއާ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ރޭ ނެދަލެންޑްސް އަމިއްލަ ޤައުމުގައި ބެލްޖިއަމްއާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއިން ވަނީ ކާމިޔާބު ކޮށްފައެވެ. މި ނަތީޖާއާއިއެކު ނެދަލެންޑްސްއަށް ގްރޫޕްގެ އެއްވަނަ ލިބިފައި ވަނީ ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއި […]
އިބްރާހިމް ޚަލީލް
ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ރަޝިއާގައި އިސްލާމީ ޝަރީއާ ހުއްދަ ކުރާ ބޭންކިންގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް އެ ގައުމުން ހާމަކޮށްފި އެވެ. ރަޝިއާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އިސްލާމިކް ބޭންކިންގެ ހިދުމަތް ތައާރަފު ކުރަން ގާނޫނަށް ގެންނަން ޖެހޭ ބަދަލު ގެނައުމަށް މިދިޔަ ހަފްތާގެ ހޯމަ ދުވަހު ވަނީ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފަ އެވެ. ރުހުން ލިބިއްޖެ ނަމަ އަންނަ އަހަރުގެ ފެބްރުއަރީގައި އެ ހިދުމަތް ފެށޭނެ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. ރަޝިއާގައި އިސްލާމިކް […]
މުޙައްމަދު ވަސީމް
ނޫސްވެރިންނަށް މައުލޫމާތު ލިބޭ މަސްދަތު ހާމަކުރަން މަޖުބޫރުވާގޮތަށް ހެއްކާއިބެހޭ ގާނޫނުގައި އޮތުމުން އެކަމާ ގުޅިގެން ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އެ ގާނޫނު އިސްލާހުކުރަން މި ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހަޅާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ. ހެއްކާބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން މަޖުބޫރުވާ މާއްދާއާއިމެދު ނޫސްވެރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަންބޮޑުވުންތައް ހިމަނައި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސ...
އަލީ އާދިލް
ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޛުހާން (ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ) އެންމެފަހުން ފެނުނީ ހުޅުމާލޭ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ހޯދަމުންދާ އަޛްހާނާ ބެހޭގޮތުން މިހާތަނަށް ލިބުނު މައުލޫމާތު ހިއްސާކޮށް ފުލުހުން ރޭ ވަނީ ނޫސްބަޔާނެއް އާންމު ކުރައްވާފައެވެ. އެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި އަޛުހާން ޚަބަރެއްނުވެ، ގެއްލުނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެންނެވެ. އެކަން އޭނާގެ ޢާއިލާއިން ފުލުހުންނާ ހިއްސާކޮށްފައި ވަނީ […]
ޔުމްނާ ޢަލީ
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ. އެގޮތުން މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ރިޒްވީއެވެ. އަދި ޖޭއެމްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް ކޭ އެސް ރެޑީއެވެ. މި ރަސްމިއްޔާތުގެ ދައުލަތުގެ ވ...
އަޙްމަދު ވަހީދު
ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ގަތުމަށް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިއެފްޓީސީ) އާއި އެސްޓީއޯއާ ދެމެދު 189 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއްގައި ސޮއި ކޮށްފިއެވެ. އާދީއްތަ ދުވަހު ހޮޓެލް ޖެންގައި ބޭއްވި ބައްދަލުމެއްގައި މި މުރާބަހާ ޓްރޭޑް ފައިނޭންސް ފެސިލިޓީ އެއްބަސްވުމުގައި އައިޓީއެފްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަނުގެ ސީއީއޯ ހާނީ ސަލީމަ ސޮންބޮލްއެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުއެވެ. އައިޓީއެފްސީ އަކީ […]
އަޙްމަދު ވަހީދު
މަކަރާއި ހީލަތުގެ މައްސަލައެއްގައި ފުލުހުން 4 މީހަކު ހޯދަން ފަށައިފި އެވެ. އެ މީހުންގެ ވީޑިއޯ އާންމުކޮށް ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ ހަތަރު މީހުންނަކީ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވާ މީހުން ކަމަށެވެ. އެހެންނަމަވެސް ފުލުހުން މިހައިތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހުން ކަމަށް ވެސް ފުލުހުން ވިދާޅުވެ އެވެ. ފުލުހުން އިތުރަށް ވިދާޅުވީ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މ...
މުޙައްމަދު އަފްރާޙް
ބަރަހަނާ މަންޒަރު ރެކޯޑްކޮށް އެ ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިލްކުރި މައްސަލައިގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ވިދާޅުވީ އެމީހުން ވަނީ އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް، އެ ވީޑިއޯތައް ލީކު ކޮށްލާނެކަމަށްބުނެ ބިރުދައްކައި، ބުލެކްމެއިލްކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑްކޮށްފައިވާ ކަމަށެވެ. އަދި ރެކޯޑް ކޮށްފައިވާ ބައެއް ވީޑިއޯތައް އާންމުކޮށްފައިވާ މައްސަލައާ ގުޅިގެން މިހާތަނަށް ޖުމުލަ ފަސް މީހަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުންގެ ތެރެއިން...
މުޙައްމަދު އަފްރާޙް
ރީޖަނަލް ހޮސްޕިޓަލް (ކޭއެޗްއާރް) ގެ ކަށީގެ އޮޕަރޭޝަންތައް ކުރުމަށް ހޯދަން ޖެހޭ އިމްޕްލާންޓްސް ހޯދުމަށް ބަޔަކާ ހަވާލުކޮށްފި އެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ނިއޯމެޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ. ކޭއާރުއެޗުގެ ފަރާތުން ޗީފް އެގްޒެކްޓިވް އޮފިސަރު އަހުމަދު ދާއޫދު މި އެއްބަސްވުމުގެ ސޮއިކުރެއްވި އިރު، ނިއޯމެޑް މޯލްޑިވްސްގެ ފަރާތުން ސޮއިކުރ...
މުޙައްމަދު އަފްރާޙް
ޓިކްޓޮކް ތަރި ހުނޭސާ އާދަމް ނަސީރު (ހުނޫ) ބަންދުން ދޫކޮށްލުމުން އޭނާ އަލުން ބަންދުކުރަން ދައުލަތުން އަނެއްކާވެސް ހައި ކޯޓަށް ހުށަހަޅައިފި އެވެ. މަސްތުވާތަކެތި ޓްރެފިކްކުރި ކަމަށް ބުނެ ދައުލަތުން ހުނޫގެ މައްޗަށް ދައުވާކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން އޭނާ ކުރިން ވަނީ ދޫކޮށްލައިފަ އެވެ. އެ މައްސަލާގައި ހައި ކޯޓުން ކުރިން ކްރިމިނަލް ކޯޓަށް އެންގީ އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމުމަށެވެ. ބަންދު މުރާޖާކުރުމަށްފަހު ކްރިމިނަލް ކޯޓުން […]
ހުސައިން ހަބީބް
ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަކުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެ ރަށުގެ ފަތާ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި، ބޭރުތޮށި ލުމުގެ މަސައްކަތުގެ 65 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، ފަތާ ސަރަޙައްދެއް ކޮނުމާއި، 803 މީޓަރު ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. […]
އަޙްމަދު ވަހީދު
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ލިޔުންތައް ސައްހަ ނޫން ކަމަށް އެމަނިކުފާނުގެ ކުރީގެ ބައެއް ވަޒީރުން ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ. އާރަށް މައްސަލާގައި ޔާމީނާއި މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ކުރާ ދައުވާގައި ދައުލަތުން ހުށަހެޅީ އެރަށް ކުއްޔަށް ދިނުމާ ބެހޭގޮތުން ކެބިނެޓްގެ އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމެއްގެ ޔައުމިއްޔާއެކެވެ. އެ ޔައުމިއްޔާ ސައްހަ ނޫން ކަމަށް ހެކިބަސް ދެއްވީ އޭރުގެ އިކޮނޮމިކް މިނިސްޓަރު […]
ހުސައިން ހަބީބް
ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެ ފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގެސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 66 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، ފަތާ ސަރަހައްދެއް ތަރައްގީ ކުރުމާއި، 870 މީޓަރުގެ ސަރަހައ...
އަޙްމަދު ވަހީދު
އެސްޓީއޯއިން ވިއްކާ ހިޓާޗީ ބްރޭންޑުގެ ފްރިޖުތަކުން ބޮޑެތި ޑިސްކައުންޓް ލިބޭ “ހިޓާޗީ ފްރިޖް ޕްރޮމޯ” މިއަދު ފަށައިފިއެވެ. މިއަދު ފެށި މި ޕްރޮމޯޝަން ކުރިޔަށްދާނީ 5 ނޮވެމްބަރ 2022 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯގެ ހުރިހާ ރީޖަނަލް ފިހާރަތަކެއްގައި ކުރިއަށްދާނެއެވެ. މި ޕްރޮމޯޝަންގެ ދަށުން އެސްޓީއޯއިން ކަނޑައަޅާފައިވާ އައިޓަމްތަކުން 20 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން ކޮންމެ ހަފްތާއަކު ހޮވޭ ތިން ނަސީބުވެރިއަކަށް 1500 ރުފިޔާގެ ގިފްޓް […]
އަޙްމަދު ވަހީދު
ށ. ފޭދޫ ކަނޑޫފަލުގައި ކަނޑޫ އާލާކުރުމަށް ނާސަރީއެއް ހަދަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިޝަމް ”ތިލަދުން” އަށް ވިދާޅުވީ، މި އެއްބަސްވުމުގައި ފޭދޫ ކައުންސިލްގެ ފަރާތުން ސޮއިކޮށްފައި މި ދިޔަ ހަފްތާ ބަންދުގައި މާލޭ ރޮޓަރީ ކުލަބްގެ ފަރާތުން އެރަށަށް ކުރި ޒިޔާރަތުގެ ތެރެއިން އެ ކްލަބާއެކުގައި ކަމަށެވެ. މާލޭ ރޮޓަރީ ކުލަބާއިއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން ނެތެމުންދާ އެރަށުގެ ކަނޑޫފަލުގައި ކަނޑޫ ގަސް އާލާ ކުރުމަށް ނާސާރީއެއް ހެދުމުގެ އިތުރުން ރަށުގެ […]
ޙުސައިން ޝަހުދީ
އެކިި ގައުމުތަކުގައި ހުންނަ ތަފާތު ކަންކަން ބަލާލުމަށް ދުނިޔެ ވަށާ ބުރު ޖެހުމާއި ގިނަ ގައުމުތަކަށް ދަތުރު ކުރުމަކީ ބައެއް މީހުން ލޯބި ކުރާ ކަމެކެވެ. މިގޮތަށް ދަތުރު ކުރާ މީހުން އާންމުކޮށް ދަނީ ގައުމުތަކު ސަގާފަތާއި ކެއުން ތަޖުރިބާ ކުރާށެވެ. އެކަމަކު މިފަހަރު ދުނިޔެ ވަށާ ބުރެއް ޖަހާލާފައިިވަނީ އެންމެ މުޑުދާރު ފާހާނާ ހޯދުމަށެވެ. އިނގިރޭސި ވިލާތުގެ ރައްޔިތެއްކަމުގައިވާ އުމުރުން 85 އަހަރުގެ ބްލޮގަރު ގްރަހަމް އަސްކޭ ވަނީ އެންމެ މުޑުދާރު އާންމު ފާޚާނާ (ޕަބްލިކް […]
މުޙައްމަދު ވަސީމް