ހއ. ބާރަށު ކައުންސިލްގެ ޔުނިޓީ ކަޕް 1 ވަނަ ފުޓްބޯޅަ މުބާރާތް 2022، ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން 20 އޮކްޓޯބަރ 2022 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މުބާރާތުގައި ބާރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކުލަބް ޖަމިއްޔާތަކަށާއި އާންމު ފަރުދުންނަށް ވެސް ޓީމްތައް ބައިވެރު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

Ad
rt

އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި ފުޓްބޯޅަ ކުޅުމުގެ ރޫޙު އާލާކޮށް، ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން ޤާއިމުކޮށް، ގުޅުން ބަދަހިކުރުމެވެ.

މި މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ 10 ނޮވެމްބަރ 2022 ގައެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް އާއި، މުބާރާތުގެ ޤަވައިދު ދޫކުރުމަށް ހަމަޖެހިފައި ވަނީ ރަސްމީ ގަޑިތަކުގައި ބާރަށު ކައުންސިލް އިދާރާއިންނެވެ.