މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,451 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1263 ވަނަ ޞަފްޙާ

ހަންގޭރީ ބަލިކޮށް އިޓަލީ ސެމީއަށް، ފޯރިގަދަވި ޖަރުމަނާއި އިންގްލެންޑް ބައްދަލުކުރި މެޗު އެއްވަރު

ހަންގޭރީ ބަލިކޮށް އިޓަލީ ސެމީއަށް، ފޯރިގަދަވި ޖަރުމަނާއި އިންގްލެންޑް ބައްދަލުކުރި މެޗު އެއްވަރު

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ ތިންވަން ގްރޫޕުގައި ހަންގޭރީއާއި އިޓަލީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން އިޓަލީ ޖާގަ ހޯދައިފިއެވެ. މި މެޗަށް ނުކުތްއިރު މެޗު އެއްވަރު ކޮށްލައިގެން ވެސް ސެމީގެ ޖާގައެއް ހޯދުމުގެ ފުރުޞަތު ހަންގޭރީއަށް އޮތެވެ. އިޓަލީ ސެމީގެ ޖާގައެއް ހޯދަން މޮޅުވުން މަޖުބޫރު މެޗުގައި، އެ ޓީމުން ވަނީ ހަންގޭރީގެ މައްޗަށް 2-0 ގެ ނަތީޖާއިން ކުރި ހޯދައި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. ހަންގޭރީގެ ޕުސްކަސް […]

އިބްރާހިމް ޚަލީލް
ނައިވާދޫ ބަނދަރަށް ދިމާވެފައިވާ ދަތިކަން މި ދައުރުގެ ތެރޭގައި ހައްލުކޮށްދޭނަން: ރައީސް

ނައިވާދޫ ބަނދަރަށް ދިމާވެފައިވާ ދަތިކަން މި ދައުރުގެ ތެރޭގައި ހައްލުކޮށްދޭނަން: ރައީސް

ހދ. ނައިވާދޫ ބަނދަރަށް ދިމާވެފައިވާ ދަތިކަން މި ދައުރުގެ ތެރޭގައި ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. ނައިވާދޫ އަށް ކޮށްދޭންޖެހޭ ވަރަށްގިނަ ކަންތައްތައް އަދިވެސް އެބަހުރި ކަމަށާއި ކަންތައްތަކެއް ކޮށްދިނުމަށް ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންފައިވާކަން ފާހަގަ ކުރައްވަމުން، އެރަށު ފެނުގެ ނިޒާމް އިފްތުތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެ މަސައްކަތްތަކުގެ ތެރެއިން މިހައިތަނަށް ނުފެށި...

މުޙައްމަދު އަފްރާޙް
ފަލަސްތީނާއި ގުޅޭ ޕޯސްޓުތައް، ގަސްތުގައި ސެންސަރުކޮށް ފޭސްބުކުން ފޮހެލިކަން ފަޅާއަރައިފި

ފަލަސްތީނާއި ގުޅޭ ޕޯސްޓުތައް، ގަސްތުގައި ސެންސަރުކޮށް ފޭސްބުކުން ފޮހެލިކަން ފަޅާއަރައިފި

މިދިޔަ އަހަރު އިސްރާއީލް ސިފައިން ފަލަސްތީނުގެ ގާޒާއަށް އަމާޒުކޮށް ހަމަލާތައް ދެމުން ދިޔަ ދުވަސް ވަރު ފަލަސްތީނުގައި ފޭސްބުކް ބޭނުން ކުރި ކަސްޓަމަރުންގެ ހައްގުތަކަށް އެ ކުންފުނިން އަރައިގެންކަން ފަޅާއަރައިފި އެވެ. މިކަން ހާމަ ކުރީ ބައިނަލްއަގުވާމީ ކުންފުންފުންޏެއް ކަމަށްވާ ބިޒްނަސް ފޯ ސޯޝަލް ރެސްޕޮންސިބިލިޓީން ހެދި ދިރާސާއަކަށް ފަހު ނެރުނު ރިޕޯޓެއްގައި އެވެ. އެމީހުންގެ ހޯދުންތަކުން އެނގުނު ގޮތުގައި އިސްރާއީލް – ފަލަސްތީންގެ މައްސަލަތަކުގައި އަމަލު ކުރާނެ ވަކި އުސޫލުތަކެއް ފޭސްބުކް ހިންގާ މެޓާ ކު...

މުޙައްމަދު ވަސީމް
ޤައުމީ ދުވަސް ފާހަގަކުރަނީ ކީއްވެ؟

ޤައުމީ ދުވަސް ފާހަގަކުރަނީ ކީއްވެ؟

ޤައުމީ ދުވަހަކީ ޤައުމެއްގެ ގޮތުގައި އެ ޤައުމެއް ކަނޑައެޅިގެން ގޮސްފައިވާ ދުވަހެވެ. ނުވަތަ ޤައުމެއްގެ ހައިސިއްޔަތު އެ ޤައުމަކަށް ލިބިގެން ގޮސްފައިވާ ދުވަހެވެ. ޤައުމީ ދުވަސް ފާހަގަކުރަނީ އެ ދުވަސް ފާހަގަ ކުރުމަށެވެ. ދިވެހިރާއްޖެފަދަ މިނިވަންކަމުގެ ދިގު ތާރީޚެއް ލިބިފައިވާ ޤައުމަކަށް ޤައުމެއްގެ ގޮތުގައި އެ ޤައުމެއް އުފެދިގެން އައި ދުވަހެއް ނުވަތަ އެ ތާރީޚެއް ނޭނގޭނެއެވެ. އެހެންވީމާ މިފަދަ ޤައުމުތަކުގައި ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އެ ޤައުމަކަށް އެންމެ ޚާއްޞަ ދުވަހެވެ. އެ ޤައުމެއްގެ […]

ޢަބްދުﷲ ސަޢީދު
ކާމިޔާބުކަމާއިއެކު ނާސާގެ ޖައްވީ އުޅަނދު ގިނިހިލައިގައި ޖައްސައިފި

ކާމިޔާބުކަމާއިއެކު ނާސާގެ ޖައްވީ އުޅަނދު ގިނިހިލައިގައި ޖައްސައިފި

އެސްޓެރޮއިޑް ނުވަތަ ޖައްވުގައި ދަތުރުކުރަމުންދާ އެކިވަރުގެ ގިނި ހިލަތަކުގެ ސަބަބުން ދުނިޔެއަށް އޮތް ނުރައްކަލުން ސަލާމަތް ކުރުމަށް ކުރެވުނު އެންމެ ފުރަތަމަ ތަޙްލީލުގެ ތެރެއިން ނާސާގެ ޖައްވީ އުޅަނދު، ކާމިޔާބުކަމާއިއެކު ގިނިހިލައެއްގައި ޖައްސައިފި އެވެ. މިއުޅަނދު އެ ގިނިހިލައިގައި ޖައްސާފައިވަނީ 04:19 ހާއިރުއެވެ. މި މަންޒަރު ނާސާއިން ދިޔައީ މުޅިދުނިޔެއަށް ލައިވް ކުރަމުންނެވެ. އެތައް މިލިޔަން ބަޔަކު މިމަންޒަރު ވަގުތުން ބަލާފައިވެއެވެ. ގިނިހިލައިގައި މި އުޅަނދު ޖެހުުގެ ކުރިން ގިނިހިލައިގެ ވަރަށް ސާފ...

އިބްރާހިމް އަސްވާޤް
"ފިނޭ މިއަދު ވެގެން މި ދިޔައީ އިންސާނުން ދިރިއުޅުމަށް ފައްކާކުރެވިފައިވާ ރަށެއްގެ ގޮތުގަ"

"ފިނޭ މިއަދު ވެގެން މި ދިޔައީ އިންސާނުން ދިރިއުޅުމަށް ފައްކާކުރެވިފައިވާ ރަށެއްގެ ގޮތުގަ"

ހދ. ފިނޭ މިއަދު ވެގެން މި ދިޔައީ އިންސާނުން ދިރިއުޅުމަށް ފައްކާކުރެވިފައިވާ ރަށެއްގެ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެ ރަށުގައި އަލަށް ޢިމާރާތްކުރި އިންޖީނުގެއާއި، އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައި، އަދި އެރަށުގެ އާ ކަރަންޓް ވިއުގައާއި، ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސް ވިދާޅުވީ ފިނޭ މިގޮތަށް ބަދަލުވެގެން ދިއުމަކީ އެ މަނިކުފާނަށް ލިބިވަޑައިގެންނެވި އުފަލެއް ކަމަށާއި ފިނޭ...

މުޙައްމަދު އަފްރާޙް
އުރީދޫ ނޭޝަންގެ ޕަބްޖީ ކޮންޓެންޑާ ސީރީޒްގެ ދެވަނަ ބުރު ފަށައިފި

އުރީދޫ ނޭޝަންގެ ޕަބްޖީ ކޮންޓެންޑާ ސީރީޒްގެ ދެވަނަ ބުރު ފަށައިފި

އުރީދޫ ނޭޝަން އިން ބާއްވާ ޕަބްޖީ މުބާރާތަށް ކޮލިފައިވާ ޓީމުތައް ހޮވުމަށް ބާއްވާ ކޮންޓެންޑާ ސީރީޒްތަކުގެ ދެ ވަނަ މުބާރާތް ފަށައިފިއެވެ. މިއީ ރާއްޖޭގައި ބާއްވާ އެ ފަދަ އެންމެ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލީ މި މަހުގެ 13 އިން 17 އަށެވެ. އެ މުއްދަތުގައި ރަޖިސްޓްރީވި ޓީމުތަކުގެ ތެރެއިން ޝަރުތު ހަމަވެގެން 89 ޓީމަކުން 500 ގޭމަރުން ވާދަ ކުރާ ކަމަށް އުރީދޫ އިން ބުންޏެވެ. އުރީދޫ އިން ބުނީ […]

އަޙްމަދު ވަހީދު
ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް މުހައްމަދު އާޒާދު އައްޔަނު ކުރައްވައިފި

ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް މުހައްމަދު އާޒާދު އައްޔަނު ކުރައްވައިފި

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް މުހައްމަދު އާޒާދު އައްޔަނު ކުރައްވައިފިއެވެ. އެ މަޤާމަށް އާޒާދު އައްޔަނު ކުރައްވާފައި މިވަނީ، 2016 ވަނަ އަހަރުން ފެށިގެން އެ މަޤާމު ފުރުއްވަމުން ގެންދެވި ފާތިމަތު ރަޒީނާ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އާޒާދަކީ ސީއެފްއޭ ޗާޓާ ހޯލްޑާއެއްގެ އިތުރުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ބެޗްލާސް ޑިގްރީއަކާއި ސައިންސް އިން ފައިނޭންސް ދާއިރާއިން މާސްޓާ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ފައިނޭން...

އިބްރާހިމް ޚަލީލް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕިކް ޕޯސްޓާއި ޕޯސްޓް އޮފީހެއް ހުޅުވަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕިކް ޕޯސްޓާއި ޕޯސްޓް އޮފީހެއް ހުޅުވަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕިކް ޕޯސްޓަކާއި ޕޯސްޓް އޮފީހެއް ހުޅުވަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވެއްޖެއެވެ. އާދަމް މިހެން ވިދާޅުވީ ޕޯސްޓް ލިނިޓެޑުން ހުޅުމާލެ އަމީން އެވެނިއު ޓީކް ބިލްޑިންގައި ޕިކް ޕޯސްޓް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ޕިކް ޕޯސްޓުގެ ޚިދުމަތް ފުޅާ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއްކުރަމުންދާ ކަމަށެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕިކް ޕޯސްޓެއް ހުޅުވުމަށް ނިންމ...

އަޙްމަދު ވަހީދު
ޑްރަގް ހުރި ފަންކާ ބޯޓަށް ގެންދިޔައީ ޕެސްޓް ކަމެއް ނޭނގެ: ހެކި

ޑްރަގް ހުރި ފަންކާ ބޯޓަށް ގެންދިޔައީ ޕެސްޓް ކަމެއް ނޭނގެ: ހެކި

ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ގެ މައްޗަށް ކުރާ ދައުވާގައި، ޑްރަގް ފެނުނު ފަންކާ ބޯޓާ ހަމައަށް ގެންދިޔައީ އޭނާ ކަން ނޭނގޭ ކަމަށް ދައުލަތުގެ ހެކިވެރިއަކު ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ. ޕެސްޓާއި އިތުރު ތިން މީހަކަށް ދައުވާ ކުރަނީ މިދިޔަ އަހަރުގެ ކުރީކޮޅު އޭނާ އާއި އިތުރު މީހަކު ބައިވެރިވެގެން ފަންކާއެއްގެ ތެރޭގައި ޑްރަގް ފޮރުވައިގެން ބޯޓަކަށް އެރުވި ކަމަށާއި އަދި މާލޭގެ އެހެން ބައެއް ގެތަކުގައި ޑްރަގް ގެންގުޅެ، […]

ހުސައިން ހަބީބް
މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް އަންނަ އޮކްޓޯބަރ މަހު ރާއްޖެ ވަޑައިގަންނަވަނީ

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް އަންނަ އޮކްޓޯބަރ މަހު ރާއްޖެ ވަޑައިގަންނަވަނީ

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ (މުފްތީ މެންކް) އަންނަ އޮކްޓޯބަރ މަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ. މިނިސްޓަރ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހު 28 އިން 31 އަށް ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މުފްތީގެ މި ދަތުރުފުޅުގައި މާކެ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ގައި ދަރުސް […]

މުޙައްމަދު އަފްރާޙް
ހުޅުމާލެ އަމީން އެވެނިއުގައި ޕިކްޕޯސްޓެއް ހުޅުވައިފި

ހުޅުމާލެ އަމީން އެވެނިއުގައި ޕިކްޕޯސްޓެއް ހުޅުވައިފި

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެއިލް ޑެލިވަރީ ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހުޅުމާލެ އަމީން އެވެނިއުގައި ޕިކްޕޯސްޓެއް ހުޅުވައިފިއެވެ. އެ ކުންފުނިން އަންނަނީ މެއިލް ޑެލިވަރީ ހިދުމަތް ޒަމާނީކޮށް ތަރަްްގީ ކުރުމަށް ޕިކް ޕޯސްޓުގެ ނަމުގައި ސެލްފް ސާވިސް ޑެލިވަރީ ސްޓޭޝަންތަކެއް މާލެ އާއި ހުޅުމާލޭގައި ހުޅުވަމުންނެވެ. އެގޮތުން. އަމީން އެވެނިއު ޓީކް ބިލްޑިންގައި ހުޅުވި އާ ޕިކްޕޯސްޓަކީ މި ސަރަހައްދުގައި ހުޅުވި ހަ ވަނަ ޕިކް ޕޯސްޓެވެ. ޕިކް ޕޯސްޓުގެ ހިދުމަތަކީ […]

އަޙްމަދު ވަހީދު
ސަމާސާއަކަށް "ބަޑިއެެއް އޮވެދާނެ" ކަމަށް ބުނި ހަނިމާދޫ އެއަރޕޯޓުގެ މުވައްޒަފަކު ހައްޔަރުކޮށްފި

ސަމާސާއަކަށް "ބަޑިއެެއް އޮވެދާނެ" ކަމަށް ބުނި ހަނިމާދޫ އެއަރޕޯޓުގެ މުވައްޒަފަކު ހައްޔަރުކޮށްފި

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރައްކާތެރިކަން ގެއްލޭގޮތަށް ވާހަކަދެއްކި އެތަނުގެ މުވައްޒަފަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ޚިދުމަތުން “ތިލަދުން” އަށް މަޢުލޫމާތުދެމުން ވިދާޅުވީ ހަނިމާދޫ އެއަރޕޯޓުގެ ރައްކާތެރިކަން ކޮމްޕްރަމައިސް ވާގޮތަށް އެތަނުގެ މުވައްޒަފެއްގެ ބަސްމަގު ހުރުމާއި ގުޅިގެން ސުވާލު ކުރުމަށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އިތުބާރު ހުރި މަސްދަރަކުން ތިލަދުން އަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަ...

މުޙައްމަދު އަފްރާޙް
ފިނޭގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށް ހިދުމަތް ރަސްމީކޮށް ފަށައިފި

ފިނޭގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށް ހިދުމަތް ރަސްމީކޮށް ފަށައިފި

ހދ. ފިނޭގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށް ހިދުމަތް ދޭން ރަސްމީކޮށް ފަށައިފި އެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މިމަޝްރޫއުގެ އަމަލީ މަސައްކަތް 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ފަށާ، އެ މަސައްކަތް ނިންމާލާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެތެރޭގަ އެވެ. މިއީ 21،335،698.08 ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 4.8 ކިލޯމީޓަރުގެ ފެނުގެ ނިޒާމްގެ...

މުޙައްމަދު އަފްރާޙް
ނައިވާދޫގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަން ފާހަގަކޮށް ކައުންސިލުގެ ޝުކުރު، ރައީސަށް

ނައިވާދޫގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަން ފާހަގަކޮށް ކައުންސިލުގެ ޝުކުރު، ރައީސަށް

ހދ. ނައިވާދޫ ގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް، އެރަށު ކައުންސިލުން ޝުކުރު އަދާކުރައްވަފި އެވެ. ނައިވާދޫ ކައުންސިލާއި އ.ތ.މ ކޮމިޓީ އާއެކު ބޭއްވެވި ބައްދަލުކުރެްވުމުގައި ކައުންސިލުން ވަނީ ފާއިތުވި 13 އަހަރުގެ ތެރޭގައި ނައިވާދޫއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނޫން އެހެން އެއްވެސް ރައީސެއް ވަޑައިގެންފައި ނުވާކަން ވެސް ފާހަގަކުރައްވާފަ އެވެ. އަދި ނައިވާދޫގައި ފެށި މިހާރު ހިނގަމުންދާ މަޝްރޫޢުތ...

މުޙައްމަދު އަފްރާޙް
ނައިވާދޫ ފެނުގެ ނިޒާމް އިފްތިތާހުކޮށްފި

ނައިވާދޫ ފެނުގެ ނިޒާމް އިފްތިތާހުކޮށްފި

ހދ. ނައިވާދޫ ފެނުގެ ނިޒާމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހުކޮށްދެއްވައިފި އެވެ. މި ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވާފައިވަނީ އެމަނިކުފާނު ތިލަދުންމަތީގެ ހަތަރު ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ނެވެ. ސާސޭ ކޮންސްޓްރަކްޝަން ޕްރިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއު ނިމުމާއެކު އެރަށުގެ 198 ގޭބީސީ އަށް މިހާރުއަންނަނީ ސާފުބޯފެން ފޯރުކޮށްދެމުން ނެވެ. މީގެ އިތުރުން ފުރާޅުން ނަގާ ފެން ފިލްޓަރކުރެވިގެން އެރަށު ރައްޔިތުންނަށް ބޭނުންކުރުމުގެ ފުރުސަތ...

މުޙައްމަދު އަފްރާޙް
ރާއްޖެއަށް ކަނޑައަޅާފައި ހުރި ކުރީގެ މިއަންމާ ސަފީރު އޯ ތުއޭން ގަޔަށް ބަޑި ޖަހައި މަރާލައިފި

ރާއްޖެއަށް ކަނޑައަޅާފައި ހުރި ކުރީގެ މިއަންމާ ސަފީރު އޯ ތުއޭން ގަޔަށް ބަޑި ޖަހައި މަރާލައިފި

މިއަންމާ ސަރުކާރުން ރާއްޖެއަށް ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރު ޔޫ އޯ ތުއޭންގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ. އޭނާ މަރާލީ އެ ގައުމުގެ އެންމެ އާބާދީ ބޮޑު އެއް ސިޓީ ކަމަށްވާ ޔަންގޮންގައި ހުންނަ އަމިއްލަ ގޭގައި ހުއްޓަ އެވެ. އޯތުއޭންއަށް ހަމަލާދީ މަރާލުމުގެ ޒިންމާ އެ ގައުމުގެ އަސްކަރިއްޔާ އާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޖަމާއަތެއް ކަމަށްވާ އިންޔާ އާބަން ފޯސްއިން ވަނީ ނަގާފައިވެ އެވެ. އޯތުއޭން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މިއަންމާ […]

މުޙައްމަދު ވަސީމް
މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ވަގުތުން ހައްލުކޮށްދިނުމަށް ގޮވައިލާ ޝިޔާމްގެ ކުއްލި މައްސަލައެއް

މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ވަގުތުން ހައްލުކޮށްދިނުމަށް ގޮވައިލާ ޝިޔާމްގެ ކުއްލި މައްސަލައެއް

ދިވެހި މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ވަގުތުން ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކުއްލި މައްސަލައެއް، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އެއް ނައިބު ރައީސްގެ މަގާމުވެސް ފުރުއްވަމުންދާ ޝިޔާމް ހުށަހެޅުއްވި މި މައްސަލައިގައި ވިދާޅުވެފައިވަނީ ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެފައިވާ މިދުވަސްވަރު މަސްގަންނަ މިންވަރު ލިމިޓްކޮށްފައިވާތީ އާއި މަސްވެރިން ގަދަ އަވީގައި ކަނޑުމަތީގައި ދުއްވައިގެން މަސްވ...

މުޙައްމަދު އަފްރާޙް