ރާއްޖެ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވެރިރަށް އަބޫދާބީ އާއި ދެމެދު އަލަށް ދަތުރު ކުރަން ފެށި ވިޒް އެއާގެ ދަތުރުގެ ދިގު މިނަށް ބައިނަލްއަގުވާމީ މީޑިއާގައި ފާޑުކިޔައިފި އެވެ. ރިޕޯޓުތައް ބުނާގޮތުގައި މި ދަތުރަށް އެ އެއާލައިނުން 700 ކިލޯ މީޓަރުގެ ދަތުރެއް ކުރެ އެވެ. އެއީއަބޫދާބީން ވީއައިއޭއަށް 5 ގަޑިއިރާއި 20 މިނެޓު އަދި ވީއައިއޭއިން އަބޫދާބީއަށް ފަސް ގަޑިއިރާއި 50 މިނެޓުގެ ދަތުރެކެވެ. އެއީ އާންމުކޮށް އެހެން އެއަރލައިންތަކުން ދަތުރު ކުރެވޭ ވަރަށް ވުރެ […]
މުޙައްމަދު ވަސީމް
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަދާފައިވާ އަގުބޮޑު އިމާރާތްތަކުގެ ތެރެއިން އެންމެ އަގު ބޮޑު އިމާރާތަކީ ކޮބައިބާއޭ ހިތަށް އަރާ މީހުން ވަރަށް ގިނަ އެވެ. އަގު ބޮޑު އިމާރާތަކަށް ވެގެންދަނީ ތަނުގެ ސްޓްރަކްޗާ އާއި އިމާރާތެއް ހެދުމަށް ދިޔަ ހަރަދާއި މުވައްޒަފުންނަށް ކުރަން ޖެހުނު ހަރަދު އެއްކުރުމުން ކުރަން ޖެހޭ ޖުމްލަ ހަރަދަށް ބެލުމަށް ފަހު އެވެ. އެފަދަ އިމާރާތްތަކުގައި ހަދާފައި ހުންނަ ކޮޓަރި ނުވަތަ އެޕާޓްމެންޓުތަކުގެ އަގަކީ އެ އިމާރާތެއް އަގުބޮޑު އިމާރާތުގެ ގޮތުގައި ބަލާ […]
މުޙައްމަދު ވަސީމް
ށ. ކީކިމިނީގައި ހަދާފައިވާ މަސް ފެކްޓަރީން އިއްޔެއިން ފެށިގެން މަސް ގަންނަން ފަށައިފި އެވެ. ވިލާ ގުރޫޕްގެ ދަށުން ހިންގަމުން ގެންދާ އައިލެންޑް އެންޓަރޕްރައިޒަސް އިން ހިންގާ ކީކިމިންޏަކީ 1،900 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކޮށްފައިވާ ތަނެކެވެ. އެ ރަށަށް ކަނޑުމަސް ގަންނަން ފެށުމުން މަސް ކިރުވަން ބޭނުންވާ މަސް ދޯނިތަކުން ގުޅައިގެން މަސް ކިރުވުމުގެ އިންތިޒާ ހަމަޖެއްސުމަށް އައިލެންޑް އެންޓާޕްރައިޒަސް އިން އެދިފައިވެ އެވެ. އެގޮތުން މަސް ކިރުމުގެ ކަންކަން ސާފުކޮށް މައުލޫމާތު އޮޅުން ފިލުވުމަށް ގުޅަން ޖެ...
މުޙައްމަދު އަފްރާޙް
ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން މިދިޔަ ސެޕްޓެމްބަރު މަހު އާމްދަނީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ. މީރާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު 29 އިންސައްތައިިގެ ދަށްވުމެކެވެ. ނަމަވެސް، އެއީ އެ މަހަށް އަންދާޒާ ކުރި ވަރަށް ވުރެ 11 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި މީރާ އަށް ލިބިފައި ވަނީ 1.9 ބިލިއަން ރުފިޔާގެ އާމްދަނީ އެކެވެ. މީރާއިން ބުނިގޮތުގައި […]
އަޙްމަދު ވަހީދު
ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާގެ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ މިއަދު 18:00 އިން މިރޭ މެންދަމު 00:00 އާއި ހަމައަށެވެ. މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ބުނީ، މިއަދު 18:00 އިން މިރޭ މެންދަމު 00:00 އާއި ދެމެދު ރާއްޖޭގެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ބާރު މިނެއްގައި ވައި […]
ޙުސައިން ޝަހުދީ
ބ. ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ. މީގެ އިތުރުން، ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ދަށުން، 25،636 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 180 […]
އަޙްމަދު ވަހީދު
ދުނިޔޭގައި ކުޅެވޭ އެންމެ ފޯރިގަދަ އަދި އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ފީފާ ވޯލްޑް ކަޕް ފެށެން 39 ދުވަހަށް ވެފައިވާއިރު، އާޖެންޓީނާގެ ފޯވާޑް ލައިންގައި ހިމެނޭ މުހިތްމު 3 ކުޅުން ތެރިން ތިބީ އަނިޔާގައެވެ. މިމަހު 6 ވަނަ ދުވަހު ޗެމްޕައަންސް ލީގުގައި ބެންފިކާއާއި ދެކޮޅަށް ކުޅުނު މެޗުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ އަށް ވަނީ އަނިޔާވެފައެވެ. އަނެއް ކޮޅުން ޔުވެންޓަސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ […]
އަލީ ރިޔާޟް
މަސައްކަތުގެ މާޙައުލުގައި އަބަދު ވެސް އަމާޒަކަށް ހަދަންވީ ވީއެންމެ ރަނގަޅަކަށް ޚިދުމަތް ފޯރުކޮށް ދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާގެ ފުރަތަމަ ސެޝަން ޝަރަފްވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގަ އެވެ. ކަންކަން ބަލައި ހޯދައި، ޢިލްމީ ދަންމަރު ނިވުނަ ނުދީ ދަމަހައްޓާ ބަޔަކަށް، ދަސްވެނީން ވުމަށް އެދިވަޑައިގެން އެކަމަނާ ވަނީ މައިގަނޑު ދެކަމެއްގެ މައ...
މުޙައްމަދު އަފްރާޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ. ރައީސް އޮފީހުން ވިދާޅުވީ އެމަނިކުފާނު ފުރާވަޑައިގެންނެވީ މިއަދު ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ. ރައީސް ސާލިހު ވަނީ ސިންގަޕޫރަށް މިއަދު ފުރާވަޑައިގެންނެވިއިރު، އެމަނިކުފާނު ވަނީ މި އޮކްޓޯބަރ މަހުގެ 5 ން 8 އަށް ރަސްމީ ދަތުރުފުޅެއްގައި ބަހްރެއިނަށް ވަޑައިގެންފަ އެވެ. ރައީސް ބަހްރެއިނަށް ވަޑައިގެންނެވީ އެގައުމުގެ ރަސްގެފާނު ދެއްވި ދައުވަތަކަށެވެ. މީ...
މުޙައްމަދު އަފްރާޙް
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނައިބު ރައީސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އައްޔަންކުރައްވާފައިވާ ހއ. އިހަވަންދޫ / އާޒާދީބަހާރުގެ، މުޙައްމަދު ފިރާޟް އަށް ރުހުން ހޯދުމަށް މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފި އެވެ. އޭނާއަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާ ކުރުމަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓްޕްރައިސް (އެސްއޯއީ) ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާ އިން ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ހުދު ސަމާލު (ވައިޓް އެލަރޓް) ނެރެފި އެވެ. މިއަދު އިރުއޮއްސި 6 ޖެހުމާއި ހަމައަށް ނެރެފައިވާ ހުދު ސަމާލުގައި އެ އިދާރާ އިން ވިދާޅުވެފައިވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރައްވާފައިވާއިރު، ކަނޑުތައް ވެސް […]
މުޙައްމަދު އަފްރާޙް
ހުރިހާ ރަށެއްގައި ބަސް ހުއްޓިތައް ހިޔާކުރުމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލެގެ ގިނަ ސަރަހައްދުތަކުގައި ބަސް ސްޓޮޕް ހުރީ ވަރަށް ތާށި ސަރަހައްދުތަކުގައި ކަމަށެވެ. މާލޭގެ މަގުތަކަކީ ތޮށްޖެހުން ބޮޑު ތާށި މަގުތަކެއްކަން ފާހަގަކުރައްވާ އާޒިމް ވަނީ އޭގެ ކޮންމެ ތަނެއްގައި އެންމެ އެކަށީގެންވާ ފެންވަރުގެ މޮޅު ބަސް...
މުޙައްމަދު އަފްރާޙް
ކުރީގެ ރައީސް އަދި އިދިކޮޅު އެންމެބޮޑު ޕާޓީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޮޑު ތިލަދުންމައްޗަށް ކުރައްވަން ނިންމަވާފައިވާ ދަތުރުފުޅު ފަސްކުރައްވައިފި އެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ މޫސުން ގޯސްވެ ވައިގަދަވުމާއި ކަނޑުގަދަވުމުގެ ސަބަބުން ރައީސް ޔާމީން ހއ. ގެ 5 ރަށަކަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރެވިފައިވާ ކަމަށެވެ. އަދި މޫސުން ރަނގަޅުނަމަ އަންނަ ހޮނިހިރު ދުވަހު ދަތުރުފުޅު ކުރައްވުމަށް ހަމަޖެހިފައިވާ ކަމަށެ...
މުޙައްމަދު އަފްރާޙް
ރޫމޭނިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ކޮންސިއުލޭޓްގެ އޮނަރަރީ ކޮންސުލް އަކަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު (ސަންޓްރެވަލް ސިޔާމް) އައްޔަން ކުރައްވައިފި އެވެ. ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ރޫމޭނިއާގެ އެމްބަސީން ނެރުނު ބަޔާނަކާއި ހަވާލާދީ އެކަން ހާމަކޮށްފައިވަނީ ރާއްޖޭގެ “ސަން އޮންލައިން” ގަ އެވެ. އޮނަރަރީ ކޮންސުލްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ދިވެހި ދައުލަތުގެ އިދާރާތުގެ ފުރިހަމަ އެއްބާރުލެއްވުން އަޙްމަދު ސިޔާމް މުޙައްމަދަށް ދެއްވުމަށް ވެސް ސްރީ...
މުޙައްމަދު އަފްރާޙް
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ވޮޝިންޓަނަށް ފުރާވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި އެކަން ރައީސް ނަޝީދު ހާމަކުރައްވާފައިވާއިރު، މަޖިލީހުގެ އިދާރާއިން ވިދާޅުވީ ރައީސް ނަޝިދު އެމެރިކާއަށް ވަޑައިގަންނަވަނީ މިއަދުން ފެށިގެން މި މަހުގެ 16 ގެ ނިޔަލަށް ކަމަށެވެ. މިއީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (...
މުޙައްމަދު އަފްރާޙް
ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ފުޓްސަލް މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ ޖާގަ ފުނަދޫއިން ކަށަވަރު ކޮށްފިއެވެ. ފުނަދޫ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައި މިވަނީ ގްރޫޕް ސީގައި އެ ޓީމުން ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ. އިއްޔެ ގްރޫޕް ސީގައި ފުނަދޫ ބައްދަލު ކޮށްފައި ވަނީ ޅައިމަގާއެވެ. މި މެޗު 5-1 ގެ ނަތީޖާއަކުން ކާމިޔާބު […]
އިބްރާހިމް ޚަލީލް
ޔުއެފާ ޗެމްޕިއަންސްލީގުގައި އަންގާރަދުވަހުގެރޭ ކުޅުނުމެޗުން 2-0 ގެ ނަތީޖާއިން އޭސީމިލާން ބަލިކޮށް ޗެލްސީއިން ގުރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ. އޭސީމިލާން ދަނޑުގައި ކުޅުނު މެޗުގައި ޗެލްސީގެ ދެގޯލުވެސް ޖަހައިފައިވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަގޯލު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އިޓަލީގެ މިޑްފީޑަރ ޖޯޖީނިއޯ އެވެ. މިއީ އޭރިޔާތެރެއިން މޭސަން މައުންޓް އަށް އޭސީ މިލާންގެ ޑިފެންޑަރ ފިކަޔާ ޓުމޯރީ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. މި ފައުލާ ގުޅިގެން ޖަރުމަނުގެ ރެފްރީ ޑެނިއެލް ސީބ...
އަލީ ރިޔާޟް
ހިއުމަން ރައިޓްސް ކައުންސިލުގެ ގޮނޑި ރާއްޖެއަށް ލިބުމަކީ ބޮޑު ކާމިޔާބީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުގެ ކުރިއަށްއޮތް ދައުރަށް ރާއްޖޭން ވާދަކުރި ގޮނޑި ކާމިޔާބުކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ އަސާސީ ހަމަހަމަކަމާއި މިނިވަންކަމަކީ ޑިމޮކްރަސީގެ މައިގަނޑު ބައިތައް ކަމަށެވެ. ރާއްޖެއަށް މި ލިބުނު ކާމިޔާބީއާމެދު ފަޚުރުވެރިވެވަޑައިގަންނަވާކަން ފާހަގަކުރައްވާ ރައީސް ސާލިހު ވަނީ ރާއްޖެއަ...
މުޙައްމަދު އަފްރާޙް