ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިތުރު ދެ ބަސް ސްޓޮޕް ހަދައިފިއެވެ. އެމްޓީސީސީން ބުނި ގޮތުގައި މި ބަސް ސްޓޮޕްތައް ހުންނާނީ މަސްޖިދް އަމީލް ޖަލީލް އާއި ސްޓެލްކޯ ފްލެޓު ކައިރީގައެވެ. މި ބަސް ސްޓޮޕްތަކުން މާދަމާއިން ފެށިގެން ދަތުރުތައް ކުރާނެއެވެ. އެގޮރުން ހަތަރު ރޫޓަކުން ދަތުރު ކުރާނެއެވެ. މި ބަސް ސްޓޮޕުން ދަތުރު ކުރާނީ ވެސްޓް ޕާކާއި، ކާނިވާ އަދި އެއާޕޯޓުގެ އިތުރުން ހުޅުމާލޭ ފޭސް އެކަކަށެވެ. […]
އަޙްމަދު ވަހީދު
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “އާރުވީއެސްއޭ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022” ގެ ލީގު ބުރުގެ ފަހު މެޗުތަކުގައި ބާވީސް ސްޕޯޓްސް ކުލަބާއި ފްރިގޭޓާ ބައްދަލުކުރި މެޗު އެއްވަރުވިއިރު، ހޯރަފުށީ އެއާޕޯޓުން އިމަގު ބަލިކޮށްފިއެވެ. މި މުބާރާތުގައި ފަސް ޓީމެއް ވާދަކުރިއިރު، މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުން ޖާގަ […]
އިބްރާހިމް ޚަލީލް
ދިވެހިންގެ ބޭންކް، ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ދެކުނު އެފްރިކާގެ ރައްޔިތެއް ކަމަށްވާ ކާލް ސްޓުމްކަ އައްޔަންކުރުމަށް ނިންމައިފިއެވެ. އޭނާ ބީއެމްއެލްއާ ގުޅިވަޑައިގަންނަވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ އަލްއަހްލީ ބޭންކް އޮފް ކުވައިތުގެ ސީއީއޯގެ މަގާމުގައި ހުންނެވުމަށްފަހުގައެވެ. ކާލްއަކީ މެދުއިރުމައްޗާއި އެފްރިކާގެ އިތުރުން، އިންޑިއާ ކަނޑުގެ ގައުމުތަކާއި އިނގިރޭސިވިލާތުގެ ރީޓެއިލް އަދި ކޯޕަރޭޓް ބޭންކުތަކުގައި އެގްޒެކްޓިވް އަދި ބޯޑް ލެވެލްގައި 36 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބ...
އަޙްމަދު ވަހީދު
ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލުން އެ ރަށުގެ ގޭބިސީތަކަށް އިންސްޓޯލްމަންޓް އުޞޫލުން ވޯޓަރ ޕިއުރިފަޔަރ ފޯރުކޮށްދިނުމަށް ނިންމައިފިއެވެ. އެ ކައުންސިލުން ވިދާޅުވެފައި ވަނީ ފިޔަވަހިތަކަށް ބަހާލައިގެން ކުރިޔަށް ގެންދިއުމަށް ރާވާފައިވާ މި ޕޮރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ 20 ވޯޓަރ ޕިއުރިފަޔަރ ކަމަށާއި މި ޕްރޮޖެކްޓްގެ ދަށުން ފޯރުކޮށްދެވޭ ޕިއުރިފަޔަރގެ އަންދާޒާ އަގަކީ 5000ރ (ފަސް ހާސް ރުފިޔާ) ނުވަތަ 4500 ރ (ހަތަރު ހާސް ފަސްސަތޭކަ ރުފިޔާ) ގެ އަގެއް ކަމަށެވެ....
އިބްރާހިމް ޚަލީލް
ކުރީ އަދަދާއި ގުޅޭ މައިރާއަށް އަވަސް ނަޒަރެއް ދިނުމާއެކު ޝެލިން އެނދުން ފުންމާލިއެވެ. ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔުމާއެކު އެ ނަޒަރު އަމާޒުވެލީ މިކްޔާލްއާއެކު އިން ކަރަމްއަށެވެ. ޝެލިންގެ މޫނުގައިވި އަސަރުން މިކްޔާލް ތެދުވި އިރު ކަރަމްގެ ތޫނު ނަޒަރުވެސް އެ މޫނަށް ހުއްޓިލިއެވެ. “ޕްލީޒް ދޮންބެ! ސްޓޭ އަވޭ ފްރޮމް ހިމް!!” މަޑުމަޑުން ޝެލިން ބުނެލިއެވެ. “ވަޓް؟ ޝެލީ އޯކޭތަ؟”. މިކްޔާލް އަހާލިއިރު ލޮލުގެ ހިމަކޮޅުން ކަރަމްއަށް ބަލާލިއެވެ. އެ މޫނުން ކުޑަ ނުތަވަސްކަމެއް އެހިނދު […]
މާސާ
ޑެންގޫ ހުން ޖެހިގެން 21 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ނިޔާވެފައި ވަނީ ރ. ދުވާފަރަށް ނިސްބަތްވާ އަތޫފް އަހްމަދު އެވެ. ދުވާފަރު ކައުންސިލް އިދާރާގައި އެސިސްޓެންޓް ކައުންސިލް އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ އަތޫފް ނިޔާވެފައި ވަނީ، އެ އަތޮޅު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ޑެންގޫގެ ބިރުވެރިކަން ދުވާފަރުގައި އެބައޮތް ކަމަށާއި، މިއީ ޑެންގޫ ޖެހިގެން މިފަހުން ނިޔާވި ދުވާފަރަށް ނިސްބަތް ދެވަނަ މީހާ ކަމަށް އެރ...
މުޙައްމަދު އަފްރާޙް
ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ދައުލަތުން ދޭ އިނާޔަތްތައް ކަނޑާލަން ހުށަހެޅި އިސްލާހަށް މަޖިލީހުން ނޫނެކޭ ބުނެފި އެވެ. މި އިސްލާހު ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އެވެ. މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކާ ބެހޭ ގާނޫނަށް އުޝާމް ހުށަހެޅުއްވި އިސްލާހު ފާސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 36 މެންބަރުންގެ ތެރެއިން ފަސް މެންބަރުން ނެވެ. ބާކީ ތިއްބެވި 31 މެންބަރުން ވޯޓު ދެއްވީ އެ އިސްލާހު ބަލައިނުގަތުމަށެވެ. މިދިޔަ ޖުލައި މަހު އުޝާމް ހުށަހެޅުއްވި […]
މުޙައްމަދު އަފްރާޙް
ހއ. ވަށަފަރު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި ވަށާފާރު ރޭނުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި އެވެ. މިނިސްޓްރީ އޮފް ހެލްތު ގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ސަމާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 1,988,107.06 ރުފިޔާ (އެއް މިލިއަން ނުވަ ލައްކަ އަށްޑިހަ އަށްހާސް އެއްސަތޭކަ ހަތްރުފިޔާ ހަ ލާރި) އަށް 150 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މީގެ އިތުރުން އެ މިނިސްޓްރީން ވަނީ […]
މުޙައްމަދު އަފްރާޙް
ބޮޑު ތިލަދުންމަތީގެ 8 ރަށެއް ހިމެނޭހެން 28 ރަށަކަށް ބިލިއާޑް ބޯޑު ހަވާލުކޮށްފި އެވެ. އެ ރަށްތަކުގައި ގާއިމުކޮށްފައިވާ ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރުތަކަށް ބޭނުންވާ ބިލިއާޑް ބޯޑު ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފް އެވެ. ބިލިޔާޑު ބޮޑުތަކާއި ހަވާލުވެލައްވާފައިވަނީ އެދާއިރާތަކަށް ނިސްބަތްވާ މަޖިލިސް މެންބަރުންނެވެ. މި ރަސްމިއްޔާތުގައި ބިލިއާޑް ބޯޑު ހަވާލުކޮށްފައިވަނީ ހއ. ކެލާ، މޮޅަދޫ، ފިއްލަދޫ، ދިއްދޫ އަދި ތަކަންދޫ އާއ...
މުޙައްމަދު އަފްރާޙް
އއ. މާޅޮހު ދެކުނުން ބަންޑުން ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު އައްޑޫ ސިޓީ، ހިތަދޫ/ މިންހާ, މުޙައްމަދު މިންހާޖު ހޯދުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހުއްޓާލައިފި އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ މިންހާޖު ހޯދަން ކުރިއަށްގެންދިޔަ ސާޗް އެންޑް އޮޕަރޭޝަން ރެސްކިއު އޮޕަރޭޝަން ހުއްޓާލާފައިވާ ކަމަށާއި މި އޮޕަރޭޝަންގައި އިއްޔެ ވެސް 300 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި ހަތަރު ދުވަހުގެ ސާޗް އޮޕަރޭޝަނުގައި ވައިގެ މަގުން 2000 […]
މުޙައްމަދު އަފްރާޙް
ނުހިންގާ ނޫސްތަކާއި މުވައްސަސާތަކުގެ ނޫސްތަކަށް އެމްއެމްސީ އިންތިޚާބުގައި ވޯޓު ނުލެވޭގޮތް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް މެމްބަރުން އިންތިޚާބުކުރާ ގޮތުގެ އުސޫލަށް 1 ވަނަ އިސްލާހު ގެނެސްފި އެވެ. މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާގޮތުގައި އެ އުސޫލުގެ 13 ވަނަ މާއްދާގެ (ހ) އިސްލާހުކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ކައުންސިލުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ނުކުރެވޭނެ ފަރާތްތަކުގެ ތެރޭގައި ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނުގެ ދަށުން އުފައް...
މުޙައްމަދު އަފްރާޙް
ރާއްޖެއަށް 119 ކިލޯގެ ޑުރަގް އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ ގދ. ހޯނޑެއްދޫ/ އަލޯރާ، އަރުޝަދު ޚާލިދު ހައްޔަރުކޮށްފި އެވެ. އުމުރުން 26 އަހަރުގެ އަރުޝަދު ފިލައިގެން އުޅެނިކޮށް އަވަށްޓެރި ލަންކާއިން ޑީޕޯޓުކޮށްލުމުން އޭނާ ހައްޔަރު ކޮށްފައިވަނީ ރާއްޖޭން ނެވެ. 2020 ވަނަ އަހަރުގެ ޖަނަވަރީ 30 ގައި ފުލުހުން މާލޭގައި ހިންގި ޑުރަގް އޮޕަރޭޝަންގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން އެ ނެޓްވޯކުގައި އިސްކޮށް ހުރީ އަރުޝަދު ކަމަށް ބުނެފައިވާއިރު، އެ އޮޕަރޭޝަންގައި ނުވަ […]
މުޙައްމަދު އަފްރާޙް
މާލޭގައި ގޭންގަކުން ގޮސް ހަމަލާދީ މަރާލި ރ. މީދޫ ޒުވާނެއް ކަމަށްވާ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ހިމެނޭ ކުޑަކުއްޖާގެ މައްޗަށް ހައިކޯޓުން މިއަދު ކުށް ސާބިތުވެއްޖެ އެވެ. މާލޭ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި 2017 ވަނަ އަހަރު އަނަސްއަށް ހަމަލާދީ މަރާލި މައްސަލާގައި ޖުވެނައިލް ކޯޓުގައި ކުށް ސާބިތުނުވެ ސަލާމަތްވީ އެ ހާދިސާ ހިނގިއިރު އުމުރުން 17 އަހަރުގެ ކުއްޖަކަށެވެ. އޭނާގެ މައްޗަށް ހައިކޯޓުން މިއަދު ކުށް ސާބިތުވީ ދައުލަތުން އެ މައްސަލަ އިސްތިއުނާފް […]
ހުސައިން ހަބީބް
އެމްޑީޕީ އަށް ނޮޅިވަރަމް ދާއިރާ ނުލިބުނަސް، އެދާއިރާއަކީވެސް ހދ އަތޮޅުގެ ދާއިރާއެއްކަމުގައި ވިދާޅުވ،ެ ނޮޅިވަރަމް ދާޢިރާގެ މަޖިލިސް މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ނުރުހުން ފާޅުކުރައްވައިފި އެވެ. މޮސްޓާ މިހެން ވިދާޅުވީ، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ހއ. ހދ. އަދި ށ. އަތޮޅުގެ ދާއިރާތަކަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި އެކު އިއްޔެ ކުރިއަށް ގެންދެވި ބައްދަލުވުމުގެ ފޮޓޯތައް ހިއްސާކުރައްވަމުންނެވެ. މޮސްޓާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހއ، ހދ، ށ...
އަލީ އާދިލް
ރާޅާ އަޅަން ގޮސް އުޅުނު ފަތުރުވެރިއަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ގެއްލުނީ މ. މުލި ރާޅުގަނޑު ސަަރަހައްދުގައި ރާޅާއަޅަން ގޮސްއުޅުނު 7 ފަތުރުވެރިންގެ ތެރެއިން ފަތުރުވެރިއެއް ކަމަށެވެ. އެމީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނައިރު، މި ހާދިސާގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު 12:47 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. “ގެއްލުނު ފަތުރުވެރިޔާ އެންމެ ފަހުން ލައިގެން ހުރީ ކަޅު ޓީޝާޓެއް ކަމަށް އެމ...
ޔުމްނާ ޢަލީ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި އޭސީސީއާ ދެމެދު ގުޅިގެން މަސައްކަތްކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސޮއިކުރެއްވީ ޕީޖީ ޙުސެއިން ޝަމީމެވެ. އޭސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލެވެ. މި ދެ މުއައްސަސާ ގެ ދެމެދުގައި އެހީތެރިކަން ބަދަލު ކުރުމަށް ވެވުނު މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ މައްޗަށް ޤާނޫނުއަސާސީއާއި ޤާނޫނުން މަތިކޮށްފައިވާ ޒިންމާ...
ޔުމްނާ ޢަލީ
ސްވިޑްން އަންހެނަކާއި ދިވެހި ފިރިހެނަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު އަންހެން މީހާ ދިން 260،00 އަށް ވުރެ ގިނަ ރުފިޔާ އަނބުރާ ދައްކަން ފިރިހެން މީހާގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ގދ. ރަތަފަންދޫ މީހަކު އެ ފައިސާ ދައްކަން ޖެހުނީ އޭނާގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ސްވިޑްންގެ މީހަކު އޭނާއަށް ދީފައިވާ 17،000 ޑޮލަރުގެ މައްސަލާގަ އެވެ. އެ ދެ މީހުން ގުޅުނީ ފިރިހެން މީހާ ރިސޯޓްގައި އުޅެނިކޮށް އަންހެން […]
ހުސައިން ހަބީބް
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މިއަހަރުގެ ނޫސްވެރިކަމުގެ އިނާމުގެ ޓެލެކޮމިއުނިކޭޝަން ޕާޓަނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ. އެމްއެމްސީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕާޓްނާޝިޕް އެއްބަސްވުމުގައި އެ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ރައީސް މުޙައްމަދު ޝަފާއު ހަސަންއެވެ. އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒުއެވެ. އެމްއެމްސީ އިން ކޮންމެ އަހަރަކުވެސް ނޫސްވެރިކަމުގެ އިނާމު ދެމުންދާއިރު، މިއަހަރު ދެ ކެޓަގަރީއަކުން އިނާމު ދޭން ވަނީ...
އަޙްމަދު ވަހީދު