ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާގެ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ މިއަދު 18:00 އިން މިރޭ މެންދަމު 00:00 އާއި ހަމައަށެވެ.

Ad
rt

މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ބުނީ، މިއަދު 18:00 އިން މިރޭ މެންދަމު 00:00 އާއި ދެމެދު ރާއްޖޭގެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށެވެ.

މި ވަގުތުގައި ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރައްވައެވެ.