ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސްއިން ރާއްޖެއަށް ދީފައިވާ ރޭޓިން ދަމަހައްޓައިފިއެވެ. ފިޗުން ރާއްޖެއަށް ދީފައިވަނީ ބީ މައިނަސްގެ ރޭޓިންއެކެވެ. މި ރޭޓިން ދަމަހައްޓާފައިވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ވަޒަންކުރުމަށް ފަހުއެވެ. ފިޗުން މިކަން ހާމަ ކުރީ މިއަދު އިއުލާން ކުރި، ކުރިއަށް އޮތް އަހަރަށް ރާއްޖެއަށް ދޭ ރޭޓިންގައެވެ. ފިޗުން ބުނި ގޮތުގައި ރޭޓިން ދެމެހެއްޓީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހަލުވިކަމާއެކު ކުރިއަރައި، ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ލިބުމުންނެވެ. ފިޗުން ލަފާކުރާ ގޮތުގައި ރާ...
އަޙްމަދު ވަހީދު
މި ދުވަސް ވަރަކީ ވިއްސާރަ ދުވަސްވަރެކެވެ. މޫސުން ގޯސް ދުވަސްވަރެއްގައި އަބަދު ޝަކުވާއަކަށް ވެފައި އޮންނަނީ މާގިނައިން ވާރޭވެހުމުން ތަންތަނަށް ނުދެވ،ި ކުރަން ބޭނުންވާ ކަންކަން ނުކުރެވޭ ވާހަކަ އެވެ. ނަމަވެސް ވާރޭ ވެހުމުން އެކަމުގެ އުފާ ލިބިގަންނަ މީހުން ގިނަ އެވެ. ބޯކޮށް ވާރޭވެހޭ ވަގުތު ހަމަ ހިމޭން ކަމާއި އެކު އެ އަޑު އަހާލަން އިންނަ ނަމަ އެހެން ކަންކަން ނުކުރެވި ތިބެއް ޖެހޭ ކަމުގެ އިހުސާސެއް ނުވާނެ އެވެ. އަދި އެކަމުން ހަށިގަނޑަށް […]
މުޙައްމަދު ވަސީމް
މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ޕާކެއް ހަދަން ނިންމައިފި އެވެ. މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ޕާކެއް ތަރައްގީ ކުރަން ނިންމީ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކޮށް ގަލޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ގަލޮޅުގައި ޕާކެއް ތަރައްގީ ކޮށްދިނުމަށް އެދުމުން ނެވެ. މާލެ ސިޓީ ކައުންސިލުން ގަލޮޅުގެ ކުރީގެ ސިޓީ ޕާކު ހުރި ބިމުގައި ތަރައްގީ ކުރާ ޕާކު ފަރުމާކޮށްފައިވަނީ އެބިމުގައި ހުރި ބޮޑެތި ގަސްތަކަށް ގެއްލުމެއް ނުލިބޭ ގޮތަށެވެ. މި ޕާކުގައި ކުޑަ ކުދިންނަށް ހާއްސަކޮށްގެން ތަރައްގީ […]
މުޙައްމަދު އަފްރާޙް
މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ތުހުމަތުކުރެވޭ އަރުޝަދު ޚާލިދު ކޯޓު އަމުރަކާ ޚިލާފަށް ފުލުހުން އަމިއްލައަށް ބަންދުން ދޫކޮށްލީ ފުލުހުންނަށް ވެރިންނަށް ވެސް ނޭނގި ކަމަށްވާތީ އެ މައްސަލަ ބަލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގައިފި އެވެ. ނުވަ ކިލޯގެ ޑްރަގް މައްސަލައަކާ ގުޅިގެން އަރުޝަދު ބަންދުކޮށްގެން ހައިކޯޓަށް ހާޒިރުކުރަން އަންގާފައި ރޭ ފުލުހުން ވަނީ އަރުޝަދު ދޫކޮށްލައިފަ އެވެ. އޭނާ ގިނަ ދުވަސްތަކެއް ވަންދެން ސްރީލަންކާގައި އުޅުމަށްފަހު އެތަނުން ޑީޕޯޓްކޮށްލުމުން ރާއްޖެ އައީ އިހަކަށް...
ހުސައިން ހަބީބް
ތިން ރަށެއްގައި ކުޅިވަރު ވަސީލަތްތައް ގާއިމު ކުރުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފި އެވެ. މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް, ވިދާޅުވީ އދ. މާމިގިލި، ކ. ގުރައިދޫ އަދި ކ. ހުރާ ގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން މާމިގިނލީގައި ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފިއުޗަރ ހޯމްސް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފަ އެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 2،882،535.38 ރުފިޔާ އަށް 20 ދުވަސް […]
މުޙައްމަދު އަފްރާޙް
މާލެ ނޫން ރަށްތަކުގައިވެސް މިނީ ބަހުން ކަރުދާސް ޓިކެޓް ވިއްކަން ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ. އާރުޓީއެލްގެ ދަށުން މިހާރު މިނީ ބަހުގެ ހިދުމަތް ދެނީ މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އާއި ލާމު އަތޮޅުގައެވެ. މި ސަރަހައްދުތަކުގައި ބަސްތަކުން ކަރުދާސް ޓިކެޓް ވިއްކަން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންނެވެ. އެމްޓީސީސީން ބުނެފައިވާ ގޮތުގައި ކަރުދާސް ޓިކެޓް ގަންނަ ފަރާތްތަކުން ގެންދަން ޖެހޭނީ ސިދާ […]
އަޙްމަދު ވަހީދު
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “އާރުވީއެސްއޭ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022” ގެ ފައިނަލުގައި ހޯރަފުށީ ބާވީސް ސޕޯޓްސް ކުލަބާއި ޓީމް މާރަންދޫ މިއަދު ހަވީރު ވާދަކުރާއިރު، ފައިނަލު މެޗު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމުގައި ދެ ޓީމްގެ ކޯޗުން ބުނެފިއެވެ. ފައިނަލު މެޗާއި ގުޅޭގޮތުން މި ނޫހާއި ވާހަކަ ދައްކަމުން ހޯރަފުށީ ބާވީސް ސްޕޯޓްސް ކުލަބުގެ ކޯޗް މައުމޫން […]
އިބްރާހިމް ޚަލީލް
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ފޯމު ސަބްމިޓުވިކަން ޔަގީން ކުރުމަށް ހައުސިންގ މިިނިސްޓްރީން އިލްތިމާސްކޮށްފި އެވެ. ސަރުކާރުން ހުޅުވާލާފައިވާ މި ސްކީމަށް އެދި ހުށަހެޅުމަށް ހުޅުވާލީ މިދިޔަ ޖޫން މަހު އެވެ. އަދި ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހު ހަމަވާނެ އެވެ. އެހެންވެ، ހައުސިންގ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާއިރު، ސަމާލުކަން ދޭންޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން އެކަކަށް ވުރެ ގިނަ...
މުޙައްމަދު އަފްރާޙް
މާލޭގެ ގެއެއްގެތެރޭގައި ބަނގުރާ ކެއްކި މައްސަލައިގާ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ވިދާޅުވީ މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ބިދޭސީއެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއްކަމެއް ހާމައެއް ނުކުރައްވަ އެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ހެންވޭރު ރޯޝަނީ މަގުގައި ހުރި ގެއަކުން ދުން އަރާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 06:12 ހާއިރު، ލިބުމުން ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނުގަ އެވެ. މިއަދު ހެނދުނު ފުލުހުން ވިދާޅުވެފައިވަނީ މާލޭގެ ގެއަކުން ދުން އަރާތީ ސަލާމަތީ ބ...
މުޙައްމަދު އަފްރާޙް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ނަޕޯލީއާއި ކުލަބް ބްރޫޖް ޖާގަ ހޯދިއިރު، ރޭ ލިވަޕޫލާއި ރޭންޖާސް ބައްދަލުކުރި މެޗުގައި ލިވަޕޫލުން ހަތް ލަނޑުޖަހައި މެޗު ކާމިޔާބުކުރި އިރު އެ ޓީމުގެ ފޯވާޑް މުޙައްމަދު ޞަލާހް ދެ ރެކޯޑެއް ހަދައިފިއެވެ. ރޭ ރޭންޖާސްގެ ދަނޑުގައ ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ރޭ ލިވަޕޫލާއި ރޭންޖާސް ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ރޭންޖާސްއިންނެވެ. މި […]
އިބްރާހިމް ޚަލީލް
ހއ. ދިއްދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމް ނިންމާލައިފި އެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ނޮދަން އޭރިއާ ކޮމާންޑުން ހިންގި މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އޮކްޓޫބަރު 12 ވަނަ ދުވަހު ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް...
މުޙައްމަދު އަފްރާޙް
ޔުނައިޓް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ފްލައި ދުބާއީގެ ދަތުރުތައް ގަން އިންޓަނެޝަނަލް އެއާޕޯޓަށް ފަށާ ތާރީހާއި ޝެޑިއުލް އިއުލާނު ކޮށްފި އެވެ. ދުބާއީގައި އޮޕަރޭޓް ކުރާ ފްލައި ދުބާއީ އަކީ އަގު ހެޔޮ، ފެންވަރު ރަނގަޅު ހިދުމަތްތަކެއްދޭ ބަޖެޓު އެއާލައިން އެކެވެ. މި އެއާލައިނުން ރާއްޖެއަށް މިހާތަނަށް ދަތުރު ކުރަމުން އައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެ އެއާލައިނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ގަމާއި ދުބާއީ އާއި ދެމެދު ފްލައި ދުބާއީގެ ދަތުރުތައް ފަށާނީ އަންނަ […]
މުޙައްމަދު ވަސީމް
ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗީފް ކޮމިޝަނަރގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ. އެ އެސޯސިއޭޝަނުން މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، މަގާމުގެ ޝަރުތުތަކުގައި ހިމެނެނީ ދިވެހި ރައްޔިތަކު ކަމުގައި ވުމާއި އިންސާފާއި ހަމަހަމަކަން ދަމަހައްޓައި ގުޅިގެން މަސައްކަތްކުރެވޭފަދަ މީހަކަށްވުމާއި ޝަރުޢީ ބަންދެއްގައި ހުރި މީހަކު ކަމުގައި ނުވުމެވެ. އަދި ޖިނާއީ ކުށެއްގެ ތުހުމަތުގައި 15 ދުވަހަށްވުރެ ގިނަދުވަހުގެ މުއްދަތުގައި ޤާނޫނީ ބަންދެއ...
މުޙައްމަދު އަފްރާޙް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ބާސެލޯނާއާއި އިންޓަ މިލާން ރޭ ބައްދަލުކުރި މެޗު އެއްވަރުވެ، މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވުމުގެ އަމިއްލަ ބާރު ބާސާއަށް ގެއްލިއްޖެއެވެ. ރޭ ކޭމްޕް ނޯގައި އިންޓަ މިލާނާއި ބާސާ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މުބާރާތުގައި ކުރިއަށް ދިޔުމަށް މޮޅުވުން މަޖުބޫރު މި މެޗުގައި ބާސާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ކައުންޓަ އެޓޭކްގައި އިންޓައިން […]
އިބްރާހިމް ޚަލީލް
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ށ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި އެވެ. މިއަދު ހެނދުނު 09:15 އިން ފެށިގެން މެންދުރު 1 ޖެހުމާއި ހަމައަށް ނެރެފައިވާ މި ސަރަހައްދަށް ރީނދޫ ސަމާލުގައި ވަނީ ބޯކޮށް ވާރޭ ވެހިމާއިއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެދާނެކަމަށް ލަފާކުރައްވާފަ އެވެ. މި ދުވަސްވަރު ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަކޮށް ވާރޭ ވެހެމުން އަންނައިރު، ކުރިއަށް އޮތް […]
މުޙައްމަދު އަފްރާޙް
މާލޭގެ ގެއަކުން ދުން އަރާތީ ސަލާމަތީ ބާރުތަކުން ގޮސް ބެލިއިރު ބަނގުރާ ކައްކާ ސާމާނު ފެނިއްޖެ އެވެ. ފުލުހުން ދާދި ދެންމެ ވިދާޅުވީ ހެންވޭރު ރޯޝަނީ މަގުގައި ހުރި ގެއަކުން ދުން އަރާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 06:12 ހާއިރު، ލިބުމުން އެމްއެންޑީއެފާއި ފުލުހުން އެ ގެއަށް ގޮސް ދޮރުގައި ތެޅުމުން އެއްވެސް މީހަކު ދޮރު ހުޅުވާފައި ނުވާ ކަމަށެވެ. އެހެންކަމުން ބާރުގެ ބޭނުންކޮށްގެން އެ ގެއަށް ވަދެފައިވާ ކަމަށާއި އެ ގޭތެރެއިން ދުން އަރަމުންދިޔައީ […]
މުޙައްމަދު އަފްރާޙް
ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުތަކުން މިލަންދޫއާއި ނަރުދޫ އަދި ނޫމަރާއިން ފަސޭހަ ކަމާއިއެކު މޮޅުވިއިރު ގޮއިދޫ ވެސް ފޭދޫއަތުން ހަނި ގޮތަކަށް މޮޅުވެއްޖެއެވެ. މިއަދު ގްރޫޕް އޭގައި ނަރުދޫގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ މިލަންދޫއާއި ފީވަކެވެ. މި މެޗު 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައި […]
އިބްރާހިމް ޚަލީލް
ކުރިއަށް އޮތް 4 ދުވަހުވެސް މޫސުން ގޯސްވާނެކަމަށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ. އެ އިދާރާއިން ބުނީ، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާކަމަށެވެ. އެގޮތުން، ކުރިއަށް އޮތް 4 ދުވަހު، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިބާރުވެ ކަނޑުތައް ވެސް ގަދަވެގެން ދާނެކަމަށް ލަފާކުރެވޭކަމަށެވެ. މީގެ އިތުރުން އެ އިދާރާއިން ބުނީ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެން ވާތީވެ، ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކު...
އިބްރާހިމް އަސްވާޤް