ރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާ އިން ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ހުދު ސަމާލު (ވައިޓް އެލަރޓް) ނެރެފި އެވެ.

މިއަދު އިރުއޮއްސި 6 ޖެހުމާއި ހަމައަށް ނެރެފައިވާ ހުދު ސަމާލުގައި އެ އިދާރާ އިން ވިދާޅުވެފައިވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.

Ad
rt

މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރައްވާފައިވާއިރު، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވަނީ ލަފާކުރައްވާފަ އެވެ.

އަދި ރާޅުގެ އުސްމިން ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައި ހުންނާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރައްވާފައި ވެއެވެ.