ޔޫރަޕް ކުލަބުތަކުގެ މެދުގައި ކުޅެވޭ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް (ޔުއެފާ ޗެމްޕިަސްލީގު ) އިން ސްޕެއިންގް ދެކުލަބު ބާސާ އަދި އެތުލެޓިކޯ މެޑްރިޑް އަށް ދެވަނަބުރުގެ ޖާގަ ގެއްލިއްޖެއެވެ. ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ބާސާ ބަލިވިއިރު އެތުލެޓިކޯ ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެތުލެޓިކޯއަށް މެޗަށް ނުކުތްއިރު ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތްނަމަވެސް މެޗަށް ނުކުތްއިރުވެސް ބާސާ އަށްވަނީ ދެވަނަ ބުރުގެ ޖާގަ ގެއްލިފައެވެ. ބުރާސްފަތިދުވަހުގެރޭ ކުޅުނު މެޗުން ބާސާ ބަލިވީ 3-0 […]
އަލީ ރިޔާޟް
ސިޔާސީ ގޮތުންނާއި އިސްތިޢުމާރީ ގޮތުން، މި ސަރަޙައްދުގައި އުފެދުނު ކޮންމެ ކޮޅިގަނޑެއްގެ އަސަރު މި ރާއްޖެއަށް ވެސް ފޯރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެކަމުގެ ދަތިތައް، އެކި ދުވަސްވަރު އެކި މިންވަރަށް ދިވެހިންވެސް ތަޙައްމަލުކުރަން ޖެހުނު ކަމަށެވެ. އެހެންނަމަވެސް، އެއިން ކޮންމެ ކޮޅިގަނޑަކުން ދިވެހިން ސަލާމަތްކޮށްދިނީ، އަޅުގަނޑުމެންގެ މެދުގައި އޮތ...
މުޙައްމަދު އަފްރާޙް
އިސްލާމްދީން ގަބޫލުކުރުމާއެކު، ރާއްޖެއަށް ވަރަށް ބޮޑު އިންޤިލާބީ ބަދަލެއް އައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން އިލްތިމާސް ކުރެއްވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނެވެ. މީގެ އިތުރުން މި ދެކޭ ދިވެހިރާއްޖެއާއި، މި ރާއްޖޭގެ އަހުލުވެރިންނަށް ވަންތަކަމެއް ނުވަތަ ވަކި އައިޑެންޓިޓީއެއް ލިބި، ތާރީހުގެ ފަތްފުށްތަކުގައި ބަޔާންކުރެވެން ފެށީ، ރާއްޖެ...
މުޙައްމަދު އަފްރާޙް
ސެނަހިޔާ ހޮސްޕިޓަލު ހުންނަ ސަރަހައްދުގައި ބަސް ސްޓޮޕެއް ގާއިމުކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ. އެމްޓީސީސީން މިއަދު ބުނީ ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް) ގްރޭޓާ މާލެ ސަރަހައްދުގައި ބަސް ދަތުރުކުރާ ރޫޓުތަކުގެ ތެރެއިން ކާނިވާ ބަސްރޫޓުން ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭކަށް ދަތުރުކުރާ ބަސް ރޫޓުތަކަށް ސެނަހިޔާ ސަރަހައްދުގައި މާދަމާއިން ފެށިގެން ބަސް ހުއްޓި އެއް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. ބަސް ހުއްޓި އިތުރުކުރާ ރޫޓްތައް:...
އަޙްމަދު ވަހީދު
މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ހާލިދު، ބަންދުގައި ބެހެއްޓޭވަރަށް، ހެއްކާއި ގަރީނާ ނެތުމުން އޭނާ ދޫކޮށްލައިފި އެވެ. ފުލުހުން މިރޭ ވިދާޅުވީ، އަރްޝަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެހެންނަމަވެސް ބަންދު ދެމެހެއްޓޭވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ އޭނާ ވަނީ ބަންދުން ދޫކޮށްލާފަ ކަމަށެވެ. އަރުޝަދު ހާލިދު ހައްޔަރުކޮށްފައިވަނީ އިއްޔެ އެވެ. ރޭ ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކޮށްފައިވަނީ ބަލަމުންދާ މައްސަލައަކާ ގުޅ...
މުޙައްމަދު އަފްރާޙް
ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މި މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެ ސައިޓުގައި މިހާރު ކުރިއަށްދަަނީ ބޭރު ތޮށީގެ ކޮންކްރީޓް މަސައްކަތާއި، އައު […]
އަޙްމަދު ވަހީދު
ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގައި މިއަދު ކުޅުނު މެޗުތައް ގޮއިދޫ، ފޭދޫ، ނަރުދޫ އަދި ޅައިމަގުން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި މިއަދު ކޮންމެ ގްރޫޕެއްގައި ދެ މެޗު ކުޅެފައިވާއިރު، ގްރޫޕް އޭގައި، ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ގޮއިދޫއާއި ބިލެތްފައްސެވެ. މި މެޗު 3 ލަނޑު 2 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ […]
އިބްރާހިމް ޚަލީލް
އަންނަމަހު 6 ވަނަ ދުވަހުން ފެށިގެން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ލެޕަރޮސްކޯޕިކް ސާރޖަރީތައް (އޮޕަރޭޝަން) ފަށަން ނިންމާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ. އެހޮސްޕިޓަލުން ބުނީ، ލެޕަރޮސްކޯޕިކް ސާރޖަރީ ތައް ފެށުމަށް ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށެވެ. މިއީ، މިޚިދުމަތް ގްރޭޓާރ މާލެ ސަރަހައްދުން ބޭރުގައި ފެށޭ ފުރަތަމަ ފަަރުކަން ފާހަގަކުރެއްވި އެވެ. މި ޚިދުމަތަކީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އާއި ދިވެހިރާއްޖޭގެ މައި ހޮސްޕިޓަލް ކަމުގައިވާ އިންދި...
އިބްރާހިމް އަސްވާޤް
އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ނަޒަރުހިންގާލާއިރު ފެނިގެންދަނީ ހިތާމަކުރަންޖެހޭ ފަދަ ބައެއް މަންޒަރުތަކެވެ. ދުވަސްތައް ވެއަތުވެގެން ދަނީ އެއް ކަންތައްތަކެއް ކުރުމުގެ ބުރަކަންމަތީ، ތިމާގެ ހަށިގަނޑާއި ދުޅަހެޔޮކަމަށް އެއްވެސް ވިސްނުމެއް ފަރުވާލެއް ނުދެވިއެވެ. ދެރަ ހަޤީޤަތަކީ، އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް، މި ހަށިގަނޑަކީ އަޅުގަނޑުމެންގެ ފުރާނައާއި ހަވާލުވެފައިވާ އަމާނާތެއްކަން ހަނދާނުގައި ނުހުންނަކަމެވެ. މި ނިކަމެތި ހަށިގަނޑަށް އަޅުގަނޑުމެނަށް ނޭނގިނަމަވެސް ދެވޭ ބައެއް އަނިޔ...
އަންޖުމް އިސްމާޢީލް މުޙައްމަދް
ވަޓްސްއެޕް ގްރޫޕެއް ހަދައިގެން އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ބިރުދައްކަމުންދާ ކަމަށް ބުނެ ދައްކަނީ ދޮގުވާހަކައެއް ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ. ސައީދުއާ ހަވާލާދީ ފެނަކައިން ވަޔާނެއް ނެރުނީ ވަޓްސްއެޕް ގްރޫޕެއް ހަދައިގެން އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ބިރުދައްކަމުންދާކަމަށް، ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވެފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާތީއެވެ. އެ ކުންފުނިން ނެ...
އަޙްމަދު ވަހީދު
އެމެރިކާގެ ނިއުޔޯކްގައި ކޯވިޑް ވެކްސިން ނުޖަހައިގެން ވަޒީފާއިން ވަކިކުރި މީހުންނަށް އަނބުރާ ވަޒީފާ ދީ އެ މުއްދަތަށްވާ މުސާރަ ދިނުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން އަމުރު ކޮށްފި އެވެ. މި މައްސަލަ ކޯޓަށް ހުށަހެޅީ ނިއުޔޯކްގެ ޔުނިވޯމްޑް ފަޔާ ފައިޓާސް އެސޯސިއޭޝަނުންނެވެ. އެ ޖަމިއްޔާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަޔާ ފައިޓަރުންނާއި އެ ސިޓީގެ އެތްލީޓުންގެ އިތުރުން ހުށަހެޅުންތެރިންނެއްގެ ވަޒީފާ ވެކްސިން ނުޖަހާތީ ގެއްލިފައިވެ އެވެ. އެމީހުންގެ ވަޒީފާ ގެއްލުނީ ނިއުޔޯކްގައި ވެކްސިން ޖަހަން މަޖުބޫރުކޮށް...
މުޙައްމަދު ވަސީމް
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މުވައްޒަފުން އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ. މެރިން ޕޮލިހުން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ކަނޑުދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެެވެ. އަދި ކަނޑު އުޅަނދުފަހަރު ދުއްވުމުގައި، އުޅަނދާއި އުޅަނދުން ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދޭންވީ ކަންކަން ވެސް ފޯރުކޮށްދީފައި ވެ...
މުޙައްމަދު އަފްރާޙް
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިލެކްޓްރޯނިކް ސާމާނު ވިއްކާ ކްލިކް ކޮމްޕިއުޓަރސް އިން ވޯލްޑް ކަޕާއި ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. “ކްލިކް ވޯލްޑްކަޕް ފިއެސްޓާ 2022” ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަން ކުރިއަށްދާނީ މި އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ކްލިކް ކޮމްޕިއުޓަރސް އިން ވިދާޅުވީ މި ޕްރޮމޯޝަން ގައި އެކި ބުރޭންޑުގެ އެކި ސައިޒުގެ ޓީވީ، ޕްރޮޖެކްޓަރ އަދި ޕްރޮޖެކްޓަރ ސްކްރީން […]
މުޙައްމަދު އަފްރާޙް
ށ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލް އިމާރާތް އަޅަން މިއަދު ކޮންޓެކްޓަރުންނާއި ހަވާލުކޮށްފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވާ ގޮތުގައި ށ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަސައްކަތަށް 13,948,530.61 ރުފިޔާ ޚަރަދުވާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި މައްސައްކަތް ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މީގެ އިތުރުން ލ. ކުނަހަންދޫ ސްކޫލުގެ 4 ކުލާސްރޫމް، ލައިބްރަރީ އަދި […]
ޔުމްނާ ޢަލީ
މަރާމާތަށް ބަންދުކުރި ކުޅުދުއްފުށީ މަސްޖިދުލް ހަޟާރާތް، މަރާމާތުގެ މަސައްކަތްނިމި އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން ބޭނުން ކުރަން ފަށަން ނިންމާފައިވާ ކަމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މަރާމާތަށް ބަންދުކުރުމަށް ފަހު މި މަހުގެ 28 ވާ ހުކުރު ދުވަހުގެ، ހުކުރު ނަމާދުން ފެށިގެން އެ މިސްކިތް ބޭނުންކުރަން ފަށަން ނިންމާފައިވާ ކަމަށެވެ. ދެ ފަންގިފިލާ ހިމެނޭ އެ މިސްކިތް ފާއިތުވި ސެޕްޓެމްބަރ […]
އިބްރާހިމް ޚަލީލް
ހދ. ހަނިމާދޫ އަކީ ދިވެހި ސަރުކާރުގެ ބާރު ހިނގާ ތަނެއް ނޫންކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ހަނިމާދޫން އެރަށުގެ ރައްޔިތުން ބާލާނެ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓްގައި އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ، ޔާމީން މިހެން ވިދާޅުވީ ނ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހޮޅުދޫގައި ބޭއްވި […]
މުޙައްމަދު އަފްރާޙް
2022 ވޯލްޑް ކަޕްގައި ގްރޫޕް ސީ ގައި ހިމެނޭ، އާޖެންޓީނާ އަކީ، ވޯލްޑް ކަޕްގައި އެންމެ ކާމިޔާބު އެއް ގައުމެވެ. އާޖެންޓީނާ ވަނީ 1978 އަދި 1986 ގެ ވޯލްޑް ކަޕްގެ ތަށި އުފުލާލައިފަ އެވެ. އަދި 1990 ވަނަ އަހަރާއި 2014 ގެ ވޯލްޑް ކަޕްގެ ފައިނަލްގައި އެގަުމުން ވާދަކުރި އެވެ. އާޖެންޓީނާ އަކީ އަބަދުވެސް މޮޅެތި ކުޅުންތެރިންތަކެއް އުފެދެމުން އަންނަ ގައުމެކެވެ. މިހާރު އޮތް ޓީމަށް ބަލާއިރު ވެސް، ފެންނަނީ ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގައި […]
ތިލަދުން
ހުޅުމާލޭގައި ހަދާ ސަރުކާރުގެ އޮފީސް އިމާރާތުގެ މަސައްކަތް މި ނޮވެމްބަރު މަހު ނިމޭނެ ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެއްޖެ އެވެ. އެ މިނިސްޓްރީން ފޭސްބުކް ގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ އިމާރާތުގެ މަސައްކަތް އަންނަމަހު ނިންމައި، ޑިސެމްބަރު މަހު އިމާރާތް ބޭނުންކުރަން ފަށާނެ ކަމަށެވެ. އެ މިނިސްޓްރީން ވިދާޅުވީ މި އިމާރާތް ހެދުމަށް މި ސަރުކާރުން ނިންމީ މާލޭގައި އިމާރާތް އަޅާނެ ބިމުގެ ދަތިކަން ހުރުމުން ކަމަށެވެ. […]
މުޙައްމަދު އަފްރާޙް