މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1233 ވަނަ ޞަފްޙާ

ގަން ތުނޑީ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ގަން ތުނޑީ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ލ. ގަން ތުނޑީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 97 އިންސައްތަ ވަނީ ނިމިފައެވެ. އަދި ހާބަ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 49 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 360 މީޓަރުގެ ބޭރުތޮށި ލުމާއި، 310 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. […]

އަޙްމަދު ވަހީދު
މި ހާލަތުގައި އެންމެ ރަނގަޅު ގޮތަކީ ސަރުކާރު އިސްތިއުފާ ދިނުން: މުނައްވަރު

މި ހާލަތުގައި އެންމެ ރަނގަޅު ގޮތަކީ ސަރުކާރު އިސްތިއުފާ ދިނުން: މުނައްވަރު

ސަރުކާރު މިހާރު އުޅެނީ ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން ކަމަށާއި މި ހާލަތުގައި އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދިނުން ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ. ޑރ. މުނައްވަރު އިއްޔެ ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މޮރިޝަސްއަށް ރާއްޖޭގެ ދެކުނު ކަނޑުން ބައެއް ލިބިއްޖެނަމަ އެކަން ވެގެން ދާނީ މުޅި ދެކުނުގެ މަސްވެރިކަމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަކަށް ކަމަށެވެ. އަދި މޮރިޝަސް އަކީ އެ ގައުމުގެ ކަނޑުގެ ސަރަހައްދުން […]

މުޙައްމަދު އަފްރާޙް
ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލައިފި

ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލައިފި

ހދ. ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ. އެރަށު ކައުންސިލުން ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެރަށުގައި ޢިމާރާތްކޮށްފައިވާ މި 100 ހައުސިން ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް ކަމަށެވެ. އެގޮތުން އެ ރަށުގެ ރައްޔިތުންނަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީގައި 75 ހައުސިންޔުނިޓާއި ނޮޅިވަރަންފަރަށް ދިރިއުޅުން ބަދަލު...

މުޙައްމަދު އަފްރާޙް
އުތީމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތާއި މަކުނުދޫ ހޭންޑްބޯލް ކޯޓް ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފި

އުތީމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތާއި މަކުނުދޫ ހޭންޑްބޯލް ކޯޓް ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ހއ. އުތީމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތާއި އެ އަތޮޅު މަކުނުދޫ ހޭންޑްބޯލް ކޯޓް ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފި އެވެ. މި މަސައްކަތްތައް ހަވާލުކުރުމަށް ފަހުމުނާމައިގާ ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް އެމްޕަވަރމެންޓު ގަ އެވެ. މި ދެ ރަށުގެ ތެރެއިން އުތީމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ހަވާލުކޮށްފައިވަނީ އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާ އެވެ. 60 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމުމަށް އެ […]

މުޙައްމަދު އަފްރާޙް
ކަމަދޫ ބަނދަރުގެ އެއްގަމުތޮށިލުމުގެ މަސައްކަތް ފަށައިފި

ކަމަދޫ ބަނދަރުގެ އެއްގަމުތޮށިލުމުގެ މަސައްކަތް ފަށައިފި

ބ. ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށިލުމުގެ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ފަށާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، 25،636 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 180 މީޓަރުގެ ބޭރުތޮށި ލުމާއި، 628 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 346 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން، ހާބަ ޕޭވްމަންޓް ހެދު...

އަޙްމަދު ވަހީދު
އެވިޑުން ޔުނިވާސިޓީ އޮފް ވެސްޓް ލަންޑަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

އެވިޑުން ޔުނިވާސިޓީ އޮފް ވެސްޓް ލަންޑަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

އެވިޑު ކޮލެޖުން ޔުނިވަސިޓީ އޮފް ވެސްޓަން ލަންޑަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އިއްޔެ އެވިޑު ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދުއެވެ. އަދި ޔުނިވާސިޓި އޮފް ލަންޑަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮލެޖުގެ ވައިސް ޗާންސެލާ ޕްރޮފެސަރު ޕީޓާ ޖޯން އެވެ. އެވިޑުގެ ޗެއާމަން މުޝްތާގު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން އެވިޑު ކޮލެޖުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅުކުރުމަށް މަސައްކަތް ކުރަން މުހިންމު […]

އަޙްމަދު ވަހީދު
އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކަށް ހައްލެއް ހޯދުމަށް މަޝްވަރާކޮށްފި

އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކަށް ހައްލެއް ހޯދުމަށް މަޝްވަރާކޮށްފި

އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކާއި ސްކޭމް ކޯލުތަކަށް ހައްލެއް ހޯދުމަށް ކަމާއިގުޅޭ އިދާރާތަކުން މަޝްވަރާކުރައްވައިފި އެވެ. މި މަޝްވަރާތަކާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި މައްސަލައާ ގުޅިގެން އެމްއެމްއޭ، ބީއެމްއެލް އަދި އެމްއައިބީގެ އިސްވެރެންނާ، މިނިސްޓަރ ފައްޔާޒް އިސްމާއީލް ބައްދަލުކުރައްވާފައިވާ ކަަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ. އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖުތައް ދޭތެރެ ދޭތެރެއިން ކުރަމުން އަންނައިރު، ބައެއް ފަރާތްތަކުން ބޮ...

މުޙައްމަދު އަފްރާޙް
ރައީސް ޔާމީން މިއަދު ނ. އަތޮޅަށް، ފުރަތަމަ މަންޒިލަކީ ކެނދިކުޅުދޫ

ރައީސް ޔާމީން މިއަދު ނ. އަތޮޅަށް، ފުރަތަމަ މަންޒިލަކީ ކެނދިކުޅުދޫ

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅު މިއަދު ފައްޓަވާނެ އެވެ. ޕީޕީއެމް އިން ބުނީ އެމަނިކުފާނު ނ. އަތޮޅަށް ފުރާވަޑައިގަންނަވާނީ މިއަދު މެންދުރު ކަމަށެވެ. އަދި އެ އަތޮޅުގެ 5 ރަށަށް ކުރައްވާ މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ ކެނދިކުޅުދޫ އަށް ކަމަށެވެ. މީގެ އިތުރުން އެ އަތޮޅު ހުޅުދޫ އަށް މިއަދު […]

މުޙައްމަދު އަފްރާޙް
މިއަދު އިރުއޮއްސޭ ވަގުތު އިރު ކޭތައެއް ހިފަނީ، ތިލަދުންމަތީގެ ރަށްތަކަށް ފެންނާނެ

މިއަދު އިރުއޮއްސޭ ވަގުތު އިރު ކޭތައެއް ހިފަނީ، ތިލަދުންމަތީގެ ރަށްތަކަށް ފެންނާނެ

މިއަދު އިރުއޮއްސޭ ވަގުތު، ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް އިރު ކޭތައެއް ހިފާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް (މެޓް) އޮފީހުން ވިދާޅުވެއްޖެ އެވެ. “ތިލަދުން” އަށް މަޢުލޫމާތު ދެމުން މެޓް އޮފީހުން ވިދާޅުވީ މި އިރުކޭތަ ހިފާނީ މިއަދު އިރު އޮއްސެން ވަރަށް ކައިރިވެފައިވަނިކޮށް ކަމަށެވެ. މިއިރުކޭތަ ހއ. އަދި ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ފެންނާނެކަމަށް މެޓް އޮފީހުން ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ އުތުރުގެ ބައެއް ސަރަހައްދުތަކަށް ވަރަށް ކުޑަކޮށް އިރުކޭތަ ފެންނާނެކަމަށް ރިޕޯޓުކޮށްފައިވެ...

މުޙައްމަދު ވަސީމް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ ޤުރުއަތުލައިފި

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ ޤުރުއަތުލައިފި

ހދ.ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގެ ޤުރުއަތުލުން ބާއްވައިފިއެވެ. މި މުބާރާތުގައި އަންހެން ކެޓަގަރީއާއި ފިރިހެން ކެޓަގަރީ ހިމެނޭއިރު، މި ދެބައިގެ ޤުރުއަތުލުން ވެސް ބާއްވާފައެވެ. މި ދެ ކެޓަގަރީގެ ކުޅުން ވެސް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުއެވެ. މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ޖުމްލަ 8 ޓީމަކުން ބައިވެރިވެފައި ވާއިރު ގްރޫޕް އޭގައި ހިމެނެނީ ލަޔަން، އައްޓޯ އެފްސީ، […]

އިބްރާހިމް ޚަލީލް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ޅައިމަގު، ފޯކައިދޫ، ކަނޑިތީމު އަދި މިލަންދޫ

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ޅައިމަގު، ފޯކައިދޫ، ކަނޑިތީމު އަދި މިލަންދޫ

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގައި މިއަދު ކުޅުނު މެޗުތައް ޅައިމަގު، ފޯކައިދޫ، ކަނޑިތީމް އަދި މިލަންދޫން ކާމިޔާބު ކޮށްފިއެވެ. ގްރޫޕް އޭގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޯކައިދޫއާއި ގޮއިދޫއެވެ. މި މެޗު 6 ލަނޑު 4 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ފޯކައިދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި […]

އިބްރާހިމް ޚަލީލް
އިތުރު 12 ރަށެއްގެ މަގުބައްތިތަކާ ސްޓެލްކޯއިން ހަވާލުވެއްޖެ

އިތުރު 12 ރަށެއްގެ މަގުބައްތިތަކާ ސްޓެލްކޯއިން ހަވާލުވެއްޖެ

އިތުރު 12 ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމާ ސްޓެލްކޯއިން ހަވާލުވެއްޖެއެވެ. ސްޓެލްކޯއިން އަލަށް ހަވާލުވެފައިވަނީ ކ. އަތޮޅާއި ވ. އަތޮޅުގެ ރަށްތަކުގެ މަގުބައްތިތަކާއެވެ. މި މަގުބައްތިތަކާ ހަވާލުވުމަށް އެ ރަށްތަކުގެ ކައުންސިލްތަކާއެކު ސްޓެލްކޯއިން ވަނީ މިއަދު ދުވަހު އެމްއޯޔޫތަކެއްގައި ސޮއި ކޮށްފައެވެ. މި ރަސްމިއްޔާތުގައި ސްޓެލްކޯއިން ސޮއި ކޮށްފައިވަނީ ކ. އަތޮޅުގެ 7 ރަށާއި ވ. އަތޮޅުގެ 5 ރަށުގެ ކައުންސިލްތަކާއެކުގައެވެ. އެއީ 1. ކ. ގާފަރު 2. ކ. ދިއްފުށި 3. ކ. ތުލުސްދޫ 4. […]

އަޙްމަދު ވަހީދު
ދިވެހިބަހުން ވާހަކަދައްކާ ވާޗުއަލް އެސިސްޓެންޓް، އެވީ ތައާރަފު ކޮށްފި

ދިވެހިބަހުން ވާހަކަދައްކާ ވާޗުއަލް އެސިސްޓެންޓް، އެވީ ތައާރަފު ކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައްދާފައިވާ ދިވެހި ބަހުން ވާހަކަދައްކާ ވާޗުއަލް އެސިސްޓަންޓެއް އުރީދޫ މޯލްޑިވްސް އިން ތައާރަފުކޮށްފިއެވެ. މި ވާޗުއަލް އެސިސްޓެންޓަށް އުރީދޫ އިން ދީފައިވާ ނަމަކީ “އެވީ”އެވެ. މިއީ އުރީދޫ ޑިޖިޓަލް ކެއާ އެސިސްޓަންޓެކެވެ. އެވީ ތައާރަފުކޮށްދެއްވީ މިއަދު މޭންހެޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ހަފުލާއެއްގައި ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާއެވެ. އޭއައި ޓްކްނޮލޮޖީ މެދުވެރިކޮށް ދިވެހި ބަހުން މުއާމަލާތްކުރާ ފުރަތަމަ ޑިޖިޓ...

އަޙްމަދު ވަހީދު
ހާއްސަ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުން ބާ އިމްތިހާނު ހަދަން ނުޖެހޭ ބިލް ތަސްދީގު ކުރައްވައިފި

ހާއްސަ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުން ބާ އިމްތިހާނު ހަދަން ނުޖެހޭ ބިލް ތަސްދީގު ކުރައްވައިފި

މިހާރު، ޤާނޫނީ ވަކީލު ކަމުގެ ހާއްސަ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ބާ އިމްތިހާނު ނުހަދައި ޤާނޫނީ ވަކީލު ކަމުގެ ދާއިމީ ހުއްދަ ލިބުމުގެ މަގު ފަހިވާ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތަސްދީގު ކުރައްވައިފި އެވެ. ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު (ނަންބަރު: 2019/5) އަށް 2 ވަނަ އިސްލާޙް ގެނައުމުގެ ބިލް، ރައީސް ތަސްދީޤު ކުރެއްވީ މިއަދު އެވެ. މި ބިލަކީ، މި އަހަރުގެ އޮކްޓޫބަރު 19 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ […]

މުޙައްމަދު އަފްރާޙް
''ކުރި ޖިހާދު - ކުރަން އޮތް ޖިހާދު'' ނަމުގައި އުމަރު ޖަލްސާއެއް ބާއްވަނީ

''ކުރި ޖިހާދު - ކުރަން އޮތް ޖިހާދު'' ނަމުގައި އުމަރު ޖަލްސާއެއް ބާއްވަނީ

މިއަހަރުގެ ނަސްރުގެ ދުވަސް، ނޮވެމްބަރު 3 ފާހަކުރުމަށް ޖަލްސާއެއް ބާއްވަން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ނިންމަވައިފިއެވެ. ”ކުރި ޖިހާދު – ކުރަން އޮތް ޖިހާދު” ޝިއާރުގެ ދަށުން ބާއްވާ މިޖަލްސާ ބާއްވަން ނިންމާފައި ވަނީ މާލޭ ސިޓީގެ ސަލްޓަންޕާކް ދެކުނު ސްޓޭޖް، ލިލީމަގު ގައެވެ. އެ ޖަލްސާ އޮންނާނީ ނޮވެމްނަރު 3 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައި ކަމަށް ޢާންމުކޮށް އެ ޖަލްސާއަށް ފޮނުވި ދައުވަތުގައި ޢުމަރު ވިދާޅުވެފަ ވެއެވެ. އަންނަ […]

އަލީ އާދިލް
ޅައިމަގު ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ނިންމާލައިފި

ޅައިމަގު ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ނިންމާލައިފި

ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 62 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން ޕްރޮޖެކްޓް ސައިޓުގައި މިހާރު ކުރިއަށް ދަނީ ބޭރުތޮށި ލުމުގެ މަސައްކަތާއި، ހާބަ ޕޭވްމެންޓް އެޅުމުގެ މަސައްކަތުގެ އިތުރުން، ބަނދަރު ފުންކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 31،000 […]

އަޙްމަދު ވަހީދު
ހޯރަފުށީގެ މަގު ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށް

ހޯރަފުށީގެ މަގު ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށް

ހއ. ހޯރަފުށީ މަގު ހެދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން 57 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި، އިލެކްޓްރިކަލް ޖަންކްޝަން ފޮށި ވަޅުލުމުގެ މަސައްކަތުގެ 82 އިންސައްތަ ވަނީ ނިމިފައެވެ. މި ޕްރޮޖެކްޓް ސައިޓުގައި މިހާރު ކުރިއަށް ދަނީ ސަބްބޭސް އެޅުމުގެ މަސައްކަތާއި، ތާރު އެޅުމުގެ މަސައްކަތާއި، އަދި މީގެ […]

އަޙްމަދު ވަހީދު
ހަނިމާދޫ ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ

ހަނިމާދޫ ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ހަނިމާދޫގައި ޓާފް އަޅައިގެން ތަރައްޤީ ކޮށްފައިވާ ފުޓްބޯޅަ ދަނޑުގައި ލައިޓް ސިސްޓަމް ޤާއިމް ކޮށްދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ. މި ޕްރޮޖެކްޓްގެ ދަށުން ހަނިމާދޫ ފުޓްބޯޅަ ދަނޑުގެ ދެ ފަޅީގައި، ކޮންމެ ފަޅިއަކަށް ހަތަރު ލައިޓް ޕޯސްޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޮންމެ ޕޯސްޓެއްގައި ހަތަރު ލައިޓް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 01 ނޮވެމްބަރ […]

އިބްރާހިމް ޚަލީލް