މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1232 ވަނަ ޞަފްޙާ

ސްކޫލެއްގެ ކާމިޔާބީ ފާހަގަވެގެންދަނީ އެސްކޫލެއްގެ ދަރިވަރުންގެ ތެރެއިން ޤައުމީ ޚިދުމަތަށް ނުކުންނަ ދަރިވަރުންގެ ނިސްބަތުން: އައިޝަތު އަލީ

ސްކޫލެއްގެ ކާމިޔާބީ ފާހަގަވެގެންދަނީ އެސްކޫލެއްގެ ދަރިވަރުންގެ ތެރެއިން ޤައުމީ ޚިދުމަތަށް ނުކުންނަ ދަރިވަރުންގެ ނިސްބަތުން: އައިޝަތު އަލީ

ސްކޫލެއްގެ ކާމިޔާބީ ފާހަގަވެގެންދަނީ އެސްކޫލެއްގެ ދަރިވަރުންގެ ތެރެއިން ޤައުމީ ޚިދުމަތަށް ނުކުންނަ ދަރިވަރުންގެ ނިސްބަތުން ކަމަށް ތައުލީމާއިބެހޭ ވަޒީރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ. މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ މަޖީދިއްޔާއަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ މުހިއްމު ހިއްސާދާރެއްކަން ވެސް ފާހަގަކުރައްވާފަ އެވެ. އަދި ދިވެހި ދައުލަތުގެ އެންމެ ފާހަގަކުރެވޭ މަޤާމުތަކުގައި މަޖީއްދިއްޔާ ސްކޫލަށް ނިސްބަތްވާ ދަރިވަރުން ތިބު...

މުޙައްމަދު އަފްރާޙް
ޗެމްޕިއަންސް ލީގު: ޕީއެސްޖީއާއި ބެންފީކާ ދެވަނަ ބުރަށް

ޗެމްޕިއަންސް ލީގު: ޕީއެސްޖީއާއި ބެންފީކާ ދެވަނަ ބުރަށް

އިޒްރޭލުގެ މެކަބީ ހައިފާއަތުން ފަސޭހަކަމާއިއެކު މޮޅުވެ ޕީއެސްޖީން ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކުރިއިރު، ޔުވެންޓަސް ބަލިކޮށް ބެންފީކާއިން ވެސް ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކޮށްފިއެވެ. ގްރޫޕް އެޗްގައި ރޭ ޕީއެސްޖީއާއި މެކަބީ ހައިފާ ބައްދަލުކުރި މެޗު، ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 7-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި ސީޒަންގައި މިހާތަނަށް އެއްވެސް މެޗަކުން ބަލިވެފައިނުވާ ޕީއެސްޖީން ވަނީ ރޭ ވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ހާއްސަކޮށް އެ ޓީމްގެ ކުރިއަށް ކުޅެމުން […]

އިބްރާހިމް ޚަލީލް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މެޑިކަލް ފެސިލިޓީއެއް ހަދަން ހަވާލުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މެޑިކަލް ފެސިލިޓީއެއް ހަދަން ހަވާލުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މެޑިކަލް ފެސިލިޓީއެއް ހަދަން އޭޑީކޭ ހޮސްޕިޓަލާ ހަވާލުކޮށްފިއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. އަދި އޭޑީކޭގެ ފަރާތުން ސޮއި ކުރެއްވީ އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލްއެވެ. އެޗްޑީސީން ވަނީ ދެ މެޑިކަލް ފެސިލިޓީ ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާފައެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ މެޑިކަލް ފެސިލިޓީއާ އެކު...

އަޙްމަދު ވަހީދު
އިލްމު އުނގެނުމަކީ، ވަކި ޖިންސެއް ތަފާތުނުކޮށް، ކޮންމެ ކުއްޖަކަށް ވެސް ލިބިގެންވާ ހައްގެއް: ރައީސް

އިލްމު އުނގެނުމަކީ، ވަކި ޖިންސެއް ތަފާތުނުކޮށް، ކޮންމެ ކުއްޖަކަށް ވެސް ލިބިގެންވާ ހައްގެއް: ރައީސް

މިއަދު އިލްމު އުނގެނުމަކީ، ވަކި ޖިންސެއް ތަފާތުނުކޮށް، ކޮންމެ ކުއްޖަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވެވި ހާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސް ވިދާޅުވީ ކޮންމެ ކުއްޖަކަށް ވެސް، ފަށާ ތަޢުލީމާއި މެދު މަދަރުސީ ތަޢުލީމް ދިނުމަކީ، އެ ކުދިންގެ މައިންބަފައިންނާއި ދައުލަތުގެ މަ...

މުޙައްމަދު އަފްރާޙް
ޗެމްޕިއަންސް ލީގު: މި ސީޒަންގައި ރެއާލް ފުރަތަމަ ފަހަރަށް ބަލިވެއްޖެ

ޗެމްޕިއަންސް ލީގު: މި ސީޒަންގައި ރެއާލް ފުރަތަމަ ފަހަރަށް ބަލިވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި އާރުބީ ލައިޕްޒިގް ބައްދަލުކުރި މެޗު ލައިޕްޒިގުން ކާމިޔާބު ކޮށްފިއެވެ. ރޭ ލައިޕްޒިގްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި، އެ ޓީމުން ރެއާލުގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-2 ގެ ނަތީޖާ އަކުންންނެވެ. މިއީ މިސީޒަންގައި ހުރިހާ މުބާރާތެއް ހިމެނޭހެން، ރެއާލް މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. ރޭގެ މެޗަށް ނުކުތްއިރު ރެއާލަށް ދެވަނަ ބުރަށް ދަތުރު ކޮށްފައި އޮތުމާއިއެކު، އެ ޓީމްގެ ފުރަތަމަ […]

އިބްރާހިމް ޚަލީލް
އަރްޝަދު ހާލިދު ހައްޔަރުކޮށްފި

އަރްޝަދު ހާލިދު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ހާލިދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ. ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކޮށްފައިވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ކަމަށެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުލަތުން ދައުވާކޮށް، ކުށް ސާބިތުނުވެ، ސަލާމަތްވެފައި ވަނިކޮށް މިދިޔަ އަހަރުގެ ފަހުކޮޅު މާލެ އާއި ހުޅުމާލެއިން އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލާގައި އިސް މީހެއް ކަމަށް ތުހުމަތުކުރާ އަރުޝަދު ދިރިއުޅެމުން އައީ...

މުޙައްމަދު އަފްރާޙް
ފީނަން ގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ

ފީނަން ގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ

ފީނަން ގޮސް އުޅުނު 22 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ އެވެ. ފުލުހުން ވިދާޅުވީ ށ. ގޮނާފަރު ފަޅު ބޭރަށް ޑައިވްކުރަން އުޅުނު މީހަކު ގެއްލިގެން މިއަދު މެންދުރުފަހު ރިޕޯޓް ކުރިކަމަށެވެ. އަދި އޭނާ ހޯދުމުގެ މަަސައްކަތް ކުރަމުންދަނިކޮށް ހަވީރު 4:15 ހާއިރު ފެނިފައިވާ ކަމަށެވެ. އޭނާއަށް ފަރުވާދިނުމަށް ށ. ކަނޑިތީމު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް، ނިޔާވެފައިވާ ކަމަށް އެ މަރުކަޒުން މައުލޫމާތު ދީފައިވާކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ރ. އުނގޫފާރު […]

މުޙައްމަދު އަފްރާޙް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ މުބާރާތް: ސެމީގެ ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމަކަށް ފޭދޫ

މިލައުތުރު ސްޕޯޓްސް ފިއެސްޓާ މުބާރާތް: ސެމީގެ ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމަކަށް ފޭދޫ

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގެ ސެމީ ފައިނަލުން ފޭދޫ ހޭންޑްބޯލް ޓީމުން ޖާގަ ކަށަވަރު ކޮށްފިއެވެ. މި މުބާރާތުގައި މިއަދު ވެސް ކޮންމެ ގްރޫޕެއްގައި ދެ މެޗު ކުޅެފައިވާއިރު، ގްރޫ އޭގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޭދޫއާއި ބިލެތްފައްސެވެ. މި މެޗު 15 ލަނޑު 6 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ […]

އިބްރާހިމް ޚަލީލް
މަންޑޭއަށް ހެދިގެން ބަރަހަނާ ފޮޓޯ ހޯދި މީހަކު 47 ދުވަހަށް ޖަލަށްލައި، 60،000 އިން ޖޫރިމަނާ

މަންޑޭއަށް ހެދިގެން ބަރަހަނާ ފޮޓޯ ހޯދި މީހަކު 47 ދުވަހަށް ޖަލަށްލައި، 60،000 އިން ޖޫރިމަނާ

މަޝްހޫރު ބޮޑުބެރު ލަވަކިޔުންތެރިޔާ އިބްރާހިމް މަމްދޫހު (މަންޑޭ) ގެ ނަމުގައި ފޭކް އައިޑީތަކެއް ހަދައިގެން ޒުވާން އަންހެން ކުދިންނާ ފޭސްބުކް އިން ވާހަކަ ދައްކައި، އެ މީހުންގެ ބަރަހަނާ ފޮޓޯތައް ހޯދި މީހަކު ދޮޅު މަހަށް ޖަލަށްލައި، 60،000ރ. އިން ޖޫރިމަނާކުރަން ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ. 2017 ވަނަ އަހަރު ފޭސްބުކްގައި މަންޑޭގެ ނަމުގައި ފޭކް އައިޑީތަކެއް ހަދައިގެން ޒުވާން އަންހެން ކުދިންނާ ވާހަކަ ދައްކައިގެން އެ ކުދިންގެ ބަރަހަނާ ފޮޓޯތަކެއް ހޯދި މައްސަލާގައި ދައުލަތުން […]

ހުސައިން ހަބީބް
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ނިޔާވެއްޖެ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ނިޔާވެއްޖެ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ނިޔާވެއްޖެ އެވެ. ފުލުހުންގެ ޚިދުމަތުގެ ތަރުޖަމާނު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު މެޔަށް ތަދެއް އަރައި، ފިޓު ޖެހުން ފަދަ އަލާމާތްތަކެއް ފެނުމުން ގދ. މަޑަވެލި ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ. ”ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެމީހާ ނިޔާވެފައިވާ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރު މައުލޫމާތު ދެއްވާފައިވޭ” ފުލުހުން ވިދާޅުވިއެވެ. ނިޔާވެފައި ވަނީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން […]

ޙުސައިން ޝަހުދީ
ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުންތައް ބާއްވާނެތަނެއް ނެތި ކުޅުންތެރިން މާޔޫސްކަމުގެ ތެރެއަށް

ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުންތައް ބާއްވާނެތަނެއް ނެތި ކުޅުންތެރިން މާޔޫސްކަމުގެ ތެރެއަށް

ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުންތައް ބާއްވާނެތަނެއް ނެތި ކުޅުންތެރިން މާޔޫސްކަމުގެ ތެރެއަށް ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުންތައް ބާއްވާނެތަނެއް ނެތި ކުޅުންތެރިން މާޔޫސްކަމުގެ ތެރެއަށް ވެއްޓިއްޖެ އެވެ. ‘ތިލަދުން’ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޓީމުގެ ފަރިތަކުރުންތަކަށް ބުރޫއަރާފައިވަނީ ސޯޝަލް ސެންޓަރުގައި ކޮންމެރެއަކު ވެސް ކޮންމެވެސް އެހެން އިވެންޓެއް ބާއްވާތީ އެވެ. އެކަމާއި ކަންބޮޑުވުން ފާޅުކުރަމުން ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިއަކު ބުނިގޮތުގައި، އެންމެބޮޑު ހާސްކަމަކީ އަންނަ މަހު ސެންޓްރަލް...

މުޙައްމަދު އަފްރާޙް
ވޯލްޑް ކަޕް 2022 ޓީމް ޕްރޮފައިލް: އެމެރިކާ

ވޯލްޑް ކަޕް 2022 ޓީމް ޕްރޮފައިލް: އެމެރިކާ

2022 ވޯލްޑް ކަޕްގައި ގްރޫޕް ބީ ގައި ހިމެނޭ، މިވަގުތު ފީފާ ރޭންކިންގެ 16 ވަނާގައި އޮތް އެމެރިކާ އަކީ ފުޓްބޯޅައިގެ މާ ކާމިޔާބު ގައުމެއް ނޫނެވެ. ސަރަހައްދީ ފުޓްބޯޅައިގައި ކާމިޔާބީތަކެއް ހޯދިފައިވީ ނަމަވެސް ދުނިޔޭގެ ފެންވަރުގައި އެމެރިކާއަށް ކާމިޔާބެއް ލިބިފައެއް ނުވެއެވެ. އެމެރިކާ އެންމެ ފުރަތަމަ ވޯލްޑް ކަޕެއް ކުޅެފައިވަނީ 1934 ވަނަ އަހަރުގައެވެ. އެއީ މެކްސިކޯގައި ބޭއްވުނު ވޯލްޑް ކަޕުގައެެވެ. މި މުބާރާތުގެ ގަދަ 16 ވަނަ ބުރަށް އެމެރިކާ ދަތުރުކުރި އެވެ. ނަމަވެސް 1950 […]

ތިލަދުން
ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ބޮޑު އަގު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ޔާމީން އެދިވަޑައިގެންފި

ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ބޮޑު އަގު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ޔާމީން އެދިވަޑައިގެންފި

ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ބޮޑު އަގު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންފި އެވެ. އެމަނިކުފާނު މިހެން އެދިވަޑައިގެންނެވީ ޔޫރަޕިއަން ޔޫނިއަންގެ ވަފްދާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގަ އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ވަނީ ރާއްޖޭގެ ރަށްށުގައި ކުނިނައްތާލުމުގެ ނިޒާމު ގާއިމްކުރުމަށް އެހީ ހޯދުމަށާއި ތަރައްގީގެ އެކިދާއިރާތަކަށް ފައިނޭސް ހޯދުމާ ގުޅޭގޮތުން...

މުޙައްމަދު އަފްރާޙް
އިޓްލޮސް ގެ ނިންމުމަކުން، ރާއްޖޭގެ އިގްތިސާދީ ސަރަހައްދެއް ނުގެއްލޭނެ: ޕްރޮފެސާ ޕަޔަމް

އިޓްލޮސް ގެ ނިންމުމަކުން، ރާއްޖޭގެ އިގްތިސާދީ ސަރަހައްދެއް ނުގެއްލޭނެ: ޕްރޮފެސާ ޕަޔަމް

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާ ނިންމުމަކުން، ރާއްޖޭގެ އިގްތިސާދީ ސަރަހައްދެއް ނުގެއްލޭނެ ކަމަށް ރާއްޖެ އާއި މޮރިޝަސްގެ އިމުގެ މައްސަލާގައި ރާއްޖޭގެ ފަރާތުން މަސައްކަތްކުރައްވާ ގާނޫނީ ޓީމުގެ ވެރިޔާ ޕްރޮފެސަރު ޕަޔަމް އަހަވަން ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަރޗުވަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެއްބަސްވުމަކަށް ނާދެވިގެން އުޅެނީ ދެ ޤައުމުގެ އިޤްތިސާދީ ސަރަޙައްދު ފުށުއަރާ ހިސާބު ބަހާނެ...

މުޙައްމަދު އަފްރާޙް
އެމްކިއުއޭ ގަބޫލުކުރާ އިތުރު ތިން ޕްރޮގުރާމެއް އެވިޑް ކޮލެޖުން ފަށަން ތައްޔާރުވެއްޖެ

އެމްކިއުއޭ ގަބޫލުކުރާ އިތުރު ތިން ޕްރޮގުރާމެއް އެވިޑް ކޮލެޖުން ފަށަން ތައްޔާރުވެއްޖެ

އެމްކިއުއޭ ގަބޫލުކުރާ އިތުރު ތިން ޕްރޮގުރާމެއް އެވިޑް ކޮލެޖުން ފަށަން ތައްޔާރުވެއްޖެ ކަމަށް އެ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ އެވިޑު ކޮލެޖުން ޔުނިވަސިޓީ އޮފް ވެސްޓަން ލަންޑަނާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ. މުޝްތާގު ވިދާޅުވީ މިއަދަކީ އެވިޑު ކޮލެޖަށް އަދި މުޅި ރާއްޖެއަށް ވެސް ވަރަށް އުފާވެރި، ތާރީހީ ދުވަހެއް ކަމަށެވެ. އެގޮތުން ލަންޑަންގެ މި ޔުނިވަސިޓީއާއެކު މި ވެވުނު އެއްބަސްވުމުގެ ސަބަބުން އެވިޑު ކޮލެޖުގެ […]

މުޙައްމަދު އަފްރާޙް
ޕްރޮގްރެސިވް ކޯލިޝަންގެ ދާއިރާ ރައީސުންގެ އިންތިޚާބު: ކެލާ ދާއިރާއަށް ވާދަކުރާ މަންޗި ގެ ތާއީދު ޣާލިބަށް

ޕްރޮގްރެސިވް ކޯލިޝަންގެ ދާއިރާ ރައީސުންގެ އިންތިޚާބު: ކެލާ ދާއިރާއަށް ވާދަކުރާ މަންޗި ގެ ތާއީދު ޣާލިބަށް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންގެ ކުރިއަށް އޮތް ދާއިރާ ރައީސުންގެ އިންތިޚާބުގައި، ކެލާ ދާއިރާގެ ރައީސް ކަމަށް ވާދަކުރާ މުޙައްމަދު ވަހީދު (މަންޗި)، އެ ދާއިރާގެ ރައީސް ކަމަށް ވާދަކުރާ އަޙްމަދު ޣާލިބަށް ތާއީދު ކުރަން ނިންމައިފިއެވެ. ފިއްލަދޫ އަށް ނިސްބަތްވާ މަންޗި، ވަށަފަރަށް ނިސްބަތްވާ، އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ސެނެޓް ގައި ހިމެނޭ ޣާލިބަށް ތާއީދުކުރިކަން ހާމަކޮށް ބުނެފައި ވަނީ، ޕްރޮގްރެސިވް ކޮންްގްރެސް ކޯލިޝަން ދާއިރާތަކުގެ އިންތިހާބުގައި ކެލާ ދާއިރާގެ ހާލަތަށް ވިސްނައި، ރައީސް ޔާމީން 2023...

އަލީ އާދިލް
ކުޅުދުއްފުށީގެ އިޖްތިމާއީ އަދި އިގްތިސޯދީ ބޭސްލައިންގެ ދިރާސާއެއް ފަށައިފި

ކުޅުދުއްފުށީގެ އިޖްތިމާއީ އަދި އިގްތިސޯދީ ބޭސްލައިންގެ ދިރާސާއެއް ފަށައިފި

ހދ. ކުޅުދުއްފުށި ސިޓީގައި އިޖްތިމާއީ އަދި އިޤްތިސޯދީ ބޭސްލައިން ދިރާސާއެއްގެ އަމަލީ މަސައްކަތް ފަށައިފި އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ މިއީ އެ ކައުންސިލާއި ސްމޯލްއައިލެންޑް ޖޯގްރަފިކް ސޮސައިޓީއާއި ގުޅިގެން ކުރެވޭ ސަރވޭ އެއް ކަމަށެވެ. އަދި މިސަރވޭ ކުރިއަށްދާނީ މިއަދުން ފެށިގެން މި އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މިސަރވޭގައި ޒިޔާރަތްކުރާނެ ގެތަށް ހޮވިފައިވާނީ ރެންޑަމް އުސޫލުން ކަމަށާއި މައޫލޫމާތު ނެގުމަށް ގެތަކަށް ޒިޔާރަތްކުރާ ޓީމަކީ އެ ކައުންސި؛ލުގެ ޓީމުކަން އަ...

މުޙައްމަދު އަފްރާޙް
މުއްދަތު ހަމަވެފައިވާ ބާސްމަތީ ހަނޑޫ، ތާރީހު ބަދަލުކޮށްގެން ވިއްކަމުންދާތީ ސަމާލުވުމަށް އެދިއްޖެ

މުއްދަތު ހަމަވެފައިވާ ބާސްމަތީ ހަނޑޫ، ތާރީހު ބަދަލުކޮށްގެން ވިއްކަމުންދާތީ ސަމާލުވުމަށް އެދިއްޖެ

މުއްދަތު ހަމަވެފައިވާ ބާސްމަތީ ހަނޑޫ، ތާރީހު ބަދަލުކޮށްގެން ވިއްކަމުންދާތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެ އެވެ. އެ އޮތޯރިޓީން ވިދާޅުވީ އަލް ގަމަރް ގޯލްޑް ޕރިމިއަމް ބާސްމަތީ ރައިސްގެ 5 ކިލޯގެ ޕެކެޓްތަކުގެ މުއްދަތު ހަމަވުމުން، ތާރީޚް ބަދަލުކޮށްގެން ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަން ފާހަގަކުރެވުނީ އެ އޮތޯރިޓީން ހިންގި އިންސްޕެކްޝަނަކުން ކަމަށެވެ. މިއީ ޕާކިސްތާނުގެ އުފެއްދުމެއް ކަމަށާއި އެ ޕެކެޓްތަކުގެ މުއްދަތު ހަމަވުމުން، ޕެކ...

މުޙައްމަދު އަފްރާޙް