ޔޫރަޕް ކުލަބުތަކުގެ މެދުގައި ކުޅެވޭ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް (ޔުއެފާ ޗެމްޕިަސްލީގު ) އިން ސްޕެއިންގް ދެކުލަބު ބާސާ އަދި އެތުލެޓިކޯ މެޑްރިޑް އަށް ދެވަނަބުރުގެ ޖާގަ ގެއްލިއްޖެއެވެ.
ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ބާސާ ބަލިވިއިރު އެތުލެޓިކޯ ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
އެތުލެޓިކޯއަށް މެޗަށް ނުކުތްއިރު ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތްނަމަވެސް މެޗަށް ނުކުތްއިރުވެސް ބާސާ އަށްވަނީ ދެވަނަ ބުރުގެ ޖާގަ ގެއްލިފައެވެ.
ބުރާސްފަތިދުވަހުގެރޭ ކުޅުނު މެޗުން ބާސާ ބަލިވީ 3-0 ގެ ނަތީޖާއިން ބަޔާން މިއުނިކް އަތުން ނެވެ. ބާސާ ދަނޑުގައި ކުޅުނު މެޗުގައި ބަޔާންއަށް ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިނީ 10 ވަނަ މިނެޓުގައި ސާޑިއޯ މާނޭ އެވެ. ދެވަނަ ގޯލު މެޗުގެ 31 ވަނަ މިނެޓުގައި ބަޔާންއަށް ކާމިޔާބު ކޮށްދިނީ ޗޮޕޯ މޯޓިން އެވެ. ބަޔާންގެ 3 ވަނަ ގޯލު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ ބެންޖަމިން ޕަވާޑް އެވެ.
މި ގްރޫޕްއިން ބަޔާން އަދި އިންޓަމިލާން ވަނީ ދެވަނަބުރު ކަށަވަރު ކޮށްފައެވެ. ބާސާ އަށް ޖާގަ ލިބުނީ ޔޫރަޕާ ލީގުންނެވެ.
ބުރާސްފަތި ދުވަހުގެރޭ އަމިއްލަ ދަނޑުގައި އެތުލެޓިކޯ އިން ބަޔާން ލެވަކޫސަން އާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ގޯލުޖަހައި ލީޑު ނެގީ ލެވަކޫސަން އިންނެވެ. މެޗުގެ 9 ވަނަ މިނެޓުގައި މިގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ މޫސާ ޑައިބީ އެވެ.
22 ވަނަ މިނެޓުގައި ކަރަސްކޯގެ ގޯލުން އެތުލެޓިކޯ މެޗުގެ ނަތީޖާ އެއްވަރު ކުރިއެވެ. އޭގެ 7 މިނެޓު ފަހުން ދެވަނަ ފަހަރަށް ލެވަކޫސަންއިން މެޗުގައި ލީޑު ނެގިއެވެ. މިގޯލު ކާމިޔާބުކޮށްދިނީ ހަޑްސަން އޮޑޯއީ އެވެ. އެތުލެޓިކޯ އިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަ ހަމަ ކުރީ 50 ވަނަ މިނެޓުގައި ޑިޕޯލް ގެ ގޯލުންނެވެ.
މި ނަތީޖާއާއި އެކު މި ގުރޫޕުން ދެވަނަ ބުރުގެ ޖާގަ ކަށަވަރު ވެފައިވަނީ ބްރުގަ އަދި ޕޯޓޯ އެވެ. ބާކީ އެއްމެޗު އޮތްއިރު އެތުލެޓިކޯއަށް އަދި ޔޫރަޕާ ލީގުގެ ޖާގަވެސް ކަށްވަރު ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!