ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ '' ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022'' ހޭންޑްބޯލް މުބާރާތުގައި މިއަދު ކުޅުނު މެޗުތައް ގޮއިދޫ، ފޭދޫ، ނަރުދޫ އަދި ޅައިމަގުން ކާމިޔާބު ކޮށްފިއެވެ.

މި މުބާރާތުގައި މިއަދު ކޮންމެ ގްރޫޕެއްގައި ދެ މެޗު ކުޅެފައިވާއިރު، ގްރޫޕް އޭގައި، ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ގޮއިދޫއާއި ބިލެތްފައްސެވެ. މި މެޗު 3 ލަނޑު 2 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ގޮއިދޫންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ގޮއިދޫ ޓީމްގެ ޖޯޒީ ނަމްބަރު 14، އައިމިނަތު ނިމާއެވެ.

Ad
rt

މި ގްރޫޕްގައި މިއަދު ކުޅުނު ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޭދޫއާއި ފޯކައިދޫއެވެ. މި މެޗު 20 ލަނޑު 4 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ފޭދޫންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފޭދޫ ޓީމްގެ ޖޯޒީ ނަމްބަރު 10، ފާތިމަރު ޝިފާނާއެވެ.

ގްރޫޕް ބީގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ނަރުދޫއާއި ފުނަދޫއެވެ. މި މެޗު 4 ލަނޑު 3 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ނަރުދޫންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ނަރުދޫ ޓީމްގެ ޖޯޒީ ނަމްބަރު 19، ފާތުމަތު ސުނާއެވެ.

މި ގްރޫޕްގައި މިއަދު ކުޅުނު ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ މިލަންދޫއާއި ޅައިމަގެވެ. މި މެޗު 7 ލަނޑު 6 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ޅައިމަގުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޅައިމަގު ޓީމްގެ ޖޯޒީ ނަމްބަރު 08، ރުޤުއްޔާ ޝަނާއެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ތިން ތިން މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ސެމީފައިނަލުގެ ފަހު ޖާގަތަށް ކަށަވަރުވެގެން ދާނީ މާދަމާގެ ތަކަށް ފަހުއެވެ.

މާދަމާ ހަވީރު ގްރޫޕް އޭގެ ފަހު މެޗުގައި ބައްދަލުކުރާނީ ކަނޑިތީމާއި ފޯކައިދޫއެވެ. ގްރޫޕް ބީގެ ފަހު ދެމެޗު މާދަމާ ހަވީރު ކުޅޭއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މާއުނގޫދޫއާއި މިލަންދޫއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ޅައިމަގާއި ފުނަދޫއެވެ.

މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ގްރޫޕެއްގައި ހިމެނޭ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ގްރޫޕް އޭގެ އެއްވަނަ ހޯދާ ޓީމް ސެމީގައި ބައްދަލުކުރަން ޖެހޭނީ ގްރޫޕް ބީގެ ދެވަނަ ހޯދާ ޓީމާއެވެ. އަދި ގްރޫޕް އޭގެ ދެވަނަ ހޯދާ ޓީމް ސެމީގައި ބައްދަލުކުރަން ޖެހޭނީ ގްރޫޕް ބީގެ އެއްވަނަ ޓީމާއެވެ.

މިލައުތުރު ސްޕޯޓްސް ފިއެސްޓާގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ''ތިލަދުން'' އެވެ.