ގއ. ގެމަނަފުއްޓާއި މ. ރަތްމަންދޫގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފި އެވެ. އެގޮތުން ގެމަނަފުށީގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީކުރުމަށާއި ރަތްމަންދޫ ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ވަނީ ހަވާލުކުރައްވާފަ އެވެ. ގެމަނަފުށީ ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ލައިކަންސް އިންވެސްޓްމަންޓާ އެވެ. 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް މި މަސައްކަތަށް 4،461،159.84 (ހަތަރު މިލިޔަން ހަތަރުސަތޭކަ ފަސްދޮޅަށް އެއް ހާސް ސަތޭކަ ފަންސާސ...
މުޙައްމަދު އަފްރާޙް
އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ އިހުތިޖާޖު މިއަދުވެސް ކުރިއަށް އެބަގެންދެ އެވެ. މިއީ އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް، އެ މަގާމުން ދުރުކުރުން ކުރާ އިހުތިޖާޖެކެވެ. ބެލެނިވެރިން މިއަދުގެ އިހުތިޖާޖު ކުރަމުން ގެންދަނީ ވެލާނޭ ބިލްޑިންގ ކައިރީގަ އެވެ. މިއަދު ހެނދުނުން ފެށިގެން ކުރަމުން ދާ މި އިހުތިޖާޖު ގައި ގިނަ ބެލެނިވެރިން އަންނަނީ ޝުއޫރު ފާޅު ކުރަމުން ނެވެ. އަދި އެމީހުން ތިބީ އެކި ޝުއޫރުފާޅުކޮށްފައިވާ ލިޔުންތައް ވެސް ހިފައިގެން ނެވެ. އަރަބިއްޔާގެ ބެލެނިވެރިން […]
މުޙައްމަދު އަފްރާޙް
އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސްއާއި އިންޓަ މިލާން ބައްދަލުކުރި މެޗު ޔުވެންޓަސްއިން ކާމިޔާބު ކޮށްފިއެވެ. ރޭ ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ޔުވެންޓަސްއިން މި ސީޒަން ފަށައިގެން ތަކުރާރުކޮށް ދަށް ނަތީޖާތަކެއް ނެރުނު ނަމަވެސް، މި ފަހަކަށް އައިސް އެ ޓީމް ވަނީ ހަމައަކަށް އެޅެން ފަށާފައެވެ. މިގޮތުން މި މެޗު ހިމެނޭހެން އެންމެ ފަހުން ލީގުގައި ޔުވެންޓަސް ކުޅުން ހަތަރު މެޗު […]
އިބްރާހިމް ޚަލީލް
ނޫސްވެރިކަމަށް ހުރަސްއެޅޭނަމަ ޑިމޮކްރަސީ ބަލިކަށިވެގެންދާނެކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ. ސައްލެ މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ހުށަހަޅުއްވާފައިވާ ހެއްކާބެހޭ ޤާނޫނަށް އިޞްލާޙް ގެނައުމުގެ ބިލުގެ ބަހުސްގައި މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެ އިސްލާހަކީ، ހެއްކާބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރާ ހާލަތްތައް ބަޔާންކޮށްފައި އޮތް...
ޙުސައިން ޝަހުދީ
އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަންގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ލިވަޕޫލާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ހަނިގޮތަކަށް ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ. ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މިއީ މި ސީޒަންގައި ލިވަޕޫލަށް ލީގުގައި ރަށުން ބޭރުގައި ހޯދުނު ފުރަތަމަ މޮޅެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެފައި ވުމުން ރޭގެ މެޗަށް ނުކުތްއިރު ލިވަޕޫލުއޮތީ އެންމެ ރަނގަޅު ހާލަތެއްގައި […]
އިބްރާހިމް ޚަލީލް
ކުރީގެ ރައީސް އަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމްގެ ސަރުކާރުގައި އޭރުގެ އިދިކޮޅުގައި އޮތް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބު ބޭއްވިއިރު ފުލުހުން ފޮނުވަންޖެހުނީ، އެމްޑީޕީއަށް ވޯޓު ގުނުމުގެ ކަންތައް ކުރިއަށް ނުގެންދެވިގެން ވޯޓު ގުނައިދޭން ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިހެން ވިދާޅުވީ، އެމަނިކުފާނު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީގެ ފޭދޫގައި ބޭއްވި ”ފ...
އަލީ އާދިލް
ބްރެޒިލް އަކީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ކާމިޔާބު ގައުމެވެ. މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި ވާދަކުރުމުގެ ހަމައެކަނި ޝަރަފު އޮތީ ވެސް ބްރެޒިލް އަށެވެ.މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައި ވަނީ ވެސް އެ ގައުމެވެ. އެގައުމުން ވަނީ ފަސް ފަހަރު ވޯލްޑް ކާމިޔާބު ކޮށްފައެވެ. އެއީ 1958، 1962، 1970 ،1994 އަދި 2002ގެ ވޯލްޑް ކަޕް އެވެ. ނަމަވެސް 2002 ވަނަ އަހަރަށް ފަހު ބޭއްވި ތިން ވޯލްޑް ކަޕްގައި […]
ތިލަދުން
“ޒުވާނުންގެ ދިސާ 2022″ގެ ނަމުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗްޑީސީން ގުޅިގެން ހިންގާ ކޭމްޕު ފަށައިފިއެވެ. މި ޕްރޮގްރާމް ފެށީ އިއްޔެ ފަރުކޮޅުފުށީގައެެވެ. މިއީ ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކޭމްޕެކެވެ.
މި ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 6 އިން 8 އަކަށެވެ. މި ކޭމްޕު ކުރިއަށްދާނީ ފަރުކޮޅުފުށި ކޮންފަރެންސް ހޯލުގައެވެ. މި ކޭމްޕުގައި ދިރިއުޅުމުގެ ރިވެތި އާދަތަކާއި، ލައިފް ސްކިލްސްގެ އެކި މައުލޫމާތުތައް ދިނ...
އަޙްމަދު ވަހީދު
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސެލޫނެއް ހުޅުވައިފިއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނި ގޮތުގައި “އެޓޯލީ ސެލޯން އެންޑް ސްޕާ” ގެ ނަމުގައި މި ސެލޫން ހުޅުވީ އިއްޔެއެވެ. މި ސެލޫން ހުޅުވާފައިވަނީ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު ރަށެއްގެ ތިރީގައެވެ. އަލަށް ހުޅުވި މި ސެލޫނުން ބޯކޮށުމުގެ ހިދުމަތާއި ސްޕާގެ ހިދުމަތް ވެސް ލިބޭނެއެވެ. Atolly Salon & Spa is open for service at Hiya tower 8. Head over […]
އަޙްމަދު ވަހީދު
ޖަރުމަނު ލީގުގައި މިރޭ ބަޔާން ލެވަކޫސަންއާއި ޔޫނިއަން ބާލިން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ލެވަކޫސަނުން ކާމިޔާބު ކޮށްފިއެވެ. ލެވަކޫސަންގެ އަމިއްލަ ދަނޑުގައި އެ ޓީމުން ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ޔޫނިއަން ބާލިން ބަލިކޮށްފައެވެ. ރޭ ބަޔާން މިއުނިކާއި ހާތަ ބާލިން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ބަޔާން ޖެހިލާފައި އޮތީ 13 މެޗުން ލިބުނު 28 ޕޮއިންޓާއި އެކުގައެވެ. މިރޭގެ މެޗުން މޮޅުވެގެން ތާވަލުގެ އެއްވަނާގައި އެއް ޕޮއިންޓްގެ ލީޑެއް […]
އިބްރާހިމް ޚަލީލް
ނ. ވެލިދޫ މަގުހެދުމަށް ބޭނުންވާ ޕޭވިން ބުލޮކްސްގެ ފުރަތަމަ ސިޕްމަންޓް ގެންދެވިފައި ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ވިދާޅުވެއްޖެ އެވެ. އެ ކުންފުނިން ވިދާޅުވީ މި މަޝްރޫއުގައި މިހާރު ކުރިޔަށް ދަނީ ބޮޑު މަގުގައި ކާބުސްޓޯން ޖެހުން ކަމަށެވެ. މީގެ އިތުރުން އޯޝަން މަގު، ސޯސަން މަގު، ޗާންދަނީ މަގު އަދި ރޯޝަނީ މަގުގައި ކާބުސްޓޯން ޖެހުމުގެ މަސައްކަތުގެ 40 އިންސައްތަ ނިމިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ވެލިދޫ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫޢު އާރްޑީސީ […]
މުޙައްމަދު އަފްރާޙް
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާއި އާސެނަލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް އާސެނަލް ޖެހިލިއިރު، މެންޗެސްޓާ ޔުނައިޓެޑް އެސްޓަން ވިލާ އަތުން ބަލިވެއްޖެއެވެ. ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އާސެނަލް ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ޗެލްސީގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމަށް އާސެނަލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައި ވަނީ ވެސް އެންމެ ހަމަލާއެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގައިނުވާއިރު، […]
އިބްރާހިމް ޚަލީލް
އެކުވެރި ދައުލަތްތައް (އ.ދ)ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް ( ކޮޕް-27) ފަށައިފިއެވެ. ރެޑްސީގައި އޮންނަ މިސްރުގެ ރިސޯޓެއް ކަމުގައިވާ ޝަރްމުއްޝައިޚްގައި ބާއްވާ މި ސަމިޓްގައި ދުނިޔޭގެ 120 އަށްވުރެ ގިނަ ލީޑަރުން ބައިވެރިވެ ވަޑައިގަންނަވައެވެ. މި ސަމިޓްގައި މޫސުމާގުޅޭ ފިޔަވަޅުތަކާގުޅޭ ގޮތުން ގައުމުތަކުގެ މެދުގައި ބާއްވާ މަޝްވަރާތައް ދެ ހަފްތާއަށް ދެމިގެން ދާނެއެވެ. އަދި މި ސަމިޓްގެ ސެޝަންތައް ރަސްމީކޮށް ފަށާނީ މާދަމާއެވެ. މި ސަމިޓްގައި ރާއްޖެއިން ބައިވެރިވާ ވަފްދުގައި އިސްކޮށް ހުނ...
އަލީ އާދިލް
މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހި އެއާޕޯޓުގެ މަސައްކަތް ލަސްތަކެއް ނުވެ ކުރިއަށްދާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ބިލެތްފަހި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ށ. ބިލެތްފަހި ކައުންސިލުންވަނީ އެ ރަ...
އިބްރާހިމް އަސްވާޤް
ޒަމާނީ ފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ގިނަބަޔަކުދެކޭ، ސްޕެއިން އަކީ ދުނިޔޭގެ ފެންވަރުގައިވެސް އަދި ޔޫރަޕުގައި ވެސް ފުޓްބޯޅައިގެ ގަދަ ބާރެކެވެ. ސްޕެއިން މިފަހަރުގެ ވޯލްޑް ކަޕަށް ނިކުންނަނީ 2010 ވަނަ އަހަރުގެ ކާމިޔާބީ ތަކުރާރު ކުރުމުގެ އުންމީދުގައެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިންގެ ޓީމު ވަރުގަދަވާނެ އެވެ. ބައިނަލްއަގުވާމީ މައިދާނުގައި ސްޕެއިން އަށް ބޮޑު ތަފާތެއް ދެއްކެން ފެށުނީ 2008ގެ ޔޫރޯ ކާމިޔާބުކުރި ހިސާބުންނެވެ. އޭގެ ފަހުން ސްޕެއިން ވަނީ 2010ގެ ވޯލްޑް ކަޕާއި 2012ގެ […]
ތިލަދުން
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީގެ ތަރައްޤީއަށް ކޮށްދެއްވަން ވިދާޅުވި ކަންކަމުގެ ތެރެއިން 95 އިންސައްތަކަންކަމުގެ މަސައްކަތް ހިނގަމުންދާކަމަށް ބިލެއްފަހި ކައުންސިލުން ވިދާޅުވެއްޖެ އެވެ. އެކައުންސިލުން މިހެން ވިދާޅުވީ އެ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން އޮތީ މ...
އިބްރާހިމް އަސްވާޤް
ސަރުކާރުގެ މައިގަނޑު ބޭނުމަކީ ފައިސާއެއް ދީފައި އެހާހިސާބުން ދޫކޮށްލުން ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރ އަލް އުސްތާޛު ފައްޔާޟު އިސްމާއީލް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޒަކާތު ނަފާ ޕްރޮގްރާމް ޓްރައި ޕާޓީ ފަހުމުނަމާގައި ސޮއިކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ. މި ޕްރޮގްރާމާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން ފައްޔާޟު ވިދާޅުވީ ފައިސާ ދީފައި އޭގެ އަސްލު ބޭނުމާއި ހަމައަށް ދެވެންދެން އެކަމުގައި ސަރުކާރުން އެހީތެރިވެދޭނޭ ކަމަށެވެ. ފަގީރުކަމަކީ...
މުޙައްމަދު އަފްރާޙް
ކޮޕް-27 ސަމިޓުގައި ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަށްޓެރި ސްރީލަންކާ ތަމްސީލު ކުރައްވާތީ، ކުރޫގެ ރައީސް އަލް އުސްތާޖު މައުމޫން އަބްދުލް ގައްޔޫމް ހިތްޕުޅާނުވާކަން ހާމަކުރައްވައިފި އެވެ. ކުރީގެ ބަންޑާރަނައިބު ޑރ މުހައްމަދު މުނައްވަރު ކުރައްވާފައިވ ޓްވީޓަކާއި އެއްބަސްވެވަޑައިގެންނެވުމުގެ ގޮތުން މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މުނައްވަރު އެ ވިދާޅުވީ ވަރަށް ރަނގަޅު ވާހަކަފުޅެއް ކަމަށެވެ. މިސްރުގައި މިއަދު ފެށި އދ. ގެ މޫސުމާ ބެހޭ ކ...
މުޙައްމަދު އަފްރާޙް