"ޒުވާނުންގެ ދިސާ 2022"ގެ ނަމުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗްޑީސީން ގުޅިގެން ހިންގާ ކޭމްޕު ފަށައިފިއެވެ.

މި ޕްރޮގްރާމް ފެށީ އިއްޔެ ފަރުކޮޅުފުށީގައެެވެ. މިއީ ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކޭމްޕެކެވެ. 

މި ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 6 އިން 8 އަކަށެވެ. މި ކޭމްޕު ކުރިއަށްދާނީ ފަރުކޮޅުފުށި ކޮންފަރެންސް ހޯލުގައެވެ.

Ad
rt

މި ކޭމްޕުގައި ދިރިއުޅުމުގެ ރިވެތި އާދަތަކާއި، ލައިފް ސްކިލްސްގެ އެކި މައުލޫމާތުތައް ދިނުމުގެ އިތުރުން ޒުވާނުންނާއި ގުޅުންހުރި ތަފާތު ހަރަކާތްތައް ކުރިއަށްދާނެއެވެ.

އެޗްޑީސީން ބުނީ، މި ޕްރޮގްރާމުގައި ޖުމްލަ 30 ޒުވާނުން ބައިވެރިވާ ކަމަށެވެ. މިއީ އުމުރުން 16 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. 

"ޒުވާނުންގެ ދިސާ"އަކީ 2019 ވަނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީއާއި ގުޅިގެން އެޗްޑީސީން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތެކެވެ.