މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1221 ވަނަ ޞަފްޙާ

ނ. މަގޫދޫ އާއި ލ. ކަލައިދޫގެ ބައި-އިލެކްޝަން ޕީޕީއެމް އަށް!

ނ. މަގޫދޫ އާއި ލ. ކަލައިދޫގެ ބައި-އިލެކްޝަން ޕީޕީއެމް އަށް!

ނ. މަގޫދޫ އާއި ލ. ކަލައިދޫގެ ބައި-އިލެކްޝަން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ކާމިޔާބުކޮށްފި އެވެ. މިއަދު ބޭއްވި ބައި-އިލެކްޝަން ގައި އެ ދެރަށުގެ ތެރެއިން ނ. މަގޫދޫ ކައުންސިލުގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި- އިލެކްޝަން ޕީޕީއެމް އިން ކާމިޔާބުކުރީ 9 ވޯޓުގެ ތަފާތަކުން ނެވެ. އެގޮތުން ޕީޕީއެމް އިން ވާދަކުރެއްވި އާމިނަތު ޔުމްނާ އަބްދުލްޣަނީ އަށް 124 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީޕީ އިން ވާދަކުރެއްވި ފަރީދާ އަދްނާނަށް  ލިބިވަޑައިގެންނެވީ 115 […]

މުޙައްމަދު އަފްރާޙް
ސިޔާސީ ހަރަކާތްތައް ފުލުހުން ފޮނުވައިގެން ނުހުއްޓުވާކަމީ މިހާރުއޮތް ސިޔާސީ މިނިވަންކަމުގެ ހެއްކެއް: ފަޔާ

ސިޔާސީ ހަރަކާތްތައް ފުލުހުން ފޮނުވައިގެން ނުހުއްޓުވާކަމީ މިހާރުއޮތް ސިޔާސީ މިނިވަންކަމުގެ ހެއްކެއް: ފަޔާ

ސިޔާސީ ހަރަކާތްތައް ފުލުހުން ފޮނުވައިގެން ނުހުއްޓުވާކަމީ މިހާރުއޮތް ސިޔާސީ މިނިވަންކަމުގެ ހެއްކެއް ކަމަށް އިކޮނޮމިކް މިނިސްޓަރ އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އަލް އުސްތާޖު ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބަށް ނިސްބަތްކުރައްވަ އެވެ. އެމްޑީޕީން ބޭއްވި އެތެރޭގެ އިންތިހާބަކާއި މިއަދުކުރިއަށްދާ ޕީޕީއެމްގެ އިންތިހާބުގެ ފޮޓޯތަކަކާއެކު ކުރެއްވި ޓްވީޓެއްގައި ފައްޔާޟު ވަނީ ޕީޕީއެމްގެ ދާއިރާތަކުގެ އި...

މުޙައްމަދު އަފްރާޙް
އިންޑިއާ ބަލިކޮށްފި ނަމަ ޒިމްބާބުއޭ މީހަކާއި އިންނާނެ ކަމަށް ޕާކިސްތާނު އެކްޓަރަކު ބުނެފި

އިންޑިއާ ބަލިކޮށްފި ނަމަ ޒިމްބާބުއޭ މީހަކާއި އިންނާނެ ކަމަށް ޕާކިސްތާނު އެކްޓަރަކު ބުނެފި

މިހާރު ކުރިޔަށްދާ ޓީ20 ކްރިކެޓް ވޯލްޑްކަޕްގައި ޒިމްބާބުއޭގެ ގައުމީ ޓީމުން އިންޑިއާ ބަލިކޮށްފި ނަމަ އެ ގައުމުގެ މީހަކާއި ކައިވެނި ކުރާނެ ކަމަށް ޕާކިސްތާނުގެ އެކްޓްރެސްއެއް ކަމަށްވާ ސޭހަރް ޝިނަވާރީ ބުނެފި އެވެ. މި މުބާރާތުގައި އެންމެ ވާދަވެރި ޓީމުތަކަކީ އިންޑިއާ އާއި ޕާކިސްތާނެވެ. ދެ ގައުމުގެ ރައްޔިތުން އެއްގައުމު އަނެއް ގައުމަށް ވަރުގަދަ ބަހުގެ ހަމަލާތައް ދެމުންދާއިރު ސޭހަރް ދަނީ އިންޑިއާ ކުޅޭ ކޮންމެ މެޗަކާއި ދިމާކޮށް މިކަހަލަ ފޯރި ނެގޭކަހަލަ ވާހަކަ ދައްކަމުންނެވެ. ސޭހަރް […]

މުޙައްމަދު ވަސީމް
ތަށިދޮންނަން ގެންގުޅޭ ސްޕޮންޖް އާކުރުމުގައި ފަރުވާތެރިވަންތޯ؟

ތަށިދޮންނަން ގެންގުޅޭ ސްޕޮންޖް އާކުރުމުގައި ފަރުވާތެރިވަންތޯ؟

ކޮންމެ ބަދިގެއެއްގެވެސް ކޮންމެހެންވެސް އޮތުން ލާޒިމް އެއްޗެއްގެ ގޮތުގައި ވެގެންމިދަނީ ސިންކް މަތީގައި ބާއްވާލާފައި އޮންނަ ސޮޕޮންޖްގަނޑެވެ. އެހެނަސް މި ސްޕޮންޖްކޮޅު އެންމެ ފަހުން ބަދަލުކޮށްލެވުނީ ކިހާދުވަހު ބޭނުންކޮށްފައިބާއެވެ؟ 01 ހަފްތާބާއެވެ؟ ނުވަތަ 02 ހަފްތާބާއެވެ؟ ނުވަތަ މަސްދުވަސް ވެދާނެބާއެވެ؟ އާދެ، މި ސްޕޮންޖްގަނޑު ތުނިވެ ބާވެ ވަސްދުވަން ފަށާތާ އެތަށް ދުވަހެއްވާއިރުވެސް މި ސްޕޮންޖްކޮޅު އެއްލާނުލާ، އޭގެ ޒަމާން މުޅިންހެން ދަންދެން ބޭނުންކުރުމުގެ ނިޔަތުގައި އުޅޭމީހުން މަދެއްނޫނެވެ. ހަފްތާއިނ...

އަންޖުމް އިސްމާޢީލް މުޙައްމަދް
އަބްދުﷲ ރަޝީދުގެ ޖަނާޒާ މިއަދު މަޣްރިބް ނަމާދަށްފަހު ބާއްވަނީ

އަބްދުﷲ ރަޝީދުގެ ޖަނާޒާ މިއަދު މަޣްރިބް ނަމާދަށްފަހު ބާއްވަނީ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި، ގދ. ހޯނޑެއްދޫ / ސްވެން ޢަބްދުﷲ ރަޝީދުގެ ޖަނާޒާ މިއަދު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޯސްޓްމޯޓަމް ހެދުމަށް ފަހު، އޭނާގެ ހަށިގަނޑު މިހާރުވަނީ މާލެ ގެނެސްފަ އެވެ. އޭނާގެ ޖަނާޒާ ބޭއްވުމަށް ނިންމާފައިވަނީ މިއަދުގެ މަޣްރިބު ނަމާދަށްފަހު މަސްޖިދު ތަޢާވުން (އާސަހަރާ މިސްކިތު) ގަ އެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ނިޔާވިި އަބްދުﷲ ރަޝީދަކީ ފުލުހުން […]

މުޙައްމަދު އަފްރާޙް
ބޮޑު ތިލަދުންމައްޗަކީ ހިތްވަރުގަދަ ދިވެހި ބަތަލުންތަކެއް އުފައްދާފައިވާ ތަނެއްކަން ދިވެހި ތާރީހުން ހެކިދޭ: މާރިޔާ

ބޮޑު ތިލަދުންމައްޗަކީ ހިތްވަރުގަދަ ދިވެހި ބަތަލުންތަކެއް އުފައްދާފައިވާ ތަނެއްކަން ދިވެހި ތާރީހުން ހެކިދޭ: މާރިޔާ

ބޮޑު ތިލަދުންމައްޗަކީ ހިތްވަރުގަދަ ދިވެހި ބަތަލުންތަކެއް އުފައްދާފައިވާ ތަނެއްކަން ދިވެހި ތާރީހުން ހެކިދޭ ކަމަށް ޑިފެންސް މިނިސްޓަރު އަލް އުސްތާޛާ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހދ. ކުޅުދުއްފުށި ސިޓީގައި އޮތް ހަވީރެއްގައި ވާހަކަފުޅުދައްކަވަމުން ނެވެ. އެ ހަވީރުގައި މާރިޔާ ވިދާޅުވީ 1988 ނޮވެމްބަރު 3 ވަނަ ދުވަހުގެ އުދުވާނުން ދިވެހީންނަށް ލިބުނު ނަސްރުގައި ހުސައިން އާދަމް އަދާކުރެއްވީ މުހިންމު ދައުރެއް ކަމަށެވެ. “އެ ދުވަހުގެ ވާހ...

މުޙައްމަދު އަފްރާޙް
ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެ އެވެ. ސްޓެލްކޯއިން ވިދާޅުވީ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް މިއަދު ހެނދުނު 9:00 އިން 12:00އަށް ހުޅުމާލެ ބައެއް ސަރަހައްދުތަކުގައި ކުރާނެ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުތަކުން، އެ މަސައްކަތް ކުރަމުންދާ ވަގުތުތަކުގައި ކަރަންޓު ކެނޑޭނެ ކަމަށެވެ. މި މަސައްކަތް ކުރިއަށްދާ ވަގުގުތަކުގައި ހުޅުމާލެ ރެޑްބުލްޕާކް ސަރަހައްދުން ޗަނބޭލީމަގު ގޯޅި، ނިރޮޅުމަގު، ކެލާމަގުގެ އިތުރުން، ކާނިމަގުން މ...

މުޙައްމަދު އަފްރާޙް
ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ޖަޕާން

ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ޖަޕާން

ފުޓްބޯޅައިގައި އޭޝިޔާގެ އެންމެ ކާމިޔާބު އެއްޤައުމު ކަމަށްވާ ޖަޕާން އެންމެ ފުރަތަމަ ވޯލްޑްކަޕްގައި ވާދަކުރީ 1998 ވަނަ އަހަރުއެވެ. މިއީ ޖެހިޖެހިގެން ޖަޕާން ވާދަކުރާ ހަތްވަނަ ވޯލްޑް ކަޕެވެ. އޭޝިޔާގެ އުއްމީދާއި ގުޅިފައިވާ ޖަޕާނަކީ ސަރަހައްދީ ފުޓްބޯޅައިގައި ކާމިޔާބު ޤައުމެކެވެ. ވޯލްޑްކަޕް ކާމިޔާބުކުރެވިފައި ނެތްނަމަވެސް އެޓީމްވަނީ 2002 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ މުބާރާތުގެ ދެވަނަބުރާއި ހަމައަށް ގޮސްފައެވެ. މީގެ އިތުރުން އެޓީމު ވަނީ ސަރަހައްދީ މުބާރާތް “އޭޝިއަން ކަޕް” ހަތަރު ފަހަރު ހޯދައި އެންމެ...

ތިލަދުން
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރާފާނެކަމަށް ލަފާކޮށްފި

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރާފާނެކަމަށް ލަފާކޮށްފި

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދު އުދަ އަރާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓް ނެރެފި އެވެ. އެ އިދާރާ އިން ވައިޓް އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ހަމައަށެވެ. މިއަދު ހެނދުނު 08:45 އިން ފެށިގެން 13:30 އާއި ހަމައަށް ނެރެފައިވާ އެލާޓުގައި ވިދާޅުވެފައިވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މެދުރާއްޖެތެރެއާއި، ދެކުނުގެ ސަރަޙައްދުތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ […]

މުޙައްމަދު އަފްރާޙް
ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބު ފަށައިފި

ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބު ފަށައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ދާއިރާތަކުގެ ވޯޓުލުން ފަށައިފި އެވެ. އެ ޕާޓީން ވިދާޅުވީ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 10:00 ގައި ކަމަށެވެ. އަދި ވޯޓުލުން ކުރިއަށްދަނީ ހެންވޭރު ދަނޑުގައި ކަމަށެވެ. މީގެ އިތުރުން މާލެ އާއި އިންތިހާބު ބާއްވާ ދާއިރާތަކުގައި ވޯޓުލުން ކުރިއަށްދާނެ ކަމަށް ވެސް އެ ޕާޓީން ވިދާޅުވި އެވެ. އިދިކޮޅު އެންމެބޮޑު ސިޔާސީ ޕާޓީގެ އެތެރޭގެ އިންތިހާބު ބާއްވާއިރު، އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ވަނީ […]

މުޙައްމަދު އަފްރާޙް
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ކުޅުދުއްފުށި ސިޓީގައި ޕެރޭޑު ބާއްވައި ހަވާއަރުވައިފި

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ކުޅުދުއްފުށި ސިޓީގައި ޕެރޭޑު ބާއްވައި ހަވާއަރުވައިފި

މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހދ. ކުޅުދުއްފުށީގައި ޕެރޭޑް ބާއްވާ ހަވާއަރުވައިފި އެވެ. ނަޞްރުގެ ދުވަހުގެ ބަޠަލު، ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އުފަން ރަށް، ހދ.ކުޅުދުއްފުށީގައި އެމްއެންޑީއެފުން ބޭއްވި ޕެރޭޑުގެ ހަރަކާތް، ކުރިއަށް ގެންދިޔައީ އިއްޔެ ހަވީރު އެރަށުގެ ބޮޑު މަގުގަ އެވެ. މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަޠީފްގެ [...

އިބްރާހިމް އަސްވާޤް
ސުވާލު: ސުތުރާއަކާ ނުލާ ނަމާދުކުރަން ހުންނަ މީހާގެ ކުރިމަތިން ހުރަސް ކުރެވޭނީ ކިހާ ހިސާބަކުން؟

ސުވާލު: ސުތުރާއަކާ ނުލާ ނަމާދުކުރަން ހުންނަ މީހާގެ ކުރިމަތިން ހުރަސް ކުރެވޭނީ ކިހާ ހިސާބަކުން؟

ނަމާދު ކުރަން ހުންނަ މީހެއްގެ ކުރިމަތިން ހުރަސްކޮށްފައި ދިއުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ ޙަރާމް ކަމެކެވެ. އަދި ކިއެއްތަ އެެއީ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ފާފައެކެވެ. ރސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގައި ވެއެވެ. ” لو يعلم المار بين يدي المصلي ماذا عليه لكان أن يقف أربعين خيرا له من أن يمر بين يديه ” . قال أبو النضر – وهو أحد الرواة […]

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: މިއަދުގެ މެޗުތައް ކާމިޔާބުކުރީ އައްޓޯ، އެސްޕޯޓެސް ޖުވެނިސް އަދި ޓާފް ކުއީން

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: މިއަދުގެ މެޗުތައް ކާމިޔާބުކުރީ އައްޓޯ، އެސްޕޯޓެސް ޖުވެނިސް އަދި ޓާފް ކުއީން

ހދ. ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގައި މިއަދު ކުޅުނު މެޗުތައް އައްޓޯ އެފްސީ، އެސްޕޯޓެސް ޖުވެނިސް އަދި ޓާފް ކުއީން، އިން ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު އައްޓޯ އެފްސީއާއި ލަޔަން ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އައްޓޯ އެފްސީންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އައްޓޯ އެފްސީގެ ޖޯޒީ ނަމްބަރު 15، އަހްމަދު ސިނާޒް އެވެ. […]

އިބްރާހިމް ޚަލީލް
އުމުރުން 7 އަހަރުގައި ފާތިމާ މައްސޫދު ވެސް ޤުރުއާން ހިތުދަސް ކޮށްފި

އުމުރުން 7 އަހަރުގައި ފާތިމާ މައްސޫދު ވެސް ޤުރުއާން ހިތުދަސް ކޮށްފި

މީސްމީޑިއާގައި ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މަރިޔަމް މައްސޫގެ ކޮއްކޮ، ފާތިމާ މައްސޫދު ވެސް ޤުރުއާން ހިތުދަސް ކޮށްފި އެވެ. ފާތިމާ ޤުރުއާން ހިތުދަށްކޮށްފައިވަނީ އުމުރުން އެންމެ 7 އަހަރުގައެވެ. ޝަކީލާ އިމްރޯޒާ އާއި މައްސޫދުރް ރައްހާމާން ގެ ދޮށީ ދަރިފުޅު މަޔީޝާ މައްސޫދު ކޮމްޕިއުޓާ ސައިންސުން މަތީ ތައުލީމު ހާސިލްކޮށްފައިވާއިރު މަރްޔަމް އަކީ ކީރިތި ޤުރުއާން ހިދުތަސްކޮށް އިޖާޒާ ސަނަދު ތިން ފަހަރު ހާސިލް ކޮށްފައިވާ ޒުވާނެކެވެ. މަރިޔަމް ޤުރުއާން ހިތުދަސްކޮށްފައިވަނީ އުމުރުން 9 އަހަރުގަ އެވެ. […]

މުޙައްމަދު ވަސީމް
ހދ. އަތޮޅުގެ ޖަމިއްޔާތަކަށް ކުރިއަށް ގެންދާ ޕްރޮޖެކްޓް މެނޭޖްމަންޓް ވޯކްޝޮޕް ހަނިމާދޫގައި ފަށައިފި

ހދ. އަތޮޅުގެ ޖަމިއްޔާތަކަށް ކުރިއަށް ގެންދާ ޕްރޮޖެކްޓް މެނޭޖްމަންޓް ވޯކްޝޮޕް ހަނިމާދޫގައި ފަށައިފި

މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން ހދ. އަތޮޅުގެ މަދަނީ ޖަމިއްޔާތަކަށް ކުރިއަށް ގެންދާ ޕްރޮޖެކްޓް މެނޭޖްމަންޓް ވޯކްޝޮޕް ހަނިމާދޫގައި ފަށައިފިއެވެ. މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން 5 ދުވަހުގެ ނިޔަލަށް ހަނިމާދޫ އިޖުތިމާޢީ މަރުކަޒު ހޯލުގައި ކުރިއަށްދާ މި ވޯކްޝިޕަކީ އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރި ކުރުވައި، މަދަނީ ޖަމިއްޔާތަކުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި ހަރަކާތްތައް ހަރުދަނާ ކުރުމަށް އެހީތެރިވުމާއި، ޖަމިއްޔާތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން...

އިބްރާހިމް ޚަލީލް
ފުނަދޫ ބަނދަރުގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ފުނަދޫ ބަނދަރުގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ށ. އަތޮޅު ފުނަދޫ ބަނދަރު ތެރޭގައި އޮތް މަސް ދޯންޏެއްގައި އަލިފާން ރޯވެއްޖެ އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައި ވަނީ ރޯޒީ ނަމަކަށް ކިޔާ ފައިބަރު ދޯންޏެއްގަ އެވެ. މިހާދިސާ ހިނގާފައިވަނީ މިއަދު 11 ޖަހައިކަށް ހާއިރު އެވެ. އެ ދޯނީގައި އަލިފާން ރޯވުމާއިއެކު ފަޅުތެރޭގައި އޮތް އެހެން ކަންނެލި ދޯނިތަކުގެ ފަޅުވެރިންނާއި، އެ ރަށު ރައްޔިތުންނާއި، އެ ރަށު އެއާޕޯޓްގެ ފަޔަރ ޓީމާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން މިހާރު ވަނީ އަލިފާންގަނޑު […]

އިބްރާހިމް ޚަލީލް
ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ޖަރުމަން

ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: ޖަރުމަން

ޖަރުމަނަކީ ދުނިޔޭގެ ފެންވަރުގައާއި ޔޫރަޕްގެ ފެންވަރުގައިވެސް ފުޓްބޯޅައިގެ ވަރުގަދަ ބާރެކެވެ. ވޯލްޑްކަޕު ޗެމްޕިއަން ހަތަރު ފަހަރަށް ހޯދި ޖަރުމަން އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި ދިމާވި ހިތްދަތިކަމުގެ އަސަރު އަދިވެސް ފިލާ ނުދާކަމަށް ތަޖުރިބާކާރުން ބުނެއެވެ. 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކޮށް، ރަޝިއާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕާ ޗެމްޕިއަނެއްގެ ގޮތުގައި ކުރިމަތިލި ޓީމު، މުބާރާތުގެ ގުރޫޕް ސްޓޭޖުން ކަޓައިގެން ދިއުމަކީ، އެ ގައުމުގެ ފުޓްބޯޅަ އަށް ލިބުނު ބޮޑު […]

ތިލަދުން
މަކަރު ހަދައި އޮޅުވާލުމަކީ ތިމާގެ ދެ ދުނިޔެ އަބާއްޖަވެރިވާކަމެއް: ހުތުބާ

މަކަރު ހަދައި އޮޅުވާލުމަކީ ތިމާގެ ދެ ދުނިޔެ އަބާއްޖަވެރިވާކަމެއް: ހުތުބާ

ވިޔަފާރިއާއި އެ ނޫން މުޢާމަލާތްތަކުގައި ވެސް މަކަރު ހަދައި އޮޅުވާލުމަކީ ތިމާގެ ދެ ދުނިޔެ އަބާއްޖަވެރިވާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ހަނދުމަކޮށްދެއްވައިފި އެވެ. ހުތުބާގައި ވަނީ މަކަރުހަދައި، އޮޅުވާލުމަކީ ވަރަށް ބޮޑު ފާފައެއް ކަމަށާއި ކޮންމެ މީހަކު ވެސް ދުންޔަވީ ހަޔާތުގައި މަސައްކަތް ކުރަމުން ދަނީ އުހުރަވީ ހަޔާތުގެ ބާއްޖަވެރިކަން ހޯދުމަށް ވިދާޅުވެފަ އެވެ. “މަކަރާއި ހީލަތް ހަދައި، އޮޅުވާލައިގެން މީސްތަކުންގެ އަތުން ނާޖާއިޒު ފައިދާ ނަގަމުންދާއިރު، އެކަމާ މެދު ކުޑަކޮށް ވެސް ވިސްނާލިން...

މުޙައްމަދު އަފްރާޙް