ޔޫރޮޕާ ލީގުގެ ނޮކައުޓް ބުރުގެ ޕްލޭއޮފްގައި ބާސެލޯނާއާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރަން ޖެހިއްޖެއެވެ.
ޔޫރޮޕާ ލީގުގެ އަށް ގްރޫޕްގެ އެއްވަނަ ހޯދި ޓީމްތަކަށް މުބާރާތުގެ ދެވަނަ ބުރުން ޑައިރެކްޓް ޖާގަތައް ލިބިފައިވާއިރު، އަށް ގްރޫޕުން ދެވަނައަށް ދިޔަ ޓީމްތައް ޔޫރޮޕާ ލީގުގެ ޕްލޭއޮފްގައި، ވާދަކުރަން ޖެހޭނީ ޗެމްޕިއަންސް ލީގުގެ އަށް ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕަކުން ތިން ވަނައަށް ދިޔަ ޓީމްތަކުގެ ތެރެއިން ޓީމަކާއެވެ.
މިގޮތުން މި ޓީމްތަކުގެ މެދުގައި މިއަދު ގުރުއަތުލާފައިވާއިރު ބާސާ ބައްދަލުކުރަން ޖެހިފައި ވަނީ މެންޗެސްޓާ ޔުނައިޓެޑާއެވެ. ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކޯޗުކޮށްދީފައިވާ މޮރީނިއޯ މިހާރު ކޯޗުކޮށްދެމުން އަންނަ އިޓަލީގެ ރޯމާ ބައްދަލުކުރަން ޖެހިފައި ވަނީ އެފްސީ ސަލްޒްބާގާއެވެ. ޔުވެންޓަސް ބައްދަލުކުރަން ޖެހިފައި ވަނީ ނަންޓްސްއާއެވެ.
އިތުރު މެޗުތަކަށް ބަލައިލާއިރު ޕޯޗުގަލްގް ސްޕޯޓިންގ ލިސްބަން ވާދަކުރާނީ ޑެންމާކްގެ މިޓްޔައެލަންޑާއެވެ. ސަކްތަރ ޑޮނެސްކް ރެންސްއާއި ވާދަކުރާއިރު ނެދަލެންޑްސްގެ އަޔެކްސް ނުކުންނާނީ މި ސީޒަންގައި ރަނގަޅު ފޯމެއްގައި އޮތް ޖަރުމަނުގެ ޔޫނިއަން ބާލިންއާއި ދެކޮޅަށެވެ. ޖަރުމަނުގެ ބަޔާން ލެވަކޫސަން ބައްދަލުކުރާނީ މޮނާކޯއާއެވެ. ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ޓީމް ކަމުގައިވާ ސްޕެއިންގެ ސެވިއްޔާ ނުކުންނާނީ ޕީއެސްވީ އެންދޯވެންއާއި ދެކޮޅަށެވެ.
މި މެޗުތައް ކާމިޔާބުކުރާ ޓީމްތައް ގަދަ 16 ގެ ބުރުގައި ބައްދަލުކުރަން ޖެހޭނީ ޔޫރޮޕާ ލީގުގެ އަށް ގްރޫޕުން އެއްވަނަ ހޯދައި ނޮކައުޓް ބުރުން ޖާގަ ހޯދި ޓީމްތަކުގެ ތެރެއިން ޓީމަކާއެވެ.
ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް އަންނަ އަހަރުގެ ފެބްރުއަރީ 16 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ 23 ފެބްރުއަރީ ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!