ރ. އުނގޫފާރު ނެރު ބަދަލުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.

މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

Ad
rt

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއޫގެ ދަށުން، 41,980 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 162 މީޓަރުގެ ބޭރުތޮށި ލުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 18.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ގަރައްގީގެ ގިނަ މަޝްރޫއުތައް ހިންގަމުންނެވެ. މީގެ ތެރޭގައި ބަނދަރު ހެދުމާއި އެއާޕޯޓު ތަރައްގީ ކުރުމާއި ބިން ހިއްކުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.