ރާއްޖޭގެ ލެޖެންޑަރީ ފިލްމީ ތަރި މަރިޔަމް ނިޝާ، ވެރިކަންކުރާ މައިޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއި ކޮށްފިއެވެ.
އޭނާ އެ ޕާޓީއަށް ސޮއިކޮށްފައި މިވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއި ކުރިތާ މަދު ދުވަސްކޮޅެެއްގެ ތެރޭގަ އެވެ. އޭނާ ޖޭޕީއަށް ސޮއި ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.
ނިޝާ އެމްޑީޕީއަށް ސޮއިކުރިކަން ހާމަކުރީ އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާރސަން (އިދާރީ) އިބްރާހިމް ވަހީދު (އިބުރޭ) އެވެ.
ނިޝާ، އެމްޑީޕީއަށް ސޮއިކުރި ފޯމު ހަވާލުކުރަނިކޮށް ނަގާފައިވާ ފޮޓޯއަކާއެކު އިބުރޭ ރެއްވި ޓުވީޓެއްގައި ވަނީ، ނިޝާއަށް މަރުހަބާ ދަންނަވާފަ އެވެ.
މަރިޔަމް ނިޝާ ވަނީ ރާއްޖޭގެ ފިލްމީ ދާއިރާގައި އެފަދަ ދެވަނައެއް ނެތް މޮޅު ބަތަލާއެކެވެ. ގިނަ ފިލްމުތަކާއި ލަވަތަކުން މަޝްހޫރުކަން ހޯދައި، ގިނަބައެއްގެ ލޯބި ހޯދާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!