މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1203 ވަނަ ޞަފްޙާ

ހއ. އަތޮޅު ރަށެއްގައި ކުޑަކުއްޖަކާ ބެހުނު މީހަކު 15 އަހަރަށް ޖަލަށް

ހއ. އަތޮޅު ރަށެއްގައި ކުޑަކުއްޖަކާ ބެހުނު މީހަކު 15 އަހަރަށް ޖަލަށް

ހއ. އަތޮޅުގެ ރަށެއްގައި ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރަނިކޮށް އަތުލައިގަތް އެރަށު މީހަކު 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ. މެއި، 2020 ގައި އެ ރަށުގެ ފަޅު ގެއެއްގެ ތެރޭގައި ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ދައުލަތުން ދައުވާކުރީ އެރަށު ފިރިހެނަކަށެވެ. އޭނާ ހައްޔަރުކުރީ ވެސް އެތަނުގައި އަމަލު ހިންގަން ހުއްޓާ އާންމުންނަށް ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ. އެ މައްސަލާގައި، އުމުރުން 53 އަހަރުގެ އެ މީހާ 15 އަހަރަށް ޖަލަށްލާން ހުކުމްކުރީ […]

ހުސައިން ހަބީބް
ވޯލްޑް ކަޕަށް ހާއްސަ 200 އަށްވުރެ ގިނަ އުރީދޫ ފޭން ޒޯން ހުޅުވައިފި

ވޯލްޑް ކަޕަށް ހާއްސަ 200 އަށްވުރެ ގިނަ އުރީދޫ ފޭން ޒޯން ހުޅުވައިފި

އުރީދޫ މޯލްޑިވްސްއިން މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 213 އުރީދޫ ފޭން ޒޯން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މިއަދު ހަވީރު އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްތާތެއްގައި މި ފޭން ޒޯންތައް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުޚާލިދު އަލް ހަމާދީއެވެ. މި ރަސްމިއްޔާތުގައި ފޭން ޒޯންތައް ހެދުމުގައި އުރީދޫ އާއި ޕާޓްނާވެ ބައިވެރި ވި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސީއީއޯ، މުފައްދަލް އިދްރީސް ކުމްރީ، އާއި މީޑިއާނެޓް […]

އަޙްމަދު ވަހީދު
ކުރިނބީގެ ތަރައްޤީއަށް އެންމެ ގިނަ މަސައްކަތްތަކެއް ކޮށްދީފައި ވަނީ މިސަރުކާރުން: ކައުންސިލް

ކުރިނބީގެ ތަރައްޤީއަށް އެންމެ ގިނަ މަސައްކަތްތަކެއް ކޮށްދީފައި ވަނީ މިސަރުކާރުން: ކައުންސިލް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ރައީސް އޮފީހުން މައުލޫމާތު ހާމަކުރައްވާފައިވާ ގޮތުގައި، މިބައްދަލުކުރެއްވުމުގައި ކުރިނބީ ކައުންސިލާއި، އ.ތ.މ ކޮމިޓީގެ މެމްބަރުން ވަނީ ކުރިނބީގެ ތަރައްޤީއަށް މިހާރު ހިންގެމުންދާ މަޝްރޫޢުތަކާއި އަދި ރައްޔިތުންނަށް ބޭނުންވެފައި...

ޔުމްނާ ޢަލީ
ރާއްޖޭގެ ސަރައްދުން ބޭރުގެ މަސް ބޯޓެއް ހިފަހައްޓައިފި

ރާއްޖޭގެ ސަރައްދުން ބޭރުގެ މަސް ބޯޓެއް ހިފަހައްޓައިފި

ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް ދިވެހި ސިފައިންގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ، އެމްއެންޑީއެފުން ވިދާޅުވިގޮތުގައި، އެ ބޯޓަކީ ކ. ދިއްފުށީގެ އިރުން 35 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުން ދިޔަ ބޯޓެކެވެ. އެ ބޯޓާބެހޭ މައުލޫމާތު އެމްއެންޑީއެފަށް ފޯރުކޮށްދިނީ އދ. މަހިބަދޫ އަސަރީ ދޯނިންނެވެ. އެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކްނަޑް ސްކޮޑްރަންގެ “އެފްއައިސީ ހަކުރާ” ވަނީ އެ ސަރަޙައްދަށް ގޮސް، އެ...

ޔުމްނާ ޢަލީ
މުބާރާތް ބާއްވާ ގައުމު ވޯލްޑް ކަޕް ފުރަތަމަ މެޗުން ބަލިވުމުގެ ރެކޯޑް ގަތަރަށް

މުބާރާތް ބާއްވާ ގައުމު ވޯލްޑް ކަޕް ފުރަތަމަ މެޗުން ބަލިވުމުގެ ރެކޯޑް ގަތަރަށް

މިރޭ ގަތަރުގައި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފަށާފައިވާއިރު، ފުރަތަމަ މެޗުން މުބާރާތް ބާއްވާ ގަތަރު ބަލިވެ، ވޯލްޑް ކަޕް ތާރީޚުގައި ފުރަތަމަ މެޗުން މުބާރާތް ބާއްވާ ޤައުމު ބަލިވުމުގެ ރެކޯޑު ގަތަރަށްލިބިއްޖެއެވެ. މިރޭ މުބާރާތުގެ ފުރަތަމަ މެޗުގައި ގަތަރު ނުކުމެފައި ވަނީ އިކުއެޑޯއާއި ދެކޮޅަށެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އިކުއެޑޯއެވެ. މެޗު ފެށިތާ ތިން މިނެޓްގެ ތެރޭގައި އިކުއެޑޯއިން ލަނޑެއް ޖެހިއެވެ. އެ ޓީމަށް ގަތަރު އޭރިއާ ބޭރުން […]

އިބްރާހިމް ޚަލީލް
ވޯލްޑް ކަޕް ފެށުމުގެ މުނާސަބަތުގައި ރައީސްގެ ތަހުނިޔާ ގަތަރުގެ އަމީރަށް

ވޯލްޑް ކަޕް ފެށުމުގެ މުނާސަބަތުގައި ރައީސްގެ ތަހުނިޔާ ގަތަރުގެ އަމީރަށް

މިރޭ ފަށާ ގަތަރު ވޯލްޑް ކަޕް 2022  ފެށުމުގެ މުނާސަބަތުގައި ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ. ވޯލްޑް ކަޕް ފެށުމުގެ މުނާސަބާގައި ރައީސް ޞާލިޙްގެ ތަހުނިޔާ ގަތަރުގެ އަމީރަށް ފޮނުއްވީ، ގަތަރުގެ އަމީރަށް ފޮނުއްވި ސިޓީ ފުޅެއްގައެވެ. މި ސިޓީފުޅުގައި އެމަނިކުފާނު ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ފުޓްބޯޅަ ސަޕޯޓަރުންގެ ހަނދާނުގައި މި މުބާރާތް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައ...

އަލީ އާދިލް
ހއ. އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެނީ

ހއ. އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެނީ

ރައްޔިތުންނަށް ފައިދާހުރި އިޖްތިމާޢީ ޕްރޮގްރާމްތަކާއި ތަފާތު ޕްރޮޖެކްޓްތައް ހިންގުމަށް ހއ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށްތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމައިފިއެވެ. މި ޕްރޮގްރާމަށް ޕްރޮޕޯސަލް ފޯމް ހުށަހެޅުމުގެ ފުރުޞަތު ވަނީ އެ އަތޮޅުގެ ރަށްރަށުގެ ކައުންސިލު ތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށާއި ސަރުކާރު މުއައްސަސާތަކުގެ އިތުރުން ރަޖިސްޓަރީ ކޮށްގެން ހިންގާ ކުލަބް ޖަމިއްޔާތަކަށް ހުޅުވާލާފައެވެ. ހއ. އަތޮޅު ކައުންސިލުން ވަނީ އެންމެ ރަނގަޅު ހުށަހެޅުން ހ...

އިބްރާހިމް ޚަލީލް
ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ ފޯމަށް ބަދަލުތަކެއް

ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ ފޯމަށް ބަދަލުތަކެއް

ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ ފޯމުގައި ހެކިންގެ ފިންގާ ޕްރިންޓް ޖަހާގޮތަށް ބަދަލު ގެނެސް އަމަލުކުރަން ފަށައިފި އެވެ. އިލެކްޝަންސް ކޮމިޝަނުން މި ބަދަލު ގެނައީ އޮޅުވާލައިގެން، ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގެ މައްސަލައަށް ހައްލެއް ގެނައުމާއި އެއްޕާޓީން އަނެއް ޕާޓީއަށް ނޭނގި ބަދަލުކުރުމުގެ މައްސަލަ ހައްލުކުރުމުގެގޮތުން ނެވެ. ޕާޓީއަށް ވެސް އަދި މީހާއަށް ވެސް ނޭނގި ޕާޓީތަކުގެ ދަފްތަރުގައި ނަން އޮތުމުގެ މައްސަލައަކީ ރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމް އުފެދުނީއްސުރެ ކުރަމުން އަންނަކަމެކެވެ. މި މަ...

މުޙައްމަދު އަފްރާޙް
ޒަކާތު ފަންޑުން ބޭސްފަރުވާއަށް މިއަހަރުގެ މިހައިތަނަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ

ޒަކާތު ފަންޑުން ބޭސްފަރުވާއަށް މިއަހަރުގެ މިހައިތަނަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ

ބޭސްފަރުވާއަށް، މިއަހަރުގެ މިހައިތަނަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ޒަކާތު ފަންޑުން ހޭދަކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައިފި އެވެ. އެ މިނިސްޓްރީން ހާމަކުރެއްވި ފާއިތުވި 4 އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު، އެކުޖުމްލަ 49.7 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ބޭސްފަރުވާއަށް ހަރަދުކޮށްފަ އެވެ. އަދި އެ ފަންޑުން ބޭސްފަރުވާއަށް އެންމެގިނައިން ހަރަދުކޮށްފައި ވަނީ ވެސް މިއަހަރު އެވެ. އިސްލާމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީ...

މުޙައްމަދު އަފްރާޙް
އަރަބިއްޔާއަށް އެހެން ޕްރިންސިޕަލަކު ނުނަގަން އަމުރު ނެރެފި

އަރަބިއްޔާއަށް އެހެން ޕްރިންސިޕަލަކު ނުނަގަން އަމުރު ނެރެފި

އަރަބިއްޔާ ސްކޫލަށް އެހެން ޕްރިންސިޕަލަކު އައްޔަން ނުކުރަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ. އަރަބިއްޔާ ޕްރިންސިޕަލަށް ހުރި ޝުޖާއު އަބްދުއްރަހީމް މަގާމުން ވަކިކުރުމަށްފަހު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް ބަދަލުކުރި މައްސަލާގައި ޓްރައިބިއުނަލުން މިއަދު ނެރުނު އަމުރުގައިވަނީ އެ މައްސަލަ ނިމެންދެން އެ މަގާމަށް އެހެން މީހަކު އައްޔަން ނުކުރުމަށާއި އަދި އެފަދަ ކަމެއް ކުރަމުންދާ ނަމަ އެކަން ހުއްޓާލަން އަންގާ ކަމަށެވެ. އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމު މައްސަލަ ނިމެން...

ހުސައިން ހަބީބް
ފޯކައިދޫ އިންޑޯ ޖިމް ހުޅުވައިފި

ފޯކައިދޫ އިންޑޯ ޖިމް ހުޅުވައިފި

ށ.ފޯކައިދޫގައި އިންޑޯ ޖިމެއް ހުޅުވައިފިއެވެ. ފޯކައިދޫ ޒުވާނުންގެ މަރުކަޒުގައި ރޭ ހުޅުވި އިންޑޯ ޖިމަށް ބޭނުންވާ އެންމެހާ ސާމާނު ފޯރުކޮށްދީފައި ވަނީ ޔޫތު މިނިސްޓްރީގެ ފަރާތުންނެވެ. ރޭ ޖިމް ރަސްމީކޮށް ހުޅުވުމުގެ އިތުރުން ޖިމަށް މީހުން އަހުލުވެރި ކުރުވުމުގެ ގޮތުން ވެސް ޕްރޮގްރާމެއް ވަނީ ފައްޓަވާފައެވެ. ޖިމް އިންސްޓްރަކްޓަރަކާއި އެކު ޖުމްލަ ޖުމްލަ 15 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ތެރެއިން ޖިމްގައި ގެންގުޅެން ޖެހޭ އުސޫލްތަކާއި ޖިމްގައި ބޭނުންކުރާ އެންމެހާ ސާމާނުތައް ރައްކާތެރިކަމ...

އިބްރާހިމް ޚަލީލް
ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަން: ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދަށް

ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަން: ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދަށް

މި މަހުގެ 12 ވަނަ ދުވަހު މާލެ އަތޮޅާއި އައްޑޫގެ ބައެއް ސަރަހައްދުތަކުގައި ހިންގި އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރި 14 މީހުންގެ ތެރެއިން ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފި އެވެ. ފުލުހުން ވިދާޅުވީ މި މީހުންގެ ތެރެއިން 5 މީހެއްގެ ބަންދަށް 15 ދުވަސް، 4 މީހެއްގެ ބަންދަށް 30 ދުވަސް ޖަހާފައިވާއިރު، 5 މީހެއްގެ މައްޗަށް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ޢަމަުރުކޮށްފައި ކަމަށެވެ. އަދި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 18 […]

މުޙައްމަދު އަފްރާޙް
މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ސަޔާއި ކެއުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ

މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ސަޔާއި ކެއުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ސަޔާއި ކެއުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކުރައްވައިފި އެވެ. މަޖިލިސް އިދާރާ އިން ވިދާޅުވީ މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 26 ވަނަދުވަހުގެ ކުރިން ބީލަން ހުށައަޅަންޖެހޭނެ ކަމަށެވެ. އަދި ޕްރީ ބިޑް މީޓިންގ އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށެވެ. މީގެ އިތުރުން ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ އެ އިދާރާއިން ދީފައިވާ ލިންކް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ އަދި ޕްރީބިޑް މީޓީންގއަށް އަ...

މުޙައްމަދު އަފްރާޙް
އެމްޑީޕީގެ މަތިއުތުރު ޕްރޮވިންސްގެ ރައީސްކަމަށް ވާދަކުރައްވަނީ 3 ބޭފުޅުން

އެމްޑީޕީގެ މަތިއުތުރު ޕްރޮވިންސްގެ ރައީސްކަމަށް ވާދަކުރައްވަނީ 3 ބޭފުޅުން

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މަތިއުތުރު ޕްރޮވިންސްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓު މިއަދު ޢާންމުކޮށްފިއެވެ. އެމްޑީޕީން ބުނިގޮތުގައި އެ ޕާޓީގެ މަތިއުތުރު ޕްރޮވިންސްގެ ރައީސްކަމަށް ތިން ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އެ ބޭފުޅުންނަކީ، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ގޮތުގައި ހުންނެވި އަކްރަމް ކަމާލުއްދީން، މއ. އެވަރލާސްޓް / މާލެ ސިޓީ އާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަޙްމަދު އާދިލް، މ. އުނިމާ / މާލެ ސިޓީ އަދި ހެ...

އަލީ އާދިލް
މިސަރުކާރުގެ ހިދުމަތް ރައްޔިތުން ބަލައިގަނޭ: މޫސަ

މިސަރުކާރުގެ ހިދުމަތް ރައްޔިތުން ބަލައިގަނޭ: މޫސަ

ރަށްރަށުގައި ހިނގާ ތަރައްގީގެ މަސައްކަތްތަކާއި މިސަރުކާރުގެ ހިދުމަތް ރައްޔިތުން ބަލައިގަންނަކަމަށް މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީ (އެމްޑީޕީ) ގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ. ދައުލަތުގެ މީޑިއާ އިން ގެނެސްދޭ ‘ރާއްޖެ މިއަދު’ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރައީސް އަތޮޅުތަަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ރަށްރަށުން އެމަންޒަރު ފެންނަކަމަށެވެ. އަދި ރަށްރަށުގެ ރައްޔިތުން ނުކުމެ ރައީސްއަށް މަރުހަބާ ދަންނަވާ ސަބަަބަކީ އެއީކަމަށެވެ. “ރައީސް ސާލިހު ރަށްރަށަ...

މުޙައްމަދު އަފްރާޙް
ނިރުފެހިގެ އަލިފާނުގެ ހާދިސާ: ހާލު ސީރިއަސްވި މީހާ ވޯޑަށް ބަދަލުކުރަނީ

ނިރުފެހިގެ އަލިފާނުގެ ހާދިސާ: ހާލު ސީރިއަސްވި މީހާ ވޯޑަށް ބަދަލުކުރަނީ

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާގެ ހާލު ރަނގަޅު ކަމަށާއި އޭނާ ވޯޑަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވިދާޅުވެއްޖެ އެވެ. އެ ހޮސްޕިޓަލުން ވިދާޅުވީ އެމީހާ މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ވޯޑަށް ބަދަލުކުރާނެ ކަމަށެވެ. މި ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހުގެ ރޭ ހިނގި މި އަލިފާނުގެ ހާދިސާއަކީ، ރާއްޖޭގައި މިހައިތަނަށް އެންމެގިނަ މީހުން ނިޔާވި ހާދިސާ […]

މުޙައްމަދު އަފްރާޙް
ބަޖެޓަށް އިސްލާހު ހުށަހެޅުމަށް މެންބަރުންނަށް ތިން ދުވަސް

ބަޖެޓަށް އިސްލާހު ހުށަހެޅުމަށް މެންބަރުންނަށް ތިން ދުވަސް

އަންނަ 2023 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް އިސްލާހު ހުށަހެޅުމަށް މެމްބަރުންނަށް ހުޅުވާލައިފި އެވެ. މެމްބަރުންނަށް އިސްލާހު ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އިސްލާހުތަކާއިއެކު މަޖިލީހުގެ ތަޅުމުގައި ބަޖެޓަށް ބަހުސް ފަށާނެ އެވެ. އެއަށްފަހު ތަޅުމަށް ބަޖެޓު ކޮމިޓީގެ ރިޕޯޓް ހުށަހެޅުމަށްފަހު ބަޖެޓާއިމެދު މެމްބަރުންނަށް ބަހުސް ކުރުމަށް ހަތް މިނިޓްގެ ވަގުތެއް ދިނުމަށް މަޖިލީހުގެ ރިޔާސަތުން ނިންމާފައި ވެއެވެ. އަދި މި ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހު ބަޖެޓް ފާސް ކުރުމަށް ވަނީ އަމާޒު […...

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށީގައި ބޭއްވި ނަމާދު ވޯކްޝޮޕް ކާމިޔާބު ކަމާއިއެކު ނިންމާލައިފި

ކުޅުދުއްފުށީގައި ބޭއްވި ނަމާދު ވޯކްޝޮޕް ކާމިޔާބު ކަމާއިއެކު ނިންމާލައިފި

ހދ. ކުޅުދުއްފުށީ ހިރަފުސް ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ޖަމިއްޔަތުއް ސަލަފާއި ގުޅިގެން، އެ ރަށުގައި ކުރިއަށް ގެންދިޔަ ނަމާދު ވޯކްޝޮޕް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން 19 ދުވަހުގެ ނިޔަލަށް، ޖުމްލަ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަށް ވަނީ ބޮޑު ތަރުޚީބެއް ލިބިފައެވެ. މިގޮތުން މި ވޯކްޝޮޕްގައި 8 އަހަރާއި 12 އަހަރާއި ދެމެދުގެ ޖުމަލް 227 ކުދިން ވަނީ ބައިވެރިވެފައެވެ. މި ވޯކްޝޮޕްގައި ނަމާދު […]

އިބްރާހިމް ޚަލީލް