މި މަހުގެ 12 ވަނަ ދުވަހު މާލެ އަތޮޅާއި އައްޑޫގެ ބައެއް ސަރަހައްދުތަކުގައި ހިންގި އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރި 14 މީހުންގެ ތެރެއިން ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފި އެވެ.
ފުލުހުން ވިދާޅުވީ މި މީހުންގެ ތެރެއިން 5 މީހެއްގެ ބަންދަށް 15 ދުވަސް، 4 މީހެއްގެ ބަންދަށް 30 ދުވަސް ޖަހާފައިވާއިރު، 5 މީހެއްގެ މައްޗަށް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ޢަމަުރުކޮށްފައި ކަމަށެވެ. އަދި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 18 އަހަރާއި 46 އަހަރާއި ދެމެދުގެ ދިވެހި ފިރިހެނުން ކަމަށް ވެސް ވިދާޅުވެ އެވެ.
ފުލުހުން ކުރިން ވިދާޅުވެފައިވަނީ އޭގެތެރެއިން 10 މީހުން ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީން ކަމަށާއި މާލެއިން ދެ މީހުން އަދި ގުރައިދޫ އިން ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ބަންދުގައިވާ އެންމެންނަކީ ވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުން ކަމަށާއި ދިވެހި ފުލުހުންގެ ހިދުމަތާއި ސިފައިން ގުޅިގެން ހިންގާ މި އޮޕަރޭޝަން އައްޑޫ ސިޓީގައި އަދިވެސް ދަނީ ކުރިއަށް ކަމަށް ފުލުހުން ވިދާޅުވެ އެވެ.
މި އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުން ވިދާޅުވި އައްޑޫ ސިޓީގެ ބައެއް ގޭގޭގެ އިތުރުން ހައްޔަރުކުރި މީހުންގެ ގެންގުޅޭ ބައެއް ތަކެތި ވެސް ދަނީ ބަލާ ފާސްކުރަމުން ކަމަށާއި މި އޮޕަރޭޝަންގައި ފުލުހުންގެ ޑޯގް ސްކޮޑް ބޭނުންކޮށްގެން އައްޑޫގެ ބައެއް ތަންތަން ބަލާ ފާސް ކުރާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!