މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދޫކޮށްލަން އެ ކުލަބުން ނިންމައިފިއެވެ. ޔުނައިޓެޑުން ރޮނާލްޑޯ ދޫކޮށްލަން ނިންމާފައުވާކަން ހާމަކޮށް މިރޭ އެ ކުލަބުން އާންމު ކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ ދެފަރާތުން އެއްބަސްވާ ގޮތުގެ މަތީން މިހާރު ރޮނާލްޑޯއާއި ޔުނައިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުން އުވާލަން ނިންމާފައިވާ ކަމަށެވެ. ޔުނައިޓެޑުން ވަނީ ދެ ފަހަރުގެ މަތީން ޔުނައިޓެޑަށް ރޮނާލްޑޯކުޅެ ކޮށްދީފައިވާ ޚިދުމަތަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން ރޮނާލް...
އިބްރާހިމް ޚަލީލް
ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ 82 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. ސަރުކާރުން އެ އެއާޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން ފަޔަ ބިލްޑިންގެ 95 އިންސައްތައާއި ޓާމިނަލް ބިލްޑިން އިމާރާތްކުރުމުގެ 80 އިންސައްތަ މަސައްކަތް މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ. އަދި، ސައިޓުގައި މިހާރު ކުރިއަށް ދަނީ...
އަޙްމަދު ވަހީދު
ހޭންޑް ފޫޓް އެންޑް މައުތު ބަލި ފެތުރޭތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކުރައްވައިފި އެވެ. އެ އިދާރާއިން ވިދާޅުވީ މި ބަލި ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަކަމަށާއި މިއީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެއް ކަމަށެވެ. ހާއްސަކޮށް ކުޑަކުދިން އެއްވެ، އުޅޭ ތަންތަނުގައި މި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރައްވާ އެޗްޕީއޭ އިން ވަނީ މި ބަލިން ރައްކާތެރި ވުމަށް ފިޔަވަޅުތައް އެޅުމަށް ގޮވާލައްވާފަ އެވެ. […]
މުޙައްމަދު އަފްރާޙް
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ގްރޫޕް ޑީގައި ޑެންމާކާއި ޓިއުނީޝިއާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ނިމިގެން ގޮސްފައި ވަނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ޑެންމާކް ވޯލްޑް ކަޕާއި ކުރިމަތިލާފައި ވަނީ ވަރަށް ފޯމެއްގައި އޮވެއެވެ. މިގޮތުން ވޯލްޑް ކަޕް ކޮލިފައިންގައި ވެސް އެ ޓީމުން ވަނީ އެންމެ މެޗެއް ފިޔަވާ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް އެ […]
އިބްރާހިމް ޚަލީލް
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)ގައި ހުޅުތަކުގެ އޮޕަރޭޝަން ކުރުމަށް ކޭމްޕެއް ފަށައިފިއެވެ. ކޭއާރުއެޗުން ވިދާޅުވި ގޮތުގައި މި ކޭމްޕް އޮންނާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މި ކޭމްޕުގައި އާރތުރޮސްކޯޕިކް ސާރޖަރީ (ކެމެރާގެ ޒަރީއާއިން ބަލައިން ކުރެވޭ ހުޅުތަކުގެ އޮޕަރޭޝަން) ތަކެއް ކުރިޔަށްދާނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ. މި ކޭމްޕު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއ...
ޔުމްނާ ޢަލީ
ގަތަރު ގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗު، ފުޓްބޯޅައިގާ ދުނިޔޭގެ ގަދަބާރެއް ކަމަށްވާ، އާޖެންޓީނާ އާ ދެކޮޅަށް ކުޅެ، ސައުދީ އަރަބިއާ އިން ކުރި ހޯދައިފި އެވެ. ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ސައުދީން ކާމިޔާބުކުރީ ގިނަ ބަޔަކު ހީކުރިގޮތާއި ހިލާފަށް އާޖެންޓީނާ އިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި 2 ލަނޑު 1 ލަނޑުން ނެވެ. މުބާރާތުގެ ފޭވްރިޓުންގެ ތެރޭގައި ހިމެނޭ އާޖެންޓީނާ […]
މުޙައްމަދު އަފްރާޙް
“ހުޅުމާލެ ޕްލޭނިންގ އަދި އިމާރާތް ކުރުމުގެ ގަވާއިދު” ޕްލޭނިން މިނިސްޓްރީން މިއަދާ ހަމައަށް ވެސް ގެޒެޓް ކޮށްފައިނުވާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ބަހުގެ ހަމަލާތަކެއް، ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމަށް ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި އެ މައްސަލައިގައި ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު، ކޮމިޓީގެ މުގައްރިރު، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އެމްޑީއޭގެ މެމްބަރު އަޙްމަދު އާމިރު އިއްވެވުމުން ނަ...
މުޙައްމަދު އަފްރާޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށެވެ. އެ ގޮތަށް ގޮތައް ނިންމައި، މި ބިލު ފާސްކުރީ މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 39 ވަނަ ޖަލްސާގައެވެ. […]
ޔުމްނާ ޢަލީ
ގާލްގައިޑް ހަރަކާތުގެ އެންމެ ޝަރަފްވެރި ބެޖް، “ޕްރެޒިޑެންޓްސް ބެޖް” ޙާސިލްކުރި ފާޠިމަތު ޔުމްނާ އާތިފަށް މިއަދު އެ ބެޖް ހަވާލުކޮށްދެއްވައިފިއެވެ. ފާޠިމަތު ޔުމްނާ އާތިފަށް މި ބެޖް ހަވާލުކޮށް ދެއްވީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި ރަސްމިއްޔާތުގައި، ޗީފް ގައިޑް، އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ގާލްގައިޑް އެސޯސިއޭޝަންގެ ރައީސާ އަދި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢައިޝަތު ޢަލީ...
ޔުމްނާ ޢަލީ
ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިހާރު އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ތިންވަނަ ޝިޕްމެންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި ބޭރުތޮށީގެ ބެޑް ތައްޔާރުކުރުމުގެ މަސައްކަތް ވަނީ ނިންމާލައިފައެވެ. މި މަޝްރޫއުގެ ދަށުން ބޭރު ތޮށީގެ ހިލަ ޕްރޮފައިލްކުރުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވ...
އަޙްމަދު ވަހީދު
ޕޭމަންޓް އިންޑަސްޓްރީގައި ދުނިޔޭގެ މަޝްހޫރު ކުންފުނި މާސްޓަ ކާޑާއެކު، ސިޓީ ޕޮސިބަލް ނެޓުވޯކްގެ މެމްބަރަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވެއްޖެއެވެ. މި އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ. އެޗްޑީސީން ބުނީ، ސިޓީ ޕޮސިބަލް ނެޓުވޯކްގެ މެމްބަރަކަށް ވުމުން، އެ ކުންފުނިން ފަށާފައިވާ ސްމާޓް ސިޓީ މަޝްރޫއަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން، ދުނިޔޭގެ އެހެން ސިޓީތަކުގައި ބޭނުން ކުރާ ސްމާޓް ސޮލިއުޝަންތަކުގެ މައުލޫމާތާއި އެ ފަދަ ސޮލިއުޝަންތައް ރާއްޖޭގައި ބޭނުން ކުރެވޭނެ ގޮ...
އަޙްމަދު ވަހީދު
ހދ. ނޭކުރެންދޫ ސުކޫލުގައި ދިވެހި ކިޔަވައިދޭނެ މުދައްރިސަކު ނެތުމުން އެކަމުގެ ޝަކުވާ، ހދ. އަތޮޅު ކައުންސިލްގައި ކޮށްފި އެވެ. ހދ. އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ވަނީ އެރަށަށް ޒިޔާރަތްކޮށް އެރަށުގެ މުވައްސަސާތަކާއި ބައްދަލު ކުރަމުންނެވެ. އެގޮތުން ނޭކުރެންދޫ ސްކޫލުގެ ސީނިޔަރ މެނޭޖްމަންޓާއި ބައްދަލުކުރެއްވުމުން، އެސުކޫލުގައި ދިވެހި ކިޔަވައިދޭނެ ދާއިމީ ޓީޗަރަކު ނެތުމުން އެކަން ވީހާވެސް އަވަހަކަށް ފަހިކޮށްދެއްވުމަށް އެދިފައިވެ އެވެ. މި ނޫހަށް ވާހަކަ ދައް...
އަލީ އާދިލް
ނެޓްބޯޅައިގައި ރާއްޖެ ފުރަތަމަ ފަހަރަށް ދުނިޔޭގެ ރޭންކިންގައި ހިމެނިއްޖެއެވެ. މިކަން ހާމަ ކޮށްފައިވަނީ އިއްޔެ ނެރުނު ވޯލްޑް ނެޓްބޯލް ރޭންކިންގައެވެ. މިއީ ނެޓްބޯޅައިގެ ވޯލްޑް ކަޕާ ދިމާކޮށް އާ ކުރޮ ރޭންކިންތަކެކެވެ. މިއަހަރުގެ ނެޓްބޯޅަ ވޯލްޑް ކަޕްގައި 16 ގައުމު ކުޅޭއިރު އޭގެ ތެރޭގައި ރާއްޖެ ނުހިމެނުނު ނަމަވެސް ރާއްޖެ ހިމެނެެނީ ދުނިޔޭގެ އެންމެ މޮޅު 53 ޓީމުތަކުގެ ތެރޭގައެވެ. މި ލިސްޓުގައި ރާއްޖޭން ހޯދާފައިވަނީ 46 ވަނަ އެވެ. މި ރޭންކިންގައި ރާއްޖެއާއެކު ދެން އޮތީ […]
އަޙްމަދު ވަހީދު
މޯލްޑިވްސް އިމިގްރޭޝަން އޮފީހަށް އިންޑިއާ ރައްޔިތަކު ހާޒިރުވާން އަންގާ އިއުލާން ކޮށްފި އެވެ. އެ އޮފީހުން ކުރައްވާފައިވާ އިއުލާނެއްގައި ހާޒިރުވާން އަންގާފައިވަނީ ސަނާވަސް ސުލްފިކާރް ކިޔާ މީހެކެވެ. އޭނާއަކީ މާލޭގައި ދިރިއުޅޭ، އުމުރުން 27 އަހަރުގެ އިންޑިއާ ރައްޔިތެކެވެ. އެ އިއުލާނުގައި ވަނީ 5 ދުވަސް ތެރޭގައި، ހެނދުނު 8:00 އިން މެންދުރުފަހު 3:00 އާ ދެމެދުގެ ވަގުތެއްގައި އިމިގްރޭޝަންގެ ރިސްކް މެނޭޖްމަންޓް ސެކްޝަނަށް ހާޒިރުވުމަށް އަންގާފަ އެވެ. އެހެންނަމަވެސް އޭނާ، އިމިގްރޭޝަން އޮފީހަށް ހާޒިރުވާން އަނ...
މުޙައްމަދު އަފްރާޙް
ހދ.ކުޅުދުއްފުށީގައި ހިންގުމަށް ހަމަޖެހިފައިވާ ފްރީޑައިވް ލެވެލް 1، ގެ ކޯހުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ކުޅުދުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން އެކަމަށްޓަކައި ފުރިހަމަ ކުރައްވަންޖެހޭ ގޫގުލް ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު މި މަހުގެ 26 ވަނަ ދުވަހުގެ 22:00 ގެ ކުރިން ސަބްމިޓް ކުރެއްވުމަށް އެ ކޮމެޓީން ވަނީ އެދިލައްވާފައެވެ. ފޯމް: https://tinyurl.com/36ta7...
އިބްރާހިމް ޚަލީލް
މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމުގެ މަގްސަދުގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.އެސް.ޑީ.ބީ) އާއި އެކު ދިވެހި ސަރުކާރުން މަޝްރޫއުގެ ދަށުން ކުރިއަށްގެންދަވާ ‘ކަނޑުފަޅު ނަފާ” ލޯނު ޕްރޮގްރާމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މި ލޯނު ޕްރޮގްރާމަށް އެދުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައްވާފައިވަނީ މިއަދު އެވެ. މި ޕްރޮގްރާމަކީ މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ލިބުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނާއި، އައިސް ހޯދުމަށް މަސްވެރި އުޅަނދުފަހަރުން ކުރާ ހޭދަ...
މުޙައްމަދު އަފްރާޙް
އަންނައަހަރުގެ ފެބްރުއަރީން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރެވޭނީ މުއްދަތުހަމަނުވާ ޑޮކިއުމެންޓް ކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ. އެ މިނިސްޓްރީން ނެރެފައިވާ ސަރކިއުލަރ އެއްގައި ވިދާޅުވެފައިވަނީ އަންނައަހަރުގެ ފެބްރުވަރީ 23 ވަނަ ދުވަހުން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރެވެނީ މުއްދަތު ހަމަނުވާ ޕާސްޕޯޓާއި އައިޑީ ކާޑު، ވާރކް ވިސާ، ލައިސަންސް ކާޑު ކަމަށެވެ. އަދި އެއަރޕޯޓު ސެކިއުރިޓީ ފާސް، ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑް ނަމްބަރު ޖެހި ރ...
މުޙައްމަދު އަފްރާޙް
ވޯލްޑް ކަޕާ ގުޅުވައިގެން އީ ޓުކުރިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. އަންނަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި އީ ޓުކުރި މެދުވެރިކޮށް ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށްވެސް ބައިވެރިވެވޭނެއެވެ. ގިނައިން ވިޔަފާރި ކުރާ ފަރާތްތަކަށް މި ޕްރޮމޯޝަނުގެ ނަސީބުވެރިއަކަށްވުމުގެ ފުރުޞަތު ބޮޑުވާނެއެވެ. މި ޕްރޮމޯޝަނުގެ ބައިވެރިންގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް އީ ޓުކުރިން ވަނީ 1000 ޑޮލަރުގެ އަގުހުރި ފީފާ ވޯލްޑްކަޕް 2022 ގިފްޓް ޕެކެއް ދޭން ނިންމާފައެވެ. […]
އަޙްމަދު ވަހީދު